ޚަބަރު / ރޭޕް

16 އަހަރުގެ ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފި

ރޭޕްކުރުމާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް. --ފޮޓޯ:ގެޓީ އިމޭޖަސް

ދެ ފިރިހެނަކު ވެގެން މިދިޔަ ހަފުތާގައި 16 އަހަރުގެ ކުއްޖަކު ރޭޕްކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މީގެ ތެރެއިން ފުރަތަމަ މީހާ ވަނީ އެ ހާދިިސާ ހިނގިތާ ދެތިން ދުވަސް ފަހުން ހައްޔަރުކޮށްފަ އެވެ. އަދި އަނެއް ދެ މީހުން ހައްޔަރުކުރީ، އެ މީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތުން މިދިޔަ ހޯމަ ދުވަހު އެވެ. މި ތިން މީހުން ވެސް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

އެ ކުއްޖާ ރޭޕްކޮށްލީ، ސިނަމާލޭ ފްލެޓަކަށް ގަދަކަމުން ގެންގޮސް ކަމަށް އާއިލާއިން ކުރިން ވަނީ ބުނެފަ އެވެ. ރޭގަނޑު އަށެއް ޖަހާކަންހާއިރު، ކޮލެޖްގެ ބްރޭކްގަޑީގައި އަންހެން ކުއްޖާ ރަހުމަތްތެރި ފިރިހެން ކުއްޖަކާ އެކީގައި ގޮސް ސިނަމާލެ ފްލެޓް ބަރިއާ އަރާހަމަވި ތަނުން، ފިރިހެން ކުއްޖާއަށް ބަޔަކު ހަމަލާދީ، އަންހެންކުއްޖާ ގަދަކަމުން ފްލެޓް ތެރެއަށް ވައްދައި ރޭޕްކޮށްލީ ކަމަށް އާއިލާއިން ބުންޏެވެ.

"ފްލެޓުން އެ ވަގުތު ގުރޫޕެއް ނިކުމެ ފިރިހެން ކުއްޖާއަށް ހަމަލަދީ، އޭނާ ހިފެހެއްޓުމަށް ފަހު އަންހެން ކުއްޖާ ފްލެޓް ތެރެއަށް ވެއްދީ. އެ ވަގުތު ވެސް ފިރިހެން ކުއްޖާ ބުނަމުން ދިޔަ ކަމަށް ވަނީ ސޮރީއޭ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަންހެން ކުއްޖާ ފްލެޓާ ހަމައަށް ގެންދިޔައީ ރާވައިގެން ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ. އެއީ އެ ކުއްޖާ ސަލާމަތް ކުރަން ނުވަތަ އެކަން ބައެއްގެ ސަމާލުކަމަށް ގެންނަން އެ ފިރިހެން ކުއްޖާ މަސައްކަތް ނުކުރުމުންނެވެ.

އަންހެން ކުއްޖާ ދިރިއުޅެނީ އާއިލާއާ އެކު ހުޅުމާލޭގަ އެވެ. އޭނާ ރޭޕްކުރިކަން އާއިލާ އަށް އެންގީ އެނބުރި ހުޅުމާލެ އަށް ގޮހެވެ.

13 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 75%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑޫ ބަކުރު

02 August 2018

ތީމާބޮޑުކަމެއްނޫން އިހައްދުވަހު އެއްބަނޑު 4 ކުދިންނާ ބެހުނުމީހާވެސް މިހާރު ވަނީ ދޫކޮއްލާފަ.. 4 ކުދިންނާ މަންމައާ ހެކިދިން އަދި އޭގެ ތެރޭން 1 ކުއްޖަކީ އުމުރު ހަމަ ނުވާ ކުއްޖެއްކަން އެންގިފަވޭ

The name is already taken The name is available. Register?

ގިޓާ

01 August 2018

ތިކަމުގައި މުއްދަތުދިގުވެ ކަމުގެ ހޫނު ކެނޑިގެންދިޔާމަ ޚަތިމުވީ ހިފެހެއްޓުމާއި ދޫކޮށްލުމަކީ ޢާއްމުކަމެއް އެކުއްޖާއާއެކު ދިޔަ ފިރިހެންކުއްޖާ އެވަގުތުވެސް ކީއްވެބާ ފުލުހަށް ނޭންގީ

The name is already taken The name is available. Register?

އަބްދުﷲ

01 August 2018

ދިވެހިބަހުން ލިޔާލިޔުންތަކުގައި “ރޭޕް” މި އިނގިރޭސި ބަސް ބޭނުން ކުރަނީ ކޮންހާލަތެއްގައިތޯ ސުވާލު އުފެދޭ. ޢިނގިރޭސިބަހުގައި “ރޭޕް” މި ބަހުގެ މާނައަކީ “އަންހެނެއްގެ ނުރުހުމުގައި ގަދަކަމުން ޖިންސީގުޅުން ހިންގުން”. މާނައަކީ ޖިމާޢުވުމެވެ. ސުވާލަކީ ލިއުންތެރިން ލިޔާއިރު މިބަސްމިބޭނުންކުރަނީ ކިހާވަރަކަށްބަލައި ޔަގީންކޮށްފަތޯއޭ. ޖިންސީ ފުރައްސާރަކުރުން، ޖިންސީ އަމަލުތަކެއް ހިންގުންފަދަ ކަންކަމަކީ “ރޭޕް” ކެޓަގަރީއެއްނޫނެވެ. އެހެންކަމުން އިނގިރޭސިބަހުގެ “ރޭޕް” މިލަފުޒު ދިވެހިބަހުގައި މިބޭނުންކުރާ ގޮތްތައް ސާފުކޮށްދިނުން އެދެން. މިފަދަ ނުބައި މުޑުދާރު ކުއްތައް ހުއްޓުވުމަށް ހަރުކަށި އަދަބުދީ، އިސްލާމީ ތަރުބިއްޔަތު ވަރުގަދަ ކުރަންޖެހޭ. އަދި އަންހެނުންވެސް ރައްކާތެރިފިޔަވަޅެއްނެތި އެކަނި ނޫޅުމަކީ މުހިންމުކަމެއް.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

01 August 2018

އެއީ އެކުއްޖާ އެބަ ބުނޭ ރޭޕް ކުރީ ކަމަށް. ޑޮކްޓަރުން ބަލާފައި އެބަ ބުނޭ ރޭޕްކޮށްފައި ހުރި ކަމަށް. އަދި މީގެ ކުރިއަކުން އެއްވެސް ނޫހަކުން ނުދެކެން ޖިންސީ ފުރައްސާރައަށް ރޭޕު ކުރީއޭ ލިޔެފައި އޮއްވައެއް. ރޭޕަށް ހަމަ ރޭޕު ލިޔެފައި ހުއްޓާ މި ފެންނަނީ.

The name is already taken The name is available. Register?

ޓަސްޓަސް

01 August 2018

ނީޑް ފޮޓޯ! ނީޑް ނޭމް!!

The name is already taken The name is available. Register?

އިއްބެ

01 August 2018

މިނިވަން ދުވަހުގެ މުނާސަބަތުަަގައި ދޫކޮައްލާ!

The name is already taken The name is available. Register?

ކިއްލިބާޝާ

01 August 2018

އިންޑިޔާ ފިލްމުތައް ރާއްޖޭގާ ދެއްކުން މަނާކުރަންވީ. އެއީ މިކަމަށް އޮތް ފަރުވާއަކީ.

The name is already taken The name is available. Register?

އަލީ ނަސީމް

01 August 2018

ދެންކޯއްޗެއް ދައްކަންވީ؟ އަރަބި ސިލްސިލާ؟

The name is already taken The name is available. Register?

ތުނިޔަ

01 August 2018

އެމީހުންގެ ނަމާއި ފޮޓޯ ޢާއްމު ނުކުރަނީ ކީތްވެބާ؟ މިފަދަ މީހިންތިބޭނީ ހިމާޔަތް ކޮއްފަ! މިސާލަކަށް 75 އަހަރުގެ އެއްކަލަ ބޭބެ.

The name is already taken The name is available. Register?

ޓެރަރު

01 August 2018

އެމީހުން ކުރީ ޓެރަރިޒަމުގެ އަމަލެއްނޫންތަ؟

The name is already taken The name is available. Register?

ޝިޔާމް

01 August 2018

ޓެރެރިޒަމްގެ އަމަލަކަށްވާނީ ސީރިޔާއަށް ގޮސް ހަނގުރާމަކުރީމާ އެކަނި.

The name is already taken The name is available. Register?

ތުނިޔަ

01 August 2018

ނޫން....ސީރިޔާ އެކަންޏެއްނޫން! ވެރިކަމާ ދިމާލަށް އިސް އުފުލާ ބަލާލިޔަސް އެވެސް ޓެރަރިޒަމްގެ ޢަމަލެއް!

The name is already taken The name is available. Register?

ބެރުދުންމާރި

01 August 2018

ތިފަދަމީހުންނަށް ޙައްޤު އަދަބު ނުދެވޭތީ މައްސަލައަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454