ކުޑަ ބަނޑޮހުގެ ޑައިވިން ސްކޫލްގައި ރޯވެ މީހަކު ފިހިއްޖެ

މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގެ ޑައިވިން ސްކޫލްގައި ރޯވެ އެކަކު ފިހިއްޖެ އެވެ.


އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ފަހު އެކެއް ޖަހާކަން ހާއިރު ޑައިވިން ސްކޫލްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ބައިގަޑި އިރެއްހާއިރު ފަހުން ކަމަށެވެ. ރިސޯޓްގެ ޑައިވިން ސްކޫލުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ ރިސޯޓުގެ ފަޔާ ސްކޮޑުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި މުވައްޒަފަކު ފިހުނު ކަމަށް ވިޔަސް، އެމްއެންޑީއެފުން ބުނީ މާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

އެމީހާ އަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

އަލިފާނު ހާދިސާގެ ސަބަބުން ޑައިވިން ސްކޫލުގެ ބައެއް އެއްޗެހި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.