ހިޔަދޫގައި މިއަދު ބާއްވާ އެއްވުމުގައި ޔަސްރިފް (ވ): އޭނާއާ އެކު އިތުރު ފަސް މީހަކު ހައްޔަރު ކުރި.
24 ފެބުރުއަރީ 2018 - 20:46
ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، އައްޑޫ ހިތަދޫގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.
އެ މީހުންގެ ތެރޭގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބު ރައީސް އިބްރާހީމް ރަޝީދު (އިބްރޭ) އާއި ހިތަދޫ މެދު ދާއިރާގެ ރައީސް މުހައްމަދާއެކު އިތުރު ތިން މީހަކު ހައްޔަރުކޮށްފައި ވެ އެވެ.
ނަމަވެސް ބަޔާނެއްގައި ސޮއި ކުރުވުމަށް ފަހު، އެންމެން މިހާރު ވަނީ ދޫކޮށްލައިފައި ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސޮއި ކުރުވި ލިޔުމުގައި އޮތީ އެއްވުމެއް ބާއްވާ ނަމަ، ދުރާލައި ފުލުހުންނަށް އެންގުމަށް ފަހު އެކަން ކުރުމަށް ފުލުހުން އެދޭ ކަމަށެވެ.
Addu raiyyithunge thaaeedh mi Sarcar ah nethumakee raiyyithunna aniya kuran jehey sababeh noon. #MaldivesInCrisis
— Abdulla Sodiq(Sobe') (@SobeAbdulla) February 24, 2018
ސޯބެ ޓްވީޓެއް.
އެމްޑީޕީ އިސްކޮށް އޮވެ، އައްޑޫގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓާ ނުލައި، ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް ސޯބެ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއީ ފަނޑިޔާރު އަލީ ހަމީދަކީ އައްޑޫގެ ދެ ބޭފުޅުންނަށް ވާތީ އެ ބޭފުޅުންގެ ހައްގުގައި ވެސް އައްޑޫގެ ރައްޔިތުން އަޑު އުފުލަން ނުކުންނާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ހިފި ކަމުގެ ތުހުމަތުގަ އެވެ. އެ ދެ ފަނޑިޔާރުން ހައްޔަރު ކުރީ ރައީސް އަބްދުﷲ ޔާމީން އެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގަ އެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ އިއްޔެ ވެސް އިދިކޮޅު ދެ މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިއުމުން ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުރައްކާ.
25 February 2018
މިޙާލަތުގަ މުއްދަތު ޖަހަން ގެންދަން ނުޖެހޭކަން ފުލުހުންނަށް ނޭނގެނީބާ؟
ތުނިޔަ
25 February 2018
މެޑަމްއާ ވާދަ ކުރެވޭތޯޗެސް ތިއުޅުއްވަނީ ހަމަ ސައީދުމެން ނޫންތޯ! މެޑަމް ނުރުހިދާނެތީ މެހި މާބުރުހެން ފަހަތުން ތިއުޅުއްވަނީވެސް ލައްކަ ފައިދާ ވާތީ ނޫންތޯ!
ސޮކްތެރެޕީ
24 February 2018
މިމީހުން އަނިޔާއޭ ކިޔާގެން ފިތުނައުފައްދަނީ.
ސިންތިލީ ވޫމް
24 February 2018
ސޯބެ އަކީ 2 މޫނު ގެން ގުޅުވާ ބޭފުޅެ. މީވަރައްވާހަކަ
ކުންނާރު
24 February 2018
މެޑަންގުގެވެސް މޮޮޓޯކޭޑެއް އޮވޭތަ؟؟