ހުޅުމާލެ: ނޮވެމްބަރު 18، 2017- ހުޅުމާލޭގައި ފްލެޓް އިމާރާތްކުރުމުގެ ބިޔަ މަޝްރޫއު އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
14 ފެބުރުއަރީ 2018 - 19:24
ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ، ރައީސްގެ މަނއދޫބެްްގެ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޫނިދޫ ޖަލުގައި ތިއްބެވި އެ ބޭފުޅުންނާ ބައްދަލު ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެ ތިން ބޭފުޅުން ވެސް ތިއްބެވި ތަނާއި ހާލުކޮޅު ބައްލަވާލައްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
"Raeesul Jumhooriyyaa ge khaassa mandhoob" egge haisiyyathun alhugandu Raees Maumoon, Usthaz Abdulla Saeed, Usthaz Ali Hameed aa bahdhalu koh e 3 beyfulhunge haalukolhu balaifin. 3 beyfulhunge sihhee haalukolhaa, hunnavaa thanaa behey mauloomaath fadha kankan olhun filuvin.
— Dr.Mohamed Muizzu (@MMuizzu) February 14, 2018
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ހާލަތު އިއުލާނުކޮށް، ހައްޔަރު ކުރި މި ތިން ބޭފުޅުންގެ ހާލު ސަރުކާރުން ފުރަތަމަ ފަހަރަށް މި ބެލީ، އެ ބޭފުޅުންގެ ސިއްހީ ހާލަތާއި ތިއްބެވި ގޮޅީގެ ހާލަތާ މެދު އާއިލާތަކުންނާއި ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އެގޮތުން ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލެއްވިތާ މާގިނަ ދުވަހެއް ނުވަނީސް ހާލު ދެރަވެގެން އައިޖީއެމްއެޗުގައި ވަނީ އެޑްމިޓްކޮށްފަ އެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލެއްވުމާއެކު ދޫނިދޫއަށް ބަދަލު ކުރެއްވި ނަމަވެސް ހާލު އެންމެ ރަނގަޅު ނޫން ކަމަށް އާއިލާއިން ބުނެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަކީ ޑައިބެޓިކް ބޭފުޅެއް ކަމަށާއި އެކަމަކު ފޮނުވި ބޭސް އެ މަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ އާއިލާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ މަނިކުފާނުގެ ބަލި ހާލަތަށް ނުބަލައި، ވަރަށް ގިނައިން ހަކުރު އަޅައިގެން ސައި ގެންގޮސްފައިވާއިރު މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ފަރިއްކުޅުވުމަށް ގެންދިޔައީ ގަރުދިޔަ އާއި ބަތާ އެއްކޮށްފައި ބާލިދީއެއްގައި ކަމަށް އާއިލާއިން ބުންޏެވެ.
އެ މަނިކުފާނުގެ ވަކީލުން ސިފަ ކުރައްވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ހުންނެވީ އިންސާނަކު ބަހައްޓަން އެކަށީގެންވާ ފަދަ ތަނެއްގައެއް ނޫނެވެ. އާއިލާއިން ބުނިގޮތުގައި އެތަން ސިފަ ވަނީ ޖަނަވާރު ގެންގުޅޭ ޒުލެއްގެ ކޮއްޓެއްހެންނެވެ.
ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫނާއި ދެ ފަނޑިޔާރުންނާއެކު މިހާތަނަށް 13 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
15 February 2018
ސަރުކާރާ ޑީލް ހަދާނެ ޖާގައެއް ނެތޭ. އެމީހުން އެތިބީ ނިކަން ގަދަ ޑީލެއް ހަދައިގެންނޭ. އެކަމކު ﷲ ރަހްމަތްފުޅުން އެށީލް ވީ ފލޮޕް ޑީލަކަށް. ބ"ބޯކޮސް" ވާހަކަ ނުދައްކާ.
ބޯކޮސް
15 February 2018
ބަލަގަ މުއީޒް އަށް ނޭގޭތަ ތިޔަކުރެވެ ކަމެއް، ތިޔައީ ސަރުކާރުގެ ފަރާތުން ތަހްގީގު ކުރާމީހުންނަށް ދައްކާ ބިރެއް ނޫންތޯ؟؟/ އަދި އެހެން މުއައްސަސާތަކަށްވެސް ދައްކާ ބިރެއް ނޫންތޯ؟ ރައީސަށް ދޫނިދޫ ޖަލަކަށް މަންދޫބުންނެއް ނުފޮނުވޭނެ. އެއީ ޑީލް ހަދަން ފޮނުވާފޮނުވުމެއް؟؟ މިހާރު ޖަލުގައި ހުރި އެކަކުވެސް ޑީލް ނަހަދާނެ، ހިތްވަރު އެބަހުރި. ސަރުކާރު މަޑުމަދުން ތިޔަދަނީ ވެއްޓެމުން... ބަލިވަމުން. އަތަށް ގޮވުމުގެ ކުރިން އިސްތިއުފާ ދީފާ ފިލޭތޯ ބަލާ؟؟؟؟؟ ވާނެ ގޮތެއް ބުނަންވެސް ނޭގޭ؟؟؟؟
ހަހަހަަހަ
15 February 2018
ހައްޔަރުގައި ތިބި ބައެއްގެ ހާލުބަލަން ރައީސް މަންދޫބުން ފޮނުވަންޖެހޭ؟؟. ފުލުހުންގެ ކޮމިޝަނަރ އަށް ގުޅާފަވެސް ހައްޔަރުކޮަށްފަ ތިބި މީހުންގެ ހާލު ބަލާލަން ބުނެވިދާނެ. ފުލުހުންނަށް އިތުބާރު ނުކުރަނީ ދޯ؟ ހަމަ ޔަޤީނުންވެސް އެހެން ބޭނުމަކު މަންދޫބު ފޮނުވީ. އެކަން އެގޭނީ އަދުރޭ އާއި ޔާމިންނަށް އެކަނި. މަންދޫބަކަށް ވެސް ނޭންގޭނެ އޭނަ ޔޫސްކޮށްގެން ކުރި ކަމެއް.
ހައްޖަ
15 February 2018
ބައެއް ބޭފުޅުންނަށް ހީވަނީ ބޮޑެތި ކުށްކުރީމާ ގެންގޮސް، ދެން ލާންވާނީ އެއާކޯންކޮށްފަ ހުންނަ ބޮޑެތި ކޮޓަރިތަކަށޭ. ބަލަ ތިނޫނަސް ކުށްކޮށްގެން ގެންގޮސް ހައްޔަރުކޮށްގެން ގޮޅިގޮޅީގާ ބައިވަރު މީހުން އެބަތިއްބޭ. ވިސްނަންވީ ތަންކޮޅަކީ ޖަލަކީ ހަމަ ޖަލުކަން. ޖަލުގާ ތިމާ ބޭނުންވާ ހުރިހާ ކިދުމަތެއް ފުރިހަމަޔަށް ހުރެގެންވެސް ނުވާނެ. އެހެން ވެއްޖެނަމަ ޖަލަށް ލުމުގެ ބޭނުންވެސް ކެނޑުނީ.
ގުއިއްޒު
15 February 2018
އެ ތިންބޭފުޅުން އެ ހައްދަވަނީ އެއްމެ ލަގްޒަރި ހޮލިޑޭ ދެއްތޯ؟ އެހެންވީމަ މަށަޢް ދެރައި އެބޭފުޅުންނާ ބައދަލުކުރަން ވަފްދެއް ނުފޮނުވީމަ. މިހިރީ ވާ މީހެއް!
1234
15 February 2018
އޯލް ޕާޓީ ޓޯކްސް ޖައްސަންދޯ މުއިއްޒު ޖަލަށް މިފޮނުވީ. އެހެންޔާ, ޖަލުގަ އެތިބީ ހުރިހާ ޕާޓިއެއްގެ ވެރިން ގެންގޮސް އަޅާލާފަ ވިއްޔަ. އަންނިޔާ ގާސިމްވެސް އަވަހަށް ޖަލަށް އެނބުރި ދާންވީ ވާހަކަދައްކަން
ކޮލަމާފުށި
15 February 2018
ކޮބާހޭ މަގޭފްލެޓް މުއިއްޒޫ..
އައިޖޭ
15 February 2018
ޢައްސާން ނުފޮނުވީ ކީއްވެބާ؟
ާދމރލ
14 February 2018
މުއިއްޒު އަކީ ހޮސްޓެޖް ނިގޯޝިއޭޓަރެއްތޯ!، ޔާމީނު ރަހީނު ކުރިބަޔެއްތޯ އެއީ؟ ހުރިހައި ކަމެއްވެސް މިދަނީ ގާނޫނުން ބޭރުން، މާފިޔާ ސްޓޭޓް އަކާ އެންމެ ވައްތަރުވަނީ!
ސަބްނަމް
14 February 2018
ބައްދަލުވުން ވަރަށް ކާމިޔާބް. ސުލްޙައިގެ ވާހަކަ އެއީ.