ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދަނީ-- ފޮޓޯ: މިހާރު
14 އޮކްޓޯބަރ 2018 - 11:51
ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަތުވެދާނެ ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށާއި އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު ފެށުމަށް ވަނީ ނިންމައިފަ އެވެ. ރައީސް ޔާމީން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި މިވަނީ ނަތީޖާ ގަބޫލު ކުރެއްވިކަން އިއުލާން ވެސް ކުރެއްވުމަށް ފަހުގަ އެވެ.
ރިޔާސީ އިންތިހާބުގެ ކަންކަން ފުޅާ ދާއިރާއެއްގައި މޮނީޓާ ކުރި ޓްރާންސްޕޭރަންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުގެ ކުރިން ކަންކަން ކޮށްފައިވަނީ ޕީޕީއެމަށް ފަހިވާގޮތަށް ނަމަވެސް އިންތިހާބު ބޭއްވި ދުވަހު ނަތީޖާ އަށް ބަދަލު އަންނާނެ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކަންކުރި ގޮތަށް ޝަރުއީ ދާއިރާ މެދުވެރިކޮށް މަސައްކަތް ނުކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރު ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ.
"އާއްމު ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް އެ ނިންމުމާ އެއްގޮތަށް ސިޔާސީ މަސްރަހު، ސުލްހަވެރިކަމާ އެކީ ބައްޓަން ކުރުމަށް މި ޖަމިއްޔާއިން ގޮވާލަން،" ބަޔާނުގައި ބުނެފައިވެ އެވެ.
އިންތިހާބު އޮބްޒާރުކުރި ރާއްޖެ އާއި ބޭރުގެ ޖަމިއްޔާ، ޖަމާއަތްތަކުން ވެސް ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަ ފަދަ ކަމެއް ނުހިނގާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން ވެސް ހިމެނެ އެވެ.
އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ގެންދާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ބޭރުގެ ޖަމާއަތްތަކަށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާީޢީސަދަރި
16 October 2018
ޢަޖައިބެއް! ހާދަ ބިރެކޭ ތިޔަގަންނަނީ. ޓްރާންސްޕޭރަންސީ މޯލްޑިވްސްއަކީ މިރާއްޖޭގެ ސުޕްރީމް ކޯޓްތޯއެވެ. ތިޔަހާވަރަށް ބިރުން ގަންނަ ކަމަށް ވަނީނަމަ ނުޚާލިޞް ކަންތައްތަކެއް ހުރި ކަމަށް ބެލެވޭ
ބިއްލޫރިިތަޅާ
14 October 2018
ޓްރާންސްޕޭރަންސީ ތިއީ ޖޯކެއް. ޔެލޯ ޗެއާޕާރސަން އަންގަނީ ސައްހަ ނޫން ކަމަށް.
އަހަންމާބެ
14 October 2018
ތިބުނާ ޓްރާންސްޕޭރެންސީއަކީ އެމްޑީޕީގެ އެއްފައި، އެއަކަށް އެހެން ކަހަލަ ރިޕޯޓެއް ނެރޭކަށް ނުކެރޭނެ.
ފުރައްސާރަ
14 October 2018
ޓްރާންސްޕޭރަންސީ އަކީ ފަންޑުކުރާ ބަޔަކަށް ރިޕޯޓު ނެރެދޭ ބައެއް! މިފަހަރުވެސް އެފަދަކަމެއް އެކުރަނީ؟ މިމީހުންނަށް އެގޭތަ؟ މިފަހަރުގެ އިލެކްޝަން ވަނީ އޮޅުވާލާފަ ކަމަށް ފުރަތަމަ އަޑުއުފުލީވެސް އެމްޑީޕީއޭ! އެމީހުން އެވަރުހިންޓެއް ދިނުމުން ވެސް އަހަރުމެން އެއްޗެކޭނުބުނަމެއްނުން! އަދި މާރިއާ ދައްތަވެސް އޮތީ ބުނެފަ ޔަގީން ޢަދަދެއްގެ ވާހަކަ؟ ސުވާލަކީ އެވަރު ކަށަވަރު ކުރީ އީސީ އަށް ރިޝްވަތު ދީގެންބާ؟ އަހަރެން ޝައްކެއް ނުކުރަން؟ބުނެލަ ޔަގީންވިގޮތެއް.
ވޯޓަ
14 October 2018
އަޅެ ކޮންމެވެސް ކުއްޖަކު ވެއްޖެ އެއްނު ރައީސް ޔާމީން އަށް ކޯޓަށް ނުގޮސް ކަންތަށް ހައްލުކޮށް ނިންމަން ދަސްކޮށް ދޭން. މިވަރު މީހަކު ރައީސްކަން ކުރަން ބެހެއްޓުމަށް ވުރެ މާރަނގަޅު ވާނެ ރައީސަކު ނުހޮވާ ކޯޓުން ވެރިކަން ހިންގާ ގޮތަށް ހެދިއްޔާ..
ޓްރާންޕެރަންޓް
14 October 2018
ޓްރާންސްޕެރެންސީ އެއްޗެއް ސައްހަ ކަމަށް ބުނެފިއްޔާ އެއީ ބާތިލް އެއްޗެއް ކަން ކަޝަވަރު އެވީ.
އޭ.އެން
14 October 2018
ޓްރާންސްޕޭރެންސީ ގެ ނަމުގައި އަބަދުވެސް އެމީހުން ކުރާ ކަމަކީ އެމްޑީޕީއަށް ކަންކަން ކޮށްދިނުމަށް ވަކާލާތުކުރުން.
ފަލަޑޭ
14 October 2018
ކޯޓުން ހިޔެއްނުވޭ މިފަހަރު ވޯޓްކެންސަލް ކޮށްފާނެހެން
ނޭންގޭތީ
14 October 2018
ޓްރާންސްޕޭރަންސީ އަކީ ކޮންބައެއް؟ ކޮންބައެއް އެމީހުނައް ފަންޑުކުރަނީ؟ ނޭންގޭތީ އަހާލަނީ.
ޣޣ
14 October 2018
ރަގަޅު ސުވާލެއް....އަޅުގަނޑު ވެސް ބޭނުން އިގެން ތިކަން...
ޖައިސާމް
14 October 2018
އެމީހުންގެ ވެބްސައިޓުގަ އެބަހުރި އަހަރީ އޮޑިޓް ރިޕޯޓް. ބަލާލުން އެދެން.
ސަބީ
14 October 2018
ހަމައެއް ޤަބޫލުކުރާ ބައެއް ނަމަތާ. މިއުޅެނީ ވައްކަމާއި ޖަރީމާ ހިންގާފައި ތިބި ބަޔަކު އެއިން ރެކެން ވެގެން. ވައްކަމާއި ނާއިންސާފުގެ ބައިގަނޑަށް މުހިންމުވާނީ ގަދަބާރުން ނަމަވެސް އެރުން. ލޭއޮހުރުމުން އެމީހުންނަށް ވެރިކަން ކަށަވަރުވާނެނަމަ އެކަން ކުރަން ފަސްވެސް ނުޖެހޭނެ. އެކަމަކު ދިވެހި ސިފައިން މިފަދަ ކަމަކަށް ޖާގަ ނުދޭނެ ކަމަށް މަގޭހިތް އަބަދުވެސް ބުނޭ. ސްޕްރީމުކޯޓުން ކޮންމެ ހުކުމެއް އަޔަސް އެޤަބޫލުނުކޮށް އިބޫސޯލިހު ހުވާކުރަން ފުރުސަތުދޭން ފެނޭ