ދުވުމުގެ ތެރެއިން ހައްޔަރުކުރި ބައެއް މީހުން ފުލުހުންގެ ވެހިކަލްގައި: ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ޗެއާޕާސަން ވެސް ހިމެނޭ --ފޮޓޯ/ސޯޝަލް މީޑިއާ
22 ޖޫން 2018 - 20:49
އެމްޑީޕީން މިއަދު ހަވީރު މާލޭގައި ބާއްވަން އުޅުނު ދުވުމަށް ފުލުހުން ހުރަސް އަޅައި، ހައްޔަރުކުރި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި އިތުރު ބޭފުޅުން ދޫކޮށްލައިފި އެވެ.
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް "ޖަޒީރާ ރަން"ގެ ނަމުގައި އެމްޑީޕީން ބާއްވަން އުޅުނު ދުވުމަށް ފުލުހުން ހުރަސް އަޅައި، ހަސަން ލަތީފާއެކު ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) އިތުރުން ވެސް ދެ މީހަކު ހައްޔަރުކުރި އެވެ. އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
Chairperson Uz @HassanLatheef, Deputy Chairperson @ali_niya, Spokesperson Uz @Imthiyazfahmy, Youth Wing Raees @MickailNaseem adhi Youth member @Mrsays_ dhookollaifi#JazeeraRun#JazeeraRaajje pic.twitter.com/4Zw1jlO1pI
— MDP Secretariat (@MDPSecretariat) June 22, 2018
ހައްޔަރުކުރި ބޭފުޅުން ދޫކޮށްލުމުން އެމްޑީޕީން ކުރި ޓްވީޓް
އެމްޑީޕީގެ އެ ދުވުން ޓްރެކް ދަނޑުގައި ބާއްވަން ހަމަޖެހިފައި ވަނިކޮށް ޔޫތް މިނިސްޓްރީން ވަނީ މިއަދު މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:30 ވަންދެން އެތަން އާންމުންނަށް ބަންދުވާނެ ކަން އިއުލާންކޮށްފަ އެވެ. އެހެންވެ، އެތަނުގައި ދުވުން ބޭއްވޭ ގޮތެއް ނުވުމުން ދުވުން ކުރިއަށް ގެންދިޔައީ މަގުމަތީގަ އެވެ.
އެމްޑީޕީން މީގެކުރިން ބާއްވަން އުޅުނު ބައެއް ހަރަކާތްތައް ވެސް ހުއްޓުވާފައިވެ އެވެ. ދާދިފަހުން އެ ޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީގެ ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުމުން ފުލުހުން ވަނީ އެ ޕްރައިމަރީ ހުއްޓުވައި، ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އެކަމަކު އެމްޑީޕީން ޕްރައިމަރީ ކުރިއަށް ގެންގޮސް ނަތީޖާ އިއުލާންކުރި އެވެ. އެ ޕްރައިމަރީގައި ހަރަކާތްތެރިވި ބައެއް ކައުންސިލަރުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދު
23 June 2018
މި ޤައުމުގެ މުއައްސަސާތަކުން ވިސްނަންވެއްޖެ. އެއީ ވަކި މީހަކު ވަށައިގެން އެމީހަކު ހައްދާ މޮޔައެއް ހެދެންޖެހޭ ބައެއް ނޫން. އެއީ އެމީހުންނަށް މުސާރަ ދޭ ރައްޔިތުންނަށް ޚިދުމަތްކުރަން ޖެހޭ ބައެއް. ރައީސުން ބުނީމަ "އާދެ، ލައްބަ" ކިޔާކަށް ނުޖެހޭ. އަދުލު އިންސާފާއި މިނިވަންކަން ބޭނުންވޭ.
ސައިޚް
23 June 2018
ކިހާ ތާހިރު، މިވެސް ވެރިކަމެއްދޯ، ޕީ.ޕީ.އެމް ފިޔަޥާ އެހެންޕާރޓިއަކަށް އެއްވެސް ކަމެއް ނުކުރެވޭ، ބޯގޯސް ވީމަ ވޯޓެއް ނުލިބޭނެ، ވޯޓުން ވަގުހެދޭނީ ވެސް ކޮންމެވެސް މިންވަރަކަށް،
ނެތީމޭ
23 June 2018
ދުވުމުގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ އިސް ބޭފުޅުން ދޫކޮށްލައިފިއޭ އެހެންތޭ އައިސީ އައިސީ ތިޔާއީ މަމެން ވަރަށް ނައްޓާ ކަމެކޭ ހޯމް މިނިސްޓަރޭ ތަމެން ނަށް މިކަން އިނގޭތޭ އޭ މަމެން އަހާލަން ބޭނުންވެއޭ ބުނަން މަމެން ނެތީމު ދޯ.
އިޚްލާސް
22 June 2018
އެމްޑީޕީގެ މީހަކު ހައްޔަރުކޮށްފައެއް ނުބަހައްޓާނެއެވެ. އިދިކޮޅާ ގުޅިގެންއުޅޭ މީހުންގެ ތެރެއިން އެމްޑީޕީއަށް ލަނޑެއް ދީފައިހުރި މީހަކު ހައްޔަރު ކުރިނަމަ އެމީހާ ދާންޖެހޭނީ ޖަލަށެވެ. މިވާގޮތަކާމެދު ފުންކޮށް ވިސްނާކަށް ނުވޭހެއްޔެވެ.
މަންސޫރު
23 June 2018
އަހަރެން ވިސްނާފާނަން. ކަލެއަށް ވިސްނޭ ދުވަހެއް ލައްވާތޯ ދުއާވެސް ކޮއްފާނަން.