ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ އެކު، އިބޫގެ ގިނަ ވައުދުތަކެއް

މިރޭގެ ޖަލްސާގައި ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިން މޭޓް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުމުގެ ވައުދުގެ އިތުރުން، އެހެން ގިނަ ވައުދުތަކެއް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވެވަޑައިގެންފި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި، އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތަކުގެ ތެރޭގައި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަކާއި އެމީހުންނަށް ލިބޭ އުޖޫރަ އާއި އިނާޔަތްތައް ތަފާތު ކުރުމެއް ނެތި ދިނުން ހިމެނޭ ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުމަށް، އިބޫ ވައުދުވެވަޑައިގެންނެވި އިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރުގެ ކުރީކޮޅު ވަނީ އެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ. ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން ތިބޭއިރު، އެކި ގިންތިތަކަށް ބޮޑުކުރީ އެކި ވަރަށެވެ. މުވައްޒަފުންގެ މުސާރަ 700ރ. އިން ފެށިގެން 1،500ރ.އާ ދެމެދަށް ވަނީ ބޮޑުކޮށްފަ އެވެ. އެކަމަކު، އިބޫގެ މިރޭގެ ވާހަކައިގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ އަދަދެއް ވިދާޅެއް ނުވެ އެވެ.

މިރޭގެ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުސާރަ ބޮޑު ކުރުމުގެ ކުރިން، ސިވިލް ސާވަންޓުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުޖެހެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެ އަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށް އެކަންޏެވެ.

އިދިކޮޅު ވެރިކަމެއްގައި ގެންގުޅުއްވާނެ ބައެއް ސިޔާސަތުތައް ހާމަ ކުރައްވައި، ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަ ޖަލްސާގައި އިބޫ ވިދާޅުވީ، އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ ސިވިލް ސާވިސް އާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ބިރު ދައްކައި ނުހަދާނެ ކަމަށެވެ. އަދި ވަޒީފާގެ މާހައުލުން ލިބޭ ރައްކާތެރިކަން މުވައްޒަފުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ކުރިން، އެތައް ސަތޭކަ މީހުންނަށް އިޝާރާތް ކުރައްވައި، އިބޫ ވިދާޅުވީ މިރޭގެ ޖަލްސާ އަށް މަޖުބޫރުން ގޮސް ތިބި ބައެއް ނެތް ކަމަށެވެ. އިބޫ އެގޮތަށް ވިދާޅުވީ، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަލްސާތަކަށް، ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުކޮށްގެން ހާޒިރު ކުރަމުންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން، ސަރުކާރަށް ފާޑު ކިއަމުންދާތީ އެކަމަށެވެ.

އިބޫ ވެވަޑައިގެންނެވި ވައުދުތަކުގެ ޚުލާސާއެއް:

- ތިމާވެށި ހިމާޔަތް ކުރާނީ ފުރިހަމަ ގާނޫނީ ބާރާއި ތަސައްވުރުގެ ތެރެއިން.

- ޓޫރިޒަމް ދާއިރާގެ ވަޒީފާތައް އިތުރަށް ހުޅުވާލާނަން.

- ހަލުވިކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް އަލުން ގާއިމު ކުރެވޭނެ.

- އަމާޒަކީ އެކި ކަންކޮޅުތަކުގައި ސިއްހީ ނިޒާމު ފުޅާ ކުރާނަން.

- ހުރިހާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ވަށާޖެހޭ ތައުލީމެއް ލިބޭނެ.

- ފަށާ ތައުލީމުން ފެށިގެން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ތައުލީމް ހާސިލް ކުރެވޭނެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ ވިދާޅުވި ގޮތުގައި، ޒުވާނުން އެދެނީ، ގައުމީ ސިޔާސަތުތައް ކަނޑައަޅާއިރު، އެމީހުންގެ އަޑު އަހާނެ ސަރުކާރެކެވެ. އިދިކޮޅު ސަރުކާރަކީ ޒުވާން ފިކުރު ނެރޭ، ވިޔަފާރީގެ ވިސްނުންތަކަށް އޮތް ހުރަހަކަށް ވުމުގެ ބަދަލުގައި އެ ފިކުރު ތަރައްގީކޮށް އެހީތެރިވެދޭނެ ސަރުކާރެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ޒުވާނުންނަކީ ހަމައެކަނި ފުޓްސަލް ކުޅޭ ބައެއް ކަމުގައި ދައްކުވައި، ރަށްތަކުގައި އުޅޭ މީހުންނަށް ހައްގުވަނީ ހަމައެކަނި ބަށި ކޯޓަކާއި ފުޓްސަލް ދަނޑެއް ކަމަށް ދައްކުވައި ނުދެއްވާނެ ކަމަށެވެ. އަދި ޒުވާނުން ބޭނުންވަނީ އެކިއެކި ވަސީލަތްތައް ގާއިމު ކުރަން ކަމަށާއި ބަދަލު ގެންނާނެ ބަޔަކީ ޒުވާނުން ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކުގެ އަސްލަކަށް ވެފައި އޮތީ ބޯހިޔާވަހިކަން ނުލިބުން ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް، އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.

އިބޫ ވެވަޑައިގެންނެވި ވައުދުތަކުގެ ޚުލާސާއެއް:

- އިޖުތިމާއީ ގުޅުން ރަނގަޅުކޮށް، އަމާން މާހައުލެއް ގާއިމުކޮށްދޭނަން.

- ބައެއް މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ ތަހުގީގުތައް ފަށާނަން.

- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި ބަޖެޓުގެ ދަތިކަމެއް ނޯންނާނެ.

- ރާއްޖޭގައި ހެދިފައި ހުރި ގާނޫނު ތަންފީޒު ކުރާނަން.

- ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރިހަމަ އަޅާލުން ލިބޭނެ.

އިދިކޮޅު ވެރިކަމެއްގައި މާލެ އަށް އާބާދީ ތޮއްޖެއްސުމުގެ ބަދަލުގައި އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީކޮށް، މާލެ އަށް ލުޔެއް ހޯދައި ދިނުން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މާލެ އަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ބަދަލުވެގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ވެރިކަމެއްގައި ފުލުހުންނާއި ސިފައިންނަށް ޣައިރު ގާނޫނީ އަމުރުތަކެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި ފުލުހުންނާއި ސިފައިންނަކީ ތަމްރީނާއި ވަސީލަތް ލިބިފައިވާ ޕްރޮފެޝަން އަދި ގާނޫނުއަސާސީ އާއި ޑިމޮކްރަޓިކް އުސޫލުތައް ނަގަހައްޓާނެ ބަޔަކަށް ވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ސަލާމަތީ ހިދުމަތްތަކުގައި ތިބޭ މީހުން ވަކި މީހެއްގެ މުށު ތެރޭގައި ތިބުމަށް ޝަރުތު ކުރުމެއް ނެތި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށް ދޭނަން،"' އިބޫ ވިދާޅުވި އެވެ.

131 ކޮމެންޓް, 300 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 1%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުކި

09 September 2018

ކޮންމެވެސް ބޭފުޅަކު ވިދާޅުވި އިދިކޮޅުން ވާ ވައުދުތަކުގަ އެއްވެސް ސްޓްރެޓެޖިކް ޑައިރެކްޝަނެއް ނެތޭ. ތިޔަ ހުލާސާތައް ކިޔާލީމަ އެއީ ތެދެއްކަން ޔަގީން ވެއްޖެ. މުސާރަ ބޮޑުކޮށްދޭނަމޭ ވިދާޅުވިޔަސް ބޮޑުކޮށް ދެއްވާނީ ކިހާ ވަރަކަށް ކަމާއި ކިހާ މުއްދަތެއްގެ ތެރޭގައިކަން ވެސް ވިދާޅުވާނަމަ އަޅުގަނޑުމެންނަށް ގަބޫލު ކުރަން ފަސޭހަވާނެ.

The name is already taken The name is available. Register?

ހުސައިން

09 September 2018

ސިވިލް ސާރވިސްގެ މުސާރަ ބޮޑުކުރެވޭނީ 3 މަސްދުވަހަށް . އޭގެ ފަހުން ގައުމުގައި ފައިސާއެއް ނުހުންނާނެ. އެމްޑީޕީގެ ވެރިކަމަކީ ޕާޓީގެ ބޮޑުންނަށް ދައުލަތުގެ މާލިއްޔާ ބަހާލާ އެއްޗަކަށްވެފައި ދަވްލަތް މުއްސަދިކޮށް ތަރައްގީކޮށްގެން ފައިސާ ހޯދާކަށްވެސް ނޭގޭނެ 21ވަނަ ގަރުނުގެ ނުކިޔަވާ އެކްޓިވިސްޓުންގެ ވެރިކަމެއް. 2 އަހަރުފަހުން އިސްތިއުފާދީފަ ދެން ފައިބާނެ.

The name is already taken The name is available. Register?

ނާރު

09 September 2018

ހެހެހެ.ބަލަ އެމްޑީޕީ ސަރުކާރުންނޭ ސިވިލްސަރވިސް ގެ މުސާރަ ކުޑަކުރީ!

The name is already taken The name is available. Register?

ފަޤީރުކަލޯ!

09 September 2018

ސިވިލްސާރވިސްގެ މުސާރަ ބޮޑު ކުރާނަން! ބޮޑު ކޮށްފަ 1 މަސްތެރޭގައި ބައެއް އުނިކޮށްލާނަން! ތަޖުރިބާ އެބަހުއްޓޭ، ކީކޭތަ ހީވަނީ!

The name is already taken The name is available. Register?

ޒަކީ

09 September 2018

އެއްވެސް އާވާހަކައެއްނެތެއްނު، ފުރަތަމަޑިގުރީ ހިލޭކުރުންފިޔަވާ. ހޮވިެއްޖެއްޔާުމު ވަރަށް ފަސޭހަވާނެ ތިކަހަލ ވަށާނުޖެހޭ ވައުދު ކުރީމަ. އޮޢްޓަރެއްނެއްވައުދު ތަކެއް. އައްޖަހާނެ މިއުޅެނީ މިސަރުކާރު ހިންގާކަންތައްތަަށް ކަމުނުގޮސްގެންނުންވިއްޔާ، ވެރިކަންނުލިބިގެން ގަނޑަތެޅޭތާ 7 އަހަރު ވަނީ،

The name is already taken The name is available. Register?

ހިތްދަތިދިވެހިރައްޔިތުން

09 September 2018

ޝުކްރިއްޔާ 4 ލީޑަރުން މިހާރު މި އޮތީ އިތުރުގަޑިއާވއެއްޗެތި ކަނޑާފަ ކާދުއަގު މަތކޮށް އޮބާ ބާއްވަ އޮބި އަޅާފަ މިއަށް ކިޔާނީ ވިގަނިއެރުން ﷲގެ އިރާދަފުޅާ މިންވަރުފުޅުން މިއަނިޔާވެރިކަން ނިމިމަށް އެދި އެތައް ބަޔަކު އަނިޔާ ލިބެމުންދާ ޢާއިލާތައްވެސް ރޮއިރޮއި މިހުރިހާ ކަމަކާއި އެކު ވިގަނި ފޭބުމަށްއެދި ރޮމުން ދުޢާކުރުން ގިނަވެއްޖެ ވަﷲ އައުލަމް

The name is already taken The name is available. Register?

ރަންނަމާރިި

09 September 2018

ސިވިލް ސާރވިސްގެ އެޑްމިން ދާއިރާގެ މީހުން މުސާރަ ބޮޑުކުރާ ވާހަކަ ދައްކާއިރު ތިދާއިރާގަ މަސައްކަތް ކުރާމީހުން މަސައްކަތުގައި ހޭދަކުރަނީ ކިހާ ވަގުތެއްތޯ އަދި އަމިއްލަ ކަންކަމުގަ ބޭރުގަ ނުވަތަ ކޮފީތަކާ ސައި ގަޑީގަ އޮފީހުން ބޭރުގަ ހޭދަވަނީ ކިހާވަގުތެއްތޯ އަމިއްލަ އަށް ވިސްނާލުން ރަނގަޅު، ސިވިލް ސާވިސް މުވައްޒަފުން ޚިދުމަތްދޭ ތަންތަނުން ރައްޔިތުންނަށް ޚިދުމަތް ދެނީ ކިތައް ގަޑިއިރުތޯ އަމިއްލަ އަށް ވިސްނާލުން ރަނގަޅު. 8 ޖަހާއިރު ހުޅުވަންޖެހޭ އޮފީހުން ޚިދުމަތް ލިބެން ފަށަނީ 8:30 އާ 9:00 އާ ދެމެދު، 12 ޖަހާއިރު ލިމިޓް ކޮށްގެން ދޫކުރާ ކިއު ނަމްބަރު ދޫކުރުން ހުއްޓާލާނެ، 2ނުޖަހަނީސް އޮފީސް ނިންމާފަ ގެޔަށް ދާނެ. މުއާމަލާތްކުރުން އެހާ ރޫޑްވާނެ. ޓްރާންސްޕޯޓް އޮތޯރިޓީ އާއި އައިޑީކާޑް ޔުނިޓުގަ މަސައްކަތް ހިނގާ ގޮތައް އެކަނި ބަލާލިޔަސް މިބުނި ބަހުގެ ތެދުކަން ހާމަވާނެ. ޓީޗަރުންނާ ސިވިލް ސާރވިސްގެ އެހެން ދާއިރާތަކުގެ މީހުން ކުރާވަރާ ގާތަށްވެސް އެޑްމިނިސްޓްރޭޓިވް މީހުން މަސައްކަތެއް ނުކުރޭ.

The name is already taken The name is available. Register?

ސިވިލް ސަރވަންޓް

09 September 2018

އައިޑީ ކާޑު ޔުނިޓާ، ޓްރާންސް ޕޯޓް އޮތޯރިޓީގެ ވަރަށް މަދު މުވައްޒަފުންނާ އަދި ވަރަށް މަދު މީހަކު އޮފީސްގަޑީގައި ސައިބޯން ދިޔަސް، ސިވިލް ސާވިސްގެ 24،516 މުވައްޒަފުންގެ ހުރިހާ އެންމެންގެ ބޮލުގައި ތިޔަ ދެރަ އިލްޒާމް ނޭޅުއްވުން ވަރަށް އަދަބު އިޙުތިރާމާއެކު ދަންނަވަން! އެހެން ނޫނަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އެހާގިނަ މީހުން އުޅޭ ދާއިރާއެއްގައި ހުރިހާ ވައްތަރެއްގެ މީހުންވެސް އުޅޭކަން ދެއްތޯއެވެ؟

The name is already taken The name is available. Register?

ރަންނަމާރިި

09 September 2018

އައިޑީ ކާޑު ޔުނިޓާ، ޓްރާންސް ޕޯޓް އޮތޯރިޓީން ފެންނަކަމަށް މިބުނާ މަންޒަރު ތަކަކީ ސިވިލް ސާވިސްގެ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކުންވެސް ފެންނަ މަންޒަރުތަކެއް، އައިޑީ ކާޑު ޔުނިޓާ، ޓްރާންސް ޕޯޓް އޮތޯރިޓީގެ ނަން މި ހާމަކޮށްލީ މިސާލަކަށް. 10ބާރަ ކައުންޓަރު ހުންނަ އޮފީސް ތަކުގައި ވެސް ޚިދުމަތް ދެމުން ގެންދާނީ 2 ނުވަތަ 3 ކައުންޓަރުން، ބާކީ ސްޓާފުން ގޭގަ ނޫނީ ކޮފީގަ. ޤަބޫލް ކުރިޔަސް ނުކުރިޔަސް ހަޤީގަތަކީ މިއީ

The name is already taken The name is available. Register?

ބަސްމަދު

09 September 2018

ތިހެން ކިޔާފަ މިދިޔަ ފަހަރުވެސް ބޮޑުކޮށް ކުޑަކޮށް 3 އަހަރު ވީއިރު އެންމެންގެ މުސާރަ ހުރީ ރައީސް މައުމޫން ސަރުކާރުގައި ހުރިވަރުގައި. އެވަރުންވެސް ބަޖެޓް ދެކޮޅު ނުޖެހިގެން... ދެން އުޅުނީ ސިވިލް ސާވަންޓުން ކަނޑާލަން. ކަން ކަން ކުރަން ނޭނގޭ ބަޔަކު ދުރުގައި ތިބިއްޔާ ރަނގަޅުވާނީ.

The name is already taken The name is available. Register?

ރައްޔިތުން

09 September 2018

ތިމާ އަމިއްލައަށް ތިމާ މާ މޮޅުމީހަކަށް ދައުވާ ކުރާ މީހެއް ތިމާގެ ގާތުގައި ތިބި މީހުން ދިޔައީ ކީއްވެ ކަން ތިމާ ނުދަނޭ ތިމާއަކީ ތިމާވެސް ނުދަންނަ މީހެއް. ބިތު ފަންގި ނަގައި ތިމާ އަމިއްލަ އަށް ބޭޒާރު ވެއްޖެ، ވީމާ ކިހެނެއް ޔާމީނަށް 2 ވަނަ ފަހަރަކަށް ރައްޔިތުން ވޯޓް ދޭނީ. އެކަމެއް ނުކުރާނެ.

The name is already taken The name is available. Register?

މޫސާފުޅު

09 September 2018

ތިކަހަލ ވަޢުދުތަކާއެކު ކެނެރީބޭބެވެސް އައެވެ. އެކަމަކު އާޚިރުގައި އިސްތިޢުފާ ދީފައި ފިލީ ދިވެހިން ދެކެން ބޭނުންނުވި އެތައްކަމެއް ދައްކާފައެވެ. ކުދިނޭވެ. ހޭއަރާށެވެ. ވެރިކަމަށް އަންނަން އުޅޭއިރު ދަޅަތަކާ ކުލަތައް ވަރަށް ދައްކާނެއެވެ. އެކަމަކު ރައީސް ޔާމިން ނޫނީ އަދި ވަޢުދާ ގާތަށް ކަންކުރެވުނު މީހަކު ނެތެވެ. ވަރަށް ކަންކަން ކޮށްދީފިއެވެ. ތަރައްޤީގެ ކުލަވަރު މުޅި ރާއްޖޭގެ އެތައްމިތަނުން ފެންނަން ފަށައިފިއެވެ. މިކަމާ ފިކުރުކޮށް ވޯޓުލާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454