އިންޑިއާގެ ހެލިކޮޕްޓަރު ޖައްސާއިރު ދިވެހި ސިފައިންގެ މީހަކު ބަލަހައްޓައިގެން. -- ފޮޓޯ: މިހާރު
28 އޯގަސްޓް 2018 - 12:12
ރާއްޖޭގައި ބޭނުންކުރުމަށް އިންޑިއާ ސިފައިންނާ އެކު ރާއްޖެ ގެނެސްފައިވާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމުގެ މުއްދަތު އިތުރުކޮށްފާނެ ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުންޏަސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ނޫހެއްގައި އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ހެލިކޮޕްޓަރުތައް އަދި ދެތިން މަސް ވަންދެން ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިދާނެ ކަމަށާއި އެ އޮޕަރޭޓް ކުރުމަށް އިންޑިއާ އިން ފޮނުވާފައި ތިބި 48 ސިފައިން ވެސް ރާއްޖޭގައި ތިބުމުގެ މުއްދަތު އިތުރުކޮށްދީފާނެ ކަމަށް ބެލެވޭ ކަމަށެވެ. މިގޮތަށް ބެލެވެނީ ހެލިކޮޕްޓަރުތަކުގެ މައްސަލާގައި ކުރަމުން އަންނަ މަޝްވަރާތަކުން ކަމަށް ވެސް ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހެލިކޮޕްޓަރުތައް ފޮނުވާލަން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
މިއަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ކުރިން އެ ހެލިކޮޕްޓަރުތަކާއި އެ ބަލަހައްޓަން ރާއްޖޭގައި ތިބޭ 48 ސިފައިން ގެންދިއުމަށް ތަކުރާރުކޮށް އިންޑިއާއަށް އަންގަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ވަކި އެގްރިމެންޓެއްގެ ދަށުން އެކަން ކޮށްފައި އެ ވަނީ. އެގްރިމެންޓްގެ މުއްދަތު މިވަނީ ހަމަވެފައި. އެ ހެލިކޮޕްޓަރުތައް އެ ބަހައްޓަނީ އަދި އެބަލަހައްޓާ ސިފައިން އެތިބެނީ ވެސް މުއްދަތު ފަހަނަޅައި ދިއުމުން ވެސް ނުގޮސް،" އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން ދީފައިވާ މުއްދަތު ހަމަވިތާ ދެ މަސްވީއިރު ވެސް އިންޑިއާގެ ސިފައިންނާއި ހެލިކޮޕްޓަރު ލ. ކައްދޫ އެއާޕޯޓުގައި ދަނީ ބޭނުން ކުރަމުންނެވެ.
ސަރުކާރުން ބުނެފައިވަނީ އެ ހެލިކޮޕްޓަރުތައް ރާއްޖެއިން ފޮނުވާލަން ބޭނުންވަނީ މިހާރު އޭގެ ބޭނުން ކެނޑިފައި ވާތީ ކަމަށެވެ. އެއީ ބަލި މީހުން އުފުލުމަށް އެކަނި ބޭނުންކުރާ އުޅަނދުތަކެއް ކަމަށްވާއިރު މިހާރު އެ ބޭނުން ވެސް ނުޖެހޭ ކަމަށް ސަރުކާރުން ބުނެ އެވެ.
އިންޑިއާ ސިފައިން ރާއްޖެއަށް ހަދިޔާކުރި އެ ދެ ހެލިކޮޕްޓަރު ބަލަހައްޓަން އެގައުމުގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމުގެ ކަންބޮޑުވުން އޮވެ އެވެ. ހެލިކޮޕްޓަރު ދުއްވަން ދިވެހި ސިފައިން ތަމްރީނު ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން މިހާތަނަކަށް ވެސް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލު
29 August 2018
އިންޑިއާއިން ބޭނުންވަނީ އިންޑިއާކަނޑުގެ ފުލްކޮންޓްރޯލް، އިންޑިއާއަށް އޮތުން އެކަމުގައި އެންމެ ބޮޑު ހުރަހަކަށް މިވަނީ ދިވެހިރާއްޖެ ޖޯގުރަފީގޮތުން އިންޑިއާ ކަނޑުގައި އޮތް ޖަޒީރާ ތަކުގެ ތެރެއިން އިންޑިއާގެ ކޮންޓްރޯލް އޮތީ ލަކްސަދީބްގައި އެކަނި. ރާއްޖޭގައި އިންޑިއާއިން ބުހާހާގޮތެއް ނަހަދާ ވެރިއަކު ހުރެއްޖެނަމަ އެއީ އިންޑިއާއަށް ބޮޑު ބޮލު ލިހުމެއް. އަނެއްކޮޅުން ޗައިނާއިން ބޭނުންވޭ އިންޑިއާ ކަނޑުގައި އިންޑިއާ ސައިޒުކުރަން ވީމައި އިންޑިއާ ކަނޑުގައި އިންޑިއާގެ ކޮންޓްރޯލް ގެއްލުވާލެވޭނީ ރާއްޖޭގެ އެހީތެރިކަމާއެކު، އެ އެހީ ތެރިކަމަކީ އިންޑިއާއިން ބުނާހާގޮތެއް ނުހެދުން. ޗައިނާއަށް އެވަރުން ފުދޭ މީހުން ވާހަކަދައްކާގޮތަށް ޗައިނާ އިން ނޫޅޭ މިތާ މިލްޓްރީ ބޭހެއް ހަދާކަށް
ދިވެއްސެއްމީ
28 August 2018
މި ހެލިކަޕްޓަރުތައް ނުގެންގޮސް ރާއްޖޭގަ ގިނަ ދުވަހު އޮތުމަކީ ވަރަށް ބޮޑު ނުރައްކަލެއް. އަނެއްކާ 48 ސިފައިން އެއީ ވެސް ރާއްޖެެޔާ ބަލާފަ މަދު އަދަދެއްނޫން، މީ ދިވެހިރާއްޖޭގެ މިނިވަންކަށް އެޅޭ ހުރަހެއް. އިންޑިޔާ ސަރުކާރުގެ އިސް ވެރިންގެ ޓްވީޓް ތަކުން ވަރަށް ރަނގަޅަށް މިކަން އިނގޭނެ. 1988، 3 ނޮވެމްބަރ އޭ ކިޔާފަ އެދައްކާ ވާހަކަތަކުން އެކަނިވެސް. ހަނި ނަމަވެސް މިތަނުން މިވަރުގެ ފުރުސަތެއްވެސް އެމީހުންނަށް ނުދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަން. ސަބަބަކީ ރާއްޖޭގެ އަސްލު މުހިއްމުކަން މިހާރު އިންޑިއާއަށް ވިސްނި މިފަދަ ލޮޅުންތައް ގެނެސް ގައުމެ އެތެރެޔާ ކުޅުން މިތަން ހިފުމަށްވުރެ ފައިދާކުރާނެތީ.
ހަސަންމާހިރު
28 August 2018
އިންޑިއާ ގެ ގިނަ މީހުންގެވިސްނުން މިހާރު ހުރީ ސީރިއަސް ގޮތެއްގައި ރާއްޖެ އަޅުވެތި ކުރުމަށެވެ. ވީއިރު ދިވެހީން ވަރަށް ބޮޑަށް އެއްބައިވަންތަވެ އިންޑިއާގެ ވަކިތަކުން ސަލާމާތްވާން އެބަޖެހޭ!
ފުޓްލޫސް
28 August 2018
މީ ބޭރު ޤަައުމުތަކަށް ނުވިކެންވީ ސަބަބަކީ.. ޗައިނާ ކަންތައްވެސް ހުންނާނީ މިފަދައިން. އެމީހުންވެސް ބާތިއްބަން ނުގެންނާތި.
ޝިޔާމް
28 August 2018
ލަސްނުކޮށް އަވަހަށް ފޮނުވާލާ. ތީ ޖާސޫސް ކުރަން އައިސް ތިބޭ ބައެއް. އެހެންވެ ނެއްޓެން ނޭގިގެން އެއުޅެނީ.
ރާއްޖެ
28 August 2018
އަހަރެން މި އިންތިޒާރުކުރަނީ މިމައްސަލައިގަ ޔާމީނު އަދި އިބޫ ވާހަކަ ދައްކާނެ ދުވަހަކަށް. މިއީ ނަޝީދު ކުރި ކަމެއް. އިންޑިއާ މީހުން 30 އަހަރު ވެއްޖެ މިކަހަލަ ފުރުސަތަކަށް އެދި އެދި ތިއްބާ. ތި 48 ސިފައިން ނުފައިބާނެ ރާއްޖެއަކުން. ރައްޔިތެއްގެ ހައިސިއްޔަތުން މިކަމާ ހަރުއަޑުން ދެކޮޅު ހަދަން.
ފައިސަލްލް
28 August 2018
ހަސަން އޮޑިދިންހެން ދީފައި އޮތްއެއްޗެއް، ވީމާ އަވަސްވީ ގޮތަކުން ތީތި ހަވާލުކޮއްފަ އެގައުމުގެ ސިފައިންތައްވެސް ފޮނުވާލާ، އަދި މި މުއްދަތުގައި މިދެހެލިކޮޕްޓާރ ރާއްޖޭގައި އޮޕްރާޓްކުރިޔަވެސް ނުދޭތި.
ހުސެން300
28 August 2018
ކީއްވެތޯ ޤަވއިދާ ހިލާފަށް ރާއްޖޭގައި ތިބި 48 މީހުން ފޮނުވައިނުލެވިގެން މިއުޅެނީ
ޝޮކްތެރަޕީ
28 August 2018
ތިކަހަލަ ހެލިކަޕްޓަރެ ސައުދީކާރި ބުންޏަސް ތީގެ އެތައްހެލިކަމްޓަރެ ދޭނެ. އީންޑިޔާ ޖާސޫސުކުރާ ހެލިކަޕްޓަރު ފޮނުވާލާ.
ހުޖަލީ
28 August 2018
ވިސާހަމަވެގެން އޯވަސްޓޭ ވިއްޔާ ޑިޕޯޓުކޮށްލާހާ ހިއްވަރުވެސް މިސަރުކާރި ނެތީތަ؟