ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ޖަލުން ގޭބަންދަށް ބަދަލުނުކުރާ މައްސަލާގައި ކަރެކްޝަނަލް ސާވިސްއަށް ވަޑައިގަތުމަށް ފަަހު، ޔުމްނާ މީޑިއާ ވާހަކަ ދައްކަވާއިރު، މަންމާފުޅު ނަސްރީނާ އަޑުއައްސަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
28 ސެޕްޓެމްބަރ 2018 - 20:26
ޕީޕީއެމުން މިއަދު ބޭއްވި ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގައި އެ ޕާޓީގެ އާ ރައީސަކަށް، ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކޮށްފައިވާއިރު އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކޮންގްރެސްއެއް ކަމަށް ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އުފެއްދެވި މައުމޫން ދަރިކަނބަލުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޚާއްސަ ގޮތުން ބާއްވާ ޖަލްސާ ކުރިއަށް ގެންދަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވައިދުގައިވާ ގޮތަށް ގޮފިތަކުން އިންތިޚާބު ކުރާ މަންދޫބުން ބައިވެރިވެގެން ނޫން ކަމަށެވެ.
މީޑިއާ ނުވައްދައި، ދަރުބާރުގޭގައި ކުރިއަށް ގެންދާ ކޮންގްރެސްގައި، ޕީޕީއެމްގެ ރައީސްގެ އިތުރުން ނައިބު ރައީސުންގެ މަގާމަށް، މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފަ އެވެ.
UPDATE: PPM ge naibu raeesunnah Adhurey, Zameer, Saeed adhi Azima
The most trusted news source in the Maldives
Mihaaru
ޕީޕީއެމް ކޮންގްރެސްއިން މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން--
ތުލުސްދޫ ދާއިރާގެ މެމްބަރު އަދި މައުމޫން ޕީޕީއެމް ހިންގެވި ދުވަސްވަރު އެ ޕާޓީގެ ކައުންސިލް މެމްބަރަކަށް ހުންނެވި، މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމުން އެ ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރި ނަމަވެސް އެއީ ބާތިލް ކަމެއް ކަމަށެވެ. އަދި ބާތިލް ކަމެއްގެ ފުށުމާއި ނިމުން ވެސް އަންނާނީ ބާތިލް ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕަށް ނޫން ފަރާތަކުން ކޮންގްރެސްގެ ނަމުގައި މަގާމުތަކެއް އިއުލާން ކުރިއަސް ބާތިލް ކަމެއްގެ ފެށުމާއި އަދި ނިމުމާ މެދު އެ ދެމެދުގައި ތަރުތީބްކޮށް ނިންމި އަދި ހިނގި ކޮންމެ ކަމެއް ވާނީ ބާތިލް އިންޝާﷲ،" ވަހީދު ވިދާޅުވި އެވެ.
Kan bodu nuvey! Media ah ves sirrun, PPM ge inthikhaabee leardership noon faraathakun Congress ge namugai maqaam thakeh iulaan kurias, baathil kamegge feshumaa adhi ninmumaa edhemedhugai tharaththub koh ninmi adhi hingi konme kameh vaanee baathil in shaa allaah. Varah saafu. pic.twitter.com/uWivuxL3oe
— PPM Waddey (@Lawyer_Waddey) September 28, 2018
ވައްޑެ ކުރެއްވި ޓްވީޓް--
އޭނާ ކުރިން ވަނީ ޕީޕީއެމް ކޮންގްރެސް ބާއްވާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅުއްވައި އަދަބު ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް ވަނީ ޕީޕީއެމުން މިއަދު ބޭއްވި ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށާއި ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ އަމުރު ނެރެދީފައެއް ނުވެ އެވެ.
ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނާ ޕާޓީ ހަވާލުކުރީ، އެމަނިކުފާނާ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކަށް ފަހުގަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދީދީ
30 September 2018
ޕީޕީއެމް އަކީ މައުމޫން އާއިލާގެ ސިޔާސީ ޕާޓީއެއް އެހެންވީމަ ޕީޕީއެމްގެ ރައީސަކައް ހުންނަންވާނީ މައުމޫންގެ އާއިލީލޭ ހިންގާބޭފުޅެއް.
ޔާސްމިން
29 September 2018
ޔާމީން މާގަދަ މީހެއްނަމަ ކީއްވެގެންތަ އޭނަގަ ޕީއޭ އުވާލާފަ މައުމޫން އުފެއްދެވި ޕޕމ އާ ގުޅުނީ؟ އެއީ ޕީއޭއަށް ވަންނާނެ މީހުން މަދުވީމަ. ދެން މިހާރު ޕޕމ ވަގަށް ނަގައިގެން ކޮންސަކަރާތެއް؟ އަމިއްލަ ޕީޓޭއެއް އުފައްދަންވީ ޔާމީން އާ އަދުރޭމެން. އޭރުން އެނގޭނެ ޔާމީންމެން ފަހަތުގަ އަސްލު ތިބި މީހުންގެ އަދަދު. މާދަންވެސް ފާރިސްމެން މިނިވަންވެ ޕޕމ ހިންގިންނުކުންނަ އިރަށް ޔާމީން މެންގެ ފަހަތުގަ ތިތިބި އައިދާގެ މެންބަރުން ފާރިސް ކޮޅަށް އަރާނެ.
ފްރެންޑް
29 September 2018
އަޖާއިބެއް. ތިވަރަށް ސައްހަވާނެ މައުމޫނު އިންތިޚާބު ކުރިނަމަ.
ގަހާފޮޑިދޮންތި
29 September 2018
އަހަރެން އެއްދުވަހަކުވެސް ތާއިދު ކުރިމީހެއްނޫން ޔާމިނުއަކީ، ނަމަވެސް ތިޔަ ކޮންގުރެސް ރަނަގަޅު ނޫންކަމައް ބުނަމުން ތިދާ މީހުން ގަބޫލުނުކުރަނީތޯ 7 ފެބުރުއަރީ 2012 ގައި ރާއްޖޭގައި އޮތް ވެރިކަން ވައްޓައިލީ ރަނަގަޅަށް ނޫންކަމައް..އަހަރުމެންނަކީ އެއިރު މާލޭގެ ކޮލެޖެއްގައި ތަޢުލީމު ހާސިލުކުރަމުން ދިޔަ ކުއްޖެއް.. އަހަރުމެނަށްވެސް އެނގޭ ޚޮދު މައުމޫނު އަޑީގައި ހުރެ ރޭވި ރޭވުމާއި ކަންތައް، މިހުރިހާކަމެއް ނިންމައި ޔާގީންވިއުމުން މެލޭޝިއާގަ ހުރެ ދެމުންދިޔައި
ސަމާސާ
29 September 2018
ޔާމީން ކޮންމެގޮތަކުންވެސް "ރައީސް" ކިޔާ މަގާމެއް ބޭނުން ވާތީ ކޮށްގެން އުޅޭ ކަމެއް ކަމަށް ބޮޑަށް ބެލެވެނީ. އެހެނީ ދެން ކޮންމެ ކަމެއް ކުރިއަސް ދިވެހި ރައްޔިތުން ޔާމީން ބަލައެއް ނުގަންނާނެ. ޔާމީން ރައީސްކަމުން ދުރުކުރެވުނީމަ ހާދަހާ އުފަލެކޭ ދިވެހިންނަށް ލިބުނީ. އަދި މިނިވަން ކަމުގެ ނޭވާއެއްނުލާތިބީ ރައްޔިތުންގެ 10% ޕަސެންޓް ކަމާމެދު ޝައްކެއްނެތް. އެއީ އެކިގޮތްގޮތުން ޔާމީންގެ ތައްޕާހުން ނާޖާއިޒު ކަންތައްތަކެއް ހާސިލުވިމީހުން.
ފިލި
29 September 2018
ޔާނު ބުނެފިއްޔާ އިރުވެސް ހަނދަށް ހަދާނެ މިމީހުން. އެހެންތާ ވާނީ ހިސާބު ޖަހާދެނީ ޔުނިވަރސިޓީ އޮފް އަދުރެމެޓިކްސްއިން ވިއްޔަ. މަޑޫ ކުރޭ ރައީސް މައުމޫން މިނިވަން ވެގެން އައިސް ތިކަން ހަމަޔަކަށް އަޅުވާނެ. ތިޔަ ޔާނު އަކަށް ނޭނގުނޯ ދިވެހިން ނަކީ ކޮންކަހަލަ ބަޔެއްކަމެއްވެސް.
ހާމިދު ދާއީ
29 September 2018
ޔުމްނާއާއި ވައްޑެ އާ ދެމީހުން މޮޔަނުގޮވާ ތިބޭ. ރައީސް ޔާމީން ގިނަ ކަންޏާ ނުކުމެ ވަޑައިގެން 92،000 އަށް ވުރެއް ގިނަ ވޯޓް ހޯއްދަަވައިފި. މިހާރު މިރޭޓުގައި ދަނީނަމަ، ކުރިއަށް އޮތް މަޖްލިސް އިންތިހާބު ޕީޕީއެމް ކާމިޔާބު ކުރުމަކީ ދުރުކަމެއް ނޫން. ތާރީޚް އަކީ އަބަދުވެސް އިޔާދަވާ އެއްޗެއް. 2008 ގައި ޤައުމީޓީމު ތަށިގެނައި، އެއަހަރު މައުމޫނު ވެއްޓުނީ. 2009 ވަނަ އަހަރު ރަނަރަޕްކަން ހޯދީ. އަދި މަޖްލިސް އިންތިހާބު މައުމޫން ކާމިޔާބުކުރީ.
ސދފަ
30 September 2018
ހުރިހާ ބާރުތަކެއް މުށުތެރެޔަށް ލައިގެން، ރިޝްވަތް ފާޅުގަ ދީ، ކުރެވުނުހާ ކަމެއްކޮގެންވެސް ލިބުނުވަރު އެއީ
ނަންނޭނގޭ
29 September 2018
ޔުމްނާ މޮޔަނުގޮވާ ހުރެބަލަ ދެން އަލުން އެހެން ޕާޓީއެއް އުފައްދަން ވީނު މޮޔަނުވެ.
ބެއްޔާ
29 September 2018
ޕީޕީއެމްގެ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދެއްކޭނީ ޕީޕީއެމް މެމްބަރުންނަށްދޯ ޔުމް. ތިޔައީ މިހާރު ޕީޕީއެމް އަކާއި ބެހޭ ކުދިންނެއްނޫން. ތިކުދިން އަދިވެސް ވެރިކަމުގެ އަރާމައި ލައްޒަތު ބޭނުންވަންޏާމު އެންދެރިމާގޭ މީހުންނާއި ގުޅިގެން ބައްޕާފުޅު ވެސް ދުނިޔޭގައި ހުންނަވަނިކޮށް ވަކި ޕާޓީ އެއް އުފެއްދުން ރަނގަޅުކަމަށް ދެކެން.
ހަސީނު
29 September 2018
އެމް އާރު އެމް. މައުމޫނު ރިފޯމިން މޫވްމެންޓް. ޕާޓީއެއްގޮތަށް ރަޖިސްޓަރީ ކޮށްލާ. އޭރުން މައުމޫނު ރިފޯމު ކޮށްކޮށް ތިބެވިދާނެ.
ރީތި މޫސަ
29 September 2018
ދެން ބައްޕަ އަށް ދަންނަވައިގެން އަލުން ޕާޓީއެއް އުފެއްދީމަ ނިމުނީ ނޫންތޯ؟ އަދި ޕާޓީގެ ނަންވެސް މިގޮތަށް ބަދަލުކޮށްލާ އޭރުން އޯކޭ ވާނެ (އެމް އެފް ޕީ) މައުމޫނު ފެމިލީ ޕާޓީ