ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ބާކީ ނުކުރަން ވައުދުވެ، އުއްމީދާއި ޔަގީންކަމާ އެކު އިދިކޮޅު އިއްތިހާދުގެ ކެމްޕޭން ނިންމާލައިފި

މި ރަށުގައި ބޭއްވި ޖަލްސާގައި އިބޫ އާއި ފައިސަލްއާ އެކު ނަސްރީނާ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު އަބްދުއްﷲ ސައީދު/މިހާރު

21 ސެޕްޓެމްބަރ 2018 - 00:49

17 comments

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި އެކަކު ވެސް އިންސާފުން ބާކީ ނުކުރާނެ ކަމަށް ވައުދުވެ، ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ، އެކު "ޖަޒީރާ ދަތުރު" ކެމްޕޭން މިރޭ އައްޑޫން ނިންމާލައިފި އެވެ.

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަންގެ ކެމްޕޭން އައްޑޫން ޖުލައި 13 ގައި ފެށުމަށް ފަހު، މީހުން ދިރިއުޅޭ 187 ރަށަށް، އެ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމް ވަނީ ވަޑައިގެންފަ އެވެ. މި ކެމްޕޭން ނިންމައިލަން، އައްޑޫގައި އެންމެ އާބާދީ ބޮޑު ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވިދާޅުވީ، ކެމްޕޭން އައްޑޫން ފަށައި އެ ސިޓީން ނިންމައިލުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.

އިބޫ އާއި ފައިސަލް މިރޭ ވަނީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ.

ހިތަދޫ ބަނދަރު ސަރަހައްދުގައި އޮތް ފައިބަރު ދޯންޏެއްގައި ހަދާފައިވާ ރީތި ޕޯޑިއަމެއްގައި، ވެވަޑައިގެންނެވި ވައުދުތަކުގެ އެންމެ ކުރީގައި އޮތީ އަނިޔާވެރިކަން ނިންމައި ރައްޔިތުންނަށް އިންސާފު ގާއިމްކޮށް ދިނުމެވެ. އިންސާފު ހޯދައިދިނުމުގައި "ހަމަ އެކަކު ވެސް "ބާކީ ނުކުރާނެ" ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

ރިއާސީ އިންތިޚާބުގެ ކެމްޕޭން ނިންމައިލުމުގެ ގޮތުން، ގުޅިފައިވާ އިދިކޮޅު އިއްތިހާދުން މި ރަށުގައި ބޭއްވި ޖަލްސާގައި، އިދިކޮޅު ކެންޑިޑޭޓްގެ އިބްރާހީމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްއާ ސަލާމް ކުރައްވަނީ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

"ވަކި ކުލައެއް ރީތި ވުމަކުން އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީފާއިން ވައްކެތް ނުކުރާނެ. ވަކި ޕާޓީއެއްގައި ރަޖިސްޓްރީ އޮތުމަކުން ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ. ފްލެޓް ދިނުމުގައި މިނިސްޓަރުގެ ލިސްޓެއް ނޯންނާނެ. ޚިޔާލު ތަފާތުވާ ކޮންމެ މީހަކީ ޖަލު ގޮޅީގައި ވޭން ތަހައްމަލް ކުރަން ޖެހޭނެ މީހަކަށް ވެސް ނުވާނެ،" އިބޫ ވިދާޅުވި އެވެ.

އޭނާ މި ވާހަކަ ދެއްކެވިއިރު، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް ނުހައްގުން އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އިންތިޚާބު ކާމިޔާބުކޮށް، އެ އެންމެންނާއިި އާއިލާތަކަށް ވެސް އިންސާފު ކަށަވަރު ވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ފައިބަރު ދޯންޏެއްގައި ހަދާފައިވާ ރީތި ޕޯޑިއަމް؛ މި ޕޯޑިއަމްގައި އިބޫ އާއި ފައިސަލް ވަނީ ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެެވަޑައިގެންފައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މިރޭގެ ޖަލްސާގައި، މިހާރު ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުގައި، ފާހަގަ ކުރެއްވުނީ، އިބޫ ވިދާޅުވި ގޮތުގައި، އިންސާފާއި ހަމަހަމަކަން ނެތި ކޮރަޕްޝަން އާއްމުވެފައި އޮތް މިންވަރެވެ. ނުހައްގުން ޖަލަށް ލައި ނިކަމެތިކަން ލިބެމުންދާ އެތަކެއް އާއިލާއެއް ހިތްދަތި ކަމުގައި ތިބި ތަނެވެ.

މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މި ހުރިހާ ކަމެއް ބަދަލުކުރަން ރައްޔިތުން ތިބީ އަޒުމް ކަނޑައޅައިގެން ކަމަށާއި އެ އުއްމީދު ހާސިލްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެ ދަތުރުތަކުން ލިބުނު "ވައުދު ވޯޓު"ގެ އަދަދު ވެސް 170،000 އަށް އަރާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު ވަނީ 170،000 ވޯޓު ކަށަވަރު ވެފައި. އެހެން ކަމުން، އިންތިޚާބު މި އޮތީ އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ވެފައި،" އިބޫ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ކެމްޕޭންގައި ރަށްތަކަށް ވަޑައިގަތުމުން ރައްޔިތުން ބަންޑުން ކުރި އިހްސާސްތަކަކީ ބޭކާރު އެއްޗަކަށް އިދިކޮޅު ސަރުކާރެއްގައި ނުހަދާނެ ކަމަށެވެ. ކެމްޕޭންގައި ރައްޔިތުން ދިން ލޯތްބާއި އޯގާތެރިކަމާއި އުފާވެރި ކަމުގެ ބަދަލު ހަމަ އެ ގޮތަށް ލިބޭނެ ކަމަށް ވެސް ވައުދުވެވަޑައިގަތެވެ.

މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

"އަޅުގަނޑުމެންގެ ސަރުކާރު ވާނީ ގާނޫނާ ހުރުމަތްތެރިކޮށް ހިތައި ގާނޫނުއަސާސީ ނަގަހައްޓައި ދަމަހައްޓާ ނަމޫނާ ބަޔަކަށް. މި ސަރުކާރުގައި ނެތި ގޮސްފައިވާ ހަމަހަމަކަމާއި އިންސާފު ގާއިމް ކޮށްދޭނަން. ދިވެހި ރައްޔިތުންނަށް އިހްސާސް ކުރެވިފައި އޮތް ހިތި ރަހަ ބަދަލުކޮށްލާނީ ފޮނި މީރު ރަހަތަކަކަށް،" ފައިސަލް ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ރައްޔިތުންނަށް ހިންގާނީ، ފައިސަލް ވިދާޅުވި ގޮތުގައި، ނުއަގުގައި ކޮރަޕްޝަން ހިމަނައިގެނެއް ނޫނެވެ. ރައްޔިތުންގެ އަޑު އަހައި، ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ބޮޑެތި މަޝްރޫއު ހިންގައިދޭނީ، ރައްޔިތުންނަށް ޝަކުވާ ކުރާނެ ފުރުސަތު ނުލިބޭ އަދި ހިތްހަމަޖެހުން ގެނުވާނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޔަގީން ކަމުގައި އެންމެން ވެސް ވޯޓުލާން ނުކުމެ، ކާމިޔާބީގައި ހިއްސާވުމަށް ފައިސަލް ގޮވައިލެއްވި އެވެ. އަދި އެއީ، ނުހައްގުން ބަންދުކޮށްފައިވާ އެންމެންނަށް މިނިވަންކަން ލިބި އިންސާފުގެ "ދަތުރު" ފަށާ ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ.

17 ކޮމެންޓް, 390 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 2%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެސީ

21 September 2018

އުއްމީދާ ޔަގީން ކަމޭ ބުނި އިރު 21000 ވޯޓްލެވޭ އާބާދީ އަކުން ހަތަރު ލީޑަރުންނަށް 2000 މީހުން ނު ނެރެވުނު.

The name is already taken The name is available. Register?

ޔޔޔޔ

21 September 2018

3 އަހަރުގެ ވެރިކަމުގައި ރައީސް މީހާވެސް ބުނީ "އަހަރެމެން ޕާޓީ މީހަކު ނޫން މީހެއްވެއްޖެއްޔާ ނުބައިކަން ދައްކާލާނަން" ވިސްނާ ބަޔަކަށް މާޒީން ލިބޭނީ ހުސް އިބްރަތް

The name is already taken The name is available. Register?

ތތތތ

21 September 2018

ޕާޓީ މީހުންނަގާފަ ހުރި ފްލެޓެއް އެހެންމީހުނަށް, ދޯ ޝިފާޒު?

The name is already taken The name is available. Register?

މާަސްޓަރ

21 September 2018

ފެންނަންއޮތީ ބުރެޒިލްގެ ފޮޓޯއެއް އިންތިޚާބު ދާނީ ހަމަ ސުމަކުން އިންޝާﷲ

The name is already taken The name is available. Register?

ދަލޭކަ

21 September 2018

މުޅިއައޑުއަތޮޅުން ނުކުތް މީހުންކޮޅުމަދުކަމުން މިރޭ ލޮލުފިޔަ ޖެހޭނެބާ؟؟

The name is already taken The name is available. Register?

ސީޒާރ

21 September 2018

އިބޫއެވެ. އަޅުގަނޑުމެނަށް އިބޫ އޯކޭ އެވެ. އެހެން ނަމަވެސް ރައީސް ޔަމީން ފެށި އިގްތިސާދީ މަސައްކަތް ނިންމުމަށް ރައީސް ޔާމީން އަށް އިތުރު ދަޢުރެއް ދިނުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެ ރައީސް ޔާމީން އަށް ވޯޓް ދޭން ނިންމައިފީމެވެ.

The name is already taken The name is available. Register?

ޟީރާ

21 September 2018

ތިޔަ އިބޫއެއް ހޮވައިފި ނަމަ ގައުމަށް އެއްވެސް ތަރައްގީއެއް ނާންނާނެ. ޥިސްނާ ބަލާބަލަ ރައީސް ޔާމީން އެއް ދައުރު ނިމެންވާރަށް ކޮށްދީފަ ހުރިހާ ކަންކން.

The name is already taken The name is available. Register?

ތުނޑު ހަސަނު

21 September 2018

އިތުރު 5 އަހަރުގައި އާކަމެއް ނުފަށާގޮތަށް އޮތީހެއްޔެވެ. އެހެންނޫނީ ދައުރުނިމޭއިރު އަނެއްކާވެސް ނުނިމޭ ކަމެއް އޮވެދާނެއެވެ. ދެންވީ އަނެއްކާ އިތުރު އަނެއް 5 އަހަރު ދޭންދޯއެވެ. ދެން ތިކަމުން ސަލާމަތްވާނެގޮތެއް ނެތެއްނޫން ހެއްޔެވެ. ހާސް ނުވާށެވެ. މިހާރު ފަށާފައި ހުރި ކަންކަން އިބޫ މާ ރަނގަޅަށް ނިންމައިދޭނެއެވެ. ފޭދޭބައި ހުއްޓުވައި އެބައިންވެސް އިތުރު ކަންކަން ކުރެވޭނެއެވެ. ބޭނުމީ ދޭތިން އެކަތި ފައިކޭޓަށް ނުލާނޭ މީހެކެވެ.

The name is already taken The name is available. Register?

ސަޖް

21 September 2018

ރަައީސް އިބޫ!!!

The name is already taken The name is available. Register?

ޕުތަ ރަދީފް

21 September 2018

ސާބަހޭ....

The name is already taken The name is available. Register?

އައްޑޫގެ ފަހަރެމީ ތަރައްގީގެ ފަހަރެ

21 September 2018

ކިތައްމެ މޮޅުޖާދޫގަރަކު ޖާދޫދެއްކިޔަސް ހަގީގަތްވާނީ ހަގީގަތަށް ފޮރުވަން އުޅުނަސް ނުފޮރުވޭނެ ފަރާތެވޭ އޮޅުވާލިޔަސް އޮޅުވާނުލެވޭނެ ފަރާތެވޭ. އެހެންވީމަ ހަގީގަތް ހާމަކުރައްވާނެ އެވަގުތު ޖެހުމުން ވެރިކަންވަނީ ﷲއަށް އެދެއްވާނެ ފަރާތެ ދެނެވޮޑިގެންވަނީ ﷲ އަޅުންގެ އޮތީ މަސައްކަތާ ދުއާ އެކަން ﷲގެ ވާގިފުޅާ ލާއިގެން 1ކާމިޔާބުދެއްވާށި. އާމީން.

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

21 September 2018

ހުވަދޫ މުލައް އައްޑޫގެ އެއްވެސް ވޯޓްފޮށްޓަކުން ތިޔަބުނާ މީހަކަށްވޯޓްދީ އިތުރަށް ވެރިކަމުގައި ދެމިހުންނާން ރުހުމެއްނުލިބޭނެ. . . . މިފަހަރުގެ ކެމްޕޭނުގައި ދެކުނުގެ 3 އަތޮޅަށްވުރެން ކުރީގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކުން ކުރިހޯދިތަންފެނިފައިވާތީ 23 ސެޕްޓެމްބަރ ގައި ރައްޔިތުން އިޙްތިޔާރު ކުރާނީ އިބޫ ފައިސަލް ކަން ވަރަށްބޮޑަށް ދޭހަވޭ.

The name is already taken The name is available. Register?

ޒާލިމު

21 September 2018

މުލަކަކީ ކޮންރަށެއްބާ؟

The name is already taken The name is available. Register?

މާ އައްޑޫ

21 September 2018

ކަލޭ ހުރޭ ބަލަނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454