ބްރިޖު މަތިން ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަނީ. --ފޮޓޯ: އަލީ ނިޝާން/މިހާރު
29 އޯގަސްޓް 2018 - 17:07
އެއް ފޮޓޯ އިން ފެންނަނީ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު ހުރަސްކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާބޯޓެއް ޖައްސާ ތަނެވެ. އަނެއް ފޮޓޯ އަކީ ކަނޑުގެ މެދުގައި އަޅާފައި އޮތް ބްރިޖުގެ މަތީގައި ކާރެއް ދުއްވާފައި ދިޔަ މަންޒަރެވެ. އެއާއެކު، މާލޭ ކޮޅުން ބްރިޖަށް އަރަން ހަދާފައިވާ ރީތި ގޭޓާއި ރޭގަނޑު ބްރިޖު ދިއްލާފައި އޮންނައިރުގެ ހިތްގައިމު ކަމެވެ.
މިއީ، ވޭތުވެދިޔަ ދެތިން ދުވަހު ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ލޯ ހުއްޓިފައިވާ ބްރިޖުގެ ބައެއް ފޮޓޯތަކެވެ. މި ފޮޓޯތަކާ އެކު އެތައް ބަޔަކު އަންނަނީ ހިތްހަމަޖެހުމުގެ ޝުއޫރު ފާޅުކުރަމުންނެވެ.
ބްރިޖުގެ "ހުވަފެން ހަގީގަތަކަށްވެ" ލޮނުޒިޔާރަތްކޮޅަށް ހިތްގައިމު ބަދަލުތަކެއް އަތުވެއްޖެ އެވެ.
SinaMale’ Bridge (China-Maldives Friendship Bridge ) Archway. ❤️❤️❤️ What a marvelous and Iconic Gateway! Thank You President Yamin. Truely Amazing, #IslamicIcon #YameenSaheem2018 @XHNews #ChinaMaldives 🇲🇻🇨🇳 pic.twitter.com/1afC5XaEds
— Noicy(waji)🌸 (@Noicy5) August 28, 2018
ބްރިޖާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.
Sinamale' Bridge set for grand opening on Thursday #RY2018 pic.twitter.com/pFumzMWhsI
— Vijan (@MohamedVijan1) August 28, 2018
ފޮޓޯތަކާ އެކު އެކަކު ލިއެފައިވާ ގޮތުގައި، ބްރިޖާއެކު ދަތުރުފަތުރު ފަސޭހަވީ އެވެ. ފެރީގައި ކުރާ 20 މިނެޓުގެ ދަތުރު ބްރިޖުން ހޭދަވާނީ ތިން މިނެޓެވެ. މި ފަސޭހަ ހޯދައި ދެއްވި ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީނާއި މި ސަރުކާރަށް ޓުވީޓްތަކުގައި ޝުކުރު އަދާކޮށްފައިވެ އެވެ.
I never dream about it. But now my dreams are bigger than this. #Bridge #SinaMale pic.twitter.com/cqFsLfY79G
— !!$@ (@MohamedAsii) August 28, 2018
ބްރިޖުގެ ކުރެހުންތަކުގައި ވެސް ހުރި ގޮތަށް، ހަދާފައިވާ ގޭޓު، އެކަކު ސިފަކުރީ "ތަރައްގީގެ މައި ދޮރީގެ" ގޮތުގަ އެވެ. އެ ގޭޓުން ބްރިޖަށް އަރާނީ، ދަރުބާރުގެ ފުރަގަހުންނެވެ.
Dhivehinge ummeedhai gulhifaiva #SinaMaleBridge Allah iraadhukureviyya 30 vana dhuvahu hulhuvigen dhaane! pic.twitter.com/wGbma3nMJW
— MP Hussain Mohamed Latheef (@SembeHucen) August 28, 2018
އެއް ބަޔަކު ބުނިގޮތުގައި، ކޮންމެ ސަރުކާރަކުން ކުރިއަސް ބްރިޖަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެކެވެ. އެހެންކަމުން، އެ މަސައްކަތް ބަލައިިގަންނަން ޖެހެ އެވެ.
"ނުވާނެއޭ ބުނަމުން ދަނިކޮށް ބްރިޖު ނިންމާފައި އެ އޮތީ، މިއީ އެންމެންނަށް ލިބޭނެ ފަސޭހަ ކަމެއް،" ފޭސްބުކްގައި އެކަކު ލިއެފައިވެ އެވެ.
#CHINA #MALDIVES #EVER #LASTING #FRIENDSHIP #BRIDGE #SINAMALÉ #BRIGDE #OPENING #ON #30AUGUST2018 #AUG30
— Zimm (@_zimaam_) August 27, 2018
Photo Dedicated To: @MohamedNasheed
Mee Manikufaanu Haru Adun Neylheyne Kamah Buni Bridge. Bridge Hulhuvun — 2018 AUG 30 ( Thursday )#RaeesYameen2018 #RY2018 #YS2018 ✅ 1 pic.twitter.com/MBsrcbeyPH
ބްރިޖުގެ މާލޭ ކޮޅު، ކުރިން ސުނާމީ ބިނާ ސަރަހައްދަކީ މީގެކުރިން ވެސް އެތައް ބަޔަކު ހިތްހަމަޖައްސާލަން މަޑުކުރާ ތަނެވެ. އެ ސަރަހައްދުގައި ތިބޭއިރު، ބްރިޖުން ދަތތުރުކުރާ މަންޒަރަކީ މާ ހިތްހަމަޖެހޭނެ މަންޒަރެއް ކަމަށް އެކަކު ލިއެފައިވެ އެވެ.
ބްރިޖާއެކު ފަސޭހަވާނީ ހަމައެކަނި ދަތުރުފަތުރަށް ނޫނެވެ. އެއީ، ތަރައްގީގެ ބޮޑު މަޝްރޫއުތަކާ ގުޅިފައިވާ އިގްތިސާދަށް އާ ދިރުމެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ގޮންޖެހުން ބޮޑު، އެ މަސައްކަތް ނިންމާފައިވާއިރު، ކުލަ ގަދަ ރަސްމިއްޔާތެއްގައި މާދަމާ ރޭ ބްރިޖު ހުޅުވާނެ އެވެ. އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ވެރިންގެ އިތުރުން، ޗައިނާ ސަރުކާރާއި ބްރިޖުގެ މަސައްކަތް ކުރި ސީސީސީސީގެ އޮފިޝަލުން ވެސް ބައިވެވެރިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
30 August 2018
މީހެއްގެ ހަތަރެސްފައި ބަނދެފަ ކުޑަ ކޮޓަރިއެއްގެތެރެއަށްލާ ތަޅުލާފް ރީތި ފިލްމެއް އަޅުވައިދިނުމެކޭ ރައްޔިތުންގެ ހުރިހާ ހަޢްޤުތަކެއް ނިގުޅަގެންފަވާ އިންސާފެއް ނެތް ގައުމެއްގަ ރީތި ޢިމާރާތްތަކާ ބްރިޖު އެޅުމެކޭ މަށަކަށް ތަފާތެއްނެތް.
ޝާހީ
30 August 2018
ސާބަހޭ ރައީސް ޔާމީން ތީހަމަ ހީރޯއެއް. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުއެއް ނުހިނގާ އެއްރަށެއްވެސްނެތް. ކޮންމެ ތަނެއް ތަރައްގީ ކުރިޔަސް ހަމަ ފަހުރުވެރިވާނީ ދިވެހި ދަރީން. ބޭރުމީހުނެއްނޫން.
އިންސާނާ
30 August 2018
ދިވެހިން ގަމާރުކަމުން އަހަރެން ހައިރާންވަން. މިސާލަކަށް މ.ރަތްމަންދޫ ހުރި މީހަކަށް ތި ބުރިޖުން ކުރާނެ ފައިދާއެއް އަސަރެއް ނުވުސްނުން. ތި ހަމަ އިންޑިޔާއަށް ބޭސްފަރުވާއަށް ދެވޭފަހަރަކު ބުރިޖަށް އަރާ އޮޓޯ ދުއްވުން ކަހަލަކަމެއް. ރަށު ސްކޫލް ހާލުގައި ހެލްތްސެންޓަރގައި ބޭސް ގުޅައެއްނެތް ރަށުގައި ލަފާ ފުރޭނެގޮތެއް ނެތް. ފާހާނަ ކުރަނީ ގޯތީގައި ވަޅެއްކޮނެގެން (ފާހާނަ ޖަންކްޝަން ހުންނާނީ ކޮންމެ ގެއެއްގައި އެއީ މިބުނާ ވަޅުގަނޑަކީ) ވިސްނާ ފިކުރުކޮށްބަލަ. ބުރިޖް އަޅައިގެން އަތްޖަހަން އަދި ގާތްވެސްނުވޭ
އަދުނާނު
30 August 2018
ކެކެކެކެ. ވާނުވާ. ގަމާރު މީހަކީ ކާކުކަން އެނގޭނެ ދެން މަމިބުނާ ވާޙަކައިން. ބްރިޖް މަތީގައި މުދާ އުފުލަން ފެށީމާ ޓްރާންސްޕޮޓޭޝަން ކޯސްޓް ވަރަށް ކުޑަވެގެން ދާނެ. އޭގެ އިތުރުން ހިދުމަތް ހީދާ މީހުންގެ އަދަދު އިތުރު ވީމާ ކޮމްޕެޓިޝަން އިތުރުވެ ތަކެތީގެ އަގު ހެޔޮވެގެން ދާނެ ބޮޑުތަނުން. ތަކެތީގެ އަގު ހެޔޮވީމަ އަހަރުމެން ކަހަލަ ރަށްރަށުގައި ތިބޭ މީހުންނަށްވެސް އަގުހެޔޮކޮށް ތަކެތި ލިބޭނެ. މިބުނީ އަދި ލިބޭ ފައިދާގެ ކުޑަމިންވަރެއް. ތިމާ ގެ އިނގިލި ކުރިއަށްވުރެ ދުރަށް ނުވިސްނޭއިރުވެސް އެހެން މީހުންނާ ދިމާލަށް ގަމާރަށް ގޮވަންވާނެ.
ރަާސި
30 August 2018
ބްރިޖް އަގު ބޮޑޭ ކިޔާއިރު ތިބޭފުޅުންނަށް ފުރުސަތު ލިބުނު، އަގުހެޔޮކޮށް ބްރިޖާ 25 ބުރީގެ ހޮސްޕިޓަލް އަޅާނެ ފުރުސަތު. އައި،ޖީ. ހޮސްޕިޓަލުގައި މައުމޫން ސަރުކާރުން ކޮންކްރީޓް މަސައްކަތް ނިމިފައިވާ 12 ބުރީގެ ޢިމާރާތް ނިންމާ ކަށް ނުކެރުނު. މަސަރުކާރުން އެއިމާރާތް ނިންމާ އެއަރޕޯޓް ޖީއެމް އާރު އަތުން އަތުލުމަށް އެތައް މިލިއަން ޑޮލަރެއް ދައްކާ ޚަލާސްކޮށް، ބްރިޖް އަޅާ، އެއަރޕޯޓަށް 1 ބިލިއަން ޚަރަދުކޮށް 25 ބުރީގެ އިމާރާތް ނިންމާ މުޅި ރައްޔިތުންގެ ރުހުން ހޯދީ ރައީސް ޔާމީން. އަޅުގަނޑާ، އަޅުގަނޑުގެ ޢާއިލާގެ ވޯޓް ރައީސް ޔާމީނަށް ޔަޤީން. ހުވާ މިބުނީ.
ދިވެހި ގޮމަ
30 August 2018
ދަރަނިވެރިނުވެ މީގެ ކުރިން ކުރީ ކޮނ ކަމެއްބާ؟ ދަރަނި ފައިސާ ދެއްކޭނެ. މިހާރު ރަށު ބަންދު ފިލާ އެއްމެ ބޮޑު އަދި އެންމެ މުހިއްމު ދެރައް ފާލަމަކުން ގުޅުނީ. އެކަމު ޔެލޯ ކުދިން ބޭނުންވަނީ ރަށު ބަންދު ފިލަނީ ފެރީން ނިޒާމުން ކަމަށް. ބަލަ ކުރިންވެސް ރާއްޖެ އަކީ ކަނޑު ދަތުރުފަތުރުގެ ނިޒާމުން އެއްރަށް އނެއްރަށާއި ގުޅި ލާމެހިފައިވާ ތަނެއް. ނަމަވެސް ދުނިޔެއަށް އަންނަ ކޮންމެ ހެޔޮ ބަދަލަކަށް ދިވެހިންވެސް އައު ތަޖްރިބާއާއި ފަސޭހަތަށް ބޭނުންވާނެ. އަލްޙަމްދު ލިއްލާހި. ﷲއަށް
ފާނު
30 August 2018
ތިޔަތާގަ ކުލަކޮޅެއްވެސް ނުލާތަ..
އަލީކޮއެ
30 August 2018
އިންސާފެއް ނެތް ތަނެއްގައި ތީ އެއްވެސް އެއްޗެއްނޫން.
އަމީސާ
30 August 2018
ހީވަނީ މި ބުރިޖަކީ މުޅި ދުނިޔޭގައިވެސް އެޅި އެންމެ ފުރަތަމަ ބުރިޖް ހެން.ލާރި ހުރެއްޖެނަމަ ކޮމްމެ ތަނެއްގައިވެސް ބްރިޖް އެޅޭވަރަށް ޓެކްނޮލޮޖީ އާ އެހެން ކަންތައްތައް ވަނީ ތަރައްގީވެފަ. ޕީޕީ އެމް މީހުން ދައްކަން އުޅެނީ ތި ބުރިޖަކީ ދުނިޔޭގެ ނެތްފަދަ ބޮޑު އިންވެންޝަންއެއް އުފަައްދައިގެން އުޅޭހެން...
އަބްދުއްލާ
29 August 2018
ތިޔަ ބުނާ 100 މިލިއަން އިން ބްރިޖް އަޅާދޭމީހުން މިހާރުގެނެސްބަލަ . ވެރިކަން ބަދަލުނުވިޔަސް މާލެޔާތިލަފުއްޓާ ދެމެދު ތިޔަކިޔާ100 މިލިއން ޑޮލަރުން ބްރިޖް އަޅާދޭ ބަޔަކު ގެނެސްގެން އަޅާ ދިނުމުން އެހެންމީހުނަށް އެގޭނެ 200 މިލިއަން ބޮޑުވާކަން އެހެން ނޫނީ ކިތަންމެ ވަރަކަށް ތިޔަހެން ކިޔަސް ސިކުނޑީގަ ތެއްކަމެއް ހުރި މީހަކު ގަބޫލެއްނުކުރާނެ . އެއީ ދިވެހިރާއްޖެ އަކު އަދިނެތް ބްރިޖް ޓެކްނޮލޮޖީ އެގޭ އެއްވެސް މީހަކު . މަށަށްވެސް ބުނެވިދާނެ 5 ރުފިޔާ އިން ބްރިޖެއް އަޅާދީފާނަމޭ.
ހުތުރު
29 August 2018
ގުނބޯ ފަތި ކޮބާ ވަގަށް ގޮވުން ހުއްޓާލާފަ ލޯނު ދަރަންޏަށް ގޮވަން ރޫހާނީ ލީޑަރ އެންގެވީތަ?