02 އޯގަސްޓް

August 02, 2019 7
ސީޝެލްސްއާއި ރާއްޖޭގެ ގުޅުން ބަދަހި ކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ސީޝެލްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

19 ޖޫން

June 19, 2019 11
"ބޭރުގެ އެހީ ބޭނުންކުރަން އަމާޒު އެއްގޮތްކުރަން ޖެހޭ"

ރާއްޖޭން ބޭރުން ލިބޭ ފުރުސަތުތައް ރަނގަޅަށް ބޭނުންކުރުމަށް، ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ހުރިހާ އިދާރާތައް އެއް އަމާޒަކަށް މަސައްކަތްކުރަން ފޮރިން މިނިސްޓަރަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

02 ޖޫން

June 02, 2019 45
އަދިވެސް ހަމަ އެހާ ލޯބިން އުޅެވިދާނެ

އަހަރެމެންގެ ގުޅުން ފެށުނީ އަވަށްޓެރިކަމާ ހިސާބުންނެވެ. އެހެންވެ އަބަދުވެސް އޮތީ ލޯތްބެވެ. އަޅާލުމާއި އިހްތިރާމެވެ. އެކަމަކު އެތައް ޒަމާނެއް ވީ މި ގުޅުމުގައި ޝައްކު އުފެދި އަނގައިން ނުބުނެ ވެސް އެތައް ދުވަހަކު ތިބެފީމެވެ. މިކަން ބަދަލުވާން ޖެހެ އެވެ.

26 މެއި

May 26, 2019 26
މޮރިޝަސްއާ ދެކޮޅު ވޯޓަކީ ބޮޑު މައްސަލައެއްތަ؟

ރާއްޖޭގެ ދެކުނުން އެންމެ ގާތުގައި އޮންނަ ހިކިފަސް ތަން ކަމަށްވާ ޗާގޯސް، އެ ތަނުގެ އަސްލު ރައްޔިތުން ކަމަށްވާ މޮރިޝަސްއާ ހަވާލުކުރުމުގެ ގަރާރަށް ރާއްޖޭން އދ. ގައި ވޯޓު ދިން ގޮތުން ވަރަށް އެބަ ފާޑުކިޔަ އެވެ. މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމުގެ ގަރާރަށް މުޅި ދުނިޔެ އިން ދެކޮޅުހެދީ އެންމެ ހަ ގައުމު ކަމަށް ވާއިރު އޭގެ ތެރޭގައި ރާއްޖެ...

13 އެޕްރީލް

April 13, 2019 174
މަލިކާ ބެހޭ ގޮތުން ޖާބިރު ވިދާޅުވީ އަމިއްލަ ޚިޔާލެއް

ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާ ބެހޭ ގޮތުން ކާށިދޫ ދާއިރާގެ އިންތިޚާބީ ކެންޑިޑޭޓު އަބްދުﷲ ޖާބިރު ވިދާޅުވީ، އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވެއްޖެ އެވެ.

12 މާޗް

March 12, 2019 17
ވަކި ގައުމަކާ ހާއްސަ ގުޅުމެއް ނުބާއްވާނެ: ޝާހިދު

ވަކި ގައުމަކާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެއް ރާއްޖޭން ނުގެންގުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

05 މާޗް

March 05, 2019 11
އީޔޫ ސަފީރަކަށް ސޯބިރު އައްޔަންކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ހަސަން ސޯބިރު މިއަދު އައްޔަން ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

21 ފެބުރުއަރީ

February 21, 2019 34
ރާއްޖެއަށް އެމެރިކާއިން 150 މިލިއަން ރުފިޔާގެ އެހީ

ރާއްޖެއަށް 9.75 މިލިއަން ޑޮލަރު (150,735,000ރ.) ގެ ހިލޭ އެހީއެއް ދިނުމަށް އެމެރިކާގެ ކޮންގްރެސްގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިއްޔެ ވިދާޅުވެއްޖެ އެވެ.

30 ޖެނުއަރީ

January 30, 2019 22
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީިންގެ ސަރުކާރުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އަށް ކުރިމަތިވި އެކަހެރި ކަމަށް ފަހު ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖެނުއަރީ

January 26, 2019 72
އަސްކަރީ އެހީތެރިކަން ބޭނުމީ އިންޑިއާއިން އެކަނި:މާރިޔާ

އިންޑިއާ ފިޔަވައި އިތުރު ގައުމެއްގެ ފަރާތުން ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ހޯދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވިދާޅުވެއްޖެ އެވެ.

01 ޖެނުއަރީ

January 01, 2019 13
ބޭރުގައި ތިބި ދިވެހިންގެ ކަންކަން ގާތުން ބަލާނަން

ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންގެ ކަންކަން މިހާރަށް ވުރެ ގާތުން ބަލައި ދިމާވަމުން އަންނަ ކަންކަން ހައްލުކޮށްދޭން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2018 15
ކޮމަންވެލްތުގައި ބައިވެރިވާން ރަސްމީކޮށް ހުށައަޅައިފި

ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ އެ ޖަމާއަތުގެ މެމްބަރަކަށް އަލުން ހަދައިދޭން އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުށަހަޅުއްވައިފި އެވެ.

26 ނޮވެމްބަރ

November 26, 2018 19
އިންޑިޔާއާ އެކު މަސައްކަތް ކުރުމުގެ ސޮފްހާއެއް ފެށިއްޖެ

ރާއްޖޭގެ އާ ސަރުކާރާއި އިންޑިޔާ ގުޅިގެން މަސައްކަތް ކުރުމުގެ ސޮފްހާއެއް މިހާރު ފެށިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2018 21
އިންޑިއާގެ ކަންބޮޑުވުންތަކާ މެދު ސަމާލުވާނެ: މައުމޫން

އިންޑިއާގެ ކަންބޮޑުވުންތަކަށް ރާއްޖޭގެ އާ ސަރުކާރުން ސަމާލުވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

25 އޮކްޓޯބަރ

October 25, 2018 11
އިންޑިއާ ސަރުކާރުގެ އިސްބޭފުޅަކު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން، އިންޑިއާ ކަނޑުގެ ސަރަހައްދަށް ކަނޑައަޅާފައިވާ ޖޮއިންޓް ސެކްރެޓަރީ ޑިނޭޝް ޕަނައިކް ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް ސެކެޓަރީ އަހުމަދު ހަލީލާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

23 އޮކްޓޯބަރ

October 23, 2018 8
އެމެރިކާ އިން ރާއްޖެ އަށް އާ ސަފީރެއް އައްޔަންކޮށްފި

އެމެރިކާ ސަރުކާރުން ރާއްޖެ އާއި ސްރީ ލަންކާ އަށް އާ ސަފީރެއް ކަނޑައަޅައި އޭނާއާ އެ މަގާމު މިއަދު ހަވާލުކޮށްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018 33
"ނުފޫޒުތަކަށް ނޫނެކޭ ބުނުމަކީ ރާއްޖޭގެ ވަރުގަދަ ކަން"

ބޭރުގެ ނުފޫޒުތަކަށް ބޯ ނުލެނބުމަކީ ރާއްޖޭގެ ވަރުގަދަ ކަން ހާމަވާ ކަމެއް ކަމަށާއި އެއީ ރާއްޖެ އެކަހެރިވުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

03 ސެޕްޓެމްބަރ

September 03, 2018 5
އިންތިހާބާ ބެހޭ ގޮތުން ސަފީރު މަޝްވަރާކޮށްފި

މި މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބާއި އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ސަފީރު ޖޭމްސް ޑައުރިސް ފޮރިން މިނިސްޓްރީއާ އެކު މަޝްވަރާކޮށްފި އެވެ.

02 ސެޕްޓެމްބަރ

September 02, 2018 47
ބްރިޖު ހުޅުވުން އިންޑިއާއިން ކުރީ ބޮއިކޮޓް!

ޗައިނާ ސަރުކާރުގެ އެހީއާ އެކު މާލެ އާއި ހުޅުލެއާ ދެމެދު އެޅި ސިނަމާލެ ބްރިޖު ހުޅުވި ރަސްމިއްޔާތު އިންޑިއާއިން ބޮއިކޮޓް ކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ބުނެފި އެވެ.

28 އޯގަސްޓް

August 28, 2018 93
"އެމްޑީޕީގެ ޚިޔާނާތް ނުބެލީ މަސްރަހު ހޫނު ނުކުރަން"

އެމްޑީޕީ ސަރުކާރުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތައް މި ސަރުކާރުން ތަހުގީގު ނުކުރީ ސިޔާސީ މަސްރަހު އިތުރަށް ހޫނު ނުކުރަންވެގެން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން މިއަދު...

August 28, 2018 32
ހެލިކޮޕްޓަރުތައް ފޮނުވާލުން ނޫން ވިސްނުމެއް ނެތް

ރާއްޖޭގައި ބޭނުންކުރުމަށް އިންޑިއާ ސިފައިންނާ އެކު ރާއްޖެ ގެނެސްފައިވާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމުގެ މުއްދަތު އިތުރުކޮށްފާނެ ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ...