ޚަބަރު / ރިޔާސީ އިންތިޚާބު 2018

ތިނަދޫ ބަދަލެއް ނުވޭ، ރައީސް ޔާމީން ލަދު ގަންނުވާލާނެ: ސައުދުﷲ/އަބުޅޯ

އިބޫ މިއަދު ތިނަދު އަށް ވަޑައިގެން، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ އަޑު އައްސަވަނީ. - ފޮޓޯ: އެމްޑީޕީ

31 އޯގަސްޓް 2018 - 19:56

38 comments

ގދ. ތިނަދޫގައި ސަރުކާރުން އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގި ނަމަވެސް، އެ ރަށު ގިނަ މީހުން ސަރުކާރަށް ތާއީދު ނުކުރާ ކަމަށާއި ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ލަދުގަންނަވަރުގެ ނަތީޖާއެއް ހޯދާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ތިނަދޫގައި ހިންގި ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމާއި މަގުތަކުގައި ތާރު އެޅުމާއި އިސްލާމީ މަރުކަޒާއި މިއުޒިއަމް ޕާކް ފަދަ ބޮޑެތި މަޝްރޫއުތަކެއް ހިމެނޭ އިރު، އެ މަޝްރޫއުތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރެ އެވެ. ތިނަދޫ ވެފައި ވަނީ މިހާ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން އެއް ފަހަރާ ކުރިއަށް ގެންދިޔަ ރަށްތަކުގެ ތެރެއިން ރަށަކަށެވެ.

އިބޫ މިއަދު ތިނަދު އަށް ވަޑައިގެން، ސައުދުﷲ އާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ތިނަދު އަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް އޭނާ އަށް ދެންނެވި އެވެ. އެމްޑީޕީގެ ތާއީދު ބޮޑު ތިނަދޫ އަށް އިބޫ ވަޑައިގަތުމުން، އެ ރަށުގެ ކުދިބޮޑު މީހުން ނުކުމެ، ދެންނެވި މަރުހަބާ ތާރީޚުގައި ލިޔެވޭނެ ކަމަށް ބައެއް މީހުން ބުނެ އެވެ. ސަބަބަކީ، އެފަދަ މަރުހަބާއެއް، މީގެ ކުރިން އެހެން އެއްވެސް ބޭފުޅަކަށް އެ ރަށުން ދަންނަވާފައި ނެތުމެވެ.

ތިނަދޫގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ސައުދުﷲ ވިދާޅުވީ، ތިނަދޫގައި ހިންގި މަޝްރޫއުތަކުގެ ސަބަބުން ރައީސް ޔާމީނަށް އިތުރުވި ތާއީދެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ޔާމީނަށް، އެ ރަށުގެ މީޙުން ކުރަނީ ނަފްރަތު ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ މިއަދު ތިނަދު އަށް ވަޑައިގެން ކުޑަ ކުއްޖަކު އުރާލައްވަނީ. - ފޮޓޯ: އެމްޑީޕީ

ސައުދުﷲ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް، ނަފްރަތު އަމާޒުވީ، ރައްޔިތުންނާއި ގައުމަށް ހިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ނުހައްގުން އަނިޔާ ދިނުމުންނެވެ. ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ގޮސް، މީހުން ވަޒީފާ އިން ވަކި ކުރަމުން ދާތީ، ރައްޔިތުން ތިބީ ރުޅިވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އޮތް ސަޕޯޓު ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައި އޮތް ކަމަށް ގަބޫލު ކުރަނީ،" ގާތްގަނޑަކަށް 10،000 މީހުން ދިރިއުޅޭ ރަށުގައި ހުންނަވައި ސައުދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި ހިންގި މަޝްރޫއުތަކަކީ ކުރީގެ ސަރުކާރުތަކުން ތިނަދު އަށް ގެނެސްދީފައި ހުރި މަޝްރޫއުތަކެއް ކަން އާންމުން ގަބޫލު ކުރާ ކަމަށެވެ. އެގޮތުން، ކުރީ ސަރުކާރުތަކުން މި މަޝްރޫއުތައް ހިންގަން އެކި ގޮތް ގޮތުން ފައިސާ ހޯދި ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

ތިނަދޫގެ ތަރައްގީ، ރައްޔިތުން ބަލައިގަތް ނަމަވެސް، އިތުރު ދައުރަކަށް ރައީސް ޔާމީން ހޮވަން ޖެހޭ ސަބަބެއް ނެތް ކަމަށް ސައުދުﷲ ވިދާޅުވި އެވެ. އެއީ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގައި، އިންސާފާއި ހަމަހަމަކަން ގާއިމުކޮށްދެވިފައި ނުވާތީ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

އިބޫ މިއަދު ތިނަދު އަށް ވަޑައިގެން، އަބުޅޯއާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

"މާލޭގައި ކިހާ ބޮޑު ތަރައްގީތަކެއްތޯ ސަރުކާރުން ހިންގަނީ. އެކަމަކު، މާލޭގެ ރައްޔިތުން އެކަމެއް ބަލައެއް ނުގަނޭ. ބަލައިނުގަންނަ ސަބަބަކީ މިސާލަކަށް ނަރުދަމާ ނިޒާމު، ބިން ހިއްކުން ފަދަ ކަންކަމަކީ ރައްޔިތުންނަށް ސަރުކާރުން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން. އެއީ ވަކި ރައީސަކު އެކަން ކޮށްދިނީމަ، ޝުކުރު އަދާކުރުމުގެ ގޮތުން ކަންތައްތަކެއް ކޮށްދޭން ޖެހޭ ކަމަށް ގަބޫލެއް ނުކުރޭ،" ސައުދުﷲ ވިދާޅުވި އެވެ.

އަބުޅޯ ވިދާޅުވީ އަޅުވެތިކަމެއްގެ ތެރޭގައި ތިބެގެން ތަރައްގީ ބޭނުން ނުވާ ކަމަށެވެ. އަދި ތަރައްގީ ގެންނަން ޖެހޭނީ ހަމަހަމަކަން ގެއްލުވާލައި، ގާނޫނުއަސާސީގައި ހުރި ހުރިހާ ބާރުތަކެއް ކަނޑާލައިގެން ނޫން ކަމަށް ވިދާޅުވެ، އަބުޅޯ ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އިބޫ މިއަދު ތިނަދު އަށް ވަޑައިގެން، ގޮނޑީގައި އިށީނދެގެން ތިބި ބަޔަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

އަބުޅޯ ވިދާޅުވި ގޮތުގައި، ތިނަދު އަށް ތަރައްގީގެ މަޝްރޫއުތައް ގެނައުމަށް އެންމެ ބޮޑު އެއް މަސައްކަތެއް ކުރެއްވީ އޭނާ އާއި ސައުދުﷲ އެވެ. އެގޮތުން، ސަރުކާރުގެ ބަޖެޓުގައި، މަޝްރޫއުތައް ހިމަނަން މަސައްކަތް ކުރެއްވި ކަމަށާއި އެ ކަންކަމަކީ ރައީސް ޔާމީންގެ ޕްލޭނެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސައުދުﷲ އާއި އަބުޅޯ ވެސް ވިދާޅުވީ، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ތިނަދޫން ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލި ކުރާނެ ކަމަށެވެ. އަދި އެއީ، ރައީސް ޔާމީން ލަދުގަންނަވަރުގެ ނަތީޖާއަކަށް ވާނެ ކަމަށް އަބުޅޯ ވިދާޅުވި އެވެ.

އިބޫ ތިނަދު އަށް މި ވަޑައިގަތީ، ރައީސް ޔާމީންގެ ރަނިންމޭޓު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ވަރުގަދަ ކެމްޕެއިނެއް ތިނަދޫގައި ކުރައްވާފައި ވަޑައިގެންނެވިތާ ހަފްތާއެއް ފަހުންނެވެ. އެނގިފައިވާ ގޮތުގައި، ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކުރިން، ތިނަދޫ އަށް ރައީސް ޔާމީން ވެސް ވަޑައިގަންނަވާނެ އެވެ.

38 ކޮމެންޓް, 579 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަކުސަމް.

01 September 2018

އަސްލު ވަރަށް ނުވިސްނޭ ބައެއް އުޅޭ ރަށެއް އަހަރެންގެ ވެސް ރަށް ގ.ދ ތިނަދޫ

The name is already taken The name is available. Register?

ނަގޫރޯޅި

01 September 2018

ލަދުގަބެދޭ މީހުންނާ ފުރުވާފަނޫނީ ގެޔައްނުވަންނަން ބުނިމީހުން ބަލަން މިތިބެނީ، މީގެދެތިން ހަފްތާ ކުރިން ރ.ޔާމިން ރާއްޖޭން ފައްސާލާފަ ނޫނީ 23 ސެޕްޓެބަރ ދުވަހުގެރޭ ގެޔައް ނުވަންނާނަމޭ އެންމެ ހަރުއަޑުން ބުނިދެމީހުން މިހާރު އެއްވެސް ޕޯޑިއަމްއަކުން ހަބަރެއްދަބަރެއްނުވެ. ﷲއިރާދަފުޅުން ރ.ޔާމިން ބޮޑުތަފާތަކުން މިއިންތިހާބް ކާމިޔާބުކުރާނެ.

The name is already taken The name is available. Register?

ތެނަދުއާ

01 September 2018

ތެނަދުއާއަށް ތީގެ ހިތި ފެންނާނެ.. ތެނަދުއާ އިން ވޯޓެއް ނުދިނަސް 17 ނޮވެމްބަރުގަ ހުވާކުރާނި ރައީސް ޔާމީނު އެކަމަށް ޝައްކެއްވެސް ކުރާނިކަމެއް ނެތް އިންޝާﷲ.. އެއިރުން ތިޔަ ތެނަދުއާއަށް ލެސަނެއް ލިބޭނެ

The name is already taken The name is available. Register?

އިބޫބެ

01 September 2018

މި ހަބަރުގެ ކޮމަންޓް ލައިކުންވެސް 2018 ޔާމީން އަށް ޔަގީން ވެއްޖެ ﷲ ހެޔޮރަހުމަތް ފުޅުން މި އިންތިހާބު ކާމިޔާބު ވާނެ. ﷲ އަކްބަރު.

The name is already taken The name is available. Register?

ބޭބެ

01 September 2018

ވަކި ރަށަކަށް މިދައުރުގައި އެންމެ ގިނަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާފައިވަނީ ގދ ތިނަދުއަށް!!! ފައިސާގެ ޢަދަދުން ބުނާނަމަ 711 މިލިއަން ރުފިޔާ!! މިހެން މިކަން އޮތުމާއެކު ތިނަދުއާއެކު ރާއްޖޭގެ ރަށްތަކަށް ހަލުވި ސްޕީޑްގައި ތަރައްގީ ގެނަސް ދެއްވަމުން ގެންދަވާ ރައިސް ޔާމީނަށް އެންމެ ވޯޓެއް ތިނަދުއިން ނުލިބުނަސް ރައިސް ޔާމީނު ލަދުގަންނާކަށް ނުޖެހޭނެ!! އެކަމުގެ ލަދުވެތިކަން އިހްސާސް ކުރަންޖެހޭނީ ހަމަ ތިނަދޫގެ ރައްޔިތުން!!! ޔާމީން ހަގީގަތުގައި އުފާކުރާނީ އެމަނިކުފާނުގެ ދައުރެއްގައި ރާއްޖޭގެ ރައްޔިތުން ބޭނުންވެފައި ހުރި ކަންތައްތަކުގެ ތެރެއިން ކަންތައްތަކެއް ކޮށްދެވުނީތީ!! އެކަން ބަލައިގަތުމާއި ނުގަތުން އެއީ މުޅީން އެހެންކަމެއް!!

The name is already taken The name is available. Register?

ދިވެހި ލޭ.

01 September 2018

މާލެއަށް ހުރިހާ ޕްރޮޖެކްޓްތަކާއި ބުރިޖާއި 25ބުރީގެ ހޮސްޕިޓަލާއި މިހުރިހާ ފައިސާއެއް ހަރަދު ކުރިއިރު ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބުން މާލެމީހުން ވޯޓް ނުދިނީމަ ތިވާހަކަ ނުކިޔާ. ހަމައެކަނި ތިނަދޫއާއި އަޅައިގަނެގެން ތިއުޅެނީ ކީއްވެ؟؟؟

The name is already taken The name is available. Register?

ހުންގާނު

01 September 2018

ރައީސް ޔާމީނަށް ތިނަދޫން އެންމެ ވޯޓެއް ނުލިބުނަސް ރައީސް ޔާމީން ލަދުގަންނާކަށް ނުޖެހޭ، ލަދުގަންނަންޖެހޭނީ ތިނަދޫގެ ރައްޔިތުން. ގދ. ތިނަދޫ އަކީ ރާއްޖޭގެ ރަށަކަށް މިހާތަނަށް ސަރުކާރުން އެންމެ ބޮޑު ޚަރަދުކުރި ރަށް. އެކަން ކުރީ ރައީސް ޔާމީންގެ ސަރުކާރުން. ތިނަދޫގެ ބިން ހިއްކުމާއި މަގުތަކުގައި ތާރު އެޅުމާއި އިސްލާމީ މަރުކަޒާއި މިއުޒިއަމް ޕާކް ފަދަ ބޮޑެތި މަޝްރޫއުތަކެއް އެކުލެވޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތަކެއް ހިންގާއިރު އެތަންތަނުގެ ބޭނުން ހިފާނީހަމަ ތިނަދޫ ރައްޔިތުން، ރައީސް ޔާމީނެއް ނޫން. ތިނަދޫ ބަދަލުނުވެ އެމް.ޑީ.ޕީ ފިކުރުގަ ތިބެންޖެހޭ ހަމަ އެއްވެސް ސަބަބެނެތް، އަދި މިހާރު ޖަލުގަ ތިބި ސިޔާސީމީހުން ޖަލުގަ ތިބުމުގެ ސަބަބުން ތިނަދޫއަށްވާ އެއްވެސް ގެއްލުމެއްވެސްނެތް. އެމް.ޑީ.ޕީގެ ސަބަބުން ތިނަދޫއަށާ މުޅި ރާއްޖެއަށްވީ ގެއްލުން. ތިނަދޫގަވެސް ވަރިކައިވެނީގެ ސެޓްފިކެޓްތަކާ، ގޯތި ގެދޮރުގެ ރަޖިސްޓްރީއާ ބޮޑެތި މުޖުރިމުންގެ ބަޔާންތަކާ އެނޫންވެސް މުހިއްމު ލިޔުންތައް އަނދާ އަޅިއަށްވީ

The name is already taken The name is available. Register?

ދުލާލު

01 September 2018

ޔާމިނުގެ ތަރިކަމުދަލުން ތިނަދޫއަށް ކަންކަން ކޮށްދިންނަމަ އޭގެ ބަދަލުގައި އޭނަ ބޭނުންވާކަމެއްގެ ވާހަކަ ބުނަން ޔާމިނު ލަދުގަންނާކަށް ނުޖެހޭ. ރައްޔިތުންގެ ޓެކުސްފައިސާއިން ރައްޔިތުންގެ ބޭނުމަށް ހޭދަކުރުމަކުން ރައްޔިތުން ލަދުގަންނާކަށް ނުޖެހޭ ޔާމިނަށް ތާއީދު ނުކުރުމަކުން.

The name is already taken The name is available. Register?

ތިނަދޫ ކުއްޖެއް

01 September 2018

ރައްޔިތުންގެ ޓެކްސް ފައިސާއިންނާ އެނޫންވެސް ރައްޔިތުންގެ ފައިސާއިން އެމް.ޑީ.ޕީ އިން ނުވަތަ އަންނި ސަރުކާރުން ތިނަދޫއަށް އެއްވެސް ކަމެއް ކޮށްދީފަ އޮތްތޯ ރަށުތެރޭގަ ނިކަން ގަދަޔަށް އަތްފުނާ އަޅާބަލަ، ރައްޔިތުންގެ ފައިސާއިން މައުމޫނުގެ ވެރިކަމުގަ ތިނަދޫގަ ގާއިމްކޮށްފަހުރި ދައުލަތުގެ މުއައްސަސާތައް އަންދާލައި ތިނަދޫ ރައްޔިތުންގެ ވަރި ކައިވެނި ސެޓްފިކެޓްތަކާ، ގޯތި ގެދޮރުގެ ރަޖިސްޓްރީއާ ބޮޑެތި މުޖުރިމުންގެ ބަޔާންތަކާ އެނޫންވެސް މުހިއްމު ލިޔުންތައް އަނދާ އަޅިއަށްވެފައިވާ މަންޒަރު ނޫން އިތުރު މަންޒަރެއް ނުފެންނާނެ. ތިނަދޫގެ ތަރައްގީއަށް ކަމެއް ކޮށްދީފަ އޮތިއްޔާ އެކަމެއް ކޮށްދީފަ އޮތީ މައުމޫނުގެ ވެރިކަމުގަޔާ ޔާމީންގެ ވެރިކަމުގަ ތިނަދޫ މިއަދު މިދެކޭ ތަރައްޤީގެ %90 އަކީ ޔާމީން ސަރުކާރުގެ މަޝްރޫއުތައް. ތިނަދޫގަ މަދުބަޔަކު ހަމަހޭގަ ނެތިގެން އުޅުނަސް އެމްޑީޕީ އިން މިހާތަނަށް ތިނަދޫއަށް އެއްވެސް ކަމެއް ކޮށެއްނުދޭ. ތިނަދޫން ޔާމީން އަށް ވޯޓުނުލިބުނީމަ ޔާމީން ލަދުގަންނަން ނުޖެހެނީ މިސަބަބާހެދި

The name is already taken The name is available. Register?

ބިޔޮންޑް އީކުއޭޓަރ

01 September 2018

ފެންމީރު ރީތި ރަށޭމީ, ރޫޙުވަނީ ތެނަދޫގައޭ! މާނައަކީ, ރައީސް ޔާމީނު ޢުމްރާނީގޮތުންނާ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ހަތަރު އަހަރެއްހާ ދުވަހުގެތެރޭގައި ގެނެސްދެއްވި ލުއިފަސޭހަ އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު އުފާފުޅު ވާގޮތަށް އިރާދަކުރެއްވިއްޔާ ދައްކަދޭނެ. އެހެންނޫނަސްތީ ރަށުގައި އަހަރުމެންކައިރީގައި އުޅޭ ބައެއްތަ. ވީމާ ހަމައެކަނި ވޯޓް ބޭނުންވީމާ އަމިއްލަ ރަށެއް އޮތްކަން ހަދާންވެގެން އައިސް ފާޑުފާޑުގެ ވާހަކަ ނުދައްކާ. ތިޔަމީހުންގެ ނަގާކިޔާ ޕާޓީތީ އަހަރުމެންގެ ބައެއް މީހުންނަށް ހުތްޖަހައިގެން އޭރުއޮތް ތަރަށްގީގެ ވަރަށްބޮޑު ބައިގާ ހުޅުޖެއްސުވިބައެއް. މިހާރު އެދުވަސް ހިގައްޖެ.

The name is already taken The name is available. Register?

ހަބީބު

01 September 2018

"އެއީ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގައި، އިންސާފާއި ހަމަހަމަކަން ގާއިމުކޮށްދެވިފައި ނުވާތީ ކަމަށް ސައުދުﷲ ވިދާޅުވި އެވެ." ސައުދުﷲ ތިޔަ ވިދާޅުވާ ޢަމަލުތައް ހިންގެވިކަން ހެއްކާ ގަރީނާއާއެކު ދިވެހި ރައްޔިތުންނަށް ސާބިތުކޮއްދެއްވާށޭ އަޅުގަނޑު މި ދަންނަވަނީ!

The name is already taken The name is available. Register?

ހުއްބުލް ވަތަން

01 September 2018

އަދި ސައުދުއްލާގެ ސައިޑްގަ ތިބީ ވަކި ކޮންކަހަލަ ބައެއްތޯ ވެސް ވިދާޅުވެ ދެއްވަބައްލަވާ؟

The name is already taken The name is available. Register?

އަލީ12

31 August 2018

ރައީސްޔާމީން ލަދުގަންނަން ވީ... ތިނަދޫ މަގުހަދައިދިނީމަ؟ ތިނަދޫ އިންޖީނުގެ ހަދައިދިނީމަ؟ ތިނަދޫގެ ކަރަންޓް ޔަގީން ކޮށްދިނީމަ؟ ތިނަޫއަށް ފުޓްސެލް ދަނޑު އަޅައިދިނީމަ؟ ތިނަދޫގެ ފަޔަރ ސްޓޭޝަން އެއް ޤާއިމްކުރީމަ؟ ތިނަދޫގަ ތައުލީމީ މަރުކަޒުގަ 12ކްލާސްރުމް އިތުރުކޮށްދިނީމަ؟ ތިނަދޫ އަބޫބަކުރު ސްކޫލް ގަ 3 ބުރި އިމާރާތެއް ޤާއިމް ކޮށްދިނީމަ؟ ތިނަދުގަ ޤައުމީ ޔުނިވާސިޓީގެ ކެމްޕަސްއެއް އެޅީމަ؟ ތިނަދުގަ އެއްގަމު ތޮށިލައިދިނީމަ؟ ތިނަދޫގަ ބޭސްފިހާރައެއް ޤާއިމްކުރީމަ؟ ތިނަދު ބިން ހިއްކައިދިނީމަ؟ ތިނަދޫގަ ބޯޑުހިލަ ޖަހައިދިނީމަ؟ ތިނަދޫގަ ހޮސްޕިޓަލް މަރާމާތުކުރީމަ؟ ތިނަދޫގަ ސޮޕޯރޓްސް އެރީނާއެއް އެޅީމަ؟ ތިނަދޫގަ ފުޓްބޯޅަ ދަނޑު،ނެޓްބޯޅަ ކޯޓް، ބާސްކެޓް ކޯޓް އަޅައިދިނީމަ؟ ތިނަދޫ ޒުވާނުންނަށް ޖިމް ސާމާނު ހޯދައިދިނީމަ؟ ތިނަދު ގޮނޑުދޮށް ހިމާޔަތްކުރީމަ؟ ތިނަދުގަ 120 ޔުނިޓް ފުލެޓް ހަދައިދިނީމަ؟ ތިނަދުގަ އިސްލާމީ މަރުކަޒެއް ޤާއިމްކުރިމަ؟ ތިނަދޫގަ ނަރުދަމާ ނިޒާމް ޤާއިމް ކުރީމަ؟ ތިނަދުގަ އާރު،އޯ ޕްލާންޓްބެހެއްޓީމަ؟

The name is already taken The name is available. Register?

ގޮތްދޫކުރޭ

31 August 2018

ތިނަދޫ ބަދަލުނުވާކަމަށް ބުނުމަކީ ރަގަޅުވާހަކައެއްނޫން.. ތިނަދޫގެ ކައުންސިލަރުންގެ ގާތްމީހުންނާ ގޮނޑިގެއްލުނު ދެމެމްބަރުންގެ ގާތްމީހުންނާ 1000ރުފިޔާދިނީމަ ނުކުތްމީހުންނާ ރައްރަށުން ގެނެއިމީހުންނާ އެކު ސަލާމްކުރުން ކުރިޔަދިޔައީ. އަދި ސަލާމްކުރުމުގެ ވަގުތު ދިގުކުރަން ސަލްކުރާމީހާ ސަފުގެ ފަހަތަށްއަރާ ދެވަނަފަހަރަށް ސަލާމްކުރަނީ.. މިހެންވީމަ ނުބުނުނެވޭނެ ތިނަދޫ ބަދަލެއްނުވެޔޭ. ތިނަދޫ ބަދަލުނުވެ މޑޕފިކުރުގަ ތިބެންޖެހޭ އެއްވެސް ސަބަބެނެތް މިސަރުކާރާ ދޭތެރޭގަ. މައުމޫނަކީ މޑޕގެ ތިނަދޫމީހުން ބޭނުންނެތިގެން މައުމޫނުގެ ބޮލަށް އަގުމަގު ކުރިމީހުންގެ ރަށެއް ރނަޝީދުގެ ސަބަބުން ތިނަދޫއަށްވީ ގެއްލުން.. ވަރިކައިވެނީގރ ސެޓްފިކެޓްތައްވެސް ނެތިދިޔައީ.. ތިނަދޫއަކީ ތަރައްގީ ބޭނުންވެގެން އަބަދުވެސް އުޅޭބައެއް އުޅޭރަށެއް.. ތަރައްގީ މިސަރުކާރުން ގެނެސްދިނީ ތިނަދޫއަށް.. ޖާހިލުކަމުން ގޮތްދޫނުކުރަން ތިބެންޏާ ތިބެންވީ.

The name is already taken The name is available. Register?

އަލީ12

31 August 2018

ބަދަލުވިޔަސް ނުވިޔަސް ރައީސްޔާމީން ގެނެސް ދެއްވި ތަރައްޤީ މަތީގަ ތިނަދޫ މީހުން އުޅެންޖެހޭނީ ދުވަސް ގަނޑެއްވަންދެން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454