ޚަބަރު / މީހުން މެރުން

އިއްބެ މަރާލީ މާލެ އައިތަނުން ދިން ހަމަލާގައި!

އިއްބެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން ހަމަލާދީ މިދިޔަ ހުކުރު ދުވަހު މަރާލި އިބްރާހިމް އާގިލް (އިއްބެ)، 18، އަށް ހަމަލާދިނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައި ތަނުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިއްބެގެ އާއިލާއާ ގާތް މީހަކު ބުނީ، މާލެ އަތޮޅުގެ ރަށަކަށް ދެތިން ދުވަހަށް އޭނާ ދިޔައީ އެ ރަށުގައި އުޅޭ އޭނާގެ ލޯބިވެރިޔާއާ ބައްދަލު ކުރުމަށް ކަމަށެވެ. އެ އަންހެން ކުއްޖާ އަށް ނުރައްކަލެއް ވެދާނެތީ އެ ރަށުގެ ނަން ހާމަނުކުރަން އާއިލާގެ ގާތް މީހާ އެދުނެވެ.

ހުކުރު ދުވަހު އިރުއޮއްސުނު ވަގުތު މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަން ސަރަހައްދަށް އިއްބެ ފޭބިއިރު އޭނާއަށް ހަމަލާދިނުމަށް އެ ވަގުތު އެތަނުގައި މީހުން ތިބި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ހަމަ އައިސް ފޭބިތަނާ އެ މީހުން އެ ހަމަލާ ދިނީ. މެއަށް ވަޅި ހަރާ ހަމަލާ ދިނީ. ބޮޑަށް ބެލެވެނީ އުޅޭތަން ބަލައި ފާރަ ލައިގެން ތިބެ މާލެ އައިތަނުން ކުރި ކަމަކަށް،" އާއިލާގެ ގާތް މީހާ ބުންޏެވެ.

އިއްބެއަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ލެއިން ފޯވެފައިވާ އިއްބެ އެމްއެމްއޭ ސަރަހައްދުން ޗާންދަނީ މަގަށް ވެއްޓިފައި އޮއްވަ އެވެ. އެ ވަގުތު އެތަނުގައި މީހުން އުޅެ އެވެ. އޭނާ އަށް ފަރުވާ ދިނުމަށް ގެންދަން މަސައްކަތް ކުރާ މަންޒަރެއް ވެސް އެ ވީޑިއޯއިން ނުފެނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ޒުވާނާ އެތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ސެކިއުރިޓީ ވަރުގަދަކޮށް ބަލަހައްޓާ ގްރީން ޒޯންގައި އިއްބެ މަރާލި ހާދިސާއާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން އިއްބެ އަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ޒުވާނެކެވެ. އަދި މާރާމާރީ ހިންގުމާއި މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތު އޭނާ އަށް ކުރެ އެވެ.

އިއްބެ އަކީ އޭނާގެ އާއިލާގެ ފަސް މެމްބަރުންގެ ތެރެއިން އެންމެ ހަގު މީހާ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ މަރާލި އިއްބެ.--

އިއްބެ މަރާލީ މިދިޔަ ހަފުތާއިން ފެށިގެން މާލޭގެ ގްރޫޕުތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީތަކެއް ހިންގަމުން ދަނިކޮށެވެ. އެގޮތުން އެކެއްގެ ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން އޭޑީކޭގައި ބޮލުގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މާފަންނު ސަހަރާ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލާފައި ވެ އެވެ.

ފުލުހުންގެ އިސްވެރިއަކު ނަން ހާމަ ނުކުރަން އެދި ވިދާޅުވީ މާލޭގައި މިހާރު ހިންގަމުން އަންނަ މާރާމާރީތަކަކީ މާލޭގެ ދެ ގޭންގެއްގައި ޖެހިފައިވާ މައްސަލަތަކެއްގެ ބަދަލު ހިފުން ކަމަށެވެ. މަސްތުވެގެން ހަމަލާދިނުން އިތުރުވާކަން ފާހަގަ ވެގެން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ އިންޒާރެއް ވެސް ދީފަ އެވެ. އެގޮތުން ރާއްޖެ ހަލަބޮލިކޮށް ނުރައްކާތެރި އަމަލުތައް ހިންގަން ހިތްވަރުދޭ ނުވަތަ ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުންޏެވެ.

72 ކޮމެންޓް, 377 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 76%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮހައްމާ

04 September 2018

ފުލުހުންބަލަންވީ އަދިވެސް މީހަކު ގާނޫނާ ހިލާފަށް ހައްޔަރު ކުރެވޭނީ ކިހިނެތްތޯ. އޭރުން އޮންނާނީ ގައުމު ސަލާމަތްވެފައި. ސާބަސް ފުލުހުންނަށް. ލޯމަތީގައި މީހަކު މަރާލިއިރުވެސް ނުފެނުނުދޯ؟؟؟ ކީކޭ ބުނާނީ. ހަމަ ހައިރާންވެއްޖައިމު. ފުލުހުންނަށް ސާބަސް.

ބޮޑުދައިތަ

04 September 2018

ކޮންމެ ކަމެގަވެސް ޒިންމާތަކުގެ ކުރިން ހައްޤުތައް ލިބި ޒުވާން ޖީލު ހަލާކުވެސް މިޤައުމު ނިމިގެންދަނީ... މައިން ސާހިބު މީހަ އުފަން ކުރާނެ އޭކިޔާ އަޑު އަހަން. ދަރިން ގޯސްކަމެއް ކުރުމުން އަދަބެ ދެވެނީކީނޫ.... ސާހިބު މީހާއަވެފަ އޮންނަނީ

ޢަލީ އިބްރާހީމް

04 September 2018

ފުލުހުންގެ އިސްވެރިންވެސް ނަން ހާމަ ނުކުރަން ޖެހޭތަ؟

ފެންވަރު

03 September 2018

ގޭންގްތައް އެނގޭ. ގޭންގްތަކުގަ އުޅޭ މީހުން އެނގޭ. އެމީހުން އުޅޭ ތަންތަން އެނގޭ. ގޭންގްތަކުގެ ބޮޑުން އެނގޭ. ގޭންގްތަކަށް ފަންޑުކުރާ ފަރާތްތައް އެނގޭ. ގޭންގްތަކުން ކުރާ ކުށްތައް އެނގޭ. އެކަމަކުވެސް ފުލުހުންނަކަށް އެއްވެސް ކަމެއް ނުކުރެވޭ. އަޖައިބެއް.

އަހުމަދު ޒައިން

03 September 2018

ހަމަ ރައީސް ނަޝީދުގެ ވެރިކަމާހެދި... ޔާމީނު ވެރިކަމެއްގައި މިކަހަލަ ކަމެއް ނުހިނގާނެ...

ރައީސް ޔާމިން

03 September 2018

ކަލޭ ތިޔާ އުޅެނީ އަހުން ފަލީހަތް ކުރަން ދޯ؟

އިބަ

03 September 2018

ތިޔަ ވެރިކަމަށް ކުރިމަތިލަގެން އުޅޭފަރާތްތަކުން ވެއްޖެ މިހިގާ ގޭންގު މާރާމާރީ ތަކާ މީހުން މެރުން ހުއްތުވުމަށް ކުރާނެ ކަންތައްތަކެއް ނުވަތަ ޕޮލިސިއެއް މެނިފެސްޓޯގަ ހިމަނަން.މިގައުމުގަ އިސްލާމްދިން ހިމާޔަތް ކުރަން ނިކުމެ ތިބި އިލްމުވެރިންވެސް އެބަޖެހޭ މުޖުތަމައު ބިނާކުރުމަށް އިހުލާސްތެރި މަސައްކަތް ތަކެއް ކުރަން.ޅަފަތުގަ ޒުވާނުންނަށް ދަސްކޮށްދޭ ކަންތަކުން ޒުވާނުންގެ ދީނީއަގިދާ ވަރުގަދަވެ ރަގަޅު އަހުލާގު އަށަގަންނާނީ

އަހަން މަބުނަން

03 September 2018

އިސްލާމް ދީން ހިމާޔަތް ކުރަންޖެހެނީ ޢިލްމުވެރިން އެކަންޏެއް ނޫން... އެެއީ ކޮންމެ މުސްލިމެެއްގެ ފަރުދީ ޒިންމާއެއް.. ނޫންތޯ؟

ވާނުވާ މީހާ

03 September 2018

މި ކުއްޖާގެ ހިސްޓްރީ އަށް ބަލާލާއިރު ގާތްތގަނޑަކަށް އުމުރުން އެންމެ 14 އަހަރުއްސެުރެ ފެށިެގން އެންމެ ބޮޑެތރި ކުށްތަކުގެ ތެރޭގައި އުޅެމުން ދިޔައީ. ވައްކަން، މާރާމާރީ، ފޭރުން، މަސްތުވާ ތަކެތި. ޢާއިލާގެ އެންމެ ހަގު މެމެބަރު.. ކޮބާ މައިން ބަފައިންގެ ޒިންމާ؟ ކޮބާ އާއިލާގެ ޒިންމާ؟ އުޅެނީ މަޝްހޫރު ގެންގެ އެއްގަ. ކޮބާ މި ކުއްޖާގެ ސަބަބުން ހައްގު ގެއްލުނު ފަރާތްތަކުގެ ހައްގު؟ މަރު ވީމާ އާއިލާ އާ ރައްތެހިން "ޖަސްޓިސް ފޯ.." ކިޔާފަ ނުކުންނާނެރ. އެކަމަކު މި ކުއްޖާ ނިޔާވީމަ އެންމެ ފުރަތަމަ އެކުއްޖާ އަށް ހެޔޮ އެދޭނަމަ އޭނާގެ ސަބަބުން ހައްގު ގެއްލުނު މީހުން ހޯދައި އެ ހައްގުތައް އަދާ ކުރައްވާ. މިއަދު އޭނާ އަށް ކިރިޔާވެސް ފައިދާ އެއް ކުރާނީ އޭރުން

ޕައްލަމްބެގެ ބުރޯ

03 September 2018

ކޮމެންޓް ތަކަށް ބަލާލީމަ ހީވަނީ ގޭންގު ތައް ދެކެ އެންމެން ބިރުން ތިބިހެން އެހެނީ އެންމެ މައްޝޫރު ގޭންގު ކިޔާ ގޭންގެެއް ގެ ވާހަކަ އަދި މިއަޑު އިވުނީ ބަލަ ގޭންގަކަސް ބޭންގަކަސް ތިޔަކަމެއް ހުއްޓުވަން ރައްޔަތުން އުޅެގެން ތިކަމެއް ވާނީ އިހަކަށް ދުވަހު ވަޅިޖަހަފަ ފިލަން ދުވި ސޮރަކު ހިފެހެއްޓި ފުލުހައް ތިޔަ ބޭފުޅުން ތައުރީފް އޮއްސާލީ މިއަދު ތިޔަ މަލާމަތް ކުރަނި އެސޮރު ކަރައް ވަޅި ހެރި ބަޔަކު ހަރާފަ ދިޔަ މަގުމަތީގަ އެތައްބަޔަކުތިބެމެ ކުޑަ މިނުން ފޮޓޯގަނޑެއްވެސް ނުނެގުނު ބުރިޖުގެ މުހަރެއް އިސްކުރެއް މަދުވިއަސް ފޮޓޯނަގާފަ ޝެއަރ ކުރެވޭ ކޯންޗެއް ތަ މި ހެދެނީ ސިޔާސީ ގުއިރޯނުން ބަނދެވިގެން ގައުމުގެ ތިބި ބޮޑެތި ނުބައިކަންކަމަށް ފަރުދީގޮތުން އަޅަލަންޖެހެ މިންވަރައް އަޅާނުލެވި ހަމަ ކޮމެންޓް ކޮއް ކުއްވެރި ކޮއްލީމަ އެއޮތި ވެފަ ، ހިތާމަ އަކީ ގޭންގައް ނިސްބައްވާ މީހުން ނަކީ ބަންގަޅީން ނޫންކަން އެއީ ހަމަ އަހަރެމެން ލޮބުވެތި މައިންގެ ދަރިން ކޮބައިހޭ އެމީހުން މަރުވީމަ ހޭ ރޯންވީ ،

ފެއިލިއާ

03 September 2018

ދެން ކީއްވެހޭ ތިކަން ހުއްޓުވަން ހުވާކޮއްގެން މުސާރަ ނަގައިގެން ޓްރޭނިންގް ހަދައިގެން ތިބި މީހުން ތިކަން ނުހުއްޓުވަނީ!؟

އޯން ސޭފްޓީ

03 September 2018

އާންމު މީހުންވެސް ބަލާނެދޯ އެމީހުންގެ އަމިއްލަ ނަފްސަށްވެސް؟ މިތާގަ މީހަކު މަރާފަ ދިޔަޔަސް މީހަކު ހައްޔަރުކުރަނީކީއެއް ނޫން އަދި އިންސާފެއް ލިބެނީކީއެއްވެސް ނޫން. މިވަރުތަނެއްގަ އާންމުން އެމީހުންގެ އަމިއްލަ ފުރާނަ ސަލާމަތްކުރަން ކުރާކަންކަމަށް ހަޖޫޖަހަނީ ތަނުގެ އަސްލު ހާލަތު އެއްގޮތަކަށްވެސް ނުވިސްނޭތީ.

ވަހީދު

03 September 2018

ހުއްޓުވާނަމަ މަސްއޮޑިގެ ކަންމަތީގައި އެތިބޭ ކުދިން އެތަނުގައި ނުތިބޭނެ. ވަރަށް ކުރުކޮށް މިބުނީ.

އަމާން

03 September 2018

ވަޅި ހެރުމަކީ މިހާރު ވަރަށް ޢާންމު ކަމަކަށް ޕާޓީ ކުދިންނަށްވެއްޖެ. ކޮންމެވެސް ގޮތަކަށް ހަދައިގެން އެބަޖެހޭ އެންމެން އަތުގުޅައިގެން ނަމަވެސް ރާއްޖެ މިއީ ވަރަށް އަމާން އޮމާން ތަނަކަށް ހަދަން.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454