ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކެމްޕެއިނަށް އިބޫ ގއ. އަދި ގދ. އަތޮޅަށް ފުރާވަޑައިގެންފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް، އިދިކޮޅު ކެންޑިޑޭޓު އިބޫ، ނ. މަނަދޫގައި ހުރި އެމްޑީޕީގެ ޖަގަހައަށް ވަޑައިގަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންފި އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިބޫ ކުރައްވާ ދަތުރުގައި ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ތިން ދުވަހުގެ ތެރޭގައި ވަޑައިގަންނަވާނެ އެވެ. އެގޮތުން، ގދ. އަތޮޅުގެ އަށް ރަށަކަށާއި ގއ. އަތޮޅުގެ ނުވަ ރަށަކާ އެކު، ޖުމްލަ 18 ރަށަށް އިބޫ ވަޑައިގަންނަވާނެ އެވެ.

އިބޫ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ގދ. ވާދު އަށެވެ. ވާދޫގެ އިތުރުން، ގދ. ތިނަދޫ، ގދ. ގައްދޫ، ގއ. ވިލިނގިއްޔަށް ވަޑައިގެން ބޮޑު ޖައްސާއެއް ބާއްވާނެ އެވެ.

އިބޫގެ ދަތުރުގައި، ގދ. ފަރެސްމާތޮޑާ، ގދ. ފިޔޯރީ، ގއ. ދެއްވަދޫ، ގއ. ކޮލަމާފުށި، ގއ. ކަނޑުހުޅުދޫ، ގއ. ގެމަނަފުށި، ގއ. ކޮނޑޭ، ގއ. ދާންދޫ، ގއ. ނިލަންދޫ، ގއ. މާމެންދޫ، ގދ. ރަތަފަންދޫ، ގދ. ނަޑެއްލާ، ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ އަށް ވަޑައިގަންނަވާނެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި، މި ހުރިހާ ރަށްތަކަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައި އިދިކޮޅު ކޯލިޝަން ވެރިކަމެއްގައި ގެންގުޅޭ ސިޔާސަތު އިބޫ ހާމަ ކުރައްވާނެ އެވެ.

އިބޫ އެންމެ ފަހުން، ވަޑައިގަތީ ކ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެ ރަށްތަކަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައި، ބައެއް ސިޔާސަތުތައް ހާމަކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި ކެމްޕެއިން ދަތުރުތަކުގައި މިހާތަނަށް 150،000 މީހުންނާ ބައްދަލުވި އިރު، އޭގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ ބަދަލެކެވެ. އަދި ގިނަ މީހުން ތިބީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އަތުކުރި އޮޅާލައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

19 ކޮމެންޓް, 1954 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 0%
icon angry icon angry 97%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

falaku ain

31 August 2018

ބޮނޑެ ހުވަދޫން އިބޫމަށް މަރުހަބާ ކިޔައި 90 ޕަސެންޓް ވޯޓްގެ ތަރުހީބެއްދޭނެ. ހުވަދޫ އައްޑޫ ފޯއްމުލައް އަދި ބޮޑު ތިލަދުންމައްޗާއި މާޅޮސް މަޑުލާއި ހައްދުންމަތި އެކުވެގެން އައީމާ ޔާމީން ހުންނާނީ ތުރާތައް ހިތުގަޖެހިފަ. ކޮރަޕްޝަނަށާއި މަކަރާ ހީލަތަށް ހެއްލޭވަރަށްވުރެ ހޭލުންތެރިން ގިނަވާނެ.

The name is already taken The name is available. Register?

ސާސް

31 August 2018

ގއ ގެ 8 ރަށަކަށާއި ގދ ގެ 9 ރަށް ވީމާ ވާނީ 18؟ 17=8+9 މިހާވަރުން ސާފުވާ ހަގީގަތަކީ ކަންކން އޮޅުވާލުމަށް މަސައްކަތް ކުރާ މީހުން އަބަދުުވެސް ބުނާ ޢަދަދަކާ ފެންނަން އޮންނަ ޢަދަދު ދިމާނުވާނެކަން.

The name is already taken The name is available. Register?

ޕޮސްޓިކޯ

31 August 2018

އެމްޑީޕީން ކޮންމެ އިންތިހާބީ ދާއިރާއަކަށް 4 މިލިއަން ރުފިޔާ ކެމްޕޭން ގޮތުގައި ހަރަދުކުރުން އެއީވެސް އިސްރާފެއް ނޫންތޯ؟ ވަގުތީގޮތުން ދަމާ ޕޯސްޓަރާއި ބޭނާ އަދި ދިދަ ތަކަކީ އެއްވެސް އެދެވޭ މަންފާއެއް ކުރާ އެއްޗަަކަށް ނުވާ އިރު ބެލުމެއްނެތި ހަރަދު ތިކުރައްވަނީ!! އެހެންވީމާ ތިމާ އިސްލާހުވެގެން އެހެން މީހުން ރަނގަޅުކުރަން އުޅޭ

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

31 August 2018

ދުނިޔޭގެ ތާރީޙުން ވެސް ނުދެކޭ ވަރުގެ ބޮޑު އަޤުލަބިއްޔަތަކުން ގުލިފައިވާ އިދިކޮލު ކޯޅިޝަނުން މި އިންތިޙާބު ކާމިޔާބު ކުރާނެކަން ހަމަ ޔަޤީން. ދުނިޔޭގެ ތާރީޙު ފޮތްތައް ލިއުއްވާ ލިއުއްވުން ތެރިން އެވެރިންގެ ތާރީޙު ފޮތްތަކުގައި ރަން އަކުރުން މިކާމިޔާބުގެ ސިއްރުގެ ވާހަކަތައް ލިއުއްވާނެ ކަމާއި މެދަކު މަމެން އެއްވެސް ޝައްކެތް ނުކުރަމު. އަދި މިކަމުގެ އަލީގައި ދުނިޔޭގައި ދެން ތިއްބެވި ލީޑަރުން މިފަދަ އިންތިޙާބު ތައް ކާމިޔާބު ކުރެއްވުމަށް މި ނަމޫނާ އަކަށް ބަލައިގެން މަސައްކަތް ކުރައްވާނެކަން ޔަޤީން.

The name is already taken The name is available. Register?

ފޫހި

31 August 2018

ސާބަހޭ އިބޫ. އުއްމީދުކުރަން ކުދި އާބާދީތަކަށްވެސް އިންސާފުން ކަންކޮށްދޭނެކަމަށް.

The name is already taken The name is available. Register?

އަސްކޮއި

31 August 2018

އަހަރުމެން މަސައްކަތް ކުރާ މީހުންނަށް ބައި އަޅާފަ އެހެން ބަޔަކަށް ދެވޭނީީ. މިއީ އެޕާޓީގެ ވެރިކަމުގެ ދުވަސްވަރު އިވުނު އަޑެއް. އުއްމީދު ކުރަނީ އަދިވެސް އެ އަނދިރި ކަމުގެތެރެއިން ސަލާމަތެއް ނެތްކަމަށް.

The name is already taken The name is available. Register?

ވަތަނޭ

31 August 2018

މުޅި ހުވަދު އަތޮޅު އޮތީ އިބޫ / ފައިސަލް އާއި އެކު... ކޮރަޕްޓް މީހުންނަށް ލިބޭނެ ވޯޓެއް ހުވަދު އަތޮޅަކުން ނެތް...

The name is already taken The name is available. Register?

ބަބުރުކަލޯ

31 August 2018

ތީ ދޮގެއް. ކޯމަހެއް ޖެހި ނޫޓެއް ދައްކާލަންޖެހޭނީ.

The name is already taken The name is available. Register?

ކަބްޖީ

31 August 2018

އިދިކޮޅު ކެންޑީޑޭޓަކީ ރައީސް ނަޝީދު ނަމަ، ޔަގީންކަމާއެކު އިންތިހާބު ކާމިޔާބު ކުރާނެކަން ކަބްޖީއަށް ކަށަވަރު!

The name is already taken The name is available. Register?

ޚުރާ

31 August 2018

މި ލިޔުން ލިޔެފައިވެސް މީނީ ޔާމީނެށް. ޢެހެންވީމައި ނާއިންސާފަށް މީނަވެސް ލޯބި ކުރާނެ

The name is already taken The name is available. Register?

ރަދީފުކޮއެ

31 August 2018

ފުރަތަމަ 3 އަތޮޅުންވެސް ތިއަދަދަށް މީހުންނާ ބައްދަލުވި ވާހަކަބުނި. އޭގެފަހުން ހުރިހާއަތޮޅަކަށްގޮސް ނިމެނީ. އަދިވެސް ބައްދަލުވިމީހުންގެ އަދަދަކަށް ބަދަލެއްނާދޭ. 150،000 މިކިޔަނީ ކީކޭކަން އެހެންމީހުންނަށްވެސް އެނގޭ. ކޮންމެއަކަސް މިފަހަރު ތަރައްގީ ޔަގީންކޮށްފި.

The name is already taken The name is available. Register?

falaku ain

31 August 2018

ހިސާބުޖަން ދަސްކުރާ އިކޮނިމިސްޓްގެ އަވައިގަތިބީމާ ވާނުވާނޭގޭނެ.

The name is already taken The name is available. Register?

ހުވަދޫ ސޮރު

31 August 2018

ޔާމީނު މުޅިދައުރު އެނިންމާލަނީ ގ.ދ ވާދޫގަ ފައިވެސް ޖައްްސާނުލާ! އިބޫ ފުރަތަމަވެސް ވާދޫ އަށް! ކުޑަ އާބާދީއަކަށްވީތީ އިގްނޯ ކުރާކަށްނުޖެހޭ! އެއީވެސް ދިވެހިން. ސާބަހޭ އިބޫ/ފައިސަލް! ދޮހާކުއަސް ވޯޓެކުން މީހެކެ ހޮވެންނޭފެހޭ މިކަލެ އިބޫ ހޮވަންނާ. ކުޅި ދައްކޭލަންނާ މިކަލެ. ލައްކަ ދޮހާކަޓެ ކެތެލީގެ މިފުރުސަތާޓެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!