ރޭގެ ޖަލްސާ ނިންމާލަމުން ރައީސް ޔާމީނާއި ވަޒީރުން ގައުމީ ސަލާން ވިދާޅުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
08 ފެބުރުއަރީ 2018 - 11:30
ވެރިކަން ކުރާ ޕީޕީއެމުން ރޭ ބޭއްވި "ގައުމަށްޓަކައި އަންހެނުން" ޖަލްސާގައި ރައީސް ޔާމީން ފެނުނީ ވަރަށް ތަފާތުކޮށެވެ؛ އެހެން ޖަލްސާތަކާ އަޅާބަލާއިރު، އިންނެވީ މާ ބޮޑަށް ވެސް ހިތްޕުޅުހަމަޖެހިވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ބަސްފުޅުން ނަމަ، ސުޕްރީމް ކޯޓުގެ އަމުރަކާ ހެދި "ކުޑަކަކޫ މައްޗަށް ތިރިވެވަޑައިގަންނަވަން" ޖެހިވަޑައިގަތް ކަމުގެ ހަނދުމަފުޅު ހުރިހެން ވެސް ހިއެއްނުވެ އެވެ.
އާއްމުންނާ ވާހަކަފުޅު ދައްކަވަން ހަމަޖެހިފައި ނެތަސް ވަގުތުކޮޅެއް ހޯއްދަވައިގެން ޕޯޑިއަމަށް އަރާވަޑައިގެންނެވި އެވެ. އެއާ އެކު ވިދާޅުވީ ޖަލްސާގެ އެންމެ ފަހަތުން "ފިރިހެން މަލެއް"ގެ ގޮތަށް ޕޯޑިއަމުން ފެންނަން ޖެހުނީ، ޖަލްސާގެ ފޯރިއާ ހެދި ޝުކުރުގެ ބަސްފުޅެއް ވިދާޅުނުވެ ހަމަ ކެތްނުކުރެއްވިގެން ކަމަށެވެ. ދެން ފެނުނީ، ވެރިކަން ދަމަހައްޓަން އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކުރައްވާ މަސައްކަތްޕުޅަށް، ހިތްޕުޅުގައި އޮތް ޖަޒުބާތު ބަންޑުންކޮށްލެއްވި ތަނެވެ.
"މެޑަމް މި ބޭފުޅުންނަށް ކޮން ކަމެއްތޯ ތި ކުރައްވަނީ؟ މިރޭ އަޅުގަނޑު ހަމަ ހައިރާންވެއްޖެ. މެޑަމް ކުރައްވާ މަސައްކަތުގައި މިހާ ފޯރިގަދަ އަންހެން ބޭފުޅުންތަކެއް ނެރުއްވީތީ. މި ޓްރޭނިން ދެއްވި ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ގައުމާއި ރައްޔިތުންނަށްޓަކައި ފަސްޓް ލޭޑީ ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި، ހާއްސަ އިސްކަމެއް، އަންހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށްޓަކައި ކުރައްވާ މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ.
"މެޑަމް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަން އެނގޭ. އަޅުގަނޑުގެ ހައްގުގައި އަޅުގަނޑުމެންގެ ގައުމުގެ ހައްގުގައި، އަޅުގަނޑުމެންގެ ދީނުގެ ހައްގުގައި އަދި އަޅުގަނޑުމެންގެ އަންހެނުންގެ ހައްގުގައި،" ރައީސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި މުޅިން ވެސް ވާހަކަ ދެއްކީ އަންހެނުންނެވެ؛ އެކި ރަށްރަށުގެ އެކި އުމުރުގެ މީހުންގެ ވާހަކަ އިން އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ހަމަލާތަކެއް ދީ، ރައީސް ޔާމީނަށް އޮތް ތާއީދު ހާމަކުރި އެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ރޭގެ ޖަލްސާ އިން ވެސް "އަންހެނުންގެ އިހްލާސްތެރިކަމާއި ހިތްވަރު ކިތަންމެ ބޮޑަށް ވެސް ދަލީލުކޮށްދޭ" ކަމަށެވެ.
"އަޅުގަނޑުމެންގެ ފިރިހެން ބޭފުޅުން މަޖިލިސް މެމްބަރުން، ހަމަ ޝައްކެއް ވެސް ނެތް މިރޭ އެބަ ޖެހޭ ފިލާވަޅުތަކެއް ނަގަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އެދިވަޑައިގަތީ، ޕީޕީއެމްގެ ޖަލްސާތައް އިންތިޒާމްކުރާ ފިރިހެން ބޭފުޅުން ރޭގެ ޖަލްސާ އިން ފިލާވަޅު ނަގައިގެން ކުރިއަށް ދިއުމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ގަދަކަމުން ވަދެ، އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމުން، އިދިކޮޅު ފަރާތްތަކާއި ބައިނަލްއަގުވާމީ ފާޑުކިއުން ރައީސް ޔާމީނަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް އެމަނިކުފާނު މިދިއަ ތިން ދުވަހު މުޅިން ވެސް ވާހަކަފުޅު ދައްކަވަނީ އެ ހުރިހާ ފިޔަވަޅެއް ވެސް ދިފާއުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުބައިބާ ކޯލިޝަން
08 February 2018
ހަމްދުކުރަން އަންނިމެން ކުރަން އުޅުނު ބަަޤާވާތް ފޭލްވީމަ. ލަދުގަނޭ އިދިކޮޅު ކޯލިޝަން ރައްޔިތުންގެ ޙައްޤުޤައޭ ކިޔާފަ ނިކުންނަ މީހުން އިންޑިޔާ ސިފައިން އަރަން ބުނީމަ. ވީމާ ކޯލިޝަންގެ ނުބައިކަން އެނގިއްޖެ
މޯޑް
08 February 2018
ހަޤީޤީ ހިތްވަރު އެނގޭނީ ލައްޒަތާ އަރާމުގަ އުޅޭ ވަޤުތުގައެއް ނޫނެވެ. ހުރަގޭގައި އޮންނަން ޖެހޭ ވަޤުތުގައެވެ.
މެންޓަލިސްޓް
08 February 2018
އާދެ ރަގަޅުވާހަކައެއް ،،،، ހިޓްލަރވެސް ދެވަނަ ބޮޑުހަނގުރާމަ ނިމިގެންދިއައިރު ހުންނެވީ އަބިންގޮވައިގެން ،،، ބަންކަރުތެރޭގައި ،،، އޭރުވެސް އަނބިން ތިއްބެވީ ވަރަށް ސާބިތުކަންމަތީ ،،،، ހަމައެގޮތުން ޓައިޓޭނިކް ފެތިގެންދިއައިރު ދުންމާރި ފުމޭގުރޫޕް ތިބީ ހަމަ ފުމެލަފުމެލަ ،،،،، ހިއްވަރާއި ސާބިތުކަމާޢިއެކު ،،،، ވީމާ މެޑަމް ފާތުން އެހުންނެވީވެސް ހަމައެހެން ،،،، މުސްކުޅިން ބުނެއުޅޭ ފެތުނުއޮޑީގެ ރިޔާދަށުވިޔަސް ކަނަކު އަތްދަށުނުވާށޭ ،،،،، މައައްސަލާމާ
ޏެކްސްޓް
08 February 2018
ކޮޕީ ކެޓް
ލަތީފް ދިއްދޫ
08 February 2018
މެޑަމްގެ އަޖަލް ޖެހެނީހެން ހީވަނީ މިހިސާބަށް ރައީސް ތައުރީފްކޮށް އިތުބާރު ކުރި މީހުންގެ ނިމުން ދިޔައީހިތިކޮށް.
ކޮލަމާފުށި
08 February 2018
އަނިޔާވެރިކަން އިންތިހާއަށް...
މަރީ
08 February 2018
ގައުމު ހަލާކުކޮށް ނުލާ ލޯތްބާއި ތައުރީފު ދެއްވެން ނެތީތޯ؟
ބޮޑުރިޔާ
08 February 2018
މިފޯރިފެނިފާ ބޮޑުރިޔާވެސް މިހާރު ޕީޕީ އެމް އަށްބަދަލުވަނީ ހާދަހޯފޯރިއެއްއެބަހުއްޓޭ އެއްބަޔަކަށް ކުއްލިނުރަށްކަލުގެ ހާލަތުގައިވެސް
ްައައިންތު
08 February 2018
އަސްލުވެސް ގައުމުގައި ކަމެއް ވާކަންވެސް ބައެއްމީހުން ނުދެނަހުރި...ހެހެހެ