ޚަބަރު / މާލެ

އަންހެނަކަށް މަރުގެ އިންޒާރު ދިން ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ބަލަނީ

އިންޒާރު ދިން ޓެކްސީ ޑްރައިވަރު، ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް ރޭ އަރުވަނީ.

މާލޭގައި އަންހެނަކަށް މަރުގެ އިންޒާރު ދިން ޓެކްސީ ޑްރައިވަރެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މީހަކަށް އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ ކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ އެކްޓިވިސްޓް ރަހުމާ އައްބާސް ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނި ގޮތުގައި އަންހެން މީހާ އަށް އިންޒާރު ދިނީ ޓެކްސީ ޑްރައިވަރެކެވެ. އެކަމަކު އެ މައްސަލައިގައި ޓެކްސީ ޑްރައިވަރު ހައްޔަރު ކުރިތާ މާ ގިނައިރުތަކެއް ނުވެ ދޫކޮށްލާފައިވާ ކަމަށްވެ އެވެ.

"ޓެކްސީ ދުއްވަން އިން ޑްރައިވަރު ބާރު ސްޕީޑުގައި ދުއްވާފައި އައީ ގުރުއާން ޖަހަމުން. އައިސް (އިއްތި) އިން ސައިކަލް ކައިރި އަށް މަޑުކޮށްލާފައި ބުނީ މަރާލާނަމޯ. މި ގައުމުގައި ތިހެން ބުރުގާ ނާޅައި ނޫޅެވޭނެއޯ. މިއީ އަހަރުމެންގެ ސަރުކާރޯ،" ރަހުމާގެ ފޭސްބުކް ޕޯސްޓުގައިވެ އެވެ.

"ފުލުހުން ހުއްޓާ (ޓެކްސީ ޑްރައިވަރު) ބުނީ ކުރިމައްޗަށް އަރާބަލާށޯ ހަމަ ޗިސްޗިސް ކޮށްލާނަމޯ،"

ރަހުމާ ބުނީ ފުލުހުން، ޓެކްސީ ޑްރައިވަރުގެ އަތުގައި ބިޑި އަޅުވައިގެން ގެންދިޔަ އިރު، އަންހެން މީހާގެ މައުލޫމާތު ނުނަގާ ކަމަށެވެ. އެހެންވެ، ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ގޮސް، މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅަން ޖެހުނީ ކަމަށް ވެސް ރަހުމާ ބުންޏެވެ.

20 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 13%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެނެޑީ

17 April 2018

މިއީ ހޭބަލިވެފަ ތިބި ހައްދުފަހަނަ އަޅާފަ ހުރި ބަޔެއްދޯ. ކަލޭމެން އެކަހެރިވެ ބޭނުންވަރަކަށް ބުރުގާނާޅާ މީހުންގެ އެކިޒާތްޒާތުގެ ފޮޓޯއާއި ވީޑިއޯ ސްމާޓްފޯނުން ބެލިޔަސް އޯކޭދޯ ދީނާ މަތިވަނީ ޓެކްސީގަނޑުގަ މަގުމައްޗަށް ނުކުންނަ ހިސާބުންދޯ. ތިޔައީ އިސްލާމްދީން ފަތުރާ އެދީނަށް ލޯބިހޯދާ ހެޔޮކަންކަމަށް އަމުރުކުރަން އަދި މުންކަރާތް ނަހީ ކުރަން އޮތްގޮތެއްނޫން. ދީނުގެ އޮތީ ރިވެތި ގޮތުގައި ނަސޭހަތްދިނުމާއި ރިވެތި އަޚަލާޤުން މިސާލުދެއްކުން.

The name is already taken The name is available. Register?

ހާނިމް

15 April 2018

ދީނަކީ އިންސާނާއާ އޭނާގެ ހެއްދެވިފަރާތާ ދެމެދު ވާކަމެއް. ކިތައްމެ ވަރަކަށް ތަޅާ މަރައިގެން ބުރުގާ އެޅުވިއަސް، ޖުއްބާ ލެއްވިއަސް އަދި އެހެން ކަމަެއް ކުރިއަސް ވާނެ ފައިދާއެއް އޮތްނަމަ ރަސޫލް ޒަމާނުގައި ބިރުން އިސްލާމް ދީނަށް ވަދެ ތިބި ހުރިހާ މުނާފިގުން ދާނީ ސުވަރުގެއަށް. އިސްލާމްދީން ފޮނުއްވީ އެންމެން މަރާކަށް ނޫން. މާ މަތިވެގެން ނޫޅޭ. ބިރުދައްކައިގެން ދީނަށް ލެންބުވުމަކީ ދީން ފެތުރުމެއް ނޫން. ހެއްދެވި ފަރާތް މަޢުރިފާވުމަކީ ވިސްނުމާ ފިކުރާ ބުއްދިއާ މުޅިޖާނުން ގަބޫލްކުރެވޭ އެއްޗެއް. އެކަން ވާނީ ކަނޑި ދިއްކޮއްލައިގެނެއްނޫން. ގުރުއާނުގައި އިންނަނީ ވިސްނާށޭ، ކަންކަން ބަލާށޭ. ކަނޑިކަރަށް މަޅާލާށެކޭނޫން. ވަރަށް ވެދުން ދީން ހިމާޔަތް ކުރަން އުޅޭ ކުދިންނަށް.

The name is already taken The name is available. Register?

އިސްމާއިލް ސަލާމް

15 April 2018

ރަގަޅު ވާހަކައެއް. ދަސްކޮއް، ބަލާފަ ދެން ގަބޫލު ނުކުރިއްޔާ؟ ދެނޯ؟

The name is already taken The name is available. Register?

އީމަން

15 April 2018

ކިހާ ދެރަ ކަމެއް މިއީ؟ ބުރުގާ އެޅުމަކީ އަންހެނާގެ އަމިލަ އިޙްތިޔާރުގާ ވާކަމެކެވެ. އެހެން އެވެސް މީހަކާ ބެހެވޭނެ ކަމެއް ނޫނެވެ. މިގައުމުގެ ޓެކްސީ ޑްރައިވަރަކަސް، މާތްﷲ ބަސްފުޅު ވުރެއް މަތީ ނުހުރެވޭނެއެވެ.

The name is already taken The name is available. Register?

‫ބައިރޯ

16 April 2018

އ‫ެހެންތަ? ބަލާބަލަ ކިޔާބަލަ ގުރުއާން ތަރުޖަމާ. އަންހެނާގެ އައުރަ އަކީ ކޮބައިކަމާ ނިވާކުރަންޖެހޭ ވަރު އެއޮތީނު. އެއީ ﷲ ގެ ވަޙީ ބަސްފުޅު. ބޯލަނބާ ކިޔަމަންވާންޖެހޭނެ.

The name is already taken The name is available. Register?

އިމަން

16 April 2018

ބުރޯ ސަޅި އިންގޭ، ވަނުވާ، ތަނެއް ދޮރެ، މިވަނީ ކިހިނެއް ކަމެއް ނޭގެ.

The name is already taken The name is available. Register?

އަލީ ސަލީމް

17 April 2018

@ބައިރޯ. ތިއީ ކަލެއައް ވިސްނޭގޮތް ދެއްތޯ؟ ހުރިހާއެއްމެން ތިހާ ގަމާރެއް ނުވާނެ!

The name is already taken The name is available. Register?

ހުސެން

15 April 2018

މީ ހަގީގަތެއްނަމަ މިކަން ކުރިމީހެއްގެ މެންޓަލްޓެސްޓެއްހަދާ އިސްލާހުޖާޑިއަށްލާ ދީން އޮޅުންފިލުވައި ދިނުން ރަނގަޅުވާނެ، ނަމަވެސް މިކަން ހިނގިގޮތް ސާފުވާނީ ދެފަރާތުން ދައްކާވާހަކަ އަޑުއިވުނީމަ،

The name is already taken The name is available. Register?

ސަމާލް

15 April 2018

މިކަން ހިނގިގޮތުން ލަފާކުރެވެނީ ވަރަށް ރާވައިގެން ދީނަށް ނަފުރަތު އުފައްދަން ކުރިކަމަކަށް. މިވެދާނެ ބޮޑު ރޭވުމަކަށް!! ފެށުމަކަށް!!

The name is already taken The name is available. Register?

23566

15 April 2018

ފެށުނީ ޔާމީނާ މޮޔަމީހާއާ ހަމައިން. ނިމޭނީ އެންމެންނަށް މިކަން ޖެހިގެން. ޖެހޭކަށް ލަހެއް ނުވިއެއްނު. އަދުލު އިންސާފު ނެތްތަނެއްގައި ދެން ވާނީ މިކަހަލަ ގޮތެއް.

The name is already taken The name is available. Register?

އެކްސް ހަލީލް

15 April 2018

ތިކަލޭގެ ބުނިކަމަށްވޭ ބުރުގާ ނާޅާ އުޅޭންޏާ މަރާލާނަމޭ، މިއީ ސުންނަތުގެ މީހުން ބުނާ ކަހަލަ ވާހަކައެއް ނޫން، މޮޔަތަކަށް ނޭންގޭ ރަސޫލުން ޒަމާނުގަވެސް ނުދޭ ތިކަހަލަ އިންޒާރެއް، އިސްލާމްދީން މީހުން ހިޔާރުކުރަނީ ލޯތްބާ އިންސާފާ ކުލުނުގެ ދީން ކަމަށް ވާތި، އިންޒާރާ ގޭންގު ސްޓައިލް އޮންނަނީ ޔަހޫދީންގެވެސް އެންމެ އަނިޔާވެރިންގެ ތެރޭގައި

The name is already taken The name is available. Register?

ކަނބަލު

15 April 2018

މިކަހަލަ މީހުންނަށް މިކެރެނީ ނުދަންނަ އަންހެނުންނަށް އިންޒާރުދޭން. ތިހާ ގަޓު ހުރިއްޔާ މަގުމަތިން ސައިކަލުގަ ދާ ތުނބުޅިނެތް ފިރިހެނެއް ހުއްޓުވާފައި ތުނބުޅި ނުހުންނާތީ އިންޒާރުދޭން ނުކެރެނީ ކީއްވެބާ؟ ކޮންމެ ކަމެއްވެސް އަންހެނުންނަށް. މިމީހުންގެ މުޅި ދުނިޔެ އެނބުރެނީ އަންހެނުންނަށް.

The name is already taken The name is available. Register?

ސަހަރޯޯ

15 April 2018

ދެން ބުނާނެ މީހުން އިސްލާމްދީނާއި މެދު ދެކޭގޮތް ކުޑާއިމީސް ކޮށް ދެކެންފެށީމަ ފަށައިފިއޭ. މިހިރީ މިމީހުން ދީނުގެ ނަމުގަ ކުރާ ކަންކަން. މޮޔަވެދާނެ!

The name is already taken The name is available. Register?

މަރީ

15 April 2018

ކޮންމެމީހަކުކުރިޔަސް އަނިޔާވާނީ އަނިޔާއަށެވެ. އެއީ އިސްލާމްދީން ދެކޭގޮތެވެ. ބޮލުގެ އެއްޗެހި ހަދައިގެން އިސްލާމްދީނެއް ނުހުއްުޓުވޭނެ ޓެކްސީޑްރައިވަރެއްވިޔަސް އަނިޔާއަކަށް ގޮވައެއްނުލެވޭނެ! މައްސަލަޔަކީ ވަކިހިސާބަކުން މަތިން ކުރާ އަނިޔާ އަނިޔާއަކަށް ނުވާތީ! ބިރުދެއްކުމާ އަނިޔާވެރިކަން މަތިން ފެށިގެން ދިގުދެމެމުން މިއަންނަނީ އަނިޔާވެރިންނަށް ﷲ އެކަން ދައްކަވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454