ޚަބަރު / ރާއްޖެ ޓީވީ

ރާއްޖެ ޓީވީ މެދުކަނޑާލީ ގޯސް ހެދުނުކަން އަމިއްލަ އަށް ގަބޫލް ކުރެވިގެން: ޕީޕީއެމް

މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ހަފުލާގައި ރާއްޖެ ޓީވީގެ ނޫސްވެރިން، މިނިވަން ނޫސްވެރިކަމަށް ގޮވާލަނީ.---ފޮޓޯ: މިހާރު

ރާއްޖެ ޓީވީގެ ބްރޯޑްކާސްޓިން މެދުކަނޑާލާފައި ވަނީ ގޯސް ހެދުނުކަން، އެ ސްޓޭޝަންގެ ވެރިންނަށް އަމިއްލަ އަށް ގަބޫލު ކުރެވިގެން ކަމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ރޭ ބުނެފި އެވެ.

ރެ އިން ފެށިގެން ރާއްޖެ ޓީވީގެ ބްރޯޑްކާސްޓިން މެދު ކަނޑާލީ، އެތަނުގެ މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުންނާއި ފުލުހުން ރާއްޖެ ޓީވީ އަށް ދެމުން އައި ހިމާޔަތް ހުއްޓާލާފައި ވާތީ، މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އެވެ.

Minivan noosverikameh nethumun Raajje TV medhu kandaalaifi

Minivan noosverikameh nethumun Raajje TV medhu kandaalaifi

The most trusted news source in the Maldives

Mihaaru

މިނިވަން ކަމެއް ނެތް ކަމަށް ބުނެ ރާއްޖެޓީވީގެ ބުރޮޑްކާސްޓިން މެދުކަނޑާލުން--

ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރާއްޖެ ޓީވީގެ އެ ނިންމުމަކީ އެސްޓޭޝަނަށް ގޯހެއް ހެދުނު ކަމުގެ އިއުތިރާފެއް ކަމަށެވެ.

"ރާއްޖެ ޓީވީ އަމިއްލައަށް ބަންދު ކުރީމާ، އޭގެން އިއުތިރާފެއް އެ ވެވެނީ ތިމަންނަމެނަށް ގޯހެއް ހެދިއްޖެކަން،" ރާއްޖެ ޓީވީ ބަންދު ކުރަން ދާދި ފަހުން ގޮވާލެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

Raajje Tv bandhukuran PPM in govaalaifi

Raajje Tv bandhukuran PPM in govaalaifi

The most trusted news source in the Maldives

Mihaaru

ރާއްޖެ ޓީވީ ބަންދު ކުރުމަށް ޕީޕީއެމުން ގޮވާލުން

ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ރާއްޖެ ޓީވީން މަސައްކަތް ކުރީ އަމިއްލަ އަށް ހުއްޓާލުމަށް ފަހު، އެކަން ސަރުކާރުގެ "ބޮލަށް" ޖަހަން ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ "އަތަށް ގޮވީ" ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ސްކްރީނަށް އަރުވާފައިވާ މެސެޖުގައި ބުނެފައިވަނީ އެ ސްޓޭޝަންގެ މުވައްޒަފުންނަށް ކެނޑިނޭޅި ލިބެމުން ދިޔަ އިންޒާރުތަކާއި މީީޑިއާތަކުގެ ހިދުުމަތް، އިންޒާރެއް ނެތި ވަގުތުން ހުއްޓުވާނެ ކަމަށް އެމްއެންޑީއެފުން އަންގާފައިވާތީ އާއްމު ބްރޯޑްކާސްޓިން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނި، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

76 ކޮމެންޓް, 329 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 3%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަސީ

10 February 2018

މިއީ އަޖައިބެއްނު! ތަނެއްގަ ގޯހެއް އޮތިއްޔާ އެ ހެދެނީ ރާ ޓީވީއަށް. އެހެން މީހުން ހަމަ ހުދު ފޮތިކޮޅެއް

The name is already taken The name is available. Register?

ުހގގ

10 February 2018

އަންހެނުން ހާލުދެރަވެގެން ހޮސްޕިޓަލްގަ ބާއްވާފަ އެދުވަހު އަވަަހަށް ދުވެދިޔައީ ޗެކް ޖމާކުރަން?. ގަޅި ވާހަަކަ ނުދައްކާ ޗެކްޖަމާކުރެވޭނެ ފަހުންވެސް. މީގެން އެނގެނީ ކޯންޗެއް. ބަޔަކު ރާވައިގެން ކުރިކަމެއްކަން. ކޮންމެ މީހަަކަށްވެސް އަނެކާގެ އެކައުންޓަށް ފައިސާޖަމާ ކުރެވޭނެ. އަދީބަށް އެނގޭނެ ރައީސްގެ އެކައުންޓް ނަަންބަރު. މުސާރަ ޖަމާކުރާ އޮފީހުންވެސް އެކައުންޓްނަންބަރު ހޯދޭނެ. މިކަހަލަ ވާހަކަ ނުވިސްނޭނެ ރޓީވީ ބަލާ ވަކަރުގޭ ކުދިންނަަކަށް.

The name is already taken The name is available. Register?

ހހގގފ

10 February 2018

އިސްްލާމީ އުއްމަތަކަށް އެންމެ ނުރައްކާތެރި ހަތިޔާރަކީ ފިތުނަ އެކަން ވަރަށް ފުރިހަަމައަށް ރ.ޓީވީން ކުރޭ. ކޮންމެ ނުބައި އަމަލަކީވެސް ޝައިތާނާގެ އަަމަލު. ޝައިތާނާގެ އަތްދަށުގަވުމަށް ބޭނުންވާނީ ފިތުނަ. އެހެންވީމަ ގިނަމީހުން ނެއްނޫން ދުނިޔޭގެއެންމެން އެޓީވީގަ24 ގަޑިއިރު ލޯ ޖައްސައިގެން ތިއްބަސް ރޓީވީން ފިތުނަ އުފައްދާ އެފިތުނައިންގައުމާ އާއިލާތައް ބައިބައި ނުކުރާ ކަަމަކަށް ނުވާނެ.

The name is already taken The name is available. Register?

ނާފިޒް

10 February 2018

ހައްގު ބަސްބުނުމަކީ ދޮގުހެދުމެއް ނޫން. ޤައުމު ފަސާދަ ކުރުމެއް ނޫން. ތިކަން ހުއްޓާލަން ނަސޭހަތްތެރިވަން.

The name is already taken The name is available. Register?

ބަލަމާ

09 February 2018

ޔާމިނަށް ހަޖަމްނުވީ ރާއަޖެޓީވީ އަކީ އެންމެ ގިނަ މީހުން ބަލާ ޓީވީއަށް ވެފަ "އީ.ޔޫ" ގެ ވަފުދުން ދެއްވި އިންޓަރވިއު ދެއްކީމަ.... ރައްޔިތުން ކުރިމަތީގަ އަދުގެ ސަރުކަރުގެ ފިޑިކަން ފަޅާއަރައިފި..

The name is already taken The name is available. Register?

މަރީ

09 February 2018

ކިތަންމެ ޙަސަދަވެރިވިޔަސް ރާްއްޖޭގެ އެންމެ ގިނަ ރައްޔިތުންތަމެއް ބަލާ ޓީވީ އެއީ. ޜައްޔިތުންނަށް ކުރާ ގޯނާގެ ތެރެއިން ބަޔެއް ޜާއްޖެ ޓީވީ އަށް އިންޒާރު ދިނުން. ޢަދުރޭ ވިސްނާލާ އަދުރޭ ތިޔޮއް އާދައިގެ މީހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ މިލިޔަނަރަކަށް ވި ގޮތް. ޢެހެން ކިޔާތީ ބަންދު ކުރަން ތި ގިވަނީ.

The name is already taken The name is available. Register?

މުރާސިލް

09 February 2018

ތިޔަ ރ.ޓީވީއަކީ ބަންދުކުރަންވެސް ޖެހޭ ޓީވީއެކެވެ. އަމިއްލައަށް ތިމާމެންގޯސް ހަދާފައި އެގޯސް ފޮރުވަން އަމިއްލައަށް ޓީވީ ބަންދު ކުރިއަސް ލިބޭނެ ހަމްދަރުދީއެއް ނެތެވެ. ދެން ޓީވީ ބަންދުކޮށްގެން ގޭގައި އެހެންޓީވީ ޗެނަލްތައް ބަލަން ތިބޭށެވެ.

The name is already taken The name is available. Register?

އަމީތާބު

09 February 2018

މިފަހަކުން ން ރާއްޖެ ޓީވީން ކިޔާފި ބޮމުގެ ހާދިސާތައް ހިނގާ ދިޔަ ގޮތް ރައީސް ޔާމީން އަށް މާތްރަސްކަލާނގެ އިލްހާމް ކުރެއްވި ކަމަށް!

The name is already taken The name is available. Register?

ދަންޑެހެލު

09 February 2018

މިޤައުމުގެ އެއްމެ ނުކަމެތި ރައްޔތުމީހާ އަށްވެސް އެގިޖެއް ޤާނޫނު އަސާސީ އެމީހާގެ ބާރަކީވެސް އަދި ވަކިން މީގެ ކުރިން ނޭގޭ ކިތަށްމެ އެއްޗެއް އެގިންޖެ ރާއްޖެ ޓީވީގެ ސަބަބުން....ކޮންބަޔަކު ކޮންމެއެއްޗެކޭ ކިޔުނަސް...ހައްޤުބަސް ބުނާތި އެކަމާ ހިއްމަ ނުޖެހިގެން އުޅޭބަޔަކު ރާއްޖެ ޓީވީ ބަންދުކުރަން ހާދަ ބޭނުމެ ދެްތޯ!!

The name is already taken The name is available. Register?

ޙަސަން

09 February 2018

މަގެ ފްލްޓާ .މަގެ ފައިސާ އާ ނުކުޅެއްޗޭ ..އެނގި ތިބެ އަދުރޭ އާ ނުކުޅެއްޗޭ...ދޭށޭ މަގެ އެތިކޮޅު ދޭށޭ މަގެ ފައިސާ ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454