އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ފޮޓޯ އަކަށް ހުއްޓިވަޑައިގެން: އެ ކޮމިޝަނުން ބުނަނީ ގާނޫނުގައިވާ މުއްދަތުގައި ޕާޓީތަކަށް މި އަހަރު ފައިސާ ދޫކުރާނެ ކަމަށް.--- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
11 އެޕްރީލް 2018 - 10:48
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ މި އަހަރުގެ ފައިސާ، ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް އަންނަ މަހު ފޮނުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ. އެ ގޮތަށް ގުނުމުން ތިން މަސް ހަމަވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ.
ސަރުކާރުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ޖެހޭ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ނަމަވެސް، އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމަށެވެ. އެކަމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. ސިޔާސީ ޕާޓީތަކަށް މި އަހަރު 24.2 މިލިއަން ރުފިޔާ ދޭނެ އެވެ. އެއީ ޕާޓީތަކަށް ސަރުކާރުން މިދިޔަ އަހަރު ދިން އަދަދަށް ވުރެ، ތިން މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އަކްރަމް ވިދާޅުވި ގޮތުގައި، އިދާރީ މަސައްކަތްތައް ނިމުމާ އެކު ވަކިވަކި ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު ހާމަކުރާނެ އެވެ.
ޕާޓީތަކަށް ފައިސާ ދޭނެ މިންވަރު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމުން އެ ފައިސާ ދޫކުރާނީ އެ މިނިސްޓްރީންނެވެ. މިދިޔަ އަހަރު އެ ފައިސާ ދޫކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ ފަހުކޮޅެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެސްބެ
11 April 2018
ކީއްކުރަން އަންނަ މަހު? މިހާރުން މިހާރަށް ކުރަންޖެހޭކަމެއް. .އެއީ މިހާރު ލަސްވެފައިވާ ކަމަކަށްވާތީ..އަދިވެސް ހަމަ ނިޔަތް ރަގަޅެއްނުވޭ. އަންނަ މަސް އައީމް ދެންބުނާނީ ކީކޭބާ..
މޯޑު
11 April 2018
އަދިވެސް މާގިނަ ތި ބޭކާރު ޕާޓީތަކަށް ދޭ ލާރިގަނޑު
ފަލަޑޭ
11 April 2018
ކަމިޝަނަރ އަބަދު މިހުންނަނީ ޔުނިފޯމެއްގަތަ ނޫނީ އެއްދުވަހެއްގަ ނަގާފަ ހުންނަފޮޓޯތަކެއްތަ؟ އަބަދު އެއްވައްތަރުގެ ގަމީސް މިފެންނަނީ
މަރޭމިތުރާ
11 April 2018
ކިލާހިތަކުން އިލެކްޝަންއޮވެ އުފާވެރިކަން ނައަންނާނޭ!!!ހިލާ ތިޔަތިބި ވެރިން ތިބެގެން ހަމަޖެހުމެއް ނާންނާނޭ!!!
ނޫން
11 April 2018
ބޭނުންވާ ކޮޅަކަށް ބުރަވެއްޖެނަމަ އުފާވެރިކަން އަންނާނެ. މޮޅުވުމުން މޮޅުވިކަމާމެދަކު އެއްވެސް މައްސަލައެއް ނުޖައްސާނެ.
އުމަރު
11 April 2018
އީސީގެ ރައީސް ޝަރީފް ވަރަށް މަސައްކަތްކުރާނެ ސިޔާސީ ޕާޓީތަށް އެއްގަލަކަށް އަރުވައިގެން މިހާރު މިއޮތް ހާލަތުގައި އިލެކްޝަނަކަށްދާން، ފައިސާވެސް ދޫކުރާނެ، ކަންތަށްކޮށްދޭންވެސް އުޅޭނެ، ބަޖެޓުގައި ހިމެނޭ އަދި ޤާނޫނުގައި އޮތްކަމެއް ނުކޮށް ލަސްކޮށްގެން ނުވާނެ، ލަސްކުރުމަކީ ކުށެއް، އަދި ބަޖެޓުގައި ފައިސާފާސްކޮށްގެން އެހެނިހެން މިނިސްޓްރީތަކަށް ފައިސާދޭ އުސޫލުން ލަސްނުކޮށް އެފައިސާދޫކުރުމަކީ ފިނޭންސްގެ މަސްއޫލިއްޔަތެއް، އެކަމަކީ އިލެކްޝަނުގެ މަސްއޫލިއްޔަތެއްނޫން، އިލެކްޝަނުން ހިތަށް އަރާވަގުތެއްގައެއްނޫން ފައިސާދޫކުރަންވާނީ، އެހެންކަމުން އީސީގެ މަޅީގައި މިފަހަރު އެއްވެސް މީހަކު ޖެހިގެންނުވާނެ، އަދި މަޖިލިހުގެ 12 މެންބަރުން ސިފައިން މެދުވެރިކޮށް ބޭރުކޮށްގެން ހިންގި އެއްވެސް ކަމެއް ގަބޫލުކޮށްގެންނުވާނެ، އިލެކްޝަން ބާއްވަންޖެހޭނީ 12 މެންބަރުން ދޫކޮށް 1 ފެބްރުއަރީގެ އަމުރު ތަންފީޒްކޮށް ޤައުމު މިނިވަންވެ ޤާނޫނު އަސާސީއަށް ރުޖޫއަވެގެން
މަރޭމިތުރާ
11 April 2018
ފައިސާދޭން ޕާޓީއަށް ލަސްކުރުމީ ޖެއްސުމެކޭ!! ފައިސާތައް މަދުކޮށްދޭން އިލެކްޝަނުން ކުރިކަމެކޭ!
މޫސަ12
11 April 2018
އަޅޭ ތިޔަފައިސާ އަށް ކުރަނީ ކީއްތޯވެސް ބަލަންވާނެދޯ ފައަިސާ ޚަރަދުކުރި ރިޕޯރޓުތައް ސައްހަތޯވެސް ބަލަންވާނެ...
މަރޭމިތުރާ
11 April 2018
ފައިސާތައް ދޭންޖެހޭ ލަސްކުރުމީ ޖެއްސުމެކޭ!!! ބައިއެޅުމީ ވަކިބަޔަކަށް ގިނަވާހެން ވައްކަމެކޭ!
ރަދީފް
11 April 2018
މަަށަށް ވެސް އެތިކޮޅެއް ފޮނުވައްޗޭ.
ހާޖަރާ
11 April 2018
ދޭންޖެހޭ އެއްޗެއްވިއްޔާ ދީބަލަ. ކީތްވެތަ ނުދީ ހިފަހައްޓަނީ. އޮންނަ އުސޫލުގެ ދަށުން ދޭންޖެހޭވަރެއް ބަލާފާ ދިނީމަ އެނިމުނީނުން. ކިތަންމެ ފަސްކޮށް ލަސްކޮށްފާވެސް ނުދީއެއް ނުތިބެވެ. ދެން.