ޚަބަރު / އިދިކޮޅު ފަރާތްތައް

31 މީހަކު އަދިވެސް ތިބީ ހައްޔަރުކޮށްފައި: އިދިކޮޅު ޕާޓީތައް

އިދިކޮޅު ޕާޓީތަކުން މަޖީދީ މަގުގައި އިއްޔެ ހަވީރު ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި ބަޔަކު ފުލުހުންގެ ވެހިކަލަށް އަރުވާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 110 މީހުންގެ ތެރެއިން 31 މީހަކު އަދިވެސް ތިބީ ހައްޔަރުކޮށްފައި ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕާޓީތަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މުޒާހަރާ ކުރާތާ ހަތަރު ހަފުތާ ވީއިރު، ފުލުހުންގެ ފަރާތުން އަނިޔާވެރި މަންޒަރުތަކެއް ފެންނަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގެ މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި ކުރި މުޒާހަރާގެ ތެރެއިން .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ ބަޔާނުގައި ބުނީ ޣައިރު ގާނޫނީ ގޮތެއްގައި ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންދެން އަދި ކޯޓުގެ އަމުރު ތަންފީޒު ކުރަންދެން މުޒާހަރާ ކުރާނެ ކަމަށެވެ. އަދި ފުލުހުން ހައްޔަރު ކޮށްފައިވާ ސިޔާސީ ހުރިހާ ލީޑަރުން ދޫކޮށްލުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ހައްޔަރުކޮށްފައި ތިބި ފުލުހުންނާއި ސިފައިން ދޫކޮށްލުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

މަޖީދީ މަގުގައި އިއްޔެ އާއި ރޭ ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދިވެސް ހުރީ ހައްޔަރުކޮށްފަ އެވެ. އިއްޔެ އާއި ރޭ ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި އާންމުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގެ މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި ކުރި މުޒާހަރާގެ ތެރެއިން .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ރައްޔިތުން ތިބީ އަނިޔާ އިން ސަލާމަތްވުމަށް ރައްޔިތުން ވާން ޖެހުނު ކޮންމެ ގުރުބާނީއެއްވުމަށް ތައްޔާރަށް ކަމަށެވެ.

"ދޫނިދޫ ރިސޯޓުގެ" އޮކިއުޕެންސީ މިވަގުތު ވަރަށް މަތީގައި އުޅޭ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. ސަމީރު އެ އިޝާރާތް ކުރެއްވީ އެކިއެކި ތުހުމަތުތަކުގައި ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ ލީޑަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އާންމުންނަށް ނިސްބަތްކޮށެވެ.

"ދޫނިދޫގެ އޮކިއުޕެންސީ މަތީގައި އުޅެނީ. ދައުލަތް ހިންގޭ ހިސާބަށް ގޮސްފައި އޮތީ،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ މުޒާހަރާތަކުގައި ހައްޔަރުކުރާ މީހުންނަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދެމުންް އަންނަ ކަމަށެވެ. އަދި ހައްޔަރު ކުރާ މީހުންގެ އާއިލާތަކަށް ރައްދު ކުރަން ޖެހޭ މެސެޖްތައް ރައްދުކޮށް ދެމުން އަންނަ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން "ހެލެމުން ދަނީ" ހެލޭ ދަތެއް ފަދައިންނެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަނެއްގައި އިންނަވާފައި "ފުމެލާ" އިރަށް ރައީސް ޔާމީން ވެއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވަނީ ކާނިވާ ސަރަހައްދުގައި އިދިކޮޅު ހަރަކާތްތައް ބޭއްވުމަށް ފުރުސަތު ނުދޭތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސަމީރު ވިދާޅުވީ ކާނިވާ ސަރަހައްދު ހޯދުމަށް 1000 ވުރެ ގިނަ ސިޓީ ފޮނުވާފައިވީ ނަމަވެސް، މުއިއްޒުގެ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސޭނުބެ

04 March 2018

31 މީހުނެއްނޫން!! ޖަލުގައި އެބަތިބި އެކިކުށްކުށުގައި ހައްޔަރުގައިވާ 800 ވަރަކަށް މީހުން!!

The name is already taken The name is available. Register?

99

04 March 2018

ބަލަ ނޭގޭނެ ތިމީހުންނަކަން މަގުމަތިން ހަންގު ހޯދާކަން ގެ އަން ވަދޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454