ދަރުބާރުގޭގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ހަފްލާއެއްގައި ރައީސް ޔާމީނާއި ކުރީގެ ރައީސް ވަހީދު ސަލާމްކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
12 ޖުލައި 2018 - 15:06
އެންމެ ފަހު އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ހޯއްދެވި ވަރުގެ ނަތީޖާއެއް ވެސް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު މަލާމަތްކުރައްވައިފި އެވެ.
ފެބްރުއަރީ 7، 2012 ގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސްކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އޭރުގެ ނައިބު ރައީސް ވަހީދު، 2013 ގެ އިންތިހާބުގައި ވާދަކުރައްވާ، ލިބިވަޑައިގެންނެވީ އެންމެ ފަސް ޕަސެންޓް ވޯޓެވެ. އޭގެ ފަހުން އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި އެމަނިކުފާނު މަޝްހޫރުވެވަޑައިގަތީ "ފަސް ޕަސެންޓް" ގޮތުގަ އެވެ.
ރައީސްކަމުގައި ހުންނަވައިގެން ވާދަކުރެއްވި އިންތިހާބުގައި ވަހީދަށް 10،750 ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނަށް 53،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ފުރަތަމަ ބުރުގެ އެއް ވަނަ، އެމްޑީޕީގެ ނަޝީދު 95،224 ވޯޓު ހޯއްދެވި އެވެ. ތިން ވަނާގައި ގާސިމް ހުންނެވީ 50،422 ވޯޓު ލިބިވަޑައިގެންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ މިއަދު ވާހަކަ ދައްކަވަނީ. އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ދެއްވި - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ "މި ސަރުކާރު ސިއްސައިގެންދާ ވަރުގެ ނަތީޖާއެއް" ސެޕްޓެމްބަރު 23ގެ އިންތިހާބުން ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާ ހިސާބަށް ހިންގި ހަރަކާތްތަކުގެ ތެރެއިން ވެސް އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ދޭން އޮތީ އުފާވެރި ހަބަރެއް. އެއީ އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ޑރ. ވަހީދު ހޯއްދެވި ވަރުގެ ނަތީޖާއެއް ވެސް ރައީސް ޔާމީނަކަށް ނުލިބޭނެ،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ ބަޔަކު މިހާރު ވެސް ތުހުމަތުކުރާ ގޮތަށް ރިޔާސީ އިންތިޚާބުގައި ކިތަންމެ މަކަރެއް ހެދިޔަސް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެމްޕެއިން ކާމިޔާބު ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
12 July 2018
ތިނަދޫ އިން 5% ލިބޭނީ ޔާމީން އަށް....
ޝިޔާމާ / ހިތަދޫ
12 July 2018
އިބޫ އަށް ހަމަ ބުކެރުނީތޯ ރޮޒޭމެންފަދަ ޒުވާން ކަނބަލަކު ތަޢުލީމީ ގާބިލު އަދި ވާހަކަ ދެއްކުމައް އުފެދުމުގައި އުނދަގޫ ނޫން ބޭފުޅަކު ސުޕޯކުސް ޕާރސަނަކަށް އައްޔަން ކުރަން... އާދެ! މާރިޔާ ދީ ދީ މެންނަކީ މިއަދު މީހުން ބަލައި ގަންނަ ބޭފުޅުންނެއްނޫން.. ބައެއް މީހުން ޗެނަލް ބަދަލު ވެސްކުރޭ.. މުސްކުޅި ވެ އަދި އުފެދުމުގައިވެސް އެކަމަނާ އަކީ ދޫއޮޅޭ ބޭފުޅެއްކަމުން ދެއްކޭ ނުދެއްކޭ ވާހަކަ ސާފެއްވެސް ނުވޭ.. އޭނާ ދުރުކޮށް ކަމުދާ ބޭފުޅަކު ހަމަޖެއްސުން މުހިއްމު ތިޔަ ޕާޓީ އަށްވެސް..
އޗޗޗޗޗ
12 July 2018
ކިޔާނެ އެއްޗެއް ނެތީތަ ނޫނީ ތިޔައީ ހަމަ މީހާގެ ފެންވަރުތަ؟ ހާދަ ކަމުނުދެޔޭ. ބަލާނުލާ ޖާހިލުންނޭ ގޮވަން..
ރަށްފުށު މީހާ
12 July 2018
ނޫނޭ ތިއީ ކުށްހީއެއް. ކުޑަ ޖަރީމާގެ ތަރުޖަމާނަކަށް މާރިޔާދީދީ ލައިފައި އެހުރީ ބޮޑު ޖަރީމާ ރައީސްގެ ލޯބިވާ މިތުރެއްކަމުންނޭ ކޮއިފުޅާ. މިހުންނަނީ ދެން ސިއްރު ވާހަކަ.
ޝޮކްތެރަޕީ
12 July 2018
ޔާމިނު އަތޮޅުތަ ރާއްޖެތެރެ ތަރައްގީކުރާތީތަ ނޮހޮވަން ތިހާވަރަ މާރިޔާ ތިއުޅުއްވަނީ.
ޕީސިކްސް
12 July 2018
ﷲގެ މަދަދާއެކު %52 އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ.
ރެޑްރޯޒް ސައީދު
12 July 2018
ޔާމީނުގެ ދައުރު ނިމެން ދެން އޮތީ 73 ދުވަސް! ދެވަނަ ފުރުސަތެއް، ޓެސްޓެއް ޔާމީނަށް ދޭން ރައްޔިތުން ބޭނުމެއް ނުވޭ!
އަމްޕަޔަރ
12 July 2018
ވޮލަންޓިއަރުންގެ ވޯޓް ނުލިބޭނެ
އެޑްމުންޑޯ
12 July 2018
މާރިޔާވެސް ހަމަޖެހޭ ވާހަކަ ދައްކަބަލަ ، ޕީޕީ އެކަނިވެސް 50000 މިންބަރުން އެބަތިބި ، ހަގީގަތަކީ އެމްޑީ މީހަކު ޕީޕީ އެމަށް ވޯޓް ނުދޭނޭ ހަމަ އެގޮތަށް ޕީޕީ އެމް މީހަކު އެމްޑީޕީ އަކަށް ވޯޓް ނުދޭނޭ ، ދެން ޕާރޓީ ތަކުގައި ނުހިމިނިތިބި މީހުންނަށް އެމްޑީޕީގެ ވެރިކަމާއި މިވެރިކަންވެސް ވަނީ ފެނިފައި ، ވީމާ ތިކަހަލަ ދިއުޅިއެއްނުވާ ވާހަކަ ނޫސްވެރިން އެއްކޮށްގެން ދެއްކީމާ ޖޯކަކަށްވާނީ
ޖަންބޭ
12 July 2018
މިހާ ހިސާބަށް ހިންގި ކެމްޕޭނޭ ބުނާއިރު މާލޭގައި ފަސް އަވަށް އޮތްއިރު އަވަށަކުން ވިއްސަކަށް ގެއަށްވެސް ދެވިފައި ނެތް. ހުޅުމާލޭގައި ބަރާބަރު ރީންދޫ ކުލައިގެ ފަސްގެއަށްވެސް ނުވަދެ އުޅެނިކޮށް އިރުއޮއްސިގެން އައީ. ދެން ކިހިނެއް ޖަހާ ހިސާބުތަކެއްތަތީ. އަނގައޮތީމަ ފަޅޮލޭވެސް ކިޔިދާނެދޯ.
ކީކޭ
12 July 2018
އަހަރެންނަކީ ވަހީދަށް ސަޕޯޓްކުރި މީހެއް. އެކަމު ވޯޓު ދިނީ ގާސިމަށް، ދެން ޔާމީނަށް. 2008ގައި އަހަރެން ވޯޓު ދިނި ނަޝީދު ދެވަނަ ފަހަރަށް ނުހޮވުމަށް. ހަމަ އެކަނި ގޮތް ބަލާލަން. ވޯޓާ ސަޕޯޓަކީ ދެ އެއްޗެއް. މިހާރު ވޯޓުލާން ބޭނުން އެކަކުވެސް އަދިއެއް ނެތް.
ހަގީގަތް
12 July 2018
ރައްޖޭގެ އާބަދީގެ 34 ޕަސެންޓު އުޅެނީ މާލޭގަ.. ދެން ތިބި 66 ޕަސެންޓު މީހުން އުޅެނީ ރަށްރަށުގަ... ގިނަ ދިވެހީން އަދިވެސް ތިބީ ސިޔާސީ ކަންކަމުގައި ހޭލުންތެެރި ވެފައެއް ނޫން... 1 ހެކްޓަރު ބިންހިއްކާފަ.. ކޮންމެ މީހަކަށް 2000 ރުފިޔާ ދިނީމަ އެހެރީ ވެފަ.. މިއީ ވަރަށް ހިތާމަހުރި ކަމެތް... އެހެންވިޔަސް ކަންތައްތައް ހުރި ގޮތައް ބަލާފަ, ބުރަވެވެނީ ރައީސް ޔާމީނު ވަރައް ވަރުގަދަ ފައިޓެއް އިންތިހާބުގަ ދޭނެ ކަމަށް.. އުއްމީދަކީ އިދިކޮޅު ކޯލިޝަން ކާމިޔާބު ކުރުން... ކޮންމެ މީހަކު ކާމިޔާބު ކުރިޔަސް, ކުރެވޭނީ 51 ނުވަތަ 52 ޕަސެންޓުން..