ޚަބަރު / ރިޔާސީ އިންތިޚާބު 2018

އިބޫގެ ހާލަތާ މެދު ދެރަވޭ، ގެންގުޅުއްވަނީ ނަޝީދުގެ މެނިފެސްޓޯގެ ބައެއް: ރައީސް

ކަމަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން ރައީސް ޔާމީން ފާހަގަކޮށްދެއްވަނީ.--ފޮޓޯ: ރައީސް އޮފީސް

01 ސެޕްޓެމްބަރ 2018 - 13:11

119 comments

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ހާލަތާ މެދު ހިތާމަކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކުރަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނާ ވާދަކުރައްވާ އިބޫއަށް އަދިވެސް މެނިފެސްޓޯއެއް ނުދެއްކޭ ކަމަށެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ ނަޝީދު ގެންގުޅުއްވި މެނިފެސްޓޯގެ ބައިތަކެއް ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ ނަޝީދަށް ވާދަނުކުރެވޭނެ އިންތިޚާބެއް ރާއްޖޭގައި އޮވެދާނެ ކަމަށް އެމްޑީޕީން ވެސް އިންތިޒާރުނުކުރާ ކަމަށެވެ. ސިމެންތި ގަށާ މެޝިނާއި ބާލިދީން ވޯޓު ކަރުދާސް ހޮވަންޖެހޭނީ އުއްމީދުތަކެއް އޮތީމާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ދެރަވޭ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާލަތާ ދޭތެރޭ. އޭނާގެ އަތްޕުޅުގައި ނެތް އެ ބޭފުޅުން ޕާޓީގެ މެނިފެސްޓޯއެއް. ރައީސް ނަޝީދުގެ މެނިފެސްޓޯއިން ތަންތަންކޮޅޭ އެ ލިބިވަޑައިގަންނަވަނީ. އަދިވެސް އެމްޑީޕީން އިސްލާހު ގެނައި މެނިފެސްޓޯއެއް އިބްރާހިމް މުހައްމަދު ސޯލިހު އަތަށް ނުލިބޭ. އެއީ އިބްރާހިމް މުހައްމަދު ސޯލިހު އުއްމީދެއް ނުކުރޭ، އިންތިޒާރެއް ނުކުރޭ، އެމްޑީޕީއަކުން އިންތިޒާރެއް ނުކުރޭ ރައީސް ނަޝީދަށް ކުރިމަތިނުލެވޭނެ އިންތިޚާބެއް ދިވެހިރާއްޖޭގައި އޮވެދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

"ކިހާ ވަރެއް ވީމަތޯ ހަމަ ގައިމު ވެސް އުވަ ގަށާ ނުވަތަ ސިމެންތި ގަށާ މެޝިނުން ވޯޓު ކަރުދާސް ހޮވަންޖެހޭނީ. ބާލިދީން ވޯޓުކަރުދާސް ހޮވަންޖެހޭނީ އުއްމީދުތަކެއް އޮތީމަ ދެއްތޯ،"

މި މަހުގެ 23ގައި ބާއްވާ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނާ ވާދަކުރައްވާ އިބޫއަށް މެނިފެސްޓޯއެއް ނުދައްކާ ކަމަށް ވިދާޅުވި ނަމަވެސް، ގުޅިފައިވާ ޕާޓީތަކުން ވަނީ މެނިފެސްޓޯގައި އެ ޕާޓީތަކުން ހިމަނަން ބޭނުންވާ ކަންތައްތައް އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިމެނެ އެވެ. ގުޅިފައިވާ ކޯލިޝަންގެ ބައިވެރިންނަށް އެއްބަސްވެވޭ މެނިފެސްޓޯއެއް އެކުލަވާލެވިފައިވާ ކަމަށް އިބޫ ވަނީ ކުރިން ވިދާޅުވެފަ އެވެ.

އިންތިޚާބަށް 23 ދުވަސް ވެފައިވާއިރު ޕީޕީއެމްގެ މެނިފެސްޓޯއެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.

ރައީސް ވާހަކަފުޅުގެ ހުލާސާ

- އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ހާލަތާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވި

- އިދިކޮޅު ކޯލިޝަންގެ ބޭފުޅުންގެ ހަރުދަނާ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި

- މަސް އެކްސްޕޯޓްކުރަން ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރެއްވި

- ޓޫރިޒަމް ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެ ބަދުނާމުކޮށް ދައްކާ ވާހަކަތައް ކަމަށް ވިދާޅުވި

ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކުރަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.--ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ ބޭފުޅުންގެ ކަންކަމުގައި ހަރުދަނާ ވިސްނުމެއް ނެތެވެ. އެފަދަ ބަޔަކު ރައްޔިތުން ގޮވައިގެން މަސައްކަތް ކުރާނީ ކިހިނެއްތޯ ވެސް ރައީސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ގާސިމް ދެއްކެވި ވާހަކައެއް ނެތް ކަމަށެވެ. އޭނާ ވެސް އެންމެ ވަރުގަދައަށް ދައްކަވާ އެއް ވާހަކައަކީ، ރައީސް ވިދާޅުވި ގޮތުގައި، 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ވާހަކަ އެވެ.

"މި ވެރިކަމާ ހެދިތޯ މި އެންމެން ތިބެންޖެހެނީ. ގާސިމްގެ ހަމަ ދެވަނަ ދެ ވާހަކައެއް ނެތް، 65 އަހަރުން މަތީގެ މީހުންނަށް ކުރިމައްޗެއް ނުލެވޭ. ގާސިމްގެ މެނިފެސްޓޯގައި އިސްބަހަކަށް ފަހު ބަހަކަށް ހުރިހާ ބަހަކަށް އޮތީ 65 އަހަރުން މަތީގެ މީހުންގެ އެ ގާނޫނު އުވާލާނަމޭ، ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާނަމޭ. އެކަމަކު އަޅުގަނޑު ދަންނަވާލާނީ އެމްޑީޕީގެ ވިސްނުން ގާސިމަށް އޮޅޭތީއޭ މައްސަލައަކީ. އެކާވީސް ދުވަސްކޮށްފައި ނިކުތްއިރު އޭރު ވަރަށް ވާހަކަދެއްކި،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއާތް ކަމުގައިވާ މަސްވެރިކަމާއި ޓޫރިޒަމް ދާއިރާއަށް ބޮޑު ގޮންޖެހުމަކާ ދިމާވެފައިވަނީ ވެސް އިދިކޮޅު ބޭފުޅުންގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އީޔޫގެ ގައުމުތަކަށް މަސް އެކްސްޕޯޓްކުރަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އެގޮތަށް ދިމާވެފައިވަނީ ރާއްޖެ ބަދުނާމުކުރަން ދައްކަމުންދާ ވާހަކަތަކާ ހެދި ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ރާއްޖެ ބަދުނާމުކުރަން ދައްކާ ދޮގު ވާހަކަތައް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ދިމާލެއްގައި ރައްޔިތުން ތިބީ ބޮޑެތި މަޝްރޫއުތަކުގެ އިންތިޒާރުގައި ކަމަށާއި އެމަނިކުފާނު ދެ ވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފި ނަމަ އެކަަހަލަ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެ ވަޑައިގެންނެވި އެވެ.

119 ކޮމެންޓް, 568 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 1%
icon angry icon angry 37%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރަންވީރް ޑޮގްރާ

03 September 2018

ރައީސް ޔާމީން ދެރަނުވޭ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެމީހުންނަށް ވިސްނޭނެ

The name is already taken The name is available. Register?

ަވަންނާށި އަފީފު

02 September 2018

8525 ގެ ނަމުގައި ކޮމެންޓުކޮއް މިއުޅޭ ޕޕމ ޕުޕެޓައް ދަންނަވާލަން އޮތީ، ކަލޯ ކަލޯމެންނަށް މި ރައީސް ކުރާ ހަމަ އެއްވެސް ކަމެއް ގޯހެއް ނޫންދޯ؟ ވައްކަން ނުކުރޭ ދޯ؟ ހިޔާނާތެއް ނުވޭ ދޯ؟

The name is already taken The name is available. Register?

ހީހީ ހަލާކުވޭ

02 September 2018

އަޅުގަނޑުވެސް ދެރަވޭ އަދި ލަދުވެސްގަނޭ އިބޫ އުޅޭ ހާލުން! ކޮންމެ މީހަކައް ހީވަނީ އަމިއްލައައް ވެރިކަން ކުރެވޭނެޔޭ! މިއީ މައްސަލައަކީ!!

The name is already taken The name is available. Register?

އަޅެއިޓްސްނޮޓްމީ

02 September 2018

އިބޫ! ރައީސް ދެރަ ނުކޮށްބަލަ!

The name is already taken The name is available. Register?

ދީބު

02 September 2018

ދެރަވަނީ އިބޫގެ ޙަލަތާމެދު ދޯ. ބޭބޭފުޅު ޖަލުގަި އޮވެ ހަލާކުވެގެން ދާއިރުވެސް ދެރައެއް ނުވޭ ދޯ.

The name is already taken The name is available. Register?

8525

02 September 2018

ދިވެހި ގައުމުގެ މިހާރުގެ ރައީސްއަކީ އިގްތިސާދީ މާހިރެއް. މިގައުމު އިގްތިސާދީ އަނދަވަޅެއްގައި އޮއްވާ ނަގާ ކޮޅަށް ޖަހައިފި. އެމް.ޑީ.ޕީގެ 3 އަހަރު ބޭންކްތަކުން ލޯނު ނުލިބިގެން އެންމެ ރިސޯޓެއްވެސް ނުވޭ ނިންމިފައި. ބޭރުފައިސާ ނުލިބިގެން ދިވެހިންގެ ވިސާ ކާޑު ބޭރުގައި ބޭނުން ނުކުރެވޭގޮތް ހެދި. ދިވެހި ކިޔަވައިކުދިން ނަށް ޑޮލަރުނުލިބިގެން ކިޔެވުން ހުއްޓާލާފަ މާލެއައި. އެކުދިންނަށް ދިން ޕޭލީވް ކަނޑާލި. މިހުރީ އެމް.ޑީ.ޕީ ސަރުކާރުގައި ދިވެހިންނަށް ޖެއްސި ހާލު.

The name is already taken The name is available. Register?

8525

02 September 2018

ތާކުންތާކުޖެހޭ، އޮއްޓަރު ހުރި ކޮމެންޓެއް ކޮއްލަން އެނގޭ ފެންވަރުގެ ސަޕޯޓަރެއްވެސް ނެތީތަ އިދިކޮޅުގަ. ހުސް ހުރީ ހެކިނެތް ދޮގާއި، ބިލާހުތައް. މޮޔަނުވެދެންވެސް ތިބޭ.

The name is already taken The name is available. Register?

ކުޑަ ދޮންބެ

02 September 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ހާލަތާ މެދު ނުވިސްނަވާ ކައިރީގަ އެނބުރޭ އެމް.ޕީ ކޮޅު ހިފެހެއްޓޭތޯ ވިސްނަވާ މީ ލައްކަ ވާހަކަ

The name is already taken The name is available. Register?

ތެދެއް

02 September 2018

އެކަކު ގޮސްފި އަތުން ދޫވެގެން

The name is already taken The name is available. Register?

8525

02 September 2018

ރައްޔިތުންނަށް އެމް.ޑީ.ޕީ ސަރުކާރުގައި ލިބުނުހާވެސް އެއްޗަކީ، ޖަލުން ޖާގަ. އެންމެން ލައްވާ ގާނޫނުތަކަށް އަރައިގެންނުވި. އެކަމަކު، އެޕާޓީގެ ބޮޑުން ތިބޭނީ އަބަދުވެސް ދުރުގަ. ޕާޓީގެ އާއްމުންކޮޅު ހަނާވާންވީ.

The name is already taken The name is available. Register?

ފަރިވާ

02 September 2018

އިބޫއަށް ކަންތައް ތައް އަމިއްލައަށް ކުރުމުގެ އިޚްތިޔާރެއް ނެތެވެ. ދެން މިވަރުން ކިހިނެއް ސަރުކާރު ހިންގާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454