ޚަބަރު / ރާއްޖެ-އިންޑިއާ

ފެންބޮޑުވުމާ ގުޅިގެން، ރާއްޖެއިން އިންޑިއާ އަށް ބައި ލައްކަ ޑޮލަރު ދޭން ނިންމައިފި

ރައީސް ޔާމީނާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ: އިންޑިއާގެ ކެރަލާއަށް ލިބެމުންދާ ގެއްލުންތަކާ ހެދި ރާއްޖެއިން އިންޑިއާއަށް ވަނީ 50،000 ޑޮލަރު ދޭން ނިންމާފައި --- ފައިލް ފޮޓޯ/ރައީސް އޮފީސް

އިންޑިއާގެ ކެރަލާ ސްޓޭޓްގައި ފެންބޮޑުވެ، ލިބެމުންދާ ގެއްލުންތަކުންތަކާ ގުޅިގެން ރާއްޖެއިން އެ ގައުމަށް 50،000 ޑޮލަރު (770،000ރ.) ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުންމިރޭ ބުނީ، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށާއި ގެއްލުނު ލިބުނު ފަރާތްތަކަށް ދިވެހި ސަރުކާރުން ތައުޒިޔާ ފޮނުވާ ކަމަށެވެ. އަދި 50،000 ޑޮލަރު އިންޑިއާ އަށް ހަދިޔާ ކުރަނީ އެ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކެރަލާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި 200 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެ، ހަ ލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ވެސް ވަނީ ގެއްލިފަ އެވެ. އެ ހާދިސާގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ ޓްރިވެންޑްރަމާއި ކޮޗިންގައި ވެސް ފެންބޮޑުވެ، ބައެއް ދިވެހި އާއިލާތަކަށް އޭގެ އަސަރު ކުރިމަތިވި އެވެ. މިހާރު އެ އެންމެން ވަނީ ޓްރިވެންޑްރަމަށް ގެންގޮސްފަ އެވެ.

19 ކޮމެންޓް, 112 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 3%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޜާނީ

28 September 2018

ތި ރައިސް ގެއްލުނީތީ ހިތާމަ ކުރާނެ ދުވަސް ، މާދުރަކުނޫން މި އޮތީ..ހިންހަމަ ޖެހިލާގެން ދިވެހިން ތިއްބާ މަދު ލާރިކޮޅަކަށް ގައުމު ވިއްކި ބަޔަކު ރޯނެ..ހިތްދަތި ދުވަސްތަކުގެ ގޮތް ހުސްވެ ރޯންތިބޭނެކަން ކަށަވަރު

The name is already taken The name is available. Register?

އަދީބު

20 August 2018

އެހީތެރިވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ހަޤީޤީ އެހީތެރިކަން ބޭނުންވާ މީހުން މި ސަރުކާރަށް ނޭނގޭތީ އެވެ. މި ރާއްޖޭގައި މިހާރު ވެސް 3 އިރު ހަމައަށް ކައި ނުލެވޭ މީހުން އެބަ ތިއްބެވެ. އެ މީހުން ހޯދިފައެއް ނެތެވެ. މި ރާއްޖޭގައި މިހާރު ވެސް އެތައް ސަބަބަކާ ހުރެ މަތީ ތަޢުލީމުން މަހުރޫމްވެފައިވާ މީހުން އެބަތިއްބެވެ. އެ މީހުންނެއް މި ސަރުކާރަކަށް ނޭނގެއެވެ. މި ރާއްޖޭގައި މިހާރު ވެސް އަތްމަތި ދަތިކަމުން ތިމާގެ ބަލިތަކަށް ބޭސްފަރުވާ ނުކުރެވިފައި އެތައް ބަޔަކު އެބަ ތިއްބެވެ. އެފަދަ މީހުންނަށް އެހީވުމުގެ ބަދަލުގައި، ތިމާމެންގެ ހެޔޮފުޅުކަން ދައްކަން ނިކަމެތި ދިވެހީންގެ ހައްޤު ފައިސާ އެހެން ބަޔަކަށް ދިނުމަކީ ލަދުހުތުރު ކަމެކެވެ.

The name is already taken The name is available. Register?

ސާދާސީދާ

20 August 2018

ރާއްޖެޓީވީ ޖޫރިމަނާކޮށްގެން އެކަނިވެސް 133،000 ޑޮލަރު ލިބިއްޖެ.

The name is already taken The name is available. Register?

20189

20 August 2018

ވ ރަނގަޅު.... އަހަރަމެންނަކީ އެހީވެވޭ ފެންވަރުގެ އަދި އެހީވާންވެސްޖެހޭ ގައުމެއް....

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

20 August 2018

ޖެއްސުން ކުރިޔަސް މިއީ ދެން ތަންކޮޅެއް ބޮޑުވަރު. ރާއްޖެ ޓީވީ ޖުރިމައިނާކޮށްގެން އަތުލި ލާރިކޮޅު ހަދިޔާކުރިނަމަ މިއަށްވުރެން ތާހިރުކޮށް މިކަން ފެންނާނެ.

The name is already taken The name is available. Register?

ޚކެތަ

20 August 2018

ކެރަލާ މީހުންނަކީ އަހަރުންގެ އަވައްޓެރިން. ޢަވައްޓެރިން ހާލުގަ ޖެހުނީމަ އެހީވާންވާނެ.

The name is already taken The name is available. Register?

ހަސަންމާހިރު

20 August 2018

ކެރެލާ އަކީ ދިވެހިންގެ އަވަށްޓެރި އިންޑިއާގެ އެންމެ ގާތުގައި އޮތް ސިޓީ އެވެ. އަހަރަކު އެވެރެޖް ކޮށް 300 މިލިއަންޑޮލަރު ދިވެހިން ކެރެލާއަށް ޚަރަދު ކުރާކަން ފަހެެ ތިބާ ދެނެހުރީމު ހެއްޔެވެ.

The name is already taken The name is available. Register?

‫އަސް

20 August 2018

‫މިކަމުން ވެސް މި އަންގައި ދެނީ ސަރުކާއޮތީ އިންޑިޔާ އާކުގައި ކަން.އަދި އަވައްޓެރި ގައުމެއް ހާލުގަ ޖެހޭ ތަން ބަލަން ނުތިބޭނެކަން.މިވަރު ވެރިޔަކު ނުލިބޭނެ

The name is already taken The name is available. Register?

ކިއްލިބާޝާ

20 August 2018

50000 ޑޮލަރާއެކު ހެލުކޮޕްޓަރުވެސް ފޮނުވާލާތި. އެއީ މީހުން ރެސްކިއުކުރަން ހަދިޔާއަކަށް ދިންއެއްޗެކޭވެސް ބުނާތި.

The name is already taken The name is available. Register?

ލަކުޑި ހަމީދު

20 August 2018

ތީ އަޅެ މަލާމާތެއް ތަ؟

The name is already taken The name is available. Register?

އެހާރާއި މިހާރު

20 August 2018

މަލާމާތެއް ނޫން. އެގައުމަކުން ދޭނީ އެގައުމަކަށް ކުޅަދާނަވެގެން ވާ ވަރަކަށް

The name is already taken The name is available. Register?

12345

20 August 2018

ހާދަ ކުޑަ އެއްޗެއް ތިދިނީ.

The name is already taken The name is available. Register?

!!!!!!

21 August 2018

އެކައްޗެއްވެސް ދޭން ޖެހޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454