ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިބޫ ހއ. ހުރިހާ ރަށަކަށް: "އުންމީދު އާވެއްޖެ"

07 ސެޕްޓެމްބަރ 2018 - 20:27

13 comments

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތިން ދުވަސް ތެރޭގައި ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފި އެވެ. އަދި މި އަތޮޅުން ކިޔާފައިވާ މަރުހަބާއިން އިންތިހާބާ ދޭތެރޭ ވަރަށް އުންމީދު އާވެއްޖެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ހއ. މޮޅަދޫން އިބޫ ފެއްޓެވި ދަތުރުގައި މި އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ މިއަދު ހަވީރު މުރައިދޫއަށެވެ. މި ދަތުރުގައި ރޭގަނޑު މަޑުކުރެއްވި ދެ ރަށް ކަމުގައިވާ ހޯރަފުއްޓާއި ދިއްދޫގައި ވަނީ ކޯލިޝަންގެ ބޮޑު ޖަލްސާއެއް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ބާއްވައިފަ އެވެ. އަދި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަ އެވެ. ގިނަ ރަށްރަށުގައި ބައްދަލުވުންތައް ބޭއްވީ ހިތްފަސޭހަ މައިދާންތަކުގަ އެވެ.

ހުރިހާ ރަށަކުން ވެސް އިބޫ އަށް ހޫނު މަރުހަބާއެއް ކިޔާފައިިވާއިރު އޭގެ ތެރެއިން ވެސް އެންމެ ފޯރިގަދަކޮށް މަރުހަބާ ކިޔާފައި ވަނީ އިހަވަންދު އާއި ހޯރަފުށީގެ އިތުރުން ކެލަ އާއި ދިއްދޫ އަދި ބާރަށުންނެވެ.

އިބޫ ގެލަޔަށް ވަޑައިގަތުމުން އެރަށު އަންހެނުން ދަނޑިޖަހައި މަރުހަބާ ދައްނަވަނީ-- ފޮޓޯ: އެމްޑީޕީ

ހުރިހާ ރަށަކަށް ވެސް ވަޑައިގެން އިބޫ ވަނީ ކޯލިޝަންގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވައިފަ އެވެ. މައިގަނޑު ގޮތެއްގައި ވައުދުވެ ވަޑައިގަތީ އަސާސީ ހިދުމަތްތަކަށެވެ. އެގޮތުން ހުރިހާ ރަށެއްގައި ވެސް ފެނާއި ނަރުދަމާ ގާއިމްކޮށް ތައުލީމީ ހާލަތު ރަނގަޅުކޮށްދީ ސިއްހީ ރަނގަޅު ނިޒާމެއް ގާއިމްކޮށްދޭނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ. އަދި ޓޫރިޒަމް ފުޅާކުރައްވައި ވަޒީފާތައް އިތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ފަހު ރަށެއްގެ ގޮތުގައި، މުރައިދޫގައި ހުންނަވައި އިބޫ ވިދާޅުވީ މި އަތޮޅުން ކޯލިޝަނަށް ބޮޑު ތާއީދެއް ލިބިގެންދާނެކަން މި ދަތުރުން ޔަގީން ވެފައިވާ ކަމަށެވެ.

މިއަތޮޅުގެ ރަށްތަކަށް ޖުމުލަކޮށް ބަލާއިރު 85 ޕަސެންޓަށް އަސާސީ ހިދުމަތް ނުލިބޭ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމެއްގައި އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ފަސް އަހަރުގެ ތެރޭ މިއަދުގެ ސަރުކާރަށް އެކަންކަން ވަނީ ނުކޮށްދެވި ކަމަށް ވިދާޅުވެ އިބޫ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

Ihavandhoo varah thafaathu, Ibu vidhaalhuvee mikanvejje kamah

Ihavandhoo varah thafaathu, Ibu vidhaalhuvee mikanvejje kamah

The most trusted news source in the Maldives

Mihaaru

އިހަވަންދޫން އިބޫއަށް ހޫނު މަރުހަބާއެއް ދެއްނެވުން---

މުރައިދޫ އަށް ވަޑައިގަތުމުގެ ކުރިން މިއަދު ހަވީރު ފިއްލަދޫ އަށް ވަޑައިގެން އިބޫ ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ކައުންސިލްތައް ބާރުވެރި ކުރުވަން ޖެހޭ ކަމަށާއި އެކަން ކޯލިޝަންގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް އަނބުރާ އެ ކައުންސިލްތަކަށް ދީ ފައިސާ ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖެ ތަރައްގީ ކުރާނީ މީހުން ތޮއްޖެއްސުމުގެ ބަދަލުގައި ރަށްރަށުގައި ތިބެގެން އަސާސީ ހިދުމަތް ލިބޭގޮތަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން މޮޓޯ ކަމުގައިވާ ޖަޒީރާ ރާއްޖޭގެ ސިޔާސަތެވެ.

"ބޭނުންވަނީ ރަށްރަށް ތަރައްގީ ކޮށްގެން ޖަޒީރާ ގޮތަކަށް ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ވެގެންދާއިރު އެކަންކަން ހަމަޖެހިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ބާރަށަށް ވަޑައިގަތުމުން ޕެރޭޑެއް ޖަހައި ހޫނު މަރުހަބާއެއް ދެއްނެވުން-- ފޮޓޯ: އެމްޑީޕީ

ޓޫރިޒަމަށް ތަރައްގީ ކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރި ފިއްލަދޫއާ ގުޅިފައިވާ ދައްޕަރުގެ މަސައްކަތް ނުފެށި އޮތް އިރު ކޯލިޝަންގެ ވެރިކަމެއްގައި ތަރައްގީ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަން ކުރުމަށް ކައުންސިލްތަކަށް ބާރުތައް ދީ ސަރުކާރުން އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ހއ. އަތޮޅަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް އިބޫ މިރޭ ވަނީ މާލެވަޑައިގެންފަ އެވެ. މި ދަތުރާ އެކު އިބޫ ވަނީ މި ކެމްޕޭނުގައި ރާއްޖޭގެ 102 ރަށަށް ވަޑައިގެންފަ އެވެ.

13 ކޮމެންޓް, 259 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮސް

08 September 2018

ޢިންތިހާބުން ބަލިވާނެކަމުގެ އުއްމީދު ދޯ އާވީ....

The name is already taken The name is available. Register?

ރަދީފް ފްރެންޑް

08 September 2018

ވަށަފަރުން އިބޫ އާ ބައްދަލުކުރީ 2008 ނޮވެމްބަރ 11 އިން 2012 ފެބުރުއަރީ 7 އާ ހަމައަށް އެމް.ޑީ.ޕީ ވެރިކަން ކުރި އިރު ދައުލަތުގެ ބަޖެޓުން ސިޓީ އުރާގައި ކޮންމެ މަހަކު ގަނޑުކޮށް ލާރި ލިބުނު 5ވަރަކަށް މީހުންނާ އެމީހުންގެ އަނބިދަރިންނާ އެމީހުންގެ މުސްކުޅި މައިންބަފައިންނާއެކު ޖުމްލަ 30ހަކަށް މީހުން އެކަނި. މިހާރު މިބުނާ މީހުން އޭރު ކުރި ހުރިހާ ވިޔަފާރިއެއް ވަނީ ބަނގުރޫޓުވެފަ. ވައްކަމޭ، ދައުލަތުގެ ބަޖެޓޭ، ކަރަޕްޝަނޭ ކިޔަން މިމީހުން ލަދެއްނުގަނޭ ބާއޭ މަހިތައްއަރާ. މިކިޔަނީ 900 އަށްވުރެ ގިނަމީހުންގެ އާބާދީއެއް އޮންނަ ވަށަފަރުން ލިބުނު ތަރުހީބުގެވާހަކަ.

The name is already taken The name is available. Register?

ވިޔަފާރި

08 September 2018

ތީ ކޮންކަހަލަ ވިޔަފާރިއެއް އަނެއްކާ؟ ވަކި ވެރިޔަކު ހުރެގެން ކުރެވޭ ވިޔަފާރިވެސަ ހުރޭތަ؟

The name is already taken The name is available. Register?

ނާއިލާ

08 September 2018

ޙުރިހާ ކަމެއްގެ ވެސް ބާރުތައް ކައުސިލް ތަކައް ދީފަ އިބޫ އަރާމު ކުރަނިދޮ މަށަށް ވަރިހަމަ އެބުނެފަ .އިބޫގެ ކޮންމެ ވާހައަކުން ވެސް މަށަށް މާނަ ކުރެވެނީ އިބޫތީ ފަރުވާކުޑަ ކަންފަސީހަ ޒިންމާދާރުކަމެއް ނެތް މީހެއްގެ ގޮތުގަ

The name is already taken The name is available. Register?

ހުސެންހ

08 September 2018

ދެނެއް އިތުރައް ވައްކަންކުރާކައް މޑޕ އަކައް ވެރިކަމަކައް އަޔަނުދޭނަން.

The name is already taken The name is available. Register?

ނުކިޔަވާ

08 September 2018

ކޮން ކަހަލަ އީކުއޭޝަން އެއް ހަދާލީ ތި. ހަހަހަ

The name is already taken The name is available. Register?

އަހަންމާ

08 September 2018

ހާދަސަޕޯޓެކޭތިޔައޮތީ ލަދުން ބޯހަލާކު

The name is already taken The name is available. Register?

ކާނަލް

08 September 2018

ބާރަށުން އިބޫ ބަލިކުރާނަން ބޮޑުތަނުން....

The name is already taken The name is available. Register?

ސައިނީ

08 September 2018

150މީހުން ހަމަނުވާ ރައްރަށައް ގޮސް ކޮންމޮޅުވާހަކައެއް ދައްކާކައް

The name is already taken The name is available. Register?

ނައީމައްތަ

08 September 2018

މިއަދު އިބޫ ދައްކަމުންގެންދަވަނީ އަޅުގަނޑުމެން ބޭނުންވާހަކައެއްނޫން، އުއްމީދު ކުރި ވާހަކައެއްވެސް ނޫން، އެއަވުރެން އޮއްޓަރު ހުރި ވާހަކަތަކެއް އަޅުގަނޑުމެންގެ ކެނޑިޑޭޓް އެބަޖެހޭ ވިދާޅުވެ ދެއްވަން. އުންމީދު ކުޑަވެއްޖެ، ވަރަށް ޖެނެރަލް ވާހަކަފުޅަކަށްވުރެ ތަންކޮޅެއް ޓާރގެޓް ވާހަކަކޮޅަކަށް އުންމީދު ކުރަން. ނޫން ނަމަ ވިސްނުން ގިނަބައެއްގެ ބަދަލުވާނެ.

The name is already taken The name is available. Register?

ބުގަބޫ

07 September 2018

ކައުންސިލް ތަކުން ފައިސާތައް ކަޓުވާލީ އެންޑީޕީ ސަރުކާރުން. މިހާރު ކޮންމެހެން އަނެއްކާ އިތުރު ދޮގު ވައުދުތައް ވާނެ ކަމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454