އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރު އަންވަރު އިބްރާހިމް
11 އޯގަސްޓް 2016 - 21:44
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ހައްޔަރުކޮށްފި އެވެ.
އާންމުކޮށް އެމްޑީޕީ ޖަލްސާތަކުގައި ވާހަކަ ދައްކަވާ އަންވަރު މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ އެމްޑީޕީ ހަރުގޭގައި ހުންނަވަނިކޮށެވެ.
ފުލުހުން ބުނީ އަންވަރު ހައްޔަރުކުރީ އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް ތަންތަނަށް އެއްވާން ހިތްވަރު ދިނުމާއި ފުލުހުންގެ އެންގުންތަކަށް އަމަލު ނުކުރަން ހިތްވަރު ދިން މައްސަލައިގައި ކަމަށެވެ.
އަންވަރު ހައްޔަރުކުރީ އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ހިންގަނީ މަދު ބަޔަކަށް ވާތީ އެ ހަރަކާތްތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޅު
12 August 2016
ތިއީ އަހަންނާ ބެހޭކަމެއް ނޫނެވެ. ތިއީ ފުލުހުންގެ ކަމެކެވެ.
ނެހެދޭނެ
12 August 2016
ފުލުހުންގެ އެންގުން ތަކާއި ދެކޮޅަށް އުޅޭނަމަ ހައްޔަރު ކުރެވޭނެއެވެ. އެއީ ޔަގީން ކަމެކެވެ. އެކަމާއި ދެކޮޅު ނެހެދޭނެ އެކަކަށް ވެސް.
ވެއްޓޭ
12 August 2016
ދެރަވާނެ ކަމެއް ނެތް. ޙައްޔަރަކުން މި ކަމެއް ނުހުއްޓުވޭނެ.
ފޫޅު
12 August 2016
އަންވަރަކީީ ހިއްވަރުގަދަ ފަހުލަވާނެއް .. ހަމަ ދޫކޮށްލީީ ޕޯޑިއަމަށް .... އަމަންއަމާންކަން ޤާއިމް ކުރަން މިޖަހާސަކަރާތް ކިހާވަރަކުން ދާނެބާ ..
އަހުމަދު
11 August 2016
ހަމަޔަށް ބަސްބުނަން ނޭނގޭ މައުލޫމާތު ނެތް މީހުން ޕޯޑިއަމް ތަކަށް އަރާތީ މައަންނަނީ ހިނި. ކުރިން ރޭވެސް ތިޔަަބަޔަކު ޕޯޑިއަމަށް އަރައިގެން ދައްކާ ވާހަކަ އަޑުއަހާލަން އިނދެ ގޮސް ޖެހުނީ ނިދި. މިވެސް ސިޔާސީ މީހުންނޯ.
އޭބީ
11 August 2016
ހަަމައަށް ބަސް ނުބުނެވޭތީތަ ހައްޔަރުކުރީ؟
ދޮންދީނި
12 August 2016
މިހާރު ތިޔަހުރިހާ ގޮތެއްވެސް ވާނެ....