ޚަބަރު / މެމްބަރު ރޮޒައިނާ އާދަމް (އައްޑޫ މީދޫ)

އަބްދުއްރަހީމް ފުލެޓް ގަތް މައްސަލަ ބަލަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން 9 މިލިއަން ރުފިޔާ އަށް "ރެހެންދި-6" އަކުން ފުލެޓް ގަތް މައްސަލަ ބަލަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކޮށްފައިވާއިރު އެ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ފްލެޓްތަކެއްގެ މުއާމަލާތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ތުހުމަތެވެ. އެ ބޭފުޅުން ހައްޔަރުކޮށް އެ މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

Flat ge massalaagai corruption eh noannaane : Fandiyaarunge aailaa

Flat ge massalaagai corruption eh noannaane : Fandiyaarunge aailaa

The most trusted news source in the Maldives

Mihaaru

ފުލެޓު ގަތުމުގައި ކޮރަޕްޝަން ނޯންނާނެ ކަމަށް ފަނޑިޔާރުންގެ އާއިލާތަކުން ބުނުން...

ރޮޒެއިނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުލެޓް ބައްލަވައިގެންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެ އެ މައްސަލަ ބަލަން ފަށާފައިވާއިރު އަބްދުއްރަހީމް 9 މިލިއަނަށް ދެ ފުލެޓް ބައްލަވައިގަތީ ކިހިނެއް ހޯދި ފައިސާ އަކުންތޯ ބަލަން ޖެހޭ ކަމަށެވެ.

"ދެ ދައުރު މަޖިލީހުގައި އުޅޭއިރު ލިބޭ މުސާރަ ބޭނުން ނުކޮށް އެއްކުރީމަ ނޫނީ އެވަރެއް {ނުވަ މިލިއަން} ނުވާނެ. ވިޔަފާރި ކުއްލިއަަކަށް ފުޅާވެގެން ދިޔައީ ކިހިނެއްކަށް ވެސް ބަލަން ޖެހޭ،" ރޮޒެއިނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރެހެންދި-6 އިން ދެ ފްލެޓް ބައްލަވައިގެންނެވި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފްލެޓް ބައްލަވައިގަތީ އަނބިކަނބަލުންގެ ނަމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Abdhuh Raheem ge dhekanbalun 9 million rufiyaa ah dhe flat ganefi

Abdhuh Raheem ge dhekanbalun 9 million rufiyaa ah dhe flat ganefi

The most trusted news source in the Maldives

Mihaaru

އަބްދުއްރަހީމް ނުވަ މިލިއަނަށް ފުލެޓެއް ގަތުން--

ކެބިނެޓް މިނިސްޓަރުން ވެސް ފުލެޓް ފަދަ އަގުބޮޑު މުދާ ބައްލަވާ ގަންނަވަމުން ދާއިރު އެކަންކަން ވެސް ބަލަން ޖެހޭ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް އޭސީސީ އާއި ޕޮލިހަށް ހުށަހެޅިިޔަސް ނުބެލުމަކީ ކަންބޮޑުވުމެކެވެ.

ރައްޔިތުން މަޖިލީސް މެދުވެރިކޮށް އެފަދަ މައްސަލަތައް ބަލަން ބޭނުންވިޔަސް ރައީސް ޔާމީނަށް މަޖިލިހުގެ މެޖޯރިޓީ ގެއްލުނު ހިސާބުން މަޖިލިސް އޮތީ ހުއްޓުވާފައި ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

9 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާރީގައި

08 February 2018

ﷲ އަނިޔާވެރިންގެ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވޭ, މަތީފަރާތުން ގަޑިޖެހެންދެން އަތްޖަހަންތިބޭ, ގަޑިޖެހޭއިރަށް އާރާބާރު ނެތިދާނެ, ﷲއިންޝާ

The name is already taken The name is available. Register?

އަލްޖިބްރާ

08 February 2018

ތިޔަމައްސަލަ ތިލަވާނީ އަދުރޭ ޔާމީނުގެ ކަރުގައި ހިފަން ދުއްވައިގަތީމަ ! އޭގެ ކުރިން ތިކަމެއް ނުބެލޭނެ ! އެދުވަސްވެސް ދައްކަވާނެ! އާމީން !

The name is already taken The name is available. Register?

އަލިބ

07 February 2018

މި ވެރިކަން ނިމިގެން ދިޔައިމަ އެނގެނޭ ވަގުންނަކީ ކޮބާކަން. ކޮންމެ ފަޅިއަކުވެސް ތިބޭނެ ވަގުން. ކުޑަގޮޅިއަށް ވަންނަ ތައްޔާރަށް ހުރޭ. މާ ހެވިފަ އުފުލުން މުޅި އުމުރުދުވަހު ނޫޅެވެނޭ އެކަކަށްވެސް.

The name is already taken The name is available. Register?

ލަތީފް ދިއްދޫ

07 February 2018

އަދުރޭބޭބެއަކީ އަލިފެއް، ހަމަ ތެދައް ހެދެމުންދާ އޮނު ދަނޑިއެއް، މާޒީގެ ސޮފްހާތަކޮންވެސް ފެންނަށް ހުދުކަފަކޮޅެއް ފަސްބައިސާފް ބޯކިރުކޮޅެއް. ދެން ތިބޭފުޅުން ވިސްނާފަ އަލިފު އަލާނެގޮތަކަށް އަޅާ ވަޔަށް އޮނު ލެބޭނެ ވަރާ ކަފަކޮޅާ ބޯކިރުކޮޅުވެސް ގިނަދުވަސް ވީމަ ހުންނާނެ ގޮތް ތަސައްވަރު ކޮއްލާ......

The name is already taken The name is available. Register?

ސިންތިލީ ވޫމް

07 February 2018

މިނިސްޓްރީން ބުނީ ސައްހަ ލިސްޓެއް ނޫން ކަމަށް، ދެން ކޮން މައްސަލަޔެ ބަލާކަ

The name is already taken The name is available. Register?

ރަބަރު

07 February 2018

މިއަދު އަލީ ހަމީދުމެން. މާދަމާ އަތްޖަހަޖަހާ ތިތިބަ މީހުން.

The name is already taken The name is available. Register?

އަލިހޮއްކޮ

07 February 2018

ތިޔަށް ވުރެ މާ ރަނގަޅުވާނެ ކަނުޑުގަ ރޮނގު އަޅަން އުޅުން.

The name is already taken The name is available. Register?

ޏ އައިކު

07 February 2018

ކާކު ބަލާނީ؟ ގާސިމު ވިދާޅުވީ އެހީ ވާނަމޭ. ވަކި މީހަކަށް ނޫން. އެކަމަކު 3 ގެ ޗުއްޓީއަކަށް ޖަލަށް. ޔާމީނު ވިދާޅުވީ ވަރަށް އެހީ ވީމޭ ފަނޑިޔާރުއްނަށް. އެކަމަކު އޯކޭ. ބަލާނެ އަޑު އިވޭ މީހަކު ނެތް.

The name is already taken The name is available. Register?

ތިމަރަ

07 February 2018

ތިބުނީރަނގަޅު ވާހަކައެއް އަބުދުއްރަހީމްގެ މައްސަލައެއްވީމާ ވަކިނުބެލެންވީސަބަބެއްއޮވެގެންނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!