ޚަބަރު / ރިޔާސީ އިންތިޚާބު 2018

އިބޫގެ ތައުލީމީ ސިޔާސަތު: ލުއި ލޯނާއި ގިނަ ސްކޮލަޝިޕްތައް!

06 ސެޕްޓެމްބަރ 2018 - 23:56

21 comments

ހިލޭ މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތާއި ކިޔެވުމަށް ސަރުކާރުން ދޫކުރާ ލޯންތަކަށް ލުއިތަކެއް ހޯދައިދެއްވާނެ ކަމުގެ ވައުދާއެކު އިދިކޮޅު ކޯލިޝަންގެ ތައުލީމީ ސިޔާސަތު މިރޭ އިއުލާން ކުރައްވައިފި އެވެ.

އެކި އުމުރުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ތައުލީމީ ސިޔާސަތުގެ ތަފްސީލް ދެއްވަމުން އިބޫ ވިދާޅުވީ ގައުމު އިސްލާހު ކުރުމަށް ތައުލީމީ ނިޒާމް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ.

"ގައުމުގެ ކުރިއެރުމާއި ތަރައްގީ ބިނާވެފައި އޮންނާނެ ތައުލީމުގެ މައްޗަށް. ތައުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އަހުލާގު ރަނގަޅު އަނެކާ އަށް އިހުތިރާމް ކުރާ ކުއްޖަކަށް ވާންޖެހޭ،"

Teacherun ge musaara bodu kuraanan: Ibu

Teacherun ge musaara bodu kuraanan: Ibu

The most trusted news source in the Maldives

Mihaaru

ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވަން އިބޫ ވައުދުވެ ވަޑައިގަތުން--

އިބޫ ވިދާޅުވީ ގިނަ ޒުވާނުންނަށް މަތީ ތައުލީމް ހާސިލް ނުކުރެވެނީ އަގު ބޮޑުކަމުން ކަމަށެވެ. އަދި ކިޔަވަން ލޯން ހޯދަން ވަރަށް ދަތި އިރު ކިޔަވާ ނިންމުމަށް ފަހު ލޯން ދެއްކުމަކީ ބޮޑު ތަކުލީފެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އެކަންކަން ހައްލު ކުރެއްވުމަށް ގިނަ ސްކޮލާޝިޕްތައް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮތުން ޑިގްރީއާ ހަމައަށް ރާއްޖޭގައި ތިބެގެން ހިލޭ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވަން ބޭނުން ނަމަ ލޯން ސްކީމެއްގެ ދަށުން ބޭނުން ގައުމެއްގައި ކިޔެވުމުގެ މަގު ފަހި ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މިހާރު އަމިއްލަ ހަރަދުގައި ކިޔަވަމުން އަންނަ މީހުންނަށް ވެސް ލޯން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެ ލޯނަކީ ފަސޭހަ އިން ދެއްކޭނެ ލޯނަކަށް ވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ޖީސީއީ އޯލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހުތިޔާރު ކުރާ ޔުނިވާސިޓިއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ގައުމަށް މުހިންމު ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރުމަށް ހާއްސަ ސްކޮލާޝިޕްތަކެއް ތައާރަފް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

21 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 2%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިލިޓަރީ

07 September 2018

ދިވެހިން ހެޔޮވިންނަން ވެއްޖެމިހަރު ރާއްޖެޓިވީ ނުބަލާ މިޤައުމާދެތެރެ ވިސްނަންވެއްޖެ މިހާރު ދިވެހިންގެ މިނިވަންކަން މިގެއްލެނީ. އެމްޑީޕިއަކަ ވޯޓެނުދޭނަން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

07 September 2018

އިބޫއަ ވެރިކަން ލިބިއްޖީޔާ މި ޤައުމުގެ ދުވަސްމިދިޔައީ. ބޭރުގެ އަޅުވެތިކަމަ ދާނެ އެމިހުން މިރާއްޖެގެ ކޮންޓްރޯލް ހޯދަނެ އެމީހުންއެދޭގޮތަކަ އެމީހުންބުނާބަޔަކަ ގުޅުންބަދަހި ކުރެވޭނީ. އެމްޑީޕިއަ ވެރިކަން ލިބުނިމަ އެނިމުނީ އެމީހުންނަ. ދިވެހިން ތިބޭނީ އަޅުވެތިކަމުގަ.

The name is already taken The name is available. Register?

މަންޑޭލާ

07 September 2018

އެމްޑީޕީގެ ވެރިކަން ފެނިއްޖެ މިރައްޖެއަ ވިގޮތްފެނިއްޖެ އިބޫމެންނަކީ ދޮގުހަދާ ހަދާ ވެރިކްމަ އަންނަން ބޭނުންވާމިހުން

The name is already taken The name is available. Register?

ޒަކީ

07 September 2018

ތިޔަވިދާޅުވާ ލުއިލޯން މިހާރުވސް ލިބޭ،15 -20 އަހަރަށްވެސް ލިބޭ، މަންތްލީއިންޓުރެސްޓެްވެސް ނުނަގާ، ހަމައެކަނި ނަގަނީ އެންމެފަހަރަކުނަގާ %5 ، ައަހަންނަކީތިނަގައިގެން ކިޔަވާކުއްޖެއް. ތިކިޔަނީ އެއްވެސް ށަރުތަކާނުލާ ދޭން ކަމަށް ވަންޏާ ވަރަށްދެރަވާހަކައެއް، އޭރުން ކިޔަވަންށޭކިޔާފަ މެލޭށިއާއަށް ގޮއްސަ އެއްސެމްނިމޭއިރާށް ބޭރުކޮށްލީމަ ާކަރީއްޗހެއނުވާނެ، ދެން ސިރީލަންކާ އަށް ގޮސް ފޭކު އެމްބީއޭ ހަދާފަ އެތަތިބެ ކުލަބިންއަށް ގޮސްފަ މާލެޢަޢިމަ ވަރށް ފައްކާކޮށް ކިތެވިފަ ހުންނާނީ. ކަންތަށްމުޅިންށާފުނުވާމީހުން ހިތައްއަރާނެ މިވެސް ޢާވައުދެކޭ، ބުނެލީހަމަ ވާުނުވާކުދިންނަށް

The name is already taken The name is available. Register?

ބޮޑު ބަންޑާރަ

07 September 2018

މިހާރު އެބަ ހިތައްއަރާ މިހުރިހާ ކުދިން ކިޔަވައިނިމިގެން ޤައުމީ ޚިދުމަތަށް ނުކުންނައިރު 99 އަހަރަށް ދިންރައްތައް ދިވެހި ދަރިންގެ އަތްމަތިން ގެއްލުވާލީމާ އުޅެންޖެހޭނެ އަޅުވެތިކަން. ޙާދަ ދެރައޭ އާހ

The name is already taken The name is available. Register?

މުދިންބެ

07 September 2018

ކުރީފަހަރުހެން މ.ޑޕ ވެރިކަމަށް އައިސް ބޭރުގަ ކިޔަވަން ތިބި ކުދިން ބަޑަށް ޖައްސާ ހާލުގަ ޖެއްސި ހަދާން ނުވަނީތޯ. ޑޮލަރ ލިބުން ދަތިވެ ސަރުކާރު ލޯންގެދަށުން ކިޔަވަން ގޮސްތިބިކުދިންނަށް ފައިސާ ނުފޮނުވައިގެން.

The name is already taken The name is available. Register?

ގުލްނަރު

07 September 2018

ބައްލަވާ އިބޫ އެމްޑީޕީ އެއްކަށި ޖަހައިފި..ކިހިނެއްތޯވީ..ގައުމު ވައްޓާލި އަނދަވަޅުން އަރައިގަތީ ޔާމީން ކުރެއްވި މަސައްކަތުން..ސެޓްފިކްޓް ލެވެލްއިން ޑިޕްލޮމާއަށްހިލޭ ހުޅުވާލާފައޮތް..މަތީ ތައުލީމަށް 30އަހަރު ނުދޭހާ ފުރުސަތު ހުޅުވާލި..މީ ކޮށްދޭނަމޭ ބުނާ ކަންކަމެއްނޫން ކޮށްފައިހުރި ކަންކަން..

The name is already taken The name is available. Register?

ބުގަބޫ

07 September 2018

ފާޑުފާޑުގެ ވައުދުވިޔަސް އިތުބާރެއް ނުކުރެވޭނެ. ކުރީގައިވެސް ވެރިކަމަށް އާދެވުނީމަ އެންޑީޕީ ރައްޔަތުން ހަނާކޮށް، ބަޖެޓް ބަނގުރޫޓު ކުރީ. އަދި ނުވިތާކަން ޑޮލަރު އަގުބޮޑުކޮށް، މުސާރަތައް ކުޑަކޮށް، ވަޒީފާއިނ މީހުން ކަނޑާހެދީ. ޕަޕެޓެއްވީމަ ފީޑް ކުރި ހުރިހާއެއްޗެއް ކިޔާނަގަނީ. އެއްވެސް އިތުބާރެއް ނެތް.

The name is already taken The name is available. Register?

ނިމާލް ހަބީ

07 September 2018

އިބޫ، މަތީތައުލީމް ފުޅާކުރެވިއްޖެއްޔާ ޖަލުތަކުގެ ހަރަދު ކުޑަވާނެ، ވަޒީފާ އިތުރުވެއްޖެއްޔާ ފޭރޭ މީހުން މަދުވާނެ، އާއިލާތަކަށް ތަނަވަސްކަން އަންނާނެ، އިބޫ އަށް މިފަހަރު މިޤައުމު ތަރައްޤީކުރެވޭނެ، އިބޫގެ ވެރިކަމާއި އެކުގައި ދުނިޔޭގެ ބެންކުތަކުން ރާއްޖޭގެ ކަޅުލިސްޓް އުވާލެވި ލޯނުތަކާއި ހިލޭ އެހީ ލިބެން ފަށާނެ، ކޮންމެހެންވެސް ތަރައްޤީވެފައިވާ ގައުމުތަކާއި ރަނގަޅު ގުޅުން ބަދަހިކުރަންވާނެ، ޗައިނާ ދޫކޮށްލައިގެން ނުވާނެ، ޔޫރަޕް ދޫކޮށްގެން ނުވާނެ، އިބޫ ސާބަސް

The name is already taken The name is available. Register?

ފާތުމާ

07 September 2018

އިބޫ، މިހާރު ބެންކަކުން ލޯނެއް ދީފިއްޔާ އެލޯނާއި ބެހޭ އެއްބަސްވުން ދަނީ އެމްއެމްއޭއަށް، ދެން އެންމެ އިންސްޓޯމަންޓެއް ނުދެއްކުނަސް ކަޅު ލިސްޓަށް ލައި ހުރިހައި ބެންކެއްގެ ފަލަ ސުރުހީއަށް އެމީހަކު އަރުވާލާ، ލޯނު އެގްރީމެންޓެއްގައި ސޮއިކުރުމަކީ މިހާރު ޕޮލިސް ރިކޯޑް ނުސާފްވުން ކަހަލަ ކަމެއް، އެހެންކަމުން އިބޫގެ ސަރުކާރުން ލޯނުދިނުުގެ ވައްޓަފާޅި، އެމްއެމްއޭގައި، އޭގެ އިތުރުން ބެންކުތަކުގައި ހެދިފައިވާ ހުރިހައި ގަވައިދެއް އެބަޖެހޭ ރިފޯމްކުރަން، އެނޫނީ ތިޔަކުދިން ލޯނު ނަގައިގެން ނުވިސްނޭނެ އޭގެހުރި ގެއްލުމާއި ނަން ހަލާކުވުމުގެ ދަންތުރަތަށް، ދެން ކިޔަވއިގެން އައިސް އޮންނާނީ ބެންކުތަކުގައި ބުލެކްލިސްޓުވެފައި، އެހެންކަމުން ސަރުކާރުން ލޯނު ގެރެންޓީދީ، ކުއްޖާއަށް ނުދެއްކޭ ހާލުގައި ސަރުކާރުން ދައްކާ އުސޫލު އޮވެފައި ލޯނުދޭ އަދި ހިލޭ ކިޔައިދޭ ކުދިން ސަރުކާރަށް ނުވަތަ ގައުމަށް މަދުވެގެން 2 އަހަރު ހިދުމަތްކުރާގޮތަށް އޮތުން މުހިންމު، އެއިރުން ޒިންމާދާރުވާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454