ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރަން ލޯންޗުގައި. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
20 މާޗް 2018 - 23:42
ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ހަވީރު ކޯޓަށް ހާޒިރުކޮށް، ހަތް ގަޑިއިރު ފަހުން ބަންދުގެ މަޖިލިސް ކެންސަލްކޮށްފި އެވެ.
މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ހަވީރު 3:30 ހާއިރު މައުމޫން ކޯޓަށް ހާޒިރުކުރުމަށް ފަހު ބަންދުގެ މަޖިލިސް ކެންސަލްވިކަން އެންގީ މިރޭ 11 ޖެހި ފަހުން ކަމަށެވެ. އަދި ދެން ތިއްބެވި ބޭފުޅުންގެ ބަންދުގެ މަޖިލިސް ވެސް މިރޭ ނުބާއްވަން ނިންމާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތާވަލްކުރި ޝަރީއަތުގެ މަޖިލިސްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް ފަނޑިޔާރު އަލީ ހަމީދާއި މެންބަރު އިލްހާމް އަހްމަދުގެ ބަންދު ވަނީ ވަނީ އިތުރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ވަނީ އަމުރުކޮށްފަ އެވެ.
މައުމޫންގެ އެހާ ގިނަ އިރު، ކޯޓުގައި އިންނަވަން ޖެހިވަޑައިގަތުމުން އެމަނިކުފާނުގެ ވަކީލާއި އާއިލާ އާއި ސިޔާސީ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މައުމޫންގެ ވަކީލުންގެ ޓީމުން ބުނީ އުމުރުން ދުވަސްވީ ބޭފުޅަކު އަދި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ކުރީގެ ރައީސަކު، އެއްވެސް ސަބަބެއް ނެތި އެހާ ގިނައިރު ބެއިންދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޖުޑިޝަރީން އެކަމާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ވަކީލުން ބުންޏެވެ.
ކްރިމިނަލް ކޯޓުގައި އެހާ ގިނައިރުވުމުން، މައުމޫނާ ބައްދަލުކުރައްވައި ހާލު ބައްލަވަން ވަކީލުން ފުރުސަތަކަށް އެދިވަޑައިގެން ނަމަވެސް، އެ ފުރުސަތު ވެސް ނުދިން ކަމަށް ވަކީލް ވިދާޅުވި އެވެ.
މައުމޫން މިއަދު ކޯޓަށް ހާޒިރުކުރީ ދޫނިދޫގައި ބަންދުކޮށްފައި ހުންނަތާ 40 އަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި ބޭފުޅުންގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އަންނައިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވަނީ އެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަހަމަކަން
21 March 2018
މައުމޫން ވީމަ ޙާއްސަ ގޮތްތަކެއް ހަމަޖައްސަން ނުޖެހޭ.
ސަޅިބެ
21 March 2018
ޝަރީއަތް ފެށުމުގެ ކުރިން ކޯޓުތެރެއިންވެސް ތިޔަދެނީ އަނިޔާ ދެން ކިހިނެއްތޯ ޝަރީއަތް އިންސާފުން ހިންގޭނީ. އަނިޔާވެރިންގެ ނިމުން ހިތިކޮށް އަންނާނެ އެއީ އިލާހީ ޤާނޫން.
މުޙުއްމާ
21 March 2018
30 އަހަރު ވަންދެން ސަރުކާރުގެ މަތީ މަޤާމުތައް ދީގެން ގެންގުޅެފަ އެއްމެފަހުން ރައީސުކަންވެސް ހޯދާދިން ބޭބެ މުސްކުޅިވި ދުވަހު ޖިއްސުންކޮށް އަނިޔާ ކުރެވޭނީ ތިހާ ކަށް ވަރަށް ދެން. އަޅުގަޑަށް ޔަޤީން މިރާއްޖޭގަ ރައީސް މައުމޫނުގެ ޢަދާވާތްތެރިއަކުވެސް ރައީސް މައުމޫނުއަށް އެ އަނިޔާނުދޭނެ. ގަޓް އެބަހުރި މައްސަލަޔަކީ ގަޓް ދިވެހިންނަށް ބޮޑު ބިރަކަށްވާތީ.
ވޯލް
21 March 2018
ތިރި ތިބި މީހުންނަށް ފިލާވަޅެއް. ތިމާ ކިތަންމެ ހެޔޮކޮށް ކަންކުރިއަސް އެކަން ހަދާން ހުނަނީ މަދު ބަޔަކު އަދި ހާއްސަކޮށް ސިޔާސީ މަޤާމުތަކާއި ދައުލަތުގެ މަޤާމުތަކުގައި ތިބޭ މީހުން.
އިހުސާނު
21 March 2018
މާތްﷲ މި އަނިޔާވެރިޔާގެ ކިބައިން ދިވެހިން މިންޖު ކުރައްވާ، އަނިޔާވެރި ވެރިކަން ނިންމަވާ އަނިޔާވެރި ވެރިން ބަލިކުރައްވާފާނދޭވޭ. އާމީން
މުސާފިރު ޚާނާ
21 March 2018
އެމަނިކުފާނަކަސް އިންނަވަންޖެހުނީމާ ޖެހޭނީ އިންނަވަން. ކޯޓަށް ހާޒިރުކުރަން އެންގީމާ ގެންނާނީ. އެކަން ވާންޖެހޭނެ ގޮތަކީ އެއީ. މިހާރު ނޫހަށް މާ ބޮޑު ކަމަކަށް ވިޔަސް އަހަރުމެނަކަށް ނުވޭ އެއީ މާބޮޑު ކަމަކަށް. އޯކޭ
ކުޑާއްތަ
21 March 2018
ރައީސް މައުމޫނު ވަގުތުން ދޫކޮށް ދެއްވުމަށް އެދި ރައީސް ޔާމިނު ގެ އަރިހުން އެދެން
ނެތްހަމަ
21 March 2018
ރައީސް މައުމޫނު ކައްޕ ހައްޔަރު ކޮށްފަ އެ ވަނީ އިންޞާފުންތަ ނޫނީ ބޭއިންސާފުންތަ؟
ކަޅުގޮއްޔެ
21 March 2018
ދިވެހިރާއްޖެ މިއަދުމިދެކޭތަރައްގީގެބާނީއާއިދެތެރޭ މިސަރުކާރުން ކަންތައްކުރާގޮތް gވަރައްކައިރިން ދިވެހިންމިތިބީ ބަލަންު
ދަލޭކަ
21 March 2018
އަނިޔާވެރިކަން ހައްދުފަހަނައަޅާގޮއްސި, ﷲ ނަޞްރުދެއްވާ ހައްގަށް, ވަޔަކަށް އަނިޔާއެއްދީފައި އާޚިރުގައި އަނިޔާވެރިންނަކަށް ސަލާމަތެއް ނުވެވޭނެ, ﷲއިންޝާ
މަހަށްދޭދޭ
21 March 2018
މައުމޫން ކޯޓުގައި އިންނަވާތާ ހަތް ގަޑިއިރު ފަހުން ބަންދު މަޖިލިސް ކެންސަލް ވުމުން އަނބުރާ ޖަލަށް މައުމޫނު ގެންދިއުމުން އެނިމުނީ އެވެ. އެއީ ޝަރީއަތުގެ މަޖްލީސް ތައް ކޯޓުގައި ހިނގާ ގޮތެވެ. އެކަން ޖެހޭނެ މައުމޫނު ވެސް އެކްސްޕީރިއަންސް ކުރަން. މައުމޫނުގެ ވެރިކަމުގައި ކިތައް މީހުންނަށް ނުހައްގުން އަނިޔާ ދެވިފައިވާ ވާހަކަ މިއަދު ނޫސްވެރިން ނުދައްކަނީ އެއީ ކީއްވެތޭ. ކޮބާތޭ ދިރިއުޅުމަކީ މީބާ އުފެއްދި ޕްރޮޑިއުސަރަށް ކުރި އަނިޔާ އަދި މިއަދު އެފަކީރު އުޅޭ ހާލު ސޯސަން މަގުގައި ދަތުރު ކުރާ ބަޔަކަށް ފެނި ލޮލުން ކަރުނަ އަންނާނެއޭ. ތަމެން ވެސް ޖެހޭނެއޭ ޕްރައިސް ޕޭ ބެކް ކުރަން ތަމެން ރީއްޗެއް ނޫނޭ ހައްގު ތަކޭ ޑިމޮކްރަސީއޭ ކިޔާ ނިކުންނަން ތަމެން ކެނެރީގެ ނަޝީދު ތަމެން ދޭތި ތިޔާއީ ޑިމޮކްރަސީ ކިއެއްކުރަން ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ދަންނަ ބަޔެއް ނޫނޭ އެމްޑީޕީ ހަލާކު ވެގެން ދަނީ ކެނެރީގެ ނަޝީދަށް ވެރިކަން ނުހައްގުން ހޯދަން ވެގެންނޭ އެއީ އޭނާގެ އަމިއްލަ ތަރިކަ މުދާތޭ އެމްޑީޕީ އަކީ. މަހަށް ދޭބަލަ.
ބެއްޔާ
21 March 2018
ތަހަންމަލޮގެބައި ރަނގަޅު އެކަމު މީހެއްގެވާހަކަދަށްކާއިރު ތިމާގެ ބަސްމޮށުމާއި އަދަބިއްޔާތުން ހީވާނީ ހަމަ ޖަންގަލީގައި ބޮޑުވެފައިހުރިހެން... އެޓެންޑް ޔޯސއލްފަސްޓް ދެން އެޓެންޑް އަދާސް...