އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
26 އޯގަސްޓް 2018 - 22:50
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައުލޫމާތުތަކެއް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހަށް ގޮސްފައި އޮވެދާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތުތަކެއް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ގޮސްފައި އޮވެދާނެ ކަމަށް ބަލައި، ކޮމްޕިއުލަންސް ބިއުރޯ މެދުވެރިކޮށް، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ރީ-ރަޖިސްޓްރޭޝަން ފޯމްތަކާ ބެހޭ މައުލޫމާތުތަކެއް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބުނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކަމަށް ބުނެ މީހުންނަށް ފޯނުކޮށް ބައެއް މައުލޫމާތުތައް ސާފު ކުރާ ކަމަށެވެ.
"އަޅުގަނޑާ އެކީގައި ބައްދަލު ކުރަން ބަޔަކު ތިއްބާ ވެސް ފޯނު ކޯލެއް އައި، ދެން އެ ފޯން ކޯލު ކުރި ފަރާތަކުން ވިދާޅުވި އެއީ ރައީސް ޔާމީން ކެމްޕެއިން އޮފީހުންނޭ، ގާތްގަނޑަކަށް ތިން ފޯނު ކޯލެއް އައި ތިން ކޯލެއްގައި ވެސް މެސެޖު އައި ތަފާތު ގޮތްގޮތަށް،" ޝަރީފް ވިދާޅުވި އެވެ.
"އެއިން ޝައްކު އުފައްދައި ދީފި އަޅުގަނޑުމެންގެ މައުލޫމާތެއް އެ ފަރާތަށް ގޮސްފައިވާކަން."
އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެއްވެސް މައުލޫމާތެއް ލީކްވެފައި އޮތްތޯ އެ ކޮމިޝަންގެ ތެރެއިން ބެލި ނަމަވެސް، އެކަން ފާހަގަވެފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެ ތަނުން، އެ ފަދަ މައުލޫމާތެއް ބޭރު ނުވާ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ އެއްވެސް ހާލެއްގައި އެ ފަރާތަށް މައުލޫމާތު ނުދެއޭ ނުދަންނަވަން. (މައުލޫމާތު) ގޮސްފައިވުމަކީ އެކަށީގެންވާ ކަމެއް. އެދިޔަ ގޮތް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެ މައުލޫމާތުތައް ބަޔަކަށް ގޮސްގެން، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު އޮޅުވާލުމަކަށް މަގުފަހިވެފައެއް ނެތެވެ. އަދި ބައެއް ފަރާތްތަކުން ފޯނު ކޯލްތައް ކޮށްގެން މަސައްކަތް ކުރަނީ ވޯޓު އޮޅުވާލުމަށް މަގުފަހި ކުރަން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި 95،739 ފޯމްގެ ތެރެއިން ރީ-ރަޖިސްޓްރީ ކޮށްދިނީ 78،964 ފޯމެވެ. އަދި އެކި ސަބަބުތަކާ ހުރެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުވުމުގެ ސަބަބުން 5،626 ފޯމް ބާތިލް ކުރި އެވެ. އީސީން ބުނި ގޮތުގައި ބާކީ ހުރި، 11،149 ފޯމަކީ އެކެއްގެ ނަމުގައި އެކި ފަހަރު މަތިން ލާފައި ހުރި ފޯމްތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ މީނަ
28 August 2018
މީގެ މާނަޔަކީ މި ބޭފުޅާ އަށް މަޤާމް ގެ ޒިންމާ ނުނެންގެވޭކަން. މި ފަދަ މުހިންމު ޒިންމާދާރު މަޤާމަކަށް މި ބޭފުޅާ ކުފޫހަމަ ނުވާކަން. ވަގުތުން އިސްތިޣުފާ ދޭންޖެހިފައިވާ ކަން. އަދި ހަމަ އެޔާއެކު ރައްޔަތުންގެ އިތުބާރެއް ނެތް މީހަކަށް ވެފައިވާ ކަން.
ސަފަރު ކަތްދަ
28 August 2018
ހިނގައިދާނެއޭ. ކަލޯ އެ ލިންކް ރައީސް އޮފީހަށް ތިޔަ ބޭފުޅާވަނީ ދެއްވާފަނޫންތޯ؟؟؟ ނޭގޭ ކަމަށް ހަދަނީ ހަވާލުނުވަންވެގެން.
މޮޔާ
27 August 2018
ހަބަރުތައް ޔަގީންކަމާއެކު ލިޔެބާ، ހީވާހީވުންތަކަކީ ކުންހީތަކަށް ވެސް ވެދާނެ.
ހޯނު
27 August 2018
ލޮލް! ރަގަޅުތާ ޝައްކުވިކަންވެސް. މަ ހީކުރީ އެވަރުވެސް ނުވާނެ ކަމަށް ވިއްޔަ
ނައިނާ
27 August 2018
ތިހުރިހާ ޑުރާމާއެއް މިހާރު ތިކުޅެނީ އިންތިހާބުގެ ނަތީޖާ މި ރައީސައް ހަޖަމް ނުވާގޮތް ވެއްޖެޔާ ކޯޓައް ގޮސް އަނެއް އިންތިހާބެއް ބާތިލް ކުރަން މަގުފަހިކުރަން. ނޫނޭ ވާ އިންތިހާބު ދެކެ މިގަންނަ ބިރެެއް މިމީހުން.
އަމީސާ
27 August 2018
ތި މައުލޫމާތު ލީކްވީއެއްނޫން . ތިއުޅެނީ ޝަރީފް އެމައުލޫމާތު ޕީ.ޕީ،އެމް އަށް ދީފަދައްކާނަ ބަހަނާއެއް ނެތިގެން. ޝަރީފް ދެއްކިވާހަަކަ ވައްތަރީ ކުޑަކުއްޖަކު ވައްކަމެއްކޮށްފަ އެފޮރުވަން ދައްކާކަހަލަ ވާހަކައެއް. އެހާވެސް ހަމަ ނުޖެހޭ.
އަންކަލޯ
27 August 2018
ބަޔަކު އުފެއްދި ސަކުވާއެއް ބަލަިގަނެ ހާމަކޮށް އެދިނީ، އެއްވެސްފަރާތަކަށް މައުލޫމާތު ލީކުނުވާކަން......ރަނގަޅަށް ކަމެއްކޯސްދެވޭކަށްވެސް ނޯންނާނެ.
ހައްސާ222
27 August 2018
100% ޔަގީން ސަރުކާރު މުއައްސަސާ ތަކުގައި ހުރި މީހުންގެ މައުލޫމާތު ޔާމީން ގެ ކެމްޕޭން އޮފީހަށް ދިފައިވާކަން. ސަބަބަކީ އަޅުގަނޑު ގެ އަންހެނުންނަކީ ރާއްޖެއިން ބޭރުގައި އުޅޭމީހަކަށްވެފައި އަޅުގަނޑު ގެ އަންހެނުންނަށް ގުޅަން ޕީޕީއެމް އޮފީހުން އަޅުގަނޑުގެ ފޯނަށް ގުޅިކަން. އައިޑީކާޑު ހެއްދި އިރާއި ޕާސްޕޯޓް ހެއްދިއިރު ގުޅޭނެ ނަމްބަރ އަކަށް ވާނީ އަޅުގަނޑުގެ ނަމްބަރ ޖަހާފައި. އެ ނަމްބަރ އެއްވެސް މީހަކަަށްލިބޭނެ އިތުރު އެއްވެސް ގޮތެއް ނޯންނާނެ.
ޖައިސާމް
27 August 2018
ނުބުންޏަސް އިނގޭ ތިކަން. މީ އަހަރެމެންނަށް ފަޅާއެރި ކަންތައް. ދެން ވިސްނާލާ އަހަރެމެންނަށް ނޭނގި ޕީޕީ ކުރާނެ ކަންކަން.
މަރީ
27 August 2018
މިނިވަން ވާނީ މިހާކަންހާވަރަކަށް.