ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެކަމަނާ އަށް މަރުހަބާ ކިޔަނީ
02 މެއި 2018 - 20:32
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެކަމަނާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ޕީޕީއެމުން ބުނީ ފަސްޓް ލޭޑީ ފުވައްމުލަކަށް ވަޑައިގަތީ އެރަށުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލައްވައި އެމީހުންނަށް މިވަގުތު ދަތިވެފައި ހުރި ކަންކަން އޮޅުން ފިލުއްވައި ވީހާވެސް އަވަސް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ރައީސް ޔާމީން ކެމްޕެއިން އޮފީހުގެ އިސް ބޭފުޅެއް ކަމަށްވާ އަދުލީ އިސްމާއިލް ވިދާޅުވީ ފަސްޓް ލޭޑީ ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިއުމަށް ގިނަ ބަޔަކު ނިކުތް ކަމަށެވެ. އަދުލީ ވިދާޅުވި ގޮތުގައި ފުވައްމުލަކުން ކިޔާފައި ވަނީ އެހެން ރަށްރަށުން ނުކިޔާ ފަދަ ހޫނު މަރުހަބާއެކެވެ.
ފަސްޓް ލޭޑީ މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިއުމަށް ޖަމާވި މީހުން
ފަސްޓް ލޭޑީ އަށް ފިނިފެންމަލުގެ ސްޓޭޖެއް ތައްޔާރުކޮށްފައި ހުރި އިރު "ފުވައްމުލަކުން މީގެ ކުރިން ނުނިކުންނަހާ އަދަދަށް މީހުން ނިކުތް" ކަމަށް އަދުލީ ވިދާޅުވި އެވެ.
"މި ދެ ކަމުން ވެސް ތަފާތު އެބަފެނޭ،"
ފަސްޓް ލޭޑީ މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިއުމަށް މީހުން ޖަމާވެފައި
އަދުލީ ވިދާޅުވި ގޮތުގައި ފުވައްމުލަކަށް ފަސްޓް ލޭޑީ ވަޑައިގަތުމުން އެރަށު މީހުން އެކަމަނާ އަށް ކީ މަރުހަބާއިން ރައީސް ޔާމީންގެ ސަރުކާރަށް އޮތް ތާއީދު އެނގޭ ކަމަށެވެ.
ފަސްޓް ލޭޑީގެ ތިން ދުވަހުގެ މި ދަތުރުފުޅުގައި ހުކުރު ދުވަހުގެރޭ ފުވައްމުލަކުގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފަސްޓް ލޭޑީ މިއަދު ފުވައްމުލަކުގައި އެ ރަށު ބަޔަކާ އެކު ފޮޓޯއަކަށް ހުއްޓިގެން.
ފަސްޓް ލޭޑީ މިދިޔަ ހަފުތާގައި ވަނީ ތ. އަތޮޅުގެ ގިނަ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައި ދިރިއުޅޭ ގިނަ ބަޔަކާ ބައްދަލުކުރައްވައިފަ އެވެ. އަދި ޕީޕީއެމުން ހުކުރު ދުވަހުގެރޭ ތ.ވޭމަންޑޫގައި ވަނީ ބޮޑު ޖަލްސާއެއް ވެސް ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުންނޫރާން
03 May 2018
ކޮއިފުޅުމެންނޭ ވެރިކަން ވެއްޓިދާނެތީ ރަށުން ބޭރަށް ވަޑައިގަންނަވަން ކެރިވަޑައިނުގެން އެ ރައީސް މީހާ އެހުންނަވަނީ.ހެހެހެހެ
އެކްސް
03 May 2018
ފޮޓޯތަކުން ދެކެފަރިތަ ޓީޗަރުންވެސް އެބަފެނޭ. މަހާރެހެންދި އަށް މަރުޙަބާ ކިޔުމަށް ދިއުމަކީ ގައުމީ ވާޖިބެއްކަމަށް ބުނެ، އެތަނަށް ގެންދިޔަ މީހުންނަކީވެސް ހަމަ ތާއީދުކުރާތީ ދިޔަ މީހުންބާ؟ އާބާދީގައި 12000 އަށްވުރެ ގިނަ އަދި ރަށުގައި ދިރިއުޅެމުންދާ 9000 ވަރަކަށް މީހުންގެ ތެރެއިން ތިތަނަށް ދިޔަމީހުންގެ އަދަދު ބަލާލުމުން ތާއީދުއޮތްވަރު އެބަ ދޭހަވޭ. ވ. ސަލާމް
ޖަންބެ
03 May 2018
އައިލެންޑް ކަލެކްސަންސްގަ ކަންތައް ހުންނާނީ މިހެން.
އަލި ދީދީ
03 May 2018
މަ ވެސް ދިޔައިން މަޖުބޫރުން. މިހާރު ކިޔާ ހުރިހާ އެއްޗަކަށް ސަނާ ކިޔާފާނަން. އެކަމު ހަދާން ކުރާތި މަގޭ ވޯޓަކާ ނުކުޅެވޭނެ.
ތެއާސާ.
03 May 2018
ފުވައްމުލައް ފަދަ ޕީޕީއެމްގެ ސަޕޯޓް ބޮޑު ރަށަކަށް އައްޑޫއިންނާއި މާލެއިން އެތައް ސަތޭކަ ބަޔަކު ގެންގޮސްގެން، ސްކޫލްތަކުގެ މުވައްޒަފުންނާއި ސިވިލް ސާރވެންޓުން ގަދަކަމުން ނެރެގެން ތާއީދުއޮތްކަން ދައްކަން ޖެހުމަކީ ވަރަށް ދެރަކަމެއް.
ނުނން
03 May 2018
ތީހަމަދެއްކެން ނުކުތްބައެއް...
ނާއީ
03 May 2018
ތާއީދު އޮތްކަން އެގޭނެ ދުވަސް ވަރަށް ކައިރި ވެއްޖެ ފޮޓޯ އަކުން މަންޒަރަކުން ތާއީދު ނުފެންނާނެ ވޯޓް ކަރުދާހުން ފެންނާނެ އަފުރެ މެންގެ ރަށުން ބޮޑު މެޖޯރިޓީ އެއް އިދި ކޮޅަށް އޮށްނާނެ އިދުކޯލު ޕާޓީ ތަކުން ވޯޓް ކާމިޔާބު ކޮށް ރަތްއަތުން ނަށް ހެޔޮ ވެރިކަމެއް ގެނެސް ދޭނަން އިންސާﷲ
އުނދުން
03 May 2018
ފޯއްމުލަކު ރައްޔިތުންނަށްޓަކާ މާލޭގަ ބުރިޖާ މަގުތައް އެހެރަ ހަދަނީ. ދެން ނިކުންނާނެއެއްނު. ލޮލް.
އަޒްލީނާ
03 May 2018
ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް ޤައުމީ ވާޖިބޭ ކިޔާ ފޮނުވި އިންޒާރުގެ ލިޔުންވެސް ޕަބްލިޝްކޮށްބަލަ.
ޕޮކަންޑިމޭން
03 May 2018
އިދިކޮޅޭމެންގެ ނިދި އެތައް ހަފްތާއަކަށް މަހުރޫމްވާނެ މިފޮޓޯތައް ބަލާފަ
ކަރީން
03 May 2018
ކިހިނެއް ނިދާނީ ކޮއިފުޅާ. މަޖިލިސްއަށް އިންތިޚާބުކުރީ ރައްޔިތުންނަށް ޚިދުމަތްކުރަން. އެކަމަކު މަސީހުވެސް ދެދުވަސްވެއްޖެ ގޭގެއަށްގޮސް ސަލާންޖަހާތާ. ނިކުމެދޭށޭ ނިކުމެދޭށޭ.