ޚަބަރު / އަބްދުއްރަހީމް އަބްދުﷲ (ސްޕެޝަލް އެޑްވައިޒަރު)

އަބްދުއްރަހީމް ފުލެޓް ގަތް މައްސަލަ އޭސީސީން ބަލަން ފަށައިފި

ޕީޕީއެމްގެ "ރުމާލު 2" ގައި ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް (ކ) އަދި ނިހާން މަޝްވަރާ ކުރައްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން 9 މިލިއަން ރުފިޔާ އަށް "ރެހެންދި-6" އަކުން ދެ ފުލެޓް ބައްލަވައިގެން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަބްދުއްރަހީމްގެ ދެކަނބަލުން ދެ ފްލެޓު ބައްލަވައިގަތް މައްސަލަ ބަލަނީ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އަބްދުއްރަހީމް ފްލެޓް ބައްލަވައިގެންނެވި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. އެގޮތުން 9 މިލިއަން ރުފިޔާ ހޭދަކުރައްވައިގެން ދެ ފުލެޓް ބައްލަވައިގަތީ ކިހިނެއް ހޯއްދެވި ފައިސާއަކުންތޯ ބަލަން ޖެހޭ ކަމަށާއި ދެ ދައުރު މަޖިލީހުގައި އުޅުއްވި ބޭފުޅަކަށް އެ އަދަދު ހަމަނުކުރެއްވޭނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އެންމެ ފަހުން ހެދި ރެހެންދި-6 އިން އަބްދުއްރަހީމާއި އަނބިކަނބަލުން ދިޔާނާ ހުސެއިން ބައްލަވައިގެންނެވި، ފެންވަރު މަތީ ފްލެޓެއްގެ އަގު އުޅެނީ 4.5 މިލިއަން ރުފިޔާގަ އެވެ. އަބްދުއްރަހީމް ވަނީ ދެ ފްލެޓު ބައްލަވައިގެންނެވި ކަން މީޑިއާގައި އޭރު އެއްބަސްވެވަޑައިގެންފަ އެވެ.

އޭރު އޭނާ ވިދާޅުވީ ދެ ފްލެޓުގެ ތެރެއިން އެއް ފްލެޓު ބައްލަވައިގެންނެވީ އޭނާގެ އަންހެނުންގެ ނަމުގައި ކަމަށެވެ. އަދި ފްލެޓާ ބެހޭ މައުލޫމާތު ކަމާ ބެހޭ މުއައްސަސާތަކަށް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ފްލެޓް ބައްލަވައިގެންނެވި ގޮތް ހާމަކުރައްވަން އަބްދުއްރަހީމް މީޑިއާގައި ދެކޮޅު ހެއްދެވި އެވެ. އޭނާ ހަމައެކަނި ވިދާޅުވީ މެމްބަރުކަމުގެ އިތުރުން އާމްދަނީ ހޯދަން އިތުރު ކަންކަން ވެސް ކުރައްވަމުން އަންނަ ކަމަށެވެ.

"ގެޔަށް ވަންނަ ވަރުގެ އެއްޗެއް މީޑިއާއަކަށް ހިއްސާއެއް ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާއާ ބެހޭ ގޮތުން ވާހަކަތައް ފެތުރިޔަސް ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ކުރައްވަމުން ގެންދަވާ މަސައްކަތަށް ބަދަލެއް ނާންނާނެ އެވެ.

44 ކޮމެންޓް, 153 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 1%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަލުގޮޅި

01 December 2019

ޔާމީންއާ ބައިތު ހިފި އެންމެންގެ މައްސަލަ ބަލަން ޖެހޭނެ. މިހާރުވެސް މާލަސްވެއްޖެ. ޔާމީން އޮންނަން ޖެހޭނީ ހަމަ ބޮޑެތި ކުއްތައް ކުރި މީހުންގެ ގޮޅީގާ . އެނުން ތަނެއްގަ ހުރުމީ ކޮރަޕްސަނުގެ އަމަލެއް

The name is already taken The name is available. Register?

ޥަގި

19 February 2019

ޢަލްހަމްދު ލިއްލާހި

The name is already taken The name is available. Register?

މަރުމޯލު

20 December 2018

ހެޔޮނުވާނެ ތިޔަ އޭ.ސީ.ސީ ކިޔާތަން އުވާލަގަ. ތީ މަހާނަމައްޗަށް މަޑިޔަށްޖެހޭ ބަޔަކު އުޅޭތަނެއް!

The name is already taken The name is available. Register?

ބޭބެ

16 December 2018

ބަންޑާރަ މިސްކިތާއި ދިމާލުން އޯކިޑްމަގުގެ ދެކުނު ފަރަތުގައި 2009 ން 2012 އަށް އިބުރާހީމް ހުސައިން ޒަކީ ގެހެދި މައްސަލަ ޢޭ.ސީ.ސީ.އިން ބަލާދޭނެ ނަމަ!

The name is already taken The name is available. Register?

ޡާފި

24 March 2018

ކޮބާ ބަލއި ނުނިމޭތަ

The name is already taken The name is available. Register?

ފުލުސް

22 March 2018

ތީ ހަމަހުދުފޮތިކޮޅެއްހާ ސާފުކޮށް ފެންނަން އޮތްކަމެއް! އަދުރޭ އަކީ ދުވަހަކުވެސް ހަރާން ލާރިއެއް ބޭނުން ފުޅު ކުރެއްވި ބޭފުޅެއް ނޫން!

The name is already taken The name is available. Register?

މަހާރަދުން

22 March 2018

ތި ހަލާލު ކޮއްލަނީ

The name is already taken The name is available. Register?

މަންނާނު

22 March 2018

މިޔަށް ކިޔަނީ ދޮވެސާފް ކުރުން ކުޅޭ ގޭމެއް

The name is already taken The name is available. Register?

އަސްލޭ

22 March 2018

ހަމަހަމަ އުސޫލު އެންމެންނަށް އޮންނަނެޖެހޭނީ . އަލީ ހަމީދު ހައްޔަރު ކޮށްގެން ފްލެޓް މައްސަލަ ބަލަންޏާ އަދުރެވެސް ޖެހޭނީ ބަންދުގަ ބަހައްޓައިގެން މިކަން ބަލަން. އެކިމީހުންނަށް އެކިގޮތް އަދުލު އިންސާފުގަ އޮތުމަކީ ފަސާދަވުން.

The name is already taken The name is available. Register?

ހައްލު

22 March 2018

ތިކަމުގައި އެއްވެސް ކޮރަޕްޝަނެއްނެތް އޭސީސީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454