ނަޝީދު: އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވީ އެމަނިކުފާނު އެކަނި. --ފޮޓޯ/އެމްޑީޕީ
30 މެއި 2018 - 12:29
ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވަން މިއަދު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައިދޭން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުސް އޮފީހުގައި އިއްޔެ އެދިއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޕްރައިމަރީ ހުއްޓުވައިދޭން އީސީން މި އެދުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތުދީގެން ޕްރައިމަރީ ބާއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެވެ. ޕްރައިމަރީ އަށް ނަޝީދު އެކަނި ކުރިމަތިލެއްވިއިރު، އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސުން ވަނީ ކަނޑައަޅައިފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު ދޭއް ޖަހާއިރު ރާއްޖޭގެ ހުރިހާ ރަށަކާއި ބޭރުގެ ބައެއް ގައުމުތަކުގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ޕްރައިމަރީ ހުއްޓުވައިދޭން އެދި އީސީން، ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނަޝީދަށް ފުރުސަތުދީގެން އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށެވެ.
"..ގާނޫނުއަސާސީ އާއި ގާނޫނާ ޚިލާފަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހިންގާ ހަރަކާތްތައް ހުއްޓުވައި ދެއްވާ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދެމެވެ،" އީސީގެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެހެންކަމުން އެމަނިކުފާނު ބައިވެރިކޮށްގެން ސިޔާސީ އެއްވެސް ހަރަކާތެއް އެމްޑީޕީން ހިންގުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އެ ސިޓީގައި އިލެކްޝަންސުން ބުނެފައިވެ އެވެ.
ނަޝީދު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފި ނަމަ އެމްޑީޕީ އުވާލާނެ ކަމުގެ އިންޒާރު ވެސް އީސީން ވަނީ ދީފަ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ޕްރައިމަރީ އަށް އީސީން ނުފޫޒު ފޯރުވަނީ ގާނޫނާ ޚިލާފަށެވެ. ޕްރައިމަރީ ބާއްވާނެ ގޮތާއި އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަކީ އެ ކޮމިޝަނުގެ ގާނޫނީ ޒިންމާއެއް ނޫން ކަމަށް ބުނެ ސިޔާސީ ޕާޓީގެ ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދުގެ އިމުގެ ތެރޭގައި ޕްރައިމަރީ ބޭއްވުމުގެ ފުރުސަތު ދޭން އެމްޑީޕީން ވަނީ އިލެކްޝަންސްގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީ
30 May 2018
މިބާއްވަނީ ރިޔާސީއިންތިހާބުތަ؟ މިވަރަކުން ތެޅިބާލަނީ؟
ސައިޚް
30 May 2018
ޕާރޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ރިޔާސީ ޓިކެޓް ދީގެން ބައިވެރިކުރާ ކެންޑިޑޭޓެއް ބައިވެރިކުރުވައިގެން ނުވާނެ،. ފުލުހުން ޖެހޭނެ އޭނަ ހުއްޓުވަން،
އަލިފް
30 May 2018
އެންމެ މީހަކު ހުރިހާ ތަނަކަށް އަތް ބާނާފަ އޮތް ވަރު މިއޮއްފެންނަނީއެވެ. ބޭރުގެ ޕްރެޝަރެއްނެތެވެ. ފިޔަވަޅެއް އަޅާކަށް ނުކެރެއެވެ.
އުނބުށެން
30 May 2018
"ގާނޫނުއަސާސީ އާއި ގާނޫނާ ޚިލާފަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހިންގާ ހަރަކާތްތައް ހުއްޓުވައި ދެއްވާ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދެމެވެ،" މި ޢިބާރާތް އޮތްގޮތުން ޚިލާފުވީ ކަމެއް ފުރަތަމަ ޖެހޭނީ ހޯދަންތާއެވެ. ފިޔަވަޅެއް އެޅޭނީ އެކަމެއް ހޯދުނިއްޔާ ނޫންބާވައެވެ.
ހަސަނު2
30 May 2018
ވައީ؟؟
މަހުދީ އަލީ
30 May 2018
ރާއްޖޭގެ ހުރިހާ ރަށަކަށް ބާރުފޯރުވާހާ ފެންވަރެއް ދިވެހިފުލުހުންގެ ނެތް. ވޯޓުފޮށީ އަތްލައިގެން ގައުމުގެ ހަމަޖެހުން ނަގާލަން ފުލުހުން ބޭނުމެއްނުވާނެ.
މުއާވިއަތު
30 May 2018
ހެދުނު 7:00ޖެހިއިރު ހޮވިއްޖެ ދެން އޯކޭ
ވަހީދު
30 May 2018
އިލެކްސަން އިން ޖެހޭނީ ކޯޓު އަމުރެއް ހޯދަން. ފުލުހުން ޖެހޭނީ ކޯޓް އަމުރަށް ތަބާވާން. މިގޮތުން 1 ފެބްރުއަރީ 2018 ގައި ސްޕްރީމް ކޯރޓުން ނެެރުނު އަމުރަށްވެސް ތަބާވާން ޖެހޭނެ.
އެމަންޖެ
30 May 2018
ނުޖެހޭނެ ތަބާވާކަށް! އެއީ، ސޭޓް އަމިއްލައަށް ބުނީ ތިމަންނަމެން ނެރުނު އަމުރެކޭ!
މުހައްމަދު އިންފުލުއެންޒާ
30 May 2018
މި ނަސީދުއަށްވުރެ ބޮޑު ބަލިމަޑުކަމެއް ރާއްޖެއަށް ނާދެއްނު އަޅެ، އިންފުއެންޒާއަށްވުރެ މީނަގެ ނުފުރައްޕާންކަން ބޮޑު..
ހުސެންއަލީ
30 May 2018
ތިމާބޭނުންނުވާގޮތްވެސް ބަލައިގަންނަންޖެހޭނެ . ޑިމޮކްރަސީއަކީ މެޖޯރިޓީ. ގިނަމީހުން ނަޝީދުއަށް ތާއީދު ކުރުމަކީ ނަޝީދު ގެ މައްސަލައެއްތަ. އިންފުލުއެންޒާ ތިހާރަނގަޅު ނޫންވީމަ ގިނަމީހުން ބަލައިނުގަންނަނީ.
ޞަފުޙާ
30 May 2018
ކަލޭގެ ނުރައްކަލެއްނު މި ޤައުމަށް ޖެހިގެން މިއުޅެނީ.
އަބްދުއްލާ
30 May 2018
ގާނޫނާ ހިލާފު ވެވޭ ކިތަންމެ ގޮތެއް ހުރޭ . އެއްވެސް ޕާޓީ އަކުން އެއިންތިހާބަކަށް ސަރުތު ހަމަނުވާ ކެންޑިޑޭޓަ ކު ބައިވެރިކޮށްގެން އިންތިހާބު ބޭއްވުމަކީ ޕާޓީން ގާނޫނާ ހިލާފު ވުން ޕާޓީ އަކުން ކުރާ އެއްވެސް ކަމެއް ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފު ވާގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެ .ގަސްދުގަ ގަދަ ބާރުން ގާނޫނާ ހިލާފު ވާނަމަ ޕާޓީ އުވާލުމަކީވެސް އިލެކްސަނަށް އޮތް ހައްގެއް.