ޚަބަރު / މުހައްމަދު އަސްލަމް، ނޭޝަނަލް ޕްލޭނިން މިނިސްޓަރު

ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ ރުފިޔާ އަނބުރާ ދައްކަން އަސްލަމަށް ހުކުމްކޮށްފި

ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް: އޭނާގެ ފޯނު ބިލު ދައްކަން ދައުލަތުން ޚަރަދުކުރި ފައިސާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައި --މިހާރު ފޮޓޯ/ހުސެއިން ވަހީދު

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ދައްކަން އަސްލަމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ ޖޫން 2009 އިން ފެށިގެން އޮގަސްޓް 2011 ވަނަ އަހަރުގެ ނިޔަލަށް އަސްލަމްގެ ފޯނު ބިލް ދެއްކުމަށް ދައުލަތުން ޚަރަދުކުރި 312،000 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން ދައުލަތުން ދައުވާ ކުރުމުންނެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އަސްލަމްގެ ފޯނު ބިލް ދެއްކުމަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރި 312،000ރ. އަކީ އަސްލަމްގެ ފަރާތުން ދައުލަތަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ހުކުމްކުރި ދުވަހުން ފެށިގެން ފަސް މަސް ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަސްލަމަށް އަންގާ ކަމަށް އެ ހުކުމުގައި ވެ އެވެ.

އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ފައިސާ ދެއްކި މައްސަލަ ފެންމަތި ކުރީ، އޮޑިޓާ ޖެނެރަލް ނެރުއްވި ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިިޓް ރިޕޯޓުގަ އެވެ. އެ ފައިިސާ ދައުލަތުން ޚަރަދުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އެ އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް އޭރު ލަފާ ދެއްވާފައިވެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ބައެއް އިސް ބޭފުޅުން ގަވާއިދާ ޚިލާފަށް ޚަރަދުކުރި ފައިސާ އަނބުރާ ދައްކަން ފިނޭންސް މިނިސްޓްރީން ކުރިން އޮތީ އަންގައިފަ އެވެ. އެ ފައިސާ ނުދައްކައިފި ނަމަ، ފައިސާ ހޯދަން ދައުވާ ކުރާނެ ކަމަށް އެ މިނިސްޓްރީން ކުރިން އޮތީ އިއުލާން ކޮށްފަ އެވެ.

31 ކޮމެންޓް, 74 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 4%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްލަމް

12 July 2018

އެއްކަލަ ކޮތަރަށް ކާންދޭ ސޮރު ދޯ

The name is already taken The name is available. Register?

ދީމާހު

12 July 2018

އެމްޑީޕީ ސަރުކާރުވެސް އޮތީ ބޮއްސުންލާފާ. ކޮޕްރަޝަނާއި އިސްރާފުވެސް މަތީ ހައްދުފަހަނަ އަޅާފައި. ސަރުކާރެއް ހިންގުމާއި ޕޯޑިއަމްތަކަށް އަރާ ސަޅިބައިސާ ކެނޑުމާ އެއީ މުޅިން ދެކަމެއް. ތަރައްޤީ ދެއްކުނީ ހަމައެކެނި ކުރެހުމުން. ކުރެހުމުން ގާފަރުގެ މެގަ ޕްރޮޖެކްޓް ލޯންޗުވެސް ކުރި ދެން ވީގޮތެއް ނޭގުނު. ކުރެހުމުން ތ.އަތޮޅުގެ ރައްތައްވެސް ގުޅާލި. ކުރެވުނުހާވެސް ކަމަކީ ގައުމުގެ ހަރު ބޭރު މީހުންނަށް ވިއްކާލާ، އަމިއްލަ ޖީބުތަކަށް އެފައިސާތައް ވެއްދުން. ތަފާތަކީ އެމްޑީޕީ ސަރުކާރުގެ 3 އަހަރު ދުވަހުގެ ތެރޭގައި ކިތަށް ބަނދަރުތޯ ކިތަށް މަގުތޯ ކިތަށް ނަރުދަމާތޯ، މިސަރުކާރުގެ 3 އަހަރާ އަޅާ ކިޔާލާ. އެމްޑީޕީ ސަރުކާރުން ކަމެއް ނުކޮށް ދެވުމުގެ އިތުރުން ވެރިމީހާ ބިރުން އިސްތިއުފާ ދިން އިރު 1 ބިލިޔަށް ރުފިޔާގެ ބިލްތައް ހުރި ފިނޭންސްގައި ނުދެއްކި. މިއީ އާނމުންނަށް ދައްކަންހުރި ބިލްތައް.

The name is already taken The name is available. Register?

ގައިމް

12 July 2018

ކޮންމެ ބަޔަކު ވެރިކަން ލިބިއްޖިއްޔާ ޖެހުނުތަނުން ކަނީ. އެމްޑީޕީ ވެރިކަމުގައިވެސް ކަމުގައިވެސް ކެއި. މިހާރު ވެރިަކން ނެތުނީމާ ނުކެވޭތީ ވެރިކަން ހޯދަން އުޅެނީ.

The name is already taken The name is available. Register?

އަބްދުއްލާ

12 July 2018

ޑިޒާސް 60 މިލިއަން ކޮބާ ހެލްތް ގެ 12 މިލިއަން ކޮބާ މިގޮތަށް ގޮސް 5 ބިލިއަން އެބައުޅޭ އެމްޑީޕީ ސަރުކާރުގެ ހިޔާނާތް.

The name is already taken The name is available. Register?

އަބްދުއްލާ

12 July 2018

އެމްޑީޕީ ސަރުކާރުގަ މިފަދަ އެތައް ފައިސާގެ މައްސަލަ އެބަހުރި މިއީ ދަވްލަތުގެ ފައިސާއިން އަމިއްލަ ބޭނުންކުރުން މިވާނީ ހިޔާނާތަކަށް. އަދަބު ލިބެންޖެހޭނެ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

11 July 2018

ކީކުރާނީ އެހެންމީހުންނާދިމާލަ ގުދޯގުދޯ މިކިޔަނީ.

The name is already taken The name is available. Register?

އަނިޔާވެރިން

11 July 2018

ކަލޯމެން ސައިޒުން ވާހަކަ ދައްކާށެވެ. އެއީ ވަޓްސް އަޕް ވައިބަރގެ ޒަމާނެއްނޫނެވެ. ރޯމިން ކޯލްތަކަށް ފިސާރި ޗާޖުކުރި ޒަމާނެވެ. ކަލޯމެން އަމިއްލަ ފޯނުގެ ބިލު އޭރާ މިހާރާ ކޮމްޕެއަރ ކޮށްލާށެވެ. ތަނެއް ދޮރެއް ނޭގުމަށް ވުރެ ހަމަ ނުލަފަހީއެވެ.

The name is already taken The name is available. Register?

އަހުމަދު

11 July 2018

އެމްޑީޕީގެ ވެރިކަމަކީ އަނެއް ދިވެހިރާއްޖޭގައި ކުރެވުނު ވެރިކަމަކަށްވާތީ , ޗާޓުންބޭރުގައި ލާހޫރޭ އިންގެ އުސޫލުން ކަންހިގައި ދިޔައީ.

The name is already taken The name is available. Register?

falaku ain

11 July 2018

ގާތް ގަނޑަކަށް އެއީ 27 މަސް ދުވަސް. މަހަކަށް 11 ހާސްރުފިޔާ ވަރު. މިރައީސުގެ ވެރިކަމުގައި ފުރަތަމަ އަހަރުވެސް ދުއްވާލީ 1.2 ބިލިއަން ރުފިޔާ. އެއީ 12 މަސްދުވަހުގެ ތެރޭ މަހަކަށް 100،000،000 ސަތޭކަ މިލިއަން ރުފިޔާ. އަޅާ ކިޔާލަން ރަނގަޅު ދެއަދަދު.

The name is already taken The name is available. Register?

ދިރާގު

11 July 2018

ކަލޯ މި ލެވެލްގެ މީހުންގެ އަމިއްލަ ފޯނުބިލް ދެއްކޭ ފެންވަރުވެސް ނުހުންނަނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454