ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ނަޝީދާއި ގާސިމް، ވާދަ ކުރެއްވުމުގެ ފުރުސަތު ނުދިނީ އަޅުގަނޑު: ރައީސް ޔާމީން

ޖޭޕީގެ ލީޑަރު ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު--

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމަށް ނުދެއްވީ އެމަނިކުފާނު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ގެނެސްދިން ތަރައްގީގެ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަކުރަން އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ފައިސަލް ނަސީމަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ، ނަޝީދާއި ގާސިމަށް އިންތިޚާބުން ޖާގަ ނުދެއްވުމުން ކަމަށެވެ. އެކަން، ރައީސް ޔާމީން ސިފަކުރެއްވީ، އިބޫ އާއި ފައިސަލް އަށް އެމަނިކުފާނު ކޮށްދެއްވި "ވަރަށް ބޮޑު ހެޔޮކަމެއް"ގެ ގޮތުގަ އެވެ.

ނަޝީދާއި ގާސިމަށް އިންތިޚާބުގައި ވާދަ ނުކުރެއްވުނީ މި ސަރުކާރުގައި އެ ދެ ބޭފުޅުންނަށް އިއްވާފައިވާ ހުކުމްތަކާ ހެދި އެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި، 13 އަހަރުގެ ޖަލު ހުކުމެއް ނަޝީދަށް އިއްވިއިރު، ގާސިމަށް ތިން އަހަރުގެ ހުކުމެއް އިއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވި ކަމަށް އުފުލި ދައުވާގަ އެވެ. ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެ އިން ބޭރުގައި މިހާރު ދިރިއުޅުއްވާ ދެ ބޭފުޅުންނަށް ވެސް އިންތިޚާބުން ފުރުސަތު ގެއްލުވާލީ ކަމަށް އެއްބަސްވެވަޑައިގަތްއިރު، ނަޝީދާއި ގާސިމް ތަކުރާރުކޮށް ވަނީ ރައީސް ޔާމީނަށް އެ ތުހުމަތު ކުރައްވައިފަ އެވެ.

ނަޝީދާއި ގާސިމް ވެސް ވިދާޅުވަމުން ގެންދަވަނީ، ނުހައްގުން ދައުވާ އުފުލައި، ހުކުމް އިއްވާފައި ވަނީ ވެސް ބޭއިންސާފުން ކަމަށެވެ.

ރައީސް ނަޝީދަށް ޖާގަ ނުދިނީ އަޅުގަނޑު. ގާސިމް އިބްރާހީމަށް ޖާގަ ނުދިނީ އަޅުގަނޑު. އެ ދެ ބޭފުޅުން [އިބޫ އާއި ފައިސަލް އަށް] ޓިކެޓް ލިބިގެން އުޅެނީ އެހެންވެގެން. --ރައީސް ޔާމީން

ސެޕްޓެމްބަރު 7، 2018- ރައީސް ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަކުރަން، "ބްރިޖު ސަޅި" ނަމުގައި އަލިމަސްކާނިވަލުގައި ކުރިއަށްދިޔަ ޖަލްސާގެ ތެރެއިން---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޓިކެޓު ލިބިވަޑައިގަތް ގޮތުގެ ވާހަކަ އިބޫ އާއި ފައިސަލް ނުދައްކަވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވަ އެވެ.

"އިބޫ ކީއްވެގެންތޯ އަޅުގަނޑަށް ޝުކުރު އަދާކުރަނީ. އެއީ، ރައީސް ނަޝީދަށް ޖާގަ ނުދިނީ އަޅުގަނޑު. ގާސިމް އިބްރާހީމަށް ޖާގަ ނުދިނީ އަޅުގަނޑު. އެ ދެ ބޭފުޅުން [އިބޫ އާއި ފައިސަލް އަށް] ޓިކެޓް ލިބިގެން އުޅެނީ އެހެންވެގެން. އެހެންވެގެން އެ ބޭފުޅުން އަޅުގަނޑަށް ޝުކުރިއްޔާއޭ ވިދާޅުވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫގެ ނަން އައީ، ބާލިދީ އާއި އުވަގަށާ މެޝިނުގައި ވޯޓު ކަރުދާސް ގުނުމަށް ފަހު އެވެ. ފައިސަލް ރަނިން މޭޓަކަށް ހަމަޖެއްސީ، ގާސިމްގެ ނުރުހުމުގައި ކަމަށް ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލް އެކުގައި: --ފޮޓޯ/މިހާރު

ފައިސަލް އަށް ތާއީދު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި ކަމަށާއި ފުރުސަތު ލިބިވަޑައިގަތް ނަމަ ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވަން ވެސް ގާސިމް ބޭނުންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއީ، ހަގީގަތް ދެއްތޯ؟ އަޅުގަނޑު ވެސް ދެފައި ތުރުތުރު އަޅާފައި އެ ކުށްވެރިން ދޫކޮށްލި ނަމަ މިއިން މީހަކަށް ދޮންކަޅު ވެސް ނުފެންނާނެ. ޓިކެޓު ކީއްކުރަންތޯ ކަރުދާސްކޮޅެއް ވެސް ނުފެންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިވަގުތަކީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އިބޫ އާއި ފައިސަލްގެ ލޯބި އެމަނިކުފާނަށް އިންތިހާއަށް ބޮޑުވެފައި އޮތް ވަގުތެކެވެ. އެހެންވިޔަސް "ދޭއް އަންނާނީ އެކަކަށް ފަހު" ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކެންޑިޑޭޓު ނަމްބަރު އެކެއް ލިބިވަޑައިގަތްއިރު، ކެންޑިޑޭޓު ނަމްބަރު ދޭއް ލިބިވަޑައިގަތީ އިބޫ އާއި ފައިސަލް އަށެވެ.

ރައީސް ޔާމީން، މިރޭގެ ޖަލްސާގައި ގާތްގަނޑަކަށް 45 މިނެޓް ވާހަކަ ދެއްކެވިއިރު، މުޅިން ވެސް ފާޑުވިދާޅުވީ ނަޝީދަށެވެ. މި ވެރިކަމުގެ ފަސް އަހަރާއި ނަޝީދުގެ ތިން އަހަރުގެ ވެރިކަން އަޅާކިޔުއްވަމުން ވިދާޅުވީ "ކޮންކްރީޓް ތަރައްގީ މާ ސަޅި" ކަމަށެވެ. އެ ތަރައްގީ ރައްޔިތުން ބަލައިގަނެފައިވާ ކަމަށް ވެސް ވިދާޅުވަމުން ވިދާޅުވީ "ސަޅި ނޫނީ، ނަޝީދުގެ ވިސްނުންފުޅު" ކަމަށެވެ.

ރައްޔިތު މީހާ އަށް ފައިދާއެއް ނުލިބި، ރައީސް ޔާމީން ގެނެސްދެއްވަނީ ކޮންކްރީޓް ތަރައްގީ ކަމަށް ވިދާޅުވެ އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ނަޝީދެވެ.

97 ކޮމެންޓް, 686 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 1%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙުމަދު

24 September 2018

ޤާސިމާ ނަޝިދަށް ކުރިމަތިނުލެވޭގޮތް ހެދީ ތިމަންނަ ކަމަށް ވިދާލުވުމަކީ އުފަލެއްކަމަށް ދެކިގެން މޮޅު ވާހަކައެއް ކަމަށްދެކިގެން އެހެންވިދާލު ވުމުން މިތާންގަ އަދުލުވެރިކަން އޮތް މިންވަރު ހާމަވެ ތިޔަ ފަޞިހަތްވީ ހަމަ މަނިކުފާނު.

The name is already taken The name is available. Register?

Citizens

09 September 2018

ޔާމީނަށް ވޯޓް ދޭނެ ކޮންމެ މީހަކު ބުނާކަހަލަ، ގައުމު ތަރައްގި ކޮށްދޭށޭ، އާއިލާ އެއް ކޮއްކޮ އެއް ބޭބެ އެއް މުހިއްމެއް ނޫނޭ، ހަމަޔާ އިންސާފް މުހިއްމެއްް ނޫނޭ، ވައްކަމާ ޖަރީމާ އޯކޭއޭ، ރިޝްވަތާ ފަސާދަ އޯކޭއޭ.

The name is already taken The name is available. Register?

ފިރުޓޭ

09 September 2018

އެހެންވީމަ ކޯޓެއް ނޫންތާ! މި އޮތީ ގުއި ކޯޓެއް އެޅިފަ އެބޭޅާ އަށް! އަމިއްލަ އިޢުތިރާފުން!

The name is already taken The name is available. Register?

ނަން ނެތް

09 September 2018

ބުޅާ ގޯނިން ބޭރު ވެއްޖެ

The name is already taken The name is available. Register?

އެމްސް

09 September 2018

ތަރައްގީ އަންނަންވީ އިންސާނާއަށް، ސަލާން ޖަހައިގެން ދެކޮޅުޖެއްސޭ ތަރައްޤީ އެއް އެކަކުވެސް ބޭނުމެއް ނުވާނެ!

The name is already taken The name is available. Register?

ކަބަޑޭ

09 September 2018

ހޫނ....ވ.ރަނގަޅު! ތިޔަގޮތަށް ފަހަރަކު ކަމަކަށް އެއްބަސްވަމުންދޭ. އޭރުން ތަހުގީގެއް ކުރަންޖެހުނަސް ވަރަށް ފަސޭހަވާނެ.

The name is already taken The name is available. Register?

ނާތެދެއް

09 September 2018

މިވީ ކިހިނެއް. އަޅުގަނޑު ހީކުރީ އެ ދެބޭފުޅުން ޤާނޫނީ ބޮޑެތި ކުށްތައްކޮށް ސާބިތުވެ އަދި ޙުކުން ތަންފީޒުކުރާތީކަމަށް. ޤާނޫނީގޮތުން އެ ފުރުޞަތު ގެއްލުނީ ކަމަށް އަދި މި އެނގުނީ ހަމަ ގަސްދުގަ ކަޓުވާލީކަން

The name is already taken The name is available. Register?

ކަޓުވާ

09 September 2018

އަޖައިބު ހީވޭ!!!! ގަސްގު ގައޭ ދޯ އެ ބުނީ...ސާބަސް!! ރަގަޅަށް ކިޔާ އަލުން

The name is already taken The name is available. Register?

ޙަފްޞާ / މާލެ

08 September 2018

ރަގަޅުވާހަކޭ އެ ވިދާޅުވީ! ރައީސް ޔާމީން މަޢާފްނުދެއްވިވަހަކަ އެ ވިދާޅުވީ!

The name is already taken The name is available. Register?

ހަސަންއަލީ

08 September 2018

ޔާމީނަކަށް ވޯޓެއް ނުދޭނަން .. ނިންމާފިން .

The name is already taken The name is available. Register?

ާހަހަހ

08 September 2018

އޯކޭވާނެ. ތިމާގެ ފެންވަރުގެ މީހުނަށް ވޯޓުލާ. އަންނި ކަހަލަ މީހުން ތިބީ. ޙެވިދިއްލިފަ އައިސް ލޫޓުވާފަ ދާން.

The name is already taken The name is available. Register?

ހުުުހުހޫ

09 September 2018

ދެން ކަލޭ ނުދެންޏާ ހުންނަށް ވީ

The name is already taken The name is available. Register?

ސީނު

08 September 2018

މަތިން ޖަވާހިރު ފައިބަފައިބާ ހުންނަގޮތް ހެދިޔަސް، ދައުލަތެއްގެ ގޮތުގަ ތިބި މީހުންގެ މެދުގަ ތަފާތުކުރުން އުފެދޭގޮތަށް އިންސާނީ ކަރާމާތް ނަގާލާ، ހުރިހާ ގަވާއިދުތަކާއި އުސޫލުތައް މުގުރާލާމީހަކީ، މިޒަމާނުގަ ވެރިޔަކަށް ކުފޫހަމަވާނެ މީހެއްނޫން.

The name is already taken The name is available. Register?

މަސްކޮއެ

08 September 2018

ތިދެންނެވީ އަންނިގެ ވާހަކަ ދެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454