ރައީސް ޔާމީން، ނަޝީދާ ސަލާމްކުރައްވަނީ. --ފޮޓޯ/މިހާރު
03 ޖުލައި 2018 - 12:37
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭން އެދި ބޭރުގެ ފިއްތުންތައް އެމަނިކުފާނަށް އިންތިހާ އަށް ކުރިމަތިކުރުވި ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ށ. މިލަންދޫގައި ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މިލަންދު އަށް ވަޑައިގެން ވިދާޅުވީ ނަޝީދު އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ހަދަން މަޖުބޫރުކުރަމުން ދިޔަ ނަމަވެސް އެގޮތަށް ބޯނުލެންބެވީ ގާނޫނީ ގޮތުން ކުރެއްވެން އޮތް ކަމަކަށް ނުވާތީ ކަމަށެވެ. ބަޔަކު ދަތިކުރިއަސް، އެއީ އަމިއްލަފުޅަށް ނިންމެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު އެކަން އެ ބޭފުޅުން އެދޭ ގޮތަށް ކުރެވޭތޯ މަގު ކޮށައިދިނީމު. ރައީސް ނަޝީދު ފުރަތަމަ އެދިވަޑައިގަތީ އޭނާގެ ޝަރީއަތް އަވަސްކޮށްދޭން. އެއީ އަންނާނެ ހުކުމަކުން ސަލާމަތްވެގެން ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިލަންދޫގައި. --ފޮޓޯ/ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެތައް ފަހަރަކު ނަޝީދުގެ ފަރާތްޕުޅުން ފޮނުވި ސިޓީފުޅުތަކާ ގުޅިގެން ކޯޓުގައި އެ މައްސަލަ އަވަސްކޮށްދޭން އެދިވަޑައިގެންނެވި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ވެސް ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައި ވާތީ، އެއީ އެމަނިކުފާނަށް ބަދަލުގެނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ހުކުމްތައް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެއް ނޫން. ހުކުމްތައް ކުރުމަކީ ހުކުމްތައް ބަދަލުކުރުމަކީ އަދި ރައީސުލްޖުމްހޫރިއްޔާ ހިފާ ހައްޔަރުކުރުމާއި ދައުލަތް ނިމުމަކަށް ގެންނަ ހުކުމަކީ ވެސް އަޅުގަނޑުމެންނަށް ފެބުރުއަރީ އެކަކުން ދައްކައި ދީފި، އެއީ ކޯޓުތަކުން ކުރާ ކަމެއް ކަން. ޖާއިޒުކޮށް ކުރިއަސް ނާޖާއިޒުކޮށް ކުރިއަސް އެއީ ކޯޓުތަކުން ކުރާ ކަންތައް،" ރައީސް ވިދާޅުވި އެވެ.
"އެކަމަކު ނާޖާއިޒުކޮށް، ހުދޫދުން ބޭރުން ކުރީމަ އަޅުގަނޑު ގޮސް ކޯޓުގައި ތަޅެއް ނާޅުވާނަން. އެކަމަކު އެ މައްސަލައެއް ހިނގާފައި އޮތް ގޮތެއް އަޅުގަނޑުމެން ބަލާނަން. އަދި އެ ބޭފުޅުން ވިދާޅުވާ ގޮތަށް އެ ތަކުލީފް އަޅުގަނޑަށް އުފުލޭނީ ކިހާ މިންވަރަކަށްތޯ ވެސް އަޅުގަނޑު ބަލާނަން،" ރައީސް ވިދާޅުވި އެވެ.
މިލަންދޫ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރިޝްވަތުގެ އަމުރެއް ކަން އެނގުނީ، ރައީސް ވިދާޅުވި ގޮތުގައި، އެގޮތަށް ބެލިބެލުމުންނެވެ.
"އެހެންވީމަ އަލީ ހަމީދާއި އަބްދުﷲ ސައީދާއި މި ބޭފުޅުން ބަންދުވެގެން މި އުޅެނީކީ އަމުރެއް ނެރެގެނެއް ނޫން. އަމުރު ނެރުނު ސަބަބުތައް ދެނެގަންނަން ރައީސް ބޭނުންވީ. އެ އަމުރަކީ ފެށުނު ހިސާބުން ނިމުނު ހިސާބަށް ދިޔައިރު ވެސް ގާނޫނާ ޚިލާފު އަމުރެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ގާނޫނާ ޚިލާފު އެ އަމުރު ތަންފީޒުކުރުވަން ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައި ވިދާޅުވީ، ބޭރުގެ ފިއްތުންތައް އެމަނިކުފާނަށް އަންނަ މިންވަރަކީ އެއީ ކަމަށެވެ.
"އަދި އެ ކަންތައް ނުކުރެވިއްޖިއްޔާ އެއަށް ވުރެ ބޮޑެތި ފިއްތުންތައް އަންނާނެ ކަމާ މެދަކު ވެސް އަޅުގަނޑު ޝައްކެއް ނުކުރަން. އަދި އަތުވެދާނެ ކަމަށް އިންތިޒާރު ވެސް ކުރަން. އެކަމަކު މިއީ ދައުލަތަކަށް ހެޔޮއެދިގެން ކުރާނެ ބަޔަކު ކުރާނެ ކަމެއްތޯ؟" ރައީސް ސުވާލު ކުރެއްވި އެވެ.
"ދައުލަތުގެ މުއައްސަސާތައް ތިބެންވީތޯ ކަންފަތިވެފައި. އަޅުގަނޑުމެންގެ ވެރިން ތިބެންވީތޯ ކުޑަކަޑޫ ޖަހާލައިގެން ބޭރުން ބުނާ ގޮތެއް ހަދަން."
އެއީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޕީޕީއެމުން ގަބޫލުކުރާ ފަލްސަފާއެއްގައި ޖާގަ ދޭނެ ކަމެއް ނޫނެވެ.
ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި ދީނަށް ފުރައްސާރަކުރާ މީހުންނަށް، އެމަނިކުފާނުގެ ވެރިކަމެއްގައި ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ. އެ އަދަބު ގާނޫނުގެ ތެރެއިން ނުދެވޭ ނަމަ ގާނޫނު ހަދައިގެން ވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމްޑީޕީ އާއި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކަށް ނެރެން ހަމަޖެއްސި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ގާނޫނާ ޚިލާފު ކަންކަން ނަޝީދުގެ ސަރުކާރުގައި ކުރިއިރު، އެކަމުގެ ޒިންމާ އެމަނިކުފާނާ އެކު ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ނަންގަވަން ޖެހޭ ކަމަށެވެ. އެއީ ހަމައެކަނި ނަޝީދު ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ ދޫކޮށް ނުލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިސް މަގާމްތަކުގައި ތިއްބަވާއިރު ޕާޓީގެ ގޯސް ނިންމުންތަކަށް ބަސް ވިދާޅުވާން ޖެހިވަޑައިގަންނަވާނެ އެވެ. އަދި ބޮޑެތި ހުރިހާ ނިންމެވުންތަކެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންގެ ލަފާ ހޯއްދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މި އިންތިޚާބުގައި އެމަނިކުފާނުގެ ތަރައްގީއާ އަޅައެއް ނުކިޔޭނެ ކަމަށެވެ. މިލަންދު އަށް އެކަނި ބަލާއިރު އެމްޑީޕީގެ ސަރުކާރުން އެ ރަށަށް ހޭދަކުރީ 42 މިލިއަން ރުފިޔާ ކަމަށާއި އެކަމަކު އެމަނިކުފާނުގެ ހަތަރު އަހަރުގެ ތެރޭގައި 222 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޒިޔާދު/ގައްދޫ
04 July 2018
ޢަޅުގަޑުމެން ބޭނުންވަނީ ތަރައްޤީ ގެނެވޭނެ ހިއްވަރު ގަދަ ކެރޭ މުރާލި ލީޑަރެއް އެލީޑަރަކީ ރައީސް ޔާމީން 2018 ރައީސް ޔާމީން އަށް ކާމިތާބު ކޮށްދެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭނަން"ސާބަަސް ރައީސް ޔާމީން "
ޓުރަމްޕް
04 July 2018
"އައި ބިލީވް". ލޮލް
ﷲާތުމަ
04 July 2018
ތިޔަ ވާހަކައިގައި ނެތް އާރުލާ އެއްވެސް ވާހަކައެް ހުސް ހޮޅިވާހަކަ. ޙީވަނީ މިބޭފުޅާގެ ފަސްބައިގައި ހަމައެންމެ ހަޑިކަމެއްނެތް ބޭފުޅެންހެން.. ބޯހަލާކު.
ބައޯކަލޯ
04 July 2018
އަނެއްކާ އަނެއްދޮގު ހެދުން.......ތިވަރުން ދޮގުހަދަންޏާ ރައީސް ކަމުގެ ފެންވަރެއް ނެތެއްނު!
މަންޑޭލާ
04 July 2018
މިރާއްޖޭގެ އަސްކަރީޔާ އޮވާލާ އިންޑިޔާއަ ދިނުމުގެކުރިން އަވަހަ ޗައިނާހެ ބާރުފޯރާނެގޮތެ މުހިމްމު ރައިސް ޔާމިނަ އިހުލާސްތެރިކަމާއެކީ ގޮވާލަން.
ޝޮކްތެރަޕީ
03 July 2018
ނަޝީދު ވަނީ އިންޑިޔާއާ ޑީލްހަދާ މިރާއްޖެގެ އަސްކަރީޔާ އޮވާލާ އިންޑިޔާގެ އަޅުވެތިކަމަ ގެންނަން މަސްވަރާކޮއްފަ މީތަ ދިވެހިންނަ ހެޔޮއެދޭ ރައިސްއަކީ.
ފޭސް
03 July 2018
މަޖުބޫރު ކުރީނަމަ އެކަން ކުރުވާފަ އޮންނަނީ.. މަޖުބޫރު ނުކުރުވާތީ އެކަން ނުކުރީ.. ސައީޒު އޮޅީވަޑައީގެން ނޫޅުއްވާށެވެ..
އައްޕަ
03 July 2018
އެއްކަމެއް ވަރަށް ސާފު، 2008ގަ މައުމޫނު ސަރުކާރު ކަމަކު ނުދިޔަ، 2010ގަ ނަޝީދު ކަމަކުނުދިޔަ، އިސްތިއުފާދީފި. ވަހީދުބޭބެ އުލުބައިންދާފަ ދެއަހަރު ދިޔައީ. ދެން މިއައީ ޔާމީނު، ކަމަކުނުދިޔެ ހަމަ އެއްގޮތަކަށްވެސް! އަނެއްކާ ނަޝީދު؟! ކީއްވެ ކަމުނުދިޔަމީހަކު އަނބުރާ ވެރިކަމަށްގެންނަން މަރުފަލިމިޖަހަނީ؟ ކީއްވެ އެހެން އާމީހަކު ނެތީ؟ ކީއްވެ އުމަރަށް ޗާންސްނުދޭންވޯ؟
ނުފޫޒޫ
03 July 2018
ކުރީގެ އޮޑިޓަރ ޖެނެރަލް އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ މަނިކުފާނަށް ދެންނެވުމުން މަޤާމުން ވަކިކުރީވެސް ބޭރުގެ ނުފޫޒު އެކަމަށް އޮތްލެއް ބޮޑުކަމުންތޭ ބުނާކަށެއް މަށެއް ނެތިން.
ކަދުރޭ
03 July 2018
ތެދެކެވެ. މަނިކުފާނު ކޯޓަކު ތަޅެއް ނާޅުވަމުއެވެ. މަނިކުފާނު ކުރެއްވި ކަމަކީ ކޯޓުގެ ޓިނުގަނޑު އުފުރާލުމެވެ.