ޕީޖީ ބިޝާމް: އެކަމަަނާ އިސްތިއުފާ ނުދެއްވައިފި ނަމަ ވަކިކުރަން ހުށަހަޅާނެ ކަމަށް އާ ސަރުކާރަށް ނިސްބަތްވާ މެމްބަރަކު މިރޭ ވަނީ ވިދާޅުވެފައި --ފޮޓޯ/މިހާރު
18 ނޮވެމްބަރ 2018 - 22:09
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރު އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޖީ ބިޝާމް އެ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި އެކަމަނާ އިސްތިއުފާ ނުދެއްވައިފި ނަމަ، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
PG Bisham Magaamun Isthiufaa Dhevvan Jehey. Noonee Ithubaaru Neihkamuge Massala Majilihah Hushahalhaanan. pic.twitter.com/mj86wKvTG1
— Abdulla Ahmed (@AblhoMP) November 18, 2018
މެމްބަރު އަބުޅޯގެ ޓްވީޓް
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ލީޑަރުން ޖަލަށް ލުމާއި ހައްޔަރު ކުރުން ފަދަ ކަންކަމާ ގުޅިގެން، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުންތަކެއް ބިޝާމަށް އަމާޒުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަކީ މިނިވަން މަގާމެއް ކަމަށްވާތީ، އެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. މި ވަގުތު މަޖިލީހުގައި އޮތީ އާ ސަރުކާރުގެ އަޣުލަބިއްޔަތެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.
ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. މުހުތާޒްގެ ކުރިން ޕީޖީގެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން މަޖިލީހުން އުޅުމުން މުއިއްޒު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނާ
20 November 2018
ޕީޖީއައް ވަޒީފާގެ ބިރުނުދައްކާ
ޔަޒް
19 November 2018
ކޮބާ އޭސީސީ. އެތާގައި ތިބި ހުރިހާ މެންބަރުން ބޭރުކުރަންޖެހޭ
ހެޔޮއެދޭ
19 November 2018
މި ހުރިހާ ކޮމެންޓެއް ކިޔާފަވެސް ދެން އިސްތިއުފާ ދޭން ވެއްޖެއެއްނު.
ސަމާއާދަނު ލާރިބެހި
19 November 2018
ކޮންމެހެންވެސް ބޭރުކުރަން ޖެހޭ
އަހުމަދުބޭ
19 November 2018
މީނަކުރި ކަންތައްވެސް ރަގަނޅުވާ ބަޔަކު އުޅޭނެ، އެކަމަކު ބިސާމްވަނީ ހާދަވަރަކަށޭ ގާނޫނަށް ފައިންއަރާ ހިތުހުރި ގޮތަކަށް މީހުންނަށް ދައުވާކޮށް ޖަލައްލައިފައި
އަލްބެ
19 November 2018
ޔަޒީދު ބޭރުކުރޭ!!!!!!!!
ޢަލިފްހާ
19 November 2018
މާލަސްވެއްޖެ
އިބުރާހިމްރަޝީދުއަލީހިތަދޫ
19 November 2018
މިފަހަރު އަޅުގަނޑުމެންވެސް މިތިބީ ކެތްމަދުވެފައި ދިވެހި ގައުމު ވިއްކަން ގާނޫނު ހަދައި އެކަންތައް ތަކުގައި ބައިވެރިވި މީހުން އެމަގާމުތަކުން ވަކިކޮށް 2019 ރައްޔަތުންގެ މަޖިލިސް އަށް ނުހޮވުމުގެ އިތުރުން ޖިނާއީ ތަހުގީގެއް ހިންގަން. ރާއްޖޭގެ އެއްމެ ފުރަތަމަ ވިއްކަން ނިންމައިފައި އޮތް ފ.އަތޮޅުގެ ކަންތައް ކަނޑީގެ މޭގެ ތުނުޑަށް އަރާވަރައް ނިމިފައި އޮތްވާ ރަސްގެފާނައް އާދެވޭގޮތްނުވީ ހުރިހާ ކަމެއްރެޑީވިކަން އެއްމެނައް އެނގޭ.ﷲގެ ކުޅަދުންވަންތަކަމުންސަލާމަތ
ރާވެރިބެ
19 November 2018
ކަމެއް ކުރަން ނުކެރިގެން ދުރުން ހަޅޭއްލިއަކަސް ކަމަކު ނުދާނެ ... އިސްތިއުފާވެސް ކޮންމެހެން ދޭކަށް ނުޖެހޭ... އެއީ އެކަމަނާގެ އިޚްތިޔާރީކަމެއް... ބަހައްޓާކަށްވެސް ނުޖެހޭ ... އެވެސް ބަހައްޓަން ތިބި ބައެއްގެ އިޚްތިޔާރުގައި އޮތްކަމެއް... ވަކިކޮށްފިއްޔާ ނުގޮހެއްވެސް ނުހުންނާނެ... މާ ބޮޑާވެގަނެގެން އަޑުގަދަނުކުރިއަކަސް ކުރަންއޮތްކަމެއް ރީތިކޮށް ކޮށް ނިންމާލީމާ ނިމުނީނު.
ޛުބައިރު
19 November 2018
އޯގާތެރި ސަރުކާރުން ވަޒީފާގެ ބިރު. ކިހާ އޯގާތެރި. ޥަޒީފާގެ އޮނިގަނޑަށް ބަދަލުގެނެސް އެތައް ބަޔަކު ކަޑާލަނީ....
ަވަންނާށި އަފީފު
19 November 2018
މިފަދަ މަޤާމުތަކުގައި ތިއްބެވި ޔާމިނު ސަރުކާރުގެ އިސްބޭފުޅުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ އެ ސަރުކާރު ބަދަލުވުމަށްފަހު. ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެންނަން ޖެހެނީ ސިޔާސީ ބޭނުންތަކަށް ތިޔަ ބޭފުޅުންގެ ސަރުކާރުން އެތަކެއް ހާސް ވަޒީފާ ނުހައްގުން ދީފައިވާތީ. އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެތަކެއްހާސް ފައިިސާއެއް މުސާރަ ދޭން ހޭދަ ކުރަން ޖެހޭ.