އެޗްޑީސީގެ ސީއޯއޯ އަހުމަދު ބުންޔާމީން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
25 އޮކްޓޯބަރ 2018 - 12:12
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން ޗުއްޓީއެއް ނަންގަވައި މެލޭޝިއާ އަށް ވަޑައިގެންފި އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ކެމްޕޭންގައި އިސް ދައުރެއް އަދާކުރެއްވި ބުންޔާމީން މެލޭޝިއާ އަށް ވަޑައިގަތީ މިިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އެކަމަކު، އޭނާ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ވަކި ދުވަހެއް އެނގިފައެއް ނުވެ އެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) ގެ ދަރިކަލުން ބުންޔާމީންގެ އަރިސް ބައެއް ބޭފުޅުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ބުންޔާމީން އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅެވެ. އެކަމަކު، ވަކި ދުވަހެއް އޭނާ ވެސް ވިދާޅެއް ނުވެ އެވެ.
ބުންޔާމީން މެލޭޝިއާގައި ހުންނަވާއިރު، އޭނާ ވަނީ ރައީސް ޔާމީނަށް އިންތިޚާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، އެޗްޑީސީގެ ވަޒީފާ އިން ޗުއްޓީއެއް ނަންގަވައިފަ އެވެ. ޗުއްޓީ ނެންގެވުމަށް ފަހު، މިދިޔަ ދުވަސްތަކުގައި އޭނާ މަސައްކަތް ކުރެއްވީ ސިޔާސީ މަސައްކަތުގަ އެވެ.
ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބުންޔާމީން މެލޭޝިއާ އަށް ވަޑައިގެންނެވި އިރު، އެޗްޑީސީގެ ވަސީލަތްތައް ކެމްޕެއިން ތެރޭގައި ބޭނުން ކުރި ކަމަށް ބުނެ، ބުންޔާމީނަށް ބޮޑެތި ފާޑު ކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި އޭނާ އާ ދެކޮޅަށް މުޒާހަރާ ވެސް ކުރި އެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ކެމްޕޭނަށް އެޗްޑީސީން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރި ކަން ފާޅާ އެރުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
އެކަމަކު، އެޗްޑީސީން ބުނީ ރައީސް ޔާމީނަށް ތާއީދު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި އެއްވެސް ކެމްޕެއިން ހަރަކާތަކަށް އެޗްޑީސީން ޚަރަދު ކޮށްފައި ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
25 October 2018
ދައުލަތުން ނުވަތަ ރައްޔިތުންގެތިޖޫރިން ވަގަކު ވައްކަންކޮށްފިނަމަ އޭނާ ހޯދާއަތުލައިގަތުމަކީ ނުވާނެ ނުކުރެވޭނެކަމެއްގެގޮތުގައި އޮތީ އަންޒަމާނުގައި. މިއަދު އެކަންބަދަލުވެ ލާމެހިގުޅިފައިވާ ދައުލަތްތައް އޮތީ އެކަންކޮށްދޭގޮތަށް. . . ޔާމީން ވެރިކަމުގެދުވަސްވަރަކީ “އިންތިހާ އުސްމިނަކަށް ވައްކަންތަރައްޤީކުރި ވެރިކަމެއް” ކަމުގައިވާތީ އަހަރުމެން ކުރާންޖެހޭކަމަކީ ވައްކަންކުރިމީހުނާއި މުދަލާއި ފައިސާހުރި އެމީހުންގެ އާއިލީމީސްމީހުންގެ ވާހަކަ ހިއްސާކޮށްދިނުން.
އައްޑޫ ބެއްޔާ
25 October 2018
ޤައުމަށް ނުކުޅަދާނަ ބައެއްދޯ. ތިކުއްޖާއަށް ލިބެންޖެހޭ ގޯއްޗެއް އައްޑޫ ސިޓީގެ ހިތަދޫ ގައި ސިޓީ ކައުންސިލް އިމާރާތާއި ޖެހިގެންވެސް ހުންނަ ކަމަށްވޭ. ދެބުރި ގެއެއް.
ABDULLLAH JALEEL
25 October 2018
ޔަގީން ތި ފިލީ. ތީނަ ޖެހޭނެ އިންޓަރޕޯލް މެދުވެރިކޮށްގެންނަމަވެސް ގެންނަން.
ދާދޭ
25 October 2018
ރައްޔިތުންގެ ބައިތުލްމާލުން ނެގިފައިސާ ދޮވެ ހުދުފޮތިކޮޅަކަށް ހައްދަވަން ދިޔައީ. ރާއްޖެނައިސް ސިޔާސީމާޔަތް ހޯއްދައިގެން އަރާމުގައި ހުންނަވާ. އޮޑިޓް ތިޔައީ ހާދަ ބަރުހެލި އެއްޗެކޭދޯ؟ ވަންނަން ދަތުރުހަދާތާ 2މަސްދުވަސް. ކަންކުރިމީހުން މަރުވެ ފާތިހާ ކިޔާއިރުވެސް ހަމަ ސުއާލު ތައްޔާރުކުރުމުގައި.
ކަލޯގެއާ
25 October 2018
ފިލަނީކީނޫން. ދިވެހިންގެކިބައިގައި ހުންނަ އައުޓް އޮފް ސައިޓް އައުޓް އޮފް މައިންޑް އައް ފުރުސަތު ދިނުމުގެ ގޮތުން ހިނދުކޮޅަކައް އައުޓް އޮފް ސައިޓް ވެލީ! އޯކޭ ނުން ދޯ!
އަލީގ
25 October 2018
ތީންކޮންމެ ތަނެއްގަވެސް ބޮޑެތިކޮއް ތިބި ހުރިހާއެންމެން ބެދުމުގެ ކުރިން ފިލައިގެން ދާނެ، އެމީހުންނައް ދެވޭނެގޮތާ ދާނެތަންތަންވެސް ހުންނާނެ އެކަމަކު އެމީހުންނައް އަތްގާތްކޮއްދީ އެހީވެ އެމީހުންގެ ވިޔާނުދާ ކަންތައްތައް ހިންގައިދޭންއުޅުނުމީހުން ތާށިވާނީ. އެންމެކުރިންވެސް ބުނަމުން އައިވާހަކައަކީ މިއީ އެމީހެއްގެ އަމަލައް އެމީހަކު ޒިންމާވާންޖެހޭނެ ދުވަހެއް އަންނާނެއޭ.
އަލިފް
25 October 2018
ސިޔާސީ މީހުންތައް ވެރިކަން ބަދަލު ވުމުގެ ކުރީން އެމީހުން ގަނެފަ ހުރި އެޕާޓްމަންޓް ތަކަށް ރާއްޖެއިން ބޭރައް ދަނީ އެވެ. ހުއްޓުވޭނެ ގޮތެއް ނެތެވެ. ގެނެވޭނެ ގޮތެއް ، މައްސަލަ ބެލޭނެ ގޮތެއް އަދި ޒިންމާ ވާނެ ބަޔަކު ނެތެވެ. ބާރު ބޮޑުވާނީ ރައްޔިތުންގެ ޖީބަށެވެ.
ކެނެޑީ
25 October 2018
ތިއީ ވަރަށް ބޮޑު ތެދެއް، އެކަމަކު ތިކޮމެންޓް ތިބޭފުޅާ އަދި ދެފަހަރުވަރު ކިޔާލާށެވެ. ހަގީގީގަތުގަ މިކަންކަން ދިމާވަނީ ރައްޔިތުންގެ ސަބަބުންކަން ހާމަވާނެއެެވެ
ޒިންދަގީ
25 October 2018
އިންޓަރޕޯލް ނޯޓިސް ނެރެގެންވެސް ގެނެސް ހިފާ ހައްޔަރުކުރަންޖެހޭ މީހެއް..
އިދިމަތިން
25 October 2018
ދިވެހި ރައްޔިތުންގެ ކުންފުންޏެއްގެ ބައިތުލްމާލު ދަވާލާފަ ގޮސް އެހެން ނުހުރެވޭނެ ތިޔަބުނާ ޒާހިރުމެން ނޫންތަ ބައިސިކަލް ބައްތި ނުދިއްލާ ދުއްވައިގެން މީހުން އަރުވާލާހެދީ އެހެންވީމަ ކުށަކީ ކުށް
އަޙުމަދު
25 October 2018
އެޗް ޑީ.ސީ ބަނގުރޫޓް ވެގެން އޮޑިޓް ވަންނަންވާއިރަށް ތަނުގެ ވެރިމީހާ ފިލައިގެން ދިޔައީތަ.؟
ޕަޕަރާޒީ
25 October 2018
މީއަދި ވެރިމީހާއެއް ނޫން.. އޭނަ އުޅެނީ މިހާރު މާ ނޫންކަމައް ހެދިގެން.. އެތަނާ ހަވާލުވެގެން ހުންނަނީ ސީއީއޯ އަހުމަދު ނާސިފު ނުވަތަ އާންމުކޮއްކިޔާ އުޅޭގޮތުންނަމަ ޑީޑީ.. ހުރިހާ ޒިންމާއެއް އަސްލުނަގަން ޖެހެނީ ސީއީއޯ.. ބުންޔާމީނަކީ އޭނަގެ ދަށުން ހުންނަ ސީއޯއޯ..