ޚަބަރު / ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އިރުޝާދު ދެއްވި: ހެކިވެރިއެއް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު "އިންސްޓްރަކްޝަން" ދެއްވި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިވެރިއަކު ބުނެފި އެވެ.

ޖެމްސް ސިސްޓަމް ހުއްޓުމަކަށް ގެންނަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކުރަން ދައުލަތުން ސިއްރު ތިން ހެކިވެރިއަކު ހުށަހެޅި އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން، މިއަދު ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހެކި ބަސް ދެއްވީ ސުޕްރީމް ކޯޓުގެ އިސް ބޭފުޅަކު އަޑު ބަދަލުކުރައްވައިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު ވަނީ މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން ފޯނުންނާއި "ފޭސްޓު ފޭސްކޮށް" ވެސް އިރުޝާދު ދެއްވައިފަ އެވެ.

ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަންގަވާފައިވޭތޯ ދައުލަތުގެ ވަކީލް ޝަމްލާ ޝަމީމް ސުވާލު ކުރެއްވުމުން ސިއްރު ހެކިވެރިޔާ ބުނީ އެގޮތަށް އިރުޝާދު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ މުވައްޒަފަށް ގުޅައި އެގޮތަށް އަމަލުކުރަން އަންގަވާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ދައުލަތުން ވަނީ އެގޮތަށް އިރުޝާދު އައީ ކިހިނެއްތޯ ހެކިވެރިޔާއާ ސުވާލުކޮށްފަ އެވެ. ހެކިވެރިޔާ ފުރަތަމަ ބުނި ގޮތުގައި އުއްތަމަ ފަނޑިޔާރު ގުޅުއްވާފައި އިރުޝާދު ދެއްވީ އެވެ. އިރުޝާދު އައީ ކިހިނެއްތޯ ސުވާލުކުރުމުން ހެކިވެރިޔާ ބުނީ އިރުޝާދު އައީ ޖެމްސްގެ ޚިދުމަތް ދޭ ސާވާ "ޑައުންކޮށްލުމަށް" ކަމަށެވެ.

ސުޕްރީމް ކޯޓުން ފޮނުވަން ޖެހޭ ލިޔުމެއް ފޮނުވުމަށްޓަކައި ޖެމްސްގެ ޚިދުމަތް އަލުން ގުޅުމަށް ވެސް އުއްތަމަ ފަނޑިޔާރު އަމުރުކުރެއްވި ކަމަށް ހެކިވެރިޔާ ބުންޏެވެ. އެހެންވެ، ލިޔުން ފޮނުވުމަށް ޖެމްސްގެ ޚިދުމަތް އަލުން ގުޅަން މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފޯނުން ގުޅުއްވާފައި ޖެމްސްގެ ޚިދުމަތް ޑައުންކޮށްލާށޭ (އުއްތަމަ ފަނޑިޔާރު) ވިދާޅުވި. އަކުރުން އަކުރަށް ވިދާޅުވި އެއްޗެއް މިހާރަކު ހަނދާނެއް ނެތް،" ހެކިވެރިޔާ ބުންޏެވެ.

މި މައްސަލައިގައި ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ ސިއްރު ހެކިވެރިޔާއާ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފަ އެވެ. އެގޮތުން ފުލުހުންނަށް ބަޔާން ދިނުމުގައި އެއްވެސް މަޖުބޫރު ކަމެއް އޮތްތޯ އާއި ވީ ގޮތް ކިޔައި ނުދީފިނަމަ، ވާނެ ގޮތް ފުލުހުން ބުނިތޯ ހެކިވެރިޔާއާ ސުވާލު ކުރި އެވެ.

އެކަމަކު، ހެކިވެރިޔާ ބުނީ ތަހުގީގަށް ބަޔާން ދިނީ ހެކިވެރިއެއްގެ ގޮތުން ކަމަށާއި ވަކި ގޮތަކަށް ބަޔާން ދީގެން ވަކި ގޮތެއް ވާނެ ކަމަށް ފުލުހުން ބުނެފައި ނުވާ ކަމަށެވެ.

ހެކިވެރިޔާ ބުނި ގޮތުގައި މިދިޔަ ފެބްރުއަރީ 5 ގައި އުއްތަމަ ފަނޑިޔާރު ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އިރުޝާދު ދެއްވިއިރު، އިތުރު ބަޔަކު އެތަނުގައި ތިއްބެވެ. އެއީ ކޮން ބައެއްތޯ ހެކިވެރިޔާއާ ސުވާލު ކުރުމުން ބުނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން އެތަނުގައި ތިއްބެވީ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް މާލެއަށް ގެނައުމުން ލޯންޗުން ފައިބައިވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އައިޓީ ސެކްޝަން މުވައްޒަފެއްގެ ހެކި ބަސް ނެގި

ގާތްގަނޑަކަށް ތިން ގަޑިއިރަށް ކުރިއަށް ދިޔަ އަޑުއެހުމުގައި، ސުޕްރީމް ކޯޓުގެ އިންފޮމޭޝަން ޓެކްނޮލަޖީ (އައިޓީ) ސެކްޝަންގެ މުވައްޒަފެއްގެ ހެކި ބަސް ވެސް ނެގި އެވެ. ހެކިވެރިޔާ ބުނި ގޮތުގައި، ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގީ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިއަކު ގުޅުއްވައިފަ އެވެ. އެހެންވެ، ޖެމްސްގެ ޚިދުމަތް ދޭ ވާގަނޑު ނައްޓާލި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

އެހެން ހެދުމުން، ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އެ ޚިދުމަތް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެގޮތަށް އަމަލު ކުރީ މިދިޔަ ފެބްރުއަރީ 4 އަދި 5 ގެ ހެނދުނުގެ ވަގުތެއްގަ އެވެ. ޚިދުމަތް ކަނޑާލާފައި ފަހުން އަލުން އެ ޚިދުމަތް ގުޅައި ދިން ކަމަށް އޭނާ ބުންޏެވެ.

ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަކީ ކުށެއްތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ހެކިވެރިޔާ ޖަވާބުގައި ބުނީ އެކަން ނިންމާނީ އޭނާ ނޫން ކަމަށެވެ. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި އިސްވެރިއަކު ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގީމަ އެކަން ކުރީ ކަމަށް އޭނާ ބުންޏެވެ.

އުއްތަމަ ފަނޑިޔާރު ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގެވިތޯ ހެކިވެރިޔާއާ ސުވާލު ކުރުމުން ޖަވާބުގައި ބުނީ އެފަދަ އެންގެވުމެއް އެމަނިކުފާނު އަންގަވާފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ތިން ވަނަ އަށް ހެކި ބަސް ދިނީ ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ)ގެ މުވައްޒަފެކެވެ. އޭނާ ބުނީ މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ސުޕްރީމް ކޯޓުގެ ފަޔަވޯލް "އަޕްވެފައި" އަދި "ޑައުންވެފައި"ވާ ކަމަށާއި ސުޕްރީމް ކޯޓުގައި ހުންނަ ފޯކަލް ޕޮއިންޓަށް ގުޅައިގެން އެކަން ބަލައި އޮޅުން ފިލުވި ކަމަށެވެ. ފޯކަލް ޕޮއިންޓަށް ގުޅުމުން، ޑައުންވެފައި ނުވާ ކަމަށާއި "ޑައުންކޮށްލީ" ކަމަށް ސުޕްރީމް ކޯޓުގެ މުވައްޒަފަކު ބުނި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

"ފޯކަލް ޕޮއިންޓަށް ގުޅީމަ ބުނީ ޑައުންވެފައެއް ނޫނޭ، ޑައުންކޮށްލީއޭ. ވިސްނޭނެ ކަމަށް ހީކުރަމޭ. އެހެން ކިއާފައި ފޯނު ކަނޑާލީ،" ހެކި ބަސް ދިން އެންސީއައިޓީގެ މުވައްޒަފު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދެ ދުވަހަށް ފަހު، ސުޕްރީމް ކޯޓުގެ ފަޔަވޯލް ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އެކަން ހިނގި ގަޑި އާއި ވަގުތުގެ ރިކޯޑްސްތައް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ސުޕްރީމް ކޯޓުގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ހަލީލްގެ ހެކި ބަސް ވެސް މިއަދު ނެގި އެވެ. އޭނާ ބުނީ ޖެމްސްގެ ޚިދުމަތް މެދުކެނޑިގެން އެންސީއައިޓީން ގުޅި ކަމަށެވެ. އަދި އެއީ ކޮން ތާރީޚެއް ކަން ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ގުޅީ ސުޕްރީމް ކޯޓުން، އަޅުގަނޑަކީ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އެންސީއައިޓީއަށް ނަންބަރު ދީފައިވާތީ. އެ ދުވަހުގެ އަސުރުވާން ކައިރިވެފައި ވަނިކޮށް ގުޅީ. އެކަމަކު އަޅުގަނޑު ހުރީ ޗުއްޓީގައި. އަޅުގަނޑު ބުނިން ފަޔަވޯލް ޑެޑްވެފައިވާ ކަން އެނގިފައި ނެތޭ. ސުޕްރީމް ކޯޓުގެ އެހެން މުވައްޒަފަކަށް ގުޅައިގެން ކުރިއަށް ދިއުމަށް،" އުއްތަމަ ފަނޑިޔާރު އިންނެވި ޝަރީއަތުގައި ހަލީލް ބުންޏެވެ.

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ، ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދިފާއީ ވަކީލުންގެ ފަރާތުން ހުށަހެޅި ހެކި ބަސް ނެގުމެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރަނީ، ޖެމްސްގެ ޚިދުމަތް، މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. މި މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

35 ކޮމެންޓް, 83 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 6%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިމިރިން

03 May 2018

ތި ޖެމުސް ގެ މިސާލަކީ ކޯޓް ރޫމުގައި ހުރި ޑެސްކެއް މަރާމާތަށް ބޭރަށް ނެރުން ކަހަލަ ކަމެކެވެ. ކޯޓް ތެރޭގައި ހުރި ކަރަންޓް ސްވިޗް ތަކެއް ޢޮފް ކޮައްލުން ފަދަކަމަކެވެ. ލެޕްޓޮޕާއި ގުޅާފައި ހުރި އިންޓަރނެޓް ވާގަނޑު ނައްޓާލުން ފަދަ ކަމަކެވެ. ކޯޓްތަކަށް މައްސަލައެއް ހުށަހަޅަން ވަކި ގޮއްތަކެއް ހުރެއެވެ. ކޯޓުން ނެރޭ ހުކުމަކާއި ގުޅިގެން މެއިލް ފޮނުވާ ހުކުމާއި ގުޅޭ މުއާމަލާތް ކޮށް ހެދުމަކީ އެހާ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ރަސްމީ ހައިސިއްޔަތުން އޮންނަ އުސޫލުން މައްސަލަ ހުށެހެޅުން މާ ރަނގަޅު ކަންނޭގެއެވެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

03 May 2018

ދައުލަތް ބަރޯސާވަނީ ސާވަރއަކަށް އުތަ، އެހެންވިއްޔަ އައްޗީޑި، ދެން އެހެން ނޫނަސް ތިޔަ ސާވަރއެއް ޑައުންވެގެން ތިޔަ އުޅެނީ ފެބް 4 އަދި ފަސްވަނަ ދުވަހުތާ، އޭގެ ކުރިން ފެބްރުއަރީ އެކެއް އައިކަމާ އެދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުނީމަ އެއަށް އަމަލު ނުކޮށް ދިރާސާކޮށް ހަތަރު ފަސްދުވަހު މަޑުކުރަން ޖެހުނީ ކީއްވެގެންބާ!

The name is already taken The name is available. Register?

ޙުސެން

03 May 2018

މަގޭ ސުވާލަކީ ސާވާޑައުންވުމާ 1ފެބްރުއަރީ ހުކުމާއޮތީ ކޮންގުޅުމެއްހޭ.؟؟

The name is already taken The name is available. Register?

ޢަހުމަދުބެ

03 May 2018

ސުޕްރީމްކޯޓަކީ ރައީސްއޮފީހަށް ނޫނީ ޕީޖީ. ޢޭޖީ އަށްވެސް އަދި އެއްވެސް ވުޒާރާއަކަށް ޖަވާބުދާރީ ވާންޖެހޭ ތަނަކަށް ނުުވުމުގެ އިތުރަށް މައްސަލަ ބަލައިގަތުމާ އަނބުރާފޮނުވާލުމުގެ ބާރު ފަނޑިޔާރުންނަށް ލިބިދީފައޮތްއިރު މާފަހުންއައި ގެމްސް ނިޒާމެއްގެ ހައްގުމައްޗަށް އެރީކިހިނެއް. ޖެމްސްއަކީ ގާނޫނުގަ ބުނާޝަހުސެއްނޫން. ޢަދި ހިމާޔަތް ކުރެވިފައޮތް އެއްޗެއްވެސްނޫން.

The name is already taken The name is available. Register?

ގަންހިންގުން

03 May 2018

ކޮމެންޓުކުރާމީހުން ބޭނުންވަނީ މިއީ ނުވާކަމެއްކަންހަދަންތަ... ސާބިތުވުމާ ނުވުންއެއީ އެހެންކަމެ.. ހަމަޔަގީނުންވެސް ތިފަޑިޔާރުންނަކީ ކޯޓެއްގެ ވޮޗަރުކަންދޭންވެ ނުވާވަރުގެ ބައެއްކަން ދުނިޔޭގަ ހަމަހޭހުރި ކޮންމެމީހަކު ގަބޫލުކުރާނެ.... ގާނޫނާހިލާފު މިހާބޮޑު ބަޢާވާތެކުރީމަވެސް ގަބޫލުނުކުރާމީހަކު ގަބޫލެނުކާނެ އެއްކަމެވެސް.... ރިޝްވަތުނަގާއިގެންނޫންގޮތަކަށް މީހަކާ ހަތަރުކަޅިވެސް މިއިންމީހަކު ހަމަނުކުރާނެ...

The name is already taken The name is available. Register?

އަލީކޮއެ

03 May 2018

އަދިވެސް މިމީހުން މި ސިއްރު ހެކި ކުޅިގަނޑު ހުއްޓާލާކަށް ނޫޅޭ. މީދެރަ ކަމެއް. މިމީހުން ބޭނުން ގޮތަކަށް ކަންތައް ކުރަމުން މިދަނީ މިހުރިހާ ކަމެއް ލޯކުރިމަތީ ހާމަ ވަމުންދާ އިރުވެސް.

The name is already taken The name is available. Register?

ގިޔާސް

03 May 2018

ރައްޔިތުން ވިސްނަވާ މީހުން މަރާ ، ބޮޑެތި ޖަރީމާ ހިންގާފައި ތިބި ، މަސްތުވާ ތަކެތީގެ ޑިލަރުންނާއި ބޭނުންކޮށް ވައްކަން ކޮށްފައި ތިބި ބޮޑެތި ވަގުން އެތިބީ ދޫވެ ، ޝަރީޔަތްތައް ނުހިންގާ ވާނުވާ ނޭންގި ހުއްޓިފައި އެތަށް އަހަރެއް ވަންދެން ، ކޯރޓްތަކުން ދުވާލަކު އެތަށް ސިޔާސީ ބަޔަކު ދުވާލުދެއިރު ދަމާ ހައްޔަރު ކުރީންސުރެ މެދު ނުކެޑި އެދަނީ ކުރަމުން އަހަރެން ސުވާލަކީ މިގައުމުގެ މުޅި ޝަރުއީ ނިޒާމްއަކީ ހަމައެކަނި ، ޔާމިން ވެރިކަން ދެމެހެއްޓުމަށް ޓަކައި ސިޔާސީ މީހުންނަށް ހުކުން ކުރަންލައިފައި މާތްﷲ ގަންދީ ހުވާކޮށް ތިބި ބައެއްތޯ؟

The name is already taken The name is available. Register?

އަދުލް

03 May 2018

ޓެރެރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށް ބަހަޓާފައި ދައުވާ ސާބިތު ކުރަން ފުރަތަމަ މިއުޅުއްވަނީ ޖެމްގެ މައްސަލައެއްގައެވެ. އެހެންވީމާ އެބައެނގޭ ފުރަތަމާއިނުން މިއުޅުއްވަނީ މަގާމު ގެއްލުވާލެވޭނެ ގޮތެއް އޮތޯ ބަލަންކަން . އެއީ މިކަންތައްގަނޑުގެ ތެރޭގައި ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތު ވެއްޖެ ނަމަ މަޤާމް ގެއްލޭ ގޮތަށް ޤާނުއްނެއްވެސް ވަނީ ފާސްކުރައްވާފައެވެ.

The name is already taken The name is available. Register?

މަގުފުޅާޓިނު

03 May 2018

ތިވަރުން ސާބިތުވާނެބާ! ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަންގެވިކަމަށް ސުޕްރީމްކޯޓުގެ އިސްވެރިއާ އެހެން ވިދާޅުވިއަސް އެއީ ސާބިތު ހެއްކެއް ކަމަށް ބެލެވޭނެބާ! ކާފީ ހެކި ، ކިތާބީ ހެކި ކޮބާ!؟ އަފްރާޝިމް މަރާލީ މިވެނި މީހަކު ބުނެގެންނޭ ހުމާމު ބުނިއްޔާ އެކަން އެގޮތަށް ސާބިތު ވާނެބާ!

The name is already taken The name is available. Register?

ޖިނާއީ

03 May 2018

އެއް ހެކިވެރި ޔަކާއި އަނެއް ހެކިވެރިޔާ ވަނީ ފަރުދާ ވެފައެވެ. ހަތަރު މީހުން ތިބި ތަނެއްގައި ހުންނަވާފައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެއްޗެއްގެ އަޑު އެހިކަމަށް ޢެކަކު ބުނިކަމަށް ވާނަ އެ ހެކިވެރިޔާގެ ހެކިބަސް ތެދުކަން ކަށަވަރު ވަނީ އަނެއް ހާޒީރީން ގެ ބަސް އަޑު އިވިގެން ނެވެ.މިއީ ޖިނާއީ ޝަރީއަތެއްފެ ވެސް ޖިނާއީ ޝަރީއަތެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454