ޚަބަރު / ކުރީގެ މެމްބަރު އަހުމަދު ނިހާން

ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓު ގަތީ ހަލާލު ފައިސާއިން: ނިހާން

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ރިޔާސަތު ނިހާން ބަލަހައްޓަވަނީ. - ފޮޓޯ: މިހާރު/ ނިޝާން އަލީ

ވެރިކަން ކުރާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ "ހަލާލު" ފައިސާ އިން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ނިހާންގެ ދަރިފުޅު މުހައްމަދު އަލާން އަހުމަދުގެ ނަމުގައި ހުޅުމާލެ އިން އަގު ބޮޑު ފްލެޓެއް، ޕްލެޓިނަމް ރެސިޑެންސް އިން ގަތްކަން އެނގުނީ ސިވިލް ކޯޓުގައި، އެ ފްލެޓްގެ މުއާމާލާތާ ބެހޭ ކަމެއް ތާވަލް ކުރުމުންނެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެ ފްލެޓު ނިހާން ބައްލަވައިގެންނެވި ގޮތް ސާފުކުރަން އެދެމުންނެވެ.

ނިހާން "މިހާރު" އަށް ވިދާޅުވީ އޭނާއަކީ ނުވަ އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި މެމްބަރެއް ކަމަށެވެ. އެހެންވެ، ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ 79،000ރ. ގެ ސަބަބުން މިހާތަނަށް 8.5 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ރާއްޖޭގައި ހުރި އެހެން ބޭންކަކުން 5.2 މިލިއަން ރުފިޔާގެ ލޯނެއް ނަންގަވާފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަން ހޯދަން ނެންގެވި އެ ލޯނުތަކަށް ބަރާބަރަށް ފައިސާ ދައްކަވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އިތުރުން ދެން އޭނާ ލޯން ނެންގެވީ ކޮން ބޭންކަކުން ކަމެއް ވިދާޅެއް ނުވެ އެވެ.

"އެހެންވީމަ، އަޅުގަނޑަށް ފްލެޓު ނުގަނެވެންވީ ސަބަބެއް އެބަ އޮތްތޯ؟" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންނަށް ގަނެ ވިއްކުން މަނައެއް ނުކުރެ އެވެ. އެހެންވެ، އެބޭފުޅުންނަށް ފްލެޓު ބައްލަވައިނުގަންނަވަންވީ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ފްލެޓު ބައްލަވައިގަތީ، ހައްގު ގޮތުގައި، ގާނޫނާއި ގަވައިދުގެ ތެރެއިންނެވެ.

"އެއްވެސް މައްސަލައެއް އުޅޭ ކަމަށް ބަޔަކަށް ހީވެފައި އޮތް ނަމަ، އަވަހަށް ވަޑައިގަންނަވާ. ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެފަރާތްތަކުން މައްސަލަ ބަލަންވީ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލާނަށް 18 އަހަރު ވުމާ ގުޅިގެން ފްލެޓެއް ދެއްވަން ކުރިން އޮތީ ނިންމަވައިފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ދަރިފުޅަށް އާމްދަނީ ހޯދައިދިނުމުގެ ގޮތުން ކުރެއްވި ކަމެކެވެ.

ނިހާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ބޭންކެއް މެދުވެރިކޮށް، ލޯން ނަންގަވައިގެން ފްލެޓެއް ބައްލަވައިގަންނަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ޕްލެޓިނަމް އިން ނިހާން ފްލެޓެއް ބައްލަވައިގެންނެވިއިރު، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތްކުރި "ރެހެންދި-6" އިން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން ވަނީ 9 މިލިއަން ރުފިޔާ އަށް ދެ ފްލެޓް ބަައްލަވައިގެންފަ އެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ބުނެފަ އެވެ.

135 ކޮމެންޓް, 360 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 1%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަދު

07 April 2018

ރާއްޖޭގައި މަޖިލީހުގެ މެމްބަރުކަން ލިބުނީމަ މިލިޔުނަރަކަށް ވެވޭދޯ؟ 9، 5، 4، ހުސް މިލިޔަން

The name is already taken The name is available. Register?

ޖިންނިބޭ

06 April 2018

މަޖިލީހަށް ނިހާން ހޮވާ މީހުން ހޭއަރާ! ހޭއަރާ! ވޯޓު ދޭ މިހާ ހައްތާ ފަގީރު ... މި މީހުން އަހަރުމެންގެ ލާރިން މިވަރު މުއްސަނދިކަމެއް .. އަހަރެމެންނަށް ކޮން ހިދުމަތެއްތަ ކަލޭ ނިހާނު ކޮށްދިނީ؟ ގައުމު ކުރީ ހަލާކު .. ހަމަ ނުޖެހުން އުފެއްދީ .. އަހުލާގެއް ނެތް .. ރީތި ސުލޫކަކާ އެކަހަލަ އެކައްޗެއްވެސް ނެތް .. ވހޭއަރާ!

The name is already taken The name is available. Register?

ސުވިޒަރލޭންޑު ގެ ބޭންކު ވަތްގަޑުން

06 April 2018

އަދީބު ޖަލުން ނެރެންޖަހެނީ މިހެންވެގެން.

The name is already taken The name is available. Register?

ހަސީ

06 April 2018

އެއްކަލަ ސައުދީ ފަންޑުން ދިން 25000 ޑޮލަރު ގެ ވާހަކަ ވެސް ދައްކަބަލަ ....

The name is already taken The name is available. Register?

ޚާލިދު

06 April 2018

ހުސް ދޮގު، ސޯޓު ބޭލެނީI

The name is already taken The name is available. Register?

އޮޅުން

06 April 2018

9 އަހަރުތެރޭގަ ހަމައެކަނި ފުލެޓްތޯ ބައްލަވައިގަތީ ؟ ކޮބައިތޯ ދިރިއުޅުމުގެ އެހެނިހެން ޙަރަދުތަކާ ކުރާދަތުރުތަކާ ؟ އަދި ލޯންތަކަށްފައިސާދައްކާގޮތާ؟ މިމައްސަލަ ރަގަޅުގޮތުގައިތަހުގީގުކުރއްވުން ރަގަޅު. ދެން ކީއްވެތޯ އިދިކޮޅު މީހުނަނަށް ތިޔަގޮތަށްފުލެޓު ނުގަނެވެނީ ؟ ސައީދު، އާޒިމާ، މުއިއްޒު، އބ.ރަހީމް، ކާނަލްނަށީދު ، ފަލާހު މީ ހަމަ ސުވާލު ދެއްތޯ! ސުވާލު .......ސުވާލު.......ސުވާލު ...

The name is already taken The name is available. Register?

ސުމަން ބާއި

06 April 2018

ބާތުޑޭ ގިފުޓަށް ވެސް މިލިޔަނުން؟؟ އެހާ ގިނަ ލާރި ގަނޑު މޭކު ކުރީ ކިހިނެއްބާ

The name is already taken The name is available. Register?

އައްޔުބެ

06 April 2018

ގަނެވިއްކުން މަނާވިޔަސް ނުވިޔަސް. އިސްލާމީ އަޚްލާގުގެ ތެރޭގައި ދަޢުލަތުގެ މަޤާމެއްގައިތިބެގެން ތިޔަފަދަ ކަންކަންކުރުމަކީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ހެޔޮވާނެކަމެއްނޫން. ޚުތުބާތަކާއި ދަރުސްތަކުގައި ކިޔާތީއިވޭ ރަސޫލާ (ސއވ) ޒަކާތްނަންގަވަން ފޮނުއްވި މަންދޫބަކަށް ހަދިޔާގެ ގޮތުގައި ލިބުނުތަކެއްޗާއި މެދު ހަދީޠްކުރެއްވެވި ބަސްފުޅު. ދެންބައްލަވާ ޚަލީފާ އަބޫބަކުރުގެފާނު އަމިއްލަ މަސައްކަތްފުޅު ނުކުރައްވާ ސަރުކާރުގެ ތެލުން ރޯކޮށްފައިވާ ބައްތިއެއްގެ އަލީގައި. އަދިވެސް އެތައްއެތައް މިސާލުތަކެއް ރަސޫލާ (ސއވ) ގެ ސުންނަތާއި އެކަލޭގެފާނުގެ ޞަހާބީންގެ ސިޔަރަތުން ފެންނަންއެބަހުރި. އަދު ޑިމޮކްރަސީގެ އަޅުންގެ ގޮތުގައި މިތިބި ސިޔާސީ ލީޑަރުންނަށް މިއިންބޭފުޅަކާއި އަޅާކިޔޭނެ ގޮތެއް އެބައޮތްތޯ؟

The name is already taken The name is available. Register?

ލަކުޑި ހަމީދު

06 April 2018

ކީއްވެތަ ތިކަހަލަ ހަލާލު ފައިސާ އަހަރުމެންނަށް ނުލިބެނީ؟

The name is already taken The name is available. Register?

އައިޖޭ

06 April 2018

ދަރިފުޅަށް ފްލެޓް ގަތީ ހަލަޅު ފައިސާްއިްނ، ފައިބެ 8 އަހަރުގެ މަޖްލިސް މުސާރައިން،،، އެކަމު ފައުބެ 8 އަހަރު ކައިބޮއިހެދި ބްރޯ ދިން ފައިސާ އިން، ބްރޯ ދިްނ ފައިސާ ހަލާލު ހަރާމް ނޭނގުނަސް ކާރު ގަތީ ހަލަޅު މުސާރަ ފައިސާ އިން....ދެން އަތްޖަހާާ..... އެދުހުން ގުނަވަންތައްވެސް ހެކި ދޭނެ.. އިންޝާﷲ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454