މަސް ދޯނިތަކެއް: ސަރުކާރުން ދޫކޮށްފައިވާ މަސް ދޯނިތަކާއި އައިސް ޕްލާންޓްތަކުން ދައުލަތަށް ލިބެންޖެހޭ 51 މިލިއަން ނުހޯދާ އެބަހުރި --މިހާރު ފޮޓޯ
13 އޯގަސްޓް 2018 - 11:01
ފިޝަރީޒް މިނިސްޓްރީން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނާއި މުދަލުން ދައުލަތަށް ލިބެންޖެހޭ 51 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އެ މިނިސްޓްރީން އަޅާފައި ނުވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، މިދިޔަ ހަފުތާގައި ނެރެފައިވާ ފިޝަރީޒް މިނިސްޓްރީގެ މިދިޔަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމް ކޮށްފައިވާ އައިސް ޕްލާންޓްތަކުން ކުލީގެ ފައިސާގެ ގޮތުގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުއްޓެވެ. އަދި ދިގު މުއްދަތުގައި ފައިސާ ދައްކައި، ޚަލާސް ކުރާ އުސޫލުން 1997 ވަނަ އަހަރާއި 2001 ވަނަ އަހަރާ ދެމެދު އެކި ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ މަސް ދޯނިތަކާއި އިންޖީނުތަކަށް ދައްކަންޖެހޭ 32 މިލިއަން ރުފިޔާ ވެސް ދައުލަތަށް ނުލިބި އެބަހުއްޓެވެ.
އެ ފައިސާ ނުހޯދާ މައްސަލަ ފިޝަރީޒް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވާ ކަމަށާއި އެކަމަކު މިދިޔަ އަހަރުގެ ނިޔަލަށް ވެސް އެ ފައިސާ ހޯދަން އެކަށީގެންވާ ފިޔަވަޅުތަކެއް އެ މިނިސްޓްރީން އަޅާފައި ނެތް ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އަދި ފައިސާ ހޯދަން ފިޔަވަޅުތައް އަޅާފައި ނުވާތީ، މިދިޔަ އަހަރުގެ ނިޔަލަށް ޖޫރިމަނާ ވެސް ބޮޑުވެފައި ހުރި ކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ހއ. އިހަވަންދޫގައި ގާއިމް ކޮށްފައިވާ އައިސް ޕްލާންޓްގެ ތަފާސް ހިސާބުތައް ނުލިބުމުގެ ސަބަބުން އެ ތަނުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ދެނެގަނެވިފައެއް ނުވެ އެވެ. އެތަން ހިންގާ ފެލިވަރު ފިޝަރީޒްގެ މޯލްޑިވްސް ލިމިޓެޑް ފަރާތުން އެ ހިސާބުތައް ހޯދުމަށް 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފިޝަރީޒް މިނިސްޓްރީ އަށް އަންގާފައި ވިޔަސް، މިދިޔަ އަހަރުގެ ނިޔަލަށް ވެސް އެ މައުލޫމާތުތައް ހޯދާފައިނުވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް އަންގަވާފައިވަނީ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން، ދައުލަތަށް ނުލިބި ހުރި ފައިސާ ގިނަވެގެން އެއް މަސް ތެރޭގައި ހޯދުމަށެވެ. އަދި ނުލިބި ގިނަ ދުވަސްވެފައިވާ ފައިސާ ހޯދުމަށް އެ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ވެސް އެ އޮޑިޓާ ޖެނެރަލް އަންގަވާފައިވެ އެވެ.
މީގެ އިތުރުން އެއް މަސައްކަތެއްގެ ގޮތުގައި ބެލެވޭ މަސައްކަތްތައް މިދިޔަ އަހަރު ބަހާލައިގެން އެކި ފަރާތްތަކާ ފިޝަރީޒް މިނިސްޓްރީން ހަވާލުކުރި މައްސަލަ ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ފިޝަރީޒް މިނިސްޓްރީން ކ. މަނިޔަފުށީގައި ހިންގާ ރިސާޗް ސެންޓަރަށް ބޭނުންވާ ތެޔޮ ގަންނަނީ ކޮންމެ މަހަކު ވެސް ވަކި ފަރާތަކާ ހަވާލު ކޮށްގެން ކަމަށާއި އެކަމަށް މުޅި ޖުމްލަ 530،000ރ. މިދިޔަ އަހަރު ޚަރަދު ކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
މަނިޔަފުށީގައި ހިންގާ ސެންޓަރަކީ ދިގު މުއްދަތަކަށް ކުރިއަށް ގެންދަން ރާވާފައިވާ މަސައްކަތަކަށް ވާތީ އެތަނަށް ބޭނުންވާ ތެޔޮ ހޯދުމަކީ ބޮޑު އެއް މަސައްކަތުގެ ގޮތުގައި ބަލަންޖެހޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެއް މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަންކަން އިއުލާން ނުކޮށް، ބައިބަޔަށް ބަހާލައިގެން ކުރުވާ ނަމަ އޭގެ ސަބަބުން ހާމަކަން ބޮޑު އަދި ވާދަވެރި ބީލަމުގެ އުސޫލު ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާނެ ކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެކިނައްތާލުމުގެ
28 September 2018
ހެކިނައްތާލުމުގެ ހުކުމް އަންނާނެ!
ގަމާރު
13 August 2018
އާޓިކަލް ކިޔާބަލަ ދެން ކޮމެންޓް ކޮއްބަލަ
ނަތާސާ
13 August 2018
މިއުޅޭބައިގަނޑު ސުރުޚީ ކިޔާފަ ކޮމެންޓް ކުރަނީ ބަލަ 1997 2001 ގެ ވާހަކަ އެ އޮތީ އަދިވެސް ޝައިނީތަ ޒިންމާ ނަގަންވީ 2008 އާހަމައަށް ނުކޮއް އޮތް ކަމެއް 2016 ގަ ވާނެ ގޮތަކީ ކޮބާ ޒިންމާ ނަގަން ޖެހޭނީ މައުމޫނު ސަރުކާރުން
ވަކަމޭން
13 August 2018
ކޮންމެ އަހަރެއްގެ ކަމެއް ވިޔަސް އ\ެގެ ފަހުން އެތަނަކާ ހަވާލުވެހުރިމީހާގެ ޒިންމާއެއް އެހޯދަން އުޅުން ދެއްތޯ؟ ރިޕޯޓްގައި އެއޮތީ އެހޯދަން މަސައްކަތެއް ނުކުރެވިފައިވާ ވާހަކަ ދޯ؟ އަދި ކުރީއަހަރުގެ ރިޕޯޓްގައިވެސް އެހޯދަން މަސައްކަތްކުރަން ބުނެފައޮތްވާހަކަ އެއޮތީ ދެއްތޯ؟
ސާދާ
13 August 2018
މައުމޫނުގެ ވެރިކަމުގަ ކޮއްފަ ނުލިބި ހުރި ފައިސާތަކެއްގެ ވާހަކަ އެދައްކަނީ 2001ގެ ވާހަކަ ދޮތަ މައުމޫނުގެ ކަނޑުލުން އެހެން މީހުން ހިތިފިލުވާނީ ކިހިނެއް
މަންސޫރު
13 August 2018
ނައު ޔޫ ސީ، ޝައިނީ؟
ޟިތްރަތުލް މުންތަހާ
13 August 2018
އަދިވެސް ވެރިކަމަށް ހޮވަންވީ ޔާނޫ ދޯ !
އަލީ12
13 August 2018
ކަލޯ ހަބަރު ރަނގަޅައްކިޔާފަ ކޮމެންޓް ކޮށްބަލަ...ހެޑްލައިން ފެންނައިރަށް ބޮލައްފިތާލާފަ އިން ތާވަޅެއްހެން ތި އެނބުރެންފަށަނީ….ލޮލް
ގުއިއްޒު
13 August 2018
ޝަިނީގެ އަނގައާއި ހަށިގަނޑު ދެއްތޯ ބޮޑީ. 5 އަހަރު ވީއިރު ކުރެވުނު ކަމެއް ނެތް ދެއްތޯ.
ފޮނިކަލޯ
13 August 2018
ތިވެސް މީރާ އާއި ގުޅުން ހުރިކަމެއްތަ ހަމަ ހިލާ އެމީހަކު ހަމަ ނިދި ނިދުނަ ވެސް ނުދޭނެ
ނަން
13 August 2018
މީރާއަށް ވަގު ހަދަންޔާ ހަމަ ނިދި ނިދިޔަ ދީގެންވެސް ނުވާނެ. ކޮން ވާހަކައެއް ދައްކާކަށް!
ޝައިމްބެ
13 August 2018
ތީ މިހާރަކު ނެރެން ބޭނުން އެއްޗެއް ނޫން.
ފަލަޑޭ
13 August 2018
ތިޔަބުނާ ވުޒާރާއެއްގެ ވަޒީރު އުޅެނީ ފޮރިން މިނިސްޓަރ އެއްހެން މުޅިން އެހެން ދާއިރާއެއްގަ