ޕީޕީއެމްގެ މިރޭގެ ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
04 ފެބުރުއަރީ 2018 - 23:59
ދިވެހިން ބަލައިގެންފައިވާ ގޮތަށް ވެރިކަން ކުރައްވަމުން ގެންދަވަނިކޮށް، ރައީސް އަބްދުﷲ ޔާމީން މަގާމުން އަޒުލް ކުރުމަކީ ދިވެހި ދައުލަތުގެ މައްޗަށް ހަނގުރާމަ އިއުލާން ކުރުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
"ރުމާލު 2" ޖަގަހައިގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ އެއްވެސް ނިޔަތެއް، ދައުލަތުގެ އެއްވެސް ބާރެއްގެ ތެރެއިން ނޫނީ ބޭރުން ވިޔަސް ކޮށްފި ނަމަ އެއީ ދައުލަތުގެ މައްޗަށް ހަނގުރާމަ އިއުލާން ކުރުން ކަމަށެވެ. އަދި ރައްޔިތުން އެ ވަގުތުން ފެށިގެން އެ ބަލައި ނުގަންނާނެ ކަމަށާއި މަގުމައްޗަށް ނުކުމެ ގައުމު ދިފާއު ކުރަން ކޮންމެ މީހަކަށް ވެސް ކެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި އެ ފަދަ ނިންމުމެއްގައި ގައުމު ދިފާއު ކުރުމަށް، ދިވެހި ފުލުހުންނާއި ސިފައިން އެކުގައި ނުކުމެ، އަދި ސިފައިންނަށް ވުރެ ކުރިން އައްޑަނައެއްގެ ގޮތުގައި އާއްމުން މޭ ދިއްކުރާނެ އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"މި ތަނުން ކޮންމެ މީހަކު ވެސް މޭ ދިއްކުރާނެ. އެ ފަދަ އަމަލެއްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ވިއްޔާ ސާފުކޮށް ވިދާޅުވޭ، އަޅުގަނޑުމެން ޗިސްކޮށްފައި، ސިފައިންނާއި ފުލުހުންގެ ފައުޖު ފަހަނައަޅާފައި ދެން ގައުމާ ހަމައަށް ދާން ޖެހޭނީ،" ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމުގެ ފަހަތުގައި ބޭރުގެ ބައެއްގެ އަތެއް ވާ ކަމަށް ތުހުމަތު ކުރައްވަމުން ނިހާން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް، ރައީސް ޔާމީން އަޒުލް ކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ މިއަދު ވިދާޅުވި ގޮތުގައި މި އަމުރުގެ ސަބަބުން ގައުމުގައި ބޮޑު ހަމަނުޖެހުމެއް އުފެދިދާނެތީވެ، އެ އަމުރަށް ތަބާނުވާން ސަލާމަތީ ބާރުތަކަށް ވަނީ ލަފާ ދެއްވައިފަ އެވެ.
ނިހާން ވިދާޅުވީ ރައީސް ޔާމީނަކީ ރޭރެއްހެން ރޭރު ވާނެ ވެރިއެއް ނޫން ކަމަށެވެ. އަދި ރަނގަޅަށް ވަޒަން ލައްވާފައި ހުރި ބަޑިއަކުން އުންޑަ ޖެހިޔަސް އެ މަނިކުފާނު އިސްތިއުފާ ނުދެއްވާނެ ކަމަށާއި ރައްޔިތުން ހަވާލުކުރި ވެރިކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަން ބަޣާވާތަކުން ވައްޓާނުލެވޭނެ ކަމަށާއި "ބިމާހަމަކޮށް، ޗިސްކޮށް މެއާ ހަމަކުރުމަށް ފަހު މި ފުރުސަތު އެއްވެސް ބަޔަކަށް ދޭން ލާހިކެއް ނޫން" ކަމަށެވެ. އަދި ދޮންބަންޑާރައިން، ހޮޅިން ގައުމުން ބޭރުކުރި ފަދައިން، ބޮޑުތަކުރުފާނު ޕޯޗުގީޒުން ބޭރު ކުރި ފަދައިން، އަދި ނޮވެމްބަރު ތިނެއްގައި ސިފައިން ގައުމު ދިފާއު ކުރި ފަދައިން މިހާރު ވެސް ދިވެހި ފުލުހުންނާއި ސިފައިން ގައުމު ދިފާއު ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
"އެފަދަ ޝަހީދު ހުސެން އާދަމުން އަދިވެސް ރާއްޖޭގައި އެބަތިބި. ދިވެހި ސިފައިންނާއި ފުލުހުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޣްލާލު ދިފާއު ކުރާނީ. އެކަން އޮޅިވަޑައިގެން ނޫޅުއްވާތި. އެކަން ދައުލަތުގެ ތެރެއިން ބާރުގެ ވެރިންނަށް ވިޔަސް ބާރުގެ ބޭރުގައި ތިބި ބޭފުޅުން ވެސް ގަބޫލު ކުރަން ޖެހޭނެ،" ނިހާން ވިދާޅުވި އެވެ.
"ދިވެހި ސިފައިންނާއި ފުލުހުން ގައުމަށް ޣައްދާރެއް ނުވާނެ. އެހެން ނޫންނަމަ ޝަހީދު ހުސެން އާދަމް ވެސް ފިނީގައި ބޭރުގައި ނުހުރެ އެތެރެއަށް ދެމިގަތީސް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޖަމް
05 February 2018
2018 އެމްޑީގެ ކެޑިޑޭޓަކީ އަލްހާނު ފަހުމީ؟ ރައީސް ނަޝީދެއް ނޫން؟ މިގޮތަށް އައްޑޫސިޓީން ބޭނުންވަނީ. ހަޖަމް ކުރެވޭތަ؟
ބެއްޔާ
05 February 2018
ބަޔަކު ވެރިކަމަށް ދަހިވެތިވުމުގެ ސަބަބުން މިރާއްޖޭގެ މިނިވަންކަން ގެއްލިގެންދަނީ... މިކަމުގައި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް އެބަޖެހޭ ވިސްނަން.. ރާއްޖޭ ޖަލަށް ހުކުމް ކޮށްފައިވާ ބައެއް ކުށްވެރިން ދޫކުރުމަށް ސްޕްރީމް ކޯޓު ނެރުނު އަމުރަކީ އެންމެ އިންސާފުވެރި ތެދުވެރި ނިމުމެއްތޯ؟ ކޮބާތޯ ޖަލަށް ހުކުމްކޮށްފައިވާ މިރާއްޖޭގެ ނިކަމެތި ރައްޔިތުންގެ ދަރިން؟ އެމީހުންނަށް އިންސާފު ހޯދާ ނުދެވޭ ބަޔަކަށް މިރާއްޖޭގެ އަދުލު އިންސާފު ޤާއިމު ކުރަނީ ކިހިނެއްތޯ؟
ކަރުންމަތީގެ ޑޮކްޓަރު
05 February 2018
މި މެންދުރުގެ އިރު ފެންނަ ފަދައިން ބުނަން ކެރޭ މާތްﷲގެ އިރާދަފުޅާއެކު ރައީސް އަޒުލުކޮށް މިވެރިކަން އިދިކޮޅު ފަރާތްތަކުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ވައްޓާނުލެވޭނެ ކަން. ބަލަގަ މިތިބަ މޮޔައިންތަކާ މިއީ ކެނެރީގެ ނަޝީދެއް ނޫނޭ ދެމީހަކު ނުކުންނައިރަށް އަލިފާނޯއްޔޭ ކިޔާފަ ބިރުން ފިލައިގެން ދާކަށް.
ތުނިޔަ
05 February 2018
ނަޝީދު ފިލީ ދެމީހަކު ނުކުމެގެންތާ! އެކަމަކު ރައީސް ޔާމީނު ބިރުން އެކަކު ހުރިތާކަށްވެސް ނުނުކުމޭ...ފާޑެއްގެ އަދުރޭ އެއް ލައްވާ މޮޔަ ގޮއްވަނީ! ޢަނެއްވާހަކަޔަކީ ވެރިކަން ވައްޓާކަށް ބަޔަކު ނޫޅޭ!
ޕިންކީ
05 February 2018
ކޮބާތަ އެއްކަލަ ކޮމެންޓް ކުރާ ޕިންކީސްތައް؟
ވަތުބަތާނަ
05 February 2018
ހައުދަ ވަރެއް ތިއަރުވަނީ! މީ ވަކި މީހެއް، ބައެއް ޕާޓީއެއްގެ ގައުމެއްތޯ؟ މި ގައުމުގަ ގާނޫނު އަސާސީއޭ ކިޔާ އެއްޗެއް ނޯވޭތޯ؟ މި ގައުމުގަ ވެރިކަން ކުރަނީ އަޑުގަދަ މީހާތޯޯ؟ ނުވަތަ ބާރުގަދަ މީހާތޯ؟ ނުވަތަ ގިނަ މީހުންގެ ތާޢީދު އޮންނަ މީހާތޯ؟ އުޞޫލަށް ތަބާވެ އެއާއި އެއްގޮތަށް އަމަލުކުރައްވާ.
އަޒުލް
05 February 2018
އެހެންތަ. އެހެންވިއްޔާ އަޒުލް ކުރާނަން.
މުހަންމ
05 February 2018
އެހެންްތަ މަހީކުރީ ގާނޫނު އަސާސީ ގައި ޕާލިމަންޓަށް ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓު ނަގާ ބޭރުކުރެވޭ ކަމަށް. ކަލޭމެން ތިބެ ލިއުނު އެއްޗެއްނު އެއީ
ހަނދާނީ
05 February 2018
ނިހާނުމެން އަދުރޭމެން ހަމަ ތިހެން ހަޅެއްލަވާ އުޅުނޭ އަދީބު ހައްޔަރަން އުޅޭވާހަކަ މީޑިއާތަކުގަ ޖެހީމަވެސް. ހައްޔަރުކުރީމަ އަތްޖަހަންތިބީ. އަހަރުމެން ކިތައްމެ ހަނދާން ބައްޔަކަސް އެކަން އަދި ހަނދާނެތޭހާ ދުވަހެއްނުވޭ. ރ.ޔާމީނައްވެސް ކަލޭމެން ހަދާނީ ހަމަ އެހެން.
ހަމަ ތެދެއް
05 February 2018
މިސޮރުމެން ކުރިން ބުނަމުން އައީ ތިމަންނާމެން ޝަރުޢީ ދާއިރާއަށް އަތެއް ނުބާނަމޯ؟ ނުފޫޒެއް ނުފޯރުވަމޯ! އެންމެ ފަހުން ފާރިޝް ދޫކޮށްކުމަށްފަހު އަލުން ހައްޔަރު ކުރިފަހަރުވެސް ހައްޔަރުކުރެވޭލެއް ލަސްވެގެން ވީހާވެސް އަވަހަށް ޙުކުމް ތަންފީޒްކުރާށޭ ކިޔާފައި ޔާމީނު ގޮވަނީއޭ ބުނެ މުޅި ދުވަހު މީޑީއާގެ ފަލަ ސުރުޚީގައި އެވާހަކަ. މިހާރު ކީއްވެގެންތަ ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒް ނުކުރެވިގެން ތިއުޅެނީ. ހިތަށް ހަމަ ކެތްނުވީ ދޯ؟؟
ޒާނޫ ޕީއެފް
05 February 2018
ރޭގަ ތިއައިތަނެއްގަވެސް މާކުރިއަކުން ހިންގިކަމެކޭ ހަނގުރާމައަކީ. މިހާރަކު ހަމަހޭގަ ތިބޭބައެއް އެއްގޮތަކައްވެސް ކުރަންބޭނުންވެސް ކަމެއްނޫން ތީކީ. ތިމާ އަމިއްލަ ނަފްސާ ތިކުރާ ކަމެއްކޮށްފަ ނަމަވެސް ހުކުމްތައް ތަންފީޒު ކޮއްފަ ބަހައްޓާ.