މާލެ ސިޓީ ކައުންސިލަރު އަޒްރާ (ވ-2) އާއި އެހެން ކައުންސިލަރުން ފޮޓޯއަކަށް ހުއްޓިގެން. -
15 އެޕްރީލް 2018 - 22:13
މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޒްރާ މޫސާގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް މިރޭ ގޮވާލައިފި އެވެ.
މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހުގެރޭ މަޖީދީމަގާއި ޖަނަވަރީ މަގު ކަންމަތީގައި ކުރި މުޒާހަރާއާ ގުޅިގެން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާގެ މައްޗަށް ޕީޖީން ދައުވާ ކުރަން ކޯޓަށް ފޮނުވީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އަޒްރާގެ މައްޗަށް އުފުލީ ސިޔާސީ ކުލަވަރު ޖެހިފައިވާ ދައުވާއެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ހުއްޓުވައި ގާނޫނާ ހިލާފަށް ފުލުހުން ހުރަސްއަޅާފައިވާތީ އާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ވަކިވަކި ފުލުހުންގެ މައްސަލަތައް ޕީޖީ އަށް ގާނޫނުން ލިބޭ ބާރުތަކުގެ ބޭނުން ކުރައްވައިގެން ބެއްލެވުމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ގޮވާލި އެވެ.
އެމްޑީޕީން ބުނި ގޮތުގައި ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ހިންގާ ކަންކަމާ އިހްތިޖާޖް ކުރުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައި އޮތްއިރު، އަޒްރާއަކީ އިސްލާހީ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ހިތްވަރު ގަދަ ކައުންސިލަރެކެވެ. ސިޔާސީ ދައުވާތަކުން ބިރުދައްކައިގެން އަޒްރާގެ އިސްލާހީ މަސަައްކަތަށް ކުޑަ ބަދަލެެއް ވެސް ނުގެނުވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ސިޔާސީ ކަންމުގައި އަންހެނުންގެ ބައިވެރުވުން އިތުރުކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައިވާއިރު، އަޒްރާއަކީ ލާމަސީލު މިސާލެއްވެސްމެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްތަފާ
16 April 2018
މި މީހުން ފެނުނީމަ އަންނަނީ ހިނި، ކީއްވެބާ؟
އެމީހާ
15 April 2018
ބަލަ ސިޔާސީ ކަންތަކުގަ އެންމެ ކުރީގަ އުޅެ، މައްސަލަ ޝަރީޢަތަށް ހުށަހެޅުމުން އެކަންވެސް ކެރިގެން ދައްކަބަލަ. އަދި ހުކުމެއް އައިސްފިނަމަ ކެރިގެން އެކަންވެސް އެންމެ ކުރީގަހުރެ ތަންފީޒުކޮށް ނިންމާލަބަލަ.