ޚަބަރު / އަބްދުﷲ ޝާހިދު (ކުރީގެ ފޮރިން މިނިސްޓަރު)

ވޯޓު ހަރާބު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދޭނަން: ޝާހިދު

މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ނަގާ ވޯޓު ހަރާބު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން އދ. މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގައި ޝާހިދު ވިދާޅުވީ އުމުރުން 18 އަހަރުގެ ކޮންމެ ދިވެއްސެއްގެ އަތަށް ލިބޭ ކަރުދާސްކޮޅަކީ މުގައްދަސް ކަރުދާސްކޮޅެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މާމިގިލީގައި ރޭ ބޭއްވި ޖަލްސާ. ގިނަ އަދަދެއްގެ ބަޔަކު ޖަލްސާގައި ބައިވެރިވި. - ފޮޓޯ: އެމްޑީޕީ

އެ ވޯޓު ކަރުދާސްކޮޅަށް ބާރު ފޯރުވޭނެ ފަރާތެއް މާތް ﷲ ފިޔަވައި ނެތްއިރު، ކަރުދާސްކޮޅު "ގަންނަން" އުޅޭ ކޮންމެ މީހަކު ކުރަނީ ހުތުރު އަމަލެއް ކަމަށާއި އެއީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ހަރާބުވެފައިވާ އަމަލެއް ކަމަށް މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި ޝާހިދު ވިދާޅުވި އެވެ.

"އެ ހުތުރު އަމަލުތައް ހުއްޓާލައްވާ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވާޖިބުތަކެއް އަދާކުރަން ޖެހޭ މީހެއް. އަޅުގަނޑުމެންގެ އަދާކުރަން ޖެހޭ ފަރުދީ ވާޖިބަކީ ކަރުދާސްކޮޅުގައި ދެވަނަ ނަންބަރުގައި މި ގައުމު ސަލާމަތް ކުރުމަށްޓަކައި ފާހަގަ ޖެހުން،" އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވަމުން ޝާހިދު ވިދާޅުވި އެވެ.

މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވީ ވޯޓު ހަރާބުކޮށްފި ނަމަ، "އެތައް އަހަރަކަށް އެ ދުއްވާލެވެނީ" ދިވެހިންގެ ދުވަސް ކަމަށެވެ.

ސިޔާސީ މަސްރަހަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވި ގޮތުގައި، މިހާރު ގައުމު "އިރައިގެން ކަނީ" އެވެ. އަދި ގައުމު "ބަތާނީއާ ހަމައަށް އިރައި ކުދިކުދިކޮށްލަމުން" ދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ގުނަންތައް ވަކިވަކިން ބުރިކޮށް ވާ ކޮށްލަމުން ގެންދަނީ،" އއ. އާއި އދ. ގެ އެކި ރަށްރަށުން އައި މީހުންނާ އެކު މާމިގިލީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އިބޫއާ އެކު ގިނަ ބަޔަކު ތިބިއިރު، އޭނާއާ ވާދަކުރައްވަން ނުކުންނެވި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ އޮޑި ވަނީ "ފަރަށް" އަރައިފަ އެވެ. އަދި މަޑުމަޑުން އެ "އޮޑި ރޫޅި، ދިޔަވަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި ތިއްބެވީ އިހްލާސްތެރިން ނޫން ކަމަށާއި ވޯޓުގެ ކުރިން، ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުން އިދިކޮޅާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

6 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕައްލަމްބެގެ ބުރޯ

14 September 2018

މި ބާގީ މީހުންވެސް މިހާރު ހާދަ ހެވޭ މަތީ މަގާމުތަކުގެ ހުވަފެން ފެންނާތީ ތޯއްޗެއް

The name is already taken The name is available. Register?

ގު_ އިޒު

14 September 2018

ވޯޓުން ވައްކަން ކުރުމަށްޓަކައި ދުވާލާ ރޭގަނޑު ދަނީ މަސައްކަތް ކުރަމުން؟

The name is already taken The name is available. Register?

ރޮކެޓް ސައިންސް

14 September 2018

ވޯޓުލާން ދާއިރު ލިސްޓްގައި ނަން ނެތިއްޔާ ދެން އަމަލުކުރަން ޖެހޭނެ ގޮތެއް ކިޔާދީބަލަ. އަދި މެޖިކް ޕެންއިން ޖަހާފަ ހުރި މާކު ބްރޭކް ކޮއްލާނެ ގޮތެއް ކިޔާދީބަލަ. ވޯޓު ގަންނަން ކުރާކަންތަށް ރައްޔިތުން ހޭލުންތެރި ކުރުވައިގެން މަދުކުރެވިދާނެ. ނަން ނެތުމާއި މެޖިކް ޕެންއިންނޖަހާފަ ހުންނަ މާކު ބްރޭކް ކޮއްލާނެ ތިޔަރީއެއް ބޭނުންއެބަވޭ.

The name is already taken The name is available. Register?

26043

14 September 2018

ވޯޓްޚަރާބުކުރުމުގެ ފުރުސަތު ދީގެން ނުވާނެ ވޯޓް ގަނެވިއްކުމަށް ފުރުސަތު އެބައޮތް ދޯ ކިހާރީތި

The name is already taken The name is available. Register?

ޤަލީލާ

14 September 2018

ޓިކަން ކުރަން އުޅެނީ ތި މީހުން، ރައްޔިތުން ގުނބޯ ހައްދާނަމޭހިތާ ކަލޭ ޖެހޭނީ ބަޢޯޖަހަން

The name is already taken The name is available. Register?

ފ ނާށި

14 September 2018

ގެއެޅިގޮތަށް ވޯޓަށް ނުހެދޭނެކަން އެގެނީދޯ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454