ޚަބަރު / ޕީޕީއެމް

ބޮޑު ދެ ހުށަހެޅުމުގައި ސޮއިކުރުމަކީ ރައީސް ޔާމީނާ ދެކޮޅުވުމެއް ނޫން: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވުމަކީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅުވުން ނޫން ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާ އެކު އިދިކޮޅު ކޯލިޝަނުން އިސްވެ މަޖިލީހަށް މިއަދު ހުށަހެޅިއިރު، ޕީޕީއެމް/އެމްޑީއޭގެ 15 މެމްބަރަކު އެ ލިޔުމުގައި ސޮއިކުރެއްވި އެވެ. އަދި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި 49 މެމްބަރުންގެ ތެރޭގައި ވެސް ޕީޕީއެމްގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ދެ ހުށަހެޅުމުގައި ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީން ރަޝީދު "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީނަށް އިހްލާސްތެރި ވުމަކީ މަސީހަށް އިހްލާސްތެރިވުން ނޫން ކަމަށެވެ. ދެ ހުށަހެޅުމެއްގައި ސޮއިކުރެއްވުމަކީ ރައީސް ޔާމީނާ ދެކޮޅުވުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު ޔާމީން މިއަދު ކުރެއްވި ޓުވީޓު.

ޔާމީން ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވި އެއް މެމްބަރަކަށް އޭނާ ވެވަޑައިގަންނަވާނެ އެވެ. އަދި ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން، އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނެވި ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މަޖިލީހަށް ހުށަހެޅި ދެ ހުށަހެޅުމާ މެދު ގޮތެއް ނިންމަވާނީ މެމްބަރުން ކަމަށެވެ. އަދި ދެ ހުށަހެޅުމުގައި ސޮއިކުރެއްވީ މަޖުބޫރު ކަމެއް ނެތި ހެޔޮ ހިތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ކަންކަމުގައި އަބަދު އެކަކު އަނެކަށް އިނގިލި ދިއްކުރުމަކީ ކުރެވިދާނެ ކަމެއް ނޫން،" ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އަރިހުގައި އެންމެ އިސްކޮށް އުޅުއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔާމީން ވިދާޅުވި އެވެ.

މެމްބަރު މުއާޒް މިއަދު ކުރެއްވި ޓުވީޓު.

އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމުން މަސީހް ސަލާމަތް ކުރަން އުޅޭތާ ދެ އަހަރުވެއްޖެ އެވެ. މަސީހް ސަލާމަތް ކުރަން އުޅުމުން، ރައީސް ޔާމީނަށާއި ޕީޕީއެމަށް ގެއްލުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ރައީސް ޔާމީނަކީ މިވަގުތު ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސީހްގެ މަގާމު ދިފާއު ކުރުމަށް ޕީޕީއެމްގެ ފޯކަސް ބެހެއްޓުމަކީ އެކަން އޮންނަން ވާނެ ގޮތެއް ނޫން،" މަސީހް ދިފާއު ކުރެއްވުމުގައި މީގެ ކުރިން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވީ މަސީހް މަޖިލިސް، ހިންގަވާ ގޮތް ކަމުނުދާތީ ކަމަށެވެ. މަސީހަކީ، މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުކަމާ އެކީ މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށް މުއާޒް ވިދާލުވި އެވެ.

"މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރުމަކީ ރައީސް ޔާމީނާ ދެކޮޅުވުމެއް ނޫން. އެމަނިކުފާނާ އެކީގައި އަޅުގަނޑު މި ހުންނެވީ،" މުއާޒް ވިދާޅުވި އެވެ.

މުއާޒް ވެސް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވެވަޑައިގެންނެވީ މަސީހް ދިފާއު ކުރައްވަން ޖެހުމުންނެވެ. މަސީހްގެ ސަބަބުން މަޖިލިސް ހިންގުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

ޔާމީނާއި މުއާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި ދެ ހުށަހެޅުމާ ގުޅިގެން ޕީޕީއެމުން ވަކިވުމުގެ އެއްވެސް ހިޔާލެއް ނެތް އެބޭފުޅުންގެ ކަމަށެވެ. އަދި ޕީޕީއެމްގައި ރައީސް ޔާމީން ހުންނެވިހާ ހިނދަކު، އެ ޕާޓީގައި ދެމިތިއްބަވާނެ ކަމަށް ވެސް ދެ ބޭފުޅުން ވިދާޅުވި އެވެ.

ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއި ނުކުރައްވަނީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދާންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު އަސްއަދާއި މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނެވެ. އަދި ބާކީ ތިއްބެވި ހުރިހާ މެމްބަރުން ވަނީ ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ވެސް ސޮއި ކުރައްވައިފަ އެވެ.

އެގޮތުން، މަސީހް ވަކި ކުރަން ފެންނަ ކަމަށް ސޮއި ކުރެއްވީ އަސްއަދާއި އުމަރާއި މުއާޒާއި ޔާމީންގެ އިތުރުން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ސޮއިކުރެއްވި އެވެ.

25 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 6%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުތާ

25 October 2018

މެޑަމް އަށް ސިޓީއުރަތަކާއި ހަދިޔާ ބަންދުކޮށްދޭ ގުރޫޕަށް ކިހިނެތްމިވީ.

The name is already taken The name is available. Register?

ހެހެ

25 October 2018

އެއަށްވުރެ ބޮޑު ސިޓީއުރައާ ހަދިޔާ ލިބޭނެ ފަރާތަކަށް ދިއައީ..

The name is already taken The name is available. Register?

ނިޔާސާ

25 October 2018

ލަދު ހަޔާތުގެ ކަން ފުޅެއް ވެސް ނެތީ ތޯ އެވެ.

The name is already taken The name is available. Register?

އަދީބު

25 October 2018

ވަރަށް ތެދު ބަސްފުޅެއް. ރައީސް ޔާމީނާއެކު ހުންނެވުމަކީ ރައީސް ޔާމީނަށް ވޯޓު ދެއްވަން ޖެހިވަޑައިގަންނަވާ ސަބަބެއް ވެސް ނޫން. ރައީސް ޔާމީނަށް ތާއީދުކުރެއްވުމަކީ ވެސް ރައީސް ޔާމީނަށް ވޯޓު ދެއްވަން ޖެހިވަޑައިގަންނަވާ ސަބަބެއް ވެސް ނުމެ ނޫންމެ. ދެރައީ، ބޮޑު އިންތިޚާބެއް ނިމިގެން ދިޔައިރު، މި ދެންނެވި ކަންކަން ރައީސް ޔާމީނަށް ފަހުމްވެވަޑައިނުގަތްކަން. ވޯޓަކީ ފަރުދީ، ސިއްރެއްކަން އެނގިވަޑައިނުގަތްކަން.

The name is already taken The name is available. Register?

ނަސޭހަތް

25 October 2018

މަވިސްނާލި އިރުނެތް މިތާކު ގައުމަށް ވަފާތެރި ހަމައެކަކުވެސް ނެއް މިހެން މިބުނީ މީންކޮން މެ މީހަކީ ވެސް ވިޔަފާރި ވެރިއެއް އަދި ކޮންމެސް މިކަމާގުޅުންހުރި ކޮންމެވެސް ކަމެއް ހިންގާ މީހެއް ވީމާ ބެލެވެނީ އަމިއްލަ ފައިދާ އާއި މަސްލަހަތު އިސްކޮށް ބޭނުންތައް ފުއްދުމަށް މިވަގުތު އޮތް ހަމަ އެކަނި ސޮލިއުސަން އަކީ މީ ކަމަށް ހުސް ފަސް ބިމަކަށް އެރުން ނޫން ގޮތެއް ނެތް އެކަމަކު އިބޫ ޖެހޭ ސަމާލުވާން މިކަމާ މީގެ ވިހަ ވަރަށް ގަދަ ވާނެ

The name is already taken The name is available. Register?

މޮޔަ

25 October 2018

އަސުލު ރައީސް ޔާމީން އުޅުއްވީ މަސީހު ސަލާމަތްކުރާކަށްނޫން. މަސީހު އުޅުއްވީ ރައީސް ސަލާމަތް ކުރަން. ބޯކޮބާ?

The name is already taken The name is available. Register?

ޝެލަރީ

25 October 2018

ޖަޒީރާ ރާއްޖޭގައި ޗޮކްލެޓް ޕެކު ކުރާކަށް ނުޖެހޭނެ އެހެންވީމާ ޔާމިން މެން ކަހަލަ ކުދީންގެ މާބޮޑު ބޭނުމެއް ނުހިފޭނެ ދެއްތޯ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

24 October 2018

ރައްޔިތުންނޭ ހޭ އަރާތި. ދެން ބޯމަތި މިވަނީ މަޖުލިސް އިންތިޙާބު. ނަމަނަމަ ޕީޕީ ކުދިންނަށް ވޯޓު ދީފި ނަމަ މި ސަރުކާރު ހިންގަން ވަރަށް އުދަގޫވާނެ ކަމަށް ލަފާކުރެވޭ. އެވެރިން ރައްޔިތަކަށް ސަރުކާރު ތެރެއިން އެއްވެސް ކަމެއް ވިޔަކަ ނުދޭނެ. އަންނި ސަރުކާރުގަވެސް އެވެރިން ކަންތައް ކުރީ އެގޮތަށް. އޭގެ ސަބަބުން އެއަރޕޯރޓް ވެސް ޖީއެމްއާރ އަށް ދީގެން ތަރައްޤީ ކުރަން މަޖުބޫރުވީ.

The name is already taken The name is available. Register?

ދޮންބީފާނު

25 October 2018

ތީ އަދި ދަތްވެސް ނުފަޅާ ތުއްތު ކުއްޖެއްނު. ދެންމެ ވީ ކަމެއްވެސް ހަނދާނެއް ނުހުންނާނެ. ތިބުނާ ތިން އަހަރުގެ އަނިޔާވެރި ވެރިކަމުގައި މަޖިލިހުން ދޭންޖެހޭ އެއްބާރުލުން އޭރުގެ އިދިކޮޅު ފަރާތްތަކުން އޮތީ ދީފަ. ހުރިހާ ބަޖެޓަކަށް ވޯޓުވެސް ދީފަ އޮންނާނީ. އެކަމަކު ކަލޭމެން އެއްބާރުލުން ދިނީ ހަމައެކަނި އަދީބު ނައިބު ރައީސް ކަމަށް ގެންނަން މިލިއަނުން ފައިސާ ނަގައިގެން ދިން ވޯޓު. ދެން ކުރީ ހުސް ޖެއްސުން. ދަތި ކުރަން ކުރެވުނުހާ ކަމެއް ކުރި. އޭރު އެކަން ނުވީ.

The name is already taken The name is available. Register?

މުއައްޒަފު

24 October 2018

ހާދަ ވަރެއް ތިވަނީ އަމީލް

The name is already taken The name is available. Register?

ވަހީދު

24 October 2018

އަމިއްލަ ގައުމާއި އެހެން ގައުމެއް ހަނގުރާމައަށް ތައްޔާރު ވެފައި ވަނިކޮށް، ދުޝްމިނުންނަށް ހަތިޔާރު ވިއްކުން ފަދަ ކަމެއް. ގައްދަރުން

The name is already taken The name is available. Register?

ހުޝާމު

24 October 2018

ދެކޮޅުން ކާން އުޅޭމީހުން ގިނައީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454