ނައީމާއްތަ ހައްޔަރުކޮށްގެން ގެންދަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
ފުލުހުން އަންގާފައިވާ އެންގުމާ އެއްގޮތަށް، މިރޭ 10:30 ވުމާއެކު، އިދިކޮޅު ފަރާތްތަކުގެ އެއްވުމަށް ހުރަސްއަޅައިފި އެވެ. އެއްވުން ރޫޅާލުމުގެ ތެރޭގައި ފުލުހުން ވަނީ އެމްޑީޕީގެ އެކްޓިވިސްޓު ނައީމާ މުހައްމަދު (ނައީމާއްތަ) އާއި އިތުރު މީހަކު ހައްޔަރުކޮށްފަ އެވެ.
ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރަން އަމުރުކޮށް ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު ހުކުމް ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން މިރޭ 8:30 ގައި އެއްވީ، މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމައްޗަށެވެ. އެ ސަރަހައްދުގައި އިހްތިޖާޖް ނުކުރެވޭނެ ކަމަށް ފުލުހުން އެންގުމުން ވެސް މުޒާހަރާގެ ބައިވެރިން އެއްވުން ކުރިއަށް ގެންދިޔަ އެވެ.
އުމުރުން 68 އަހަރަށް ވުރެ މަތިވެފައިވާ ނައީމާއްތަ އާއި އެހެން އަންހެނަކު ހައްޔަރުކުރީ މަޖީދީ މަގުގައި އަޑުއުފުލަމުން ދަނިކޮށެވެ.
Police arrest 70-year-old Naeemaatha on Majeedhee Magu.
— Maimoon 🎈 (@Mrsays_) February 25, 2018
@PoliceMv NAEEMATHA DHOOKUREY 😡😡😡pic.twitter.com/MuK5njt4VU
ނައީމާއްތަ ފުލުހުންގެ ބެލުމުގެ ދަށުގައި.
މިރޭގެ މުޒާހަރާގައި، ގިނައީ ވެސް އަންހެނުންނެވެ. މަޖީދީ މަގު، ކެމްޕަސް ކައިރީގައި އަޑު އުފުލަމުން ދަނިކޮށް އެ ސަރަހައްދުން ދޫކޮށް ދާން އެންގުމުން ބައެއް މީހުން ދެކޮޅު ހެދި އެވެ. އެއާއެކު އެއްވުމަށް ހުރަސްއަޅައި މީހުން ފޮނުވާލުމުން ދެން އެއްވީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒު ސަރަހައްދަށެވެ.
މިރޭ 10:30 ގެ ފަހުން އެއްވުން ކުރިއަށް ނުގެންދަން ފުލުހުން އަންގާފައިވިއަސް، އެ ވަގުތަށް އެއްވުން މެދުކަނޑައެއް ނުލި އެވެ. ފުލުހުންގެ އެ އެންގުމަކީ ގާނޫނާ ޚިލާފު އެންގުމެއް ކަމަށާއި އަމަލުކުރަން ނުޖެހޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އާހިދާ
27 February 2018
ނައީމާއްތަގެ ލަދުވެސް މިހާރު ކެނޑިއްޖެ. ހިތައްއަރާ ދަރިންވެސް ނުތިބެނީމާއޭ!
އިޙްސާންތެރިޔާ
26 February 2018
ތިދައްތައަށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ އިސާހިތަކު ކޮށްފާނެދޯ؟ އުމުރެއް ނުވެސް އެނގޭނެ ކަންނޭގެ. އެކަމަކު ތިންބެއިންނަށް ޖިންސީ ގޯނާ ކުރި މުސްކުޅި ބެއްޔާ އަރާމުގަ... ހެއްވައެއްނު.
ހެހެ
26 February 2018
ޖިންސީ ގޯނާވެސް މިގޮތަށް ނިކުމެ ފާޅުގަ ކުރިނަމަ ދައުވާކުރަން ފަސޭހަވީސް.
ޖޭމްސް
26 February 2018
10 ގަޑި 30 ހޭ. އަދުރޭ ކައިރީ ބުނެލަދީ ހަވީރު 6 ހެދިޔަސް އެއްވާނަމޭ.
އަހުމަދު އިބްރާހިމް
26 February 2018
އުމުރުން ދުވަސްވީމަ ދެން ، އަޅުކަމާއި ގެން ގޭގައި އޮންނަ ނަމަ....
ހެވޭ
26 February 2018
އަޅުކަމަކީ އުމުރުން ދުވަސް ވީ މަ ކުރަން އަންގަވާފަ އޮންނަ ކަމެއް ނޫން. މީހަކު މަރުވާނެ އިރެއް އެނގިލައްވާ ތޯ؟؟
ހޭލާ
26 February 2018
ހަށިގަޑުން ބިޔަ އެތަކެއް ޓްރޭނިންތަކެއް ހަދާފައިވާ އަދި ރަޔަޓް ގިޔަރުގައި ތިބި ފުލުހުންގެ ދައުރަށް އެންމެ ބޮޑަށް ހުރަސް އެޅޭނީ ހަށިގަޑު ނިކަމެތިކޮށް ހުރި 70 އަހަރުގެ އަންހެނަކަށެވެ.
ހުޔާ
26 February 2018
ގޭގަހުއްޓަތަ ގެންދަނީ؟
ނުހޭލާ
26 February 2018
މީޑިއާ އެޓެންޝަން ލިބިގެން ފުލުހުންނާ ސަރުކާރު ނުބައިކުރެވޭނީވެސް އުމުރުން ދުވަސްވީ މީހުން ލައްވާ މިކަހަލަ ކަންކަން ކުރުވައިގެން.
ޖައިސާމް
26 February 2018
ހަގީގަތުގަ ނައީމާއްތަ އަކީ ބިޝާމާ، ޝަފީއާއާ، ފިލްޒާއަށްވުރެވެސް މާ ވަރުގަދަ އަންހެނެއް.
އިހުސާނު
26 February 2018
މެޑަމް އަށްވުރެވެސް ނައީމައްތަގެ މަގުބޫލުކަން މާބޮޑު. މިނިސްޓަރު ސައީދަށް ނައީމައްތަގެ ފަރާތުން ވަރަށް ސަލާމް.
އަހަންމާބެ
26 February 2018
ނަޢީމާއްތައަށް ހެޔޮވިސްނުން ދެއްވައި، މިފަދަ ޙަރަކާތްތަކުން އެއްކިބާވެ ހެޔޮކަންތައްތަކުގައި އުޅުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން.
ދީދީ
26 February 2018
މީގައުމީ ކަމެއް ނުބައި ވެރިޔެއްގެ ކިބައިން ގައުމު ސަލާމަތް ކުރުމައް ވުރެ ހެޔޮކަމެއް ނިކަން ކިޔާދީބަލަ
ހެހެ
26 February 2018
ނައީމައްތައަށް މިގައުމުގެ ނުބައި ވެރިން އެނގޭކަން ނަސީބު...
ހަަދަ
26 February 2018
ހާދަ ރީތި ދެ ފުލުސް ކުދިންނޭ ނައީމަދައްތަ ހައްޔަރު އެ ކުރަނީ އަޅެ މަގޭ ހައްޔަރުކުރަން އެދެކުދިން އަނަނާނެނަމަ ހާދަރަނގަޅޭ.
ޖޭމްސް
26 February 2018
ޖައްސާލަބަލަ މުޒް އަކައް. ގޭގަ އޮތީމަވެސް ޕެޕް ސޫޕް އެބަ ޖަހާ. އެހެން ވީމަ ނާންނަން ވީ ސަބަބެއް ނެތްތާ.
ތުނިޔަ
26 February 2018
ބަލި ކަށިވެފައިތިބޭ ޢުމުރުން ދުވަސްވީ އަންހެން ކަނބަލުންދެކެ މިހާ ޖެހިލުންވާ ސަރުކާރަކުން ޤާނޫނު އަސާސީ ދެކެ ކިހާ ބިރެެއް ގަންނާނެތޯ؟