04 ޑިސެމްބަރ 2018 - 13:17
ކުޑަ އަންހެން ކުއްޖަކާއެކު ބަދައަހުލާގީ އަމަލު ހިންގިކަން ސާބިތުވެ 10 އަހަރަށް ޖަލަށް ލާފައިވާ، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)ގެ އަދަބު ލުއިކޮށްދީ މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސްގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ ހޯރަ އިއްބެގެ އަދަބު ލުއިކޮށްދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ނިންމެވީ 2016 ވަނަ އަހަރު އޭނާ ގެއަށް ބަދަލު ކުރުމަށް ކްލެމެންސީ ބޯޑުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށް ކަމަށް ވެސް ހޫދު ވިދާޅުވި އެވެ. ނަމަވެސް އޭނާ މިނިވަން ކުރާނެ ސީދާ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެ ކުށް ސާބިތުވެ އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ޖެނުއަރީ 12، 2013 ގަ އެވެ. އޭނާގެ ހުކުމުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 8، 2023 ގަ އެވެ.
އެނގިފައިވާ ގޮތުގައި މި ބުރާސްފަތި ދުވަހު އޭނާ މިނިވަންވާނެ އެވެ. ރައީސް އިއްޔެ ނިންމަވާފައި ވަނީ ހޯރަ އިއްބެ އަށް އިއްވާފައިވާ ޖަލު ހުކުމުން ތިން ދުވަސް ފިޔަވައި އެހެން ދުވަސްތައް މާފުކޮށްދެއްވުމަށެވެ.
އެގޮތަށް އަދަބު ލުއިކޮށްދީފައި އެވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ ރައީސަށް ވެސް މާފް ނުދެއްވޭ ކުށަކަށް ވާތީ އެވެ. ނަމަވެސް މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެފަދަ ކުށްތަކުގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އަންޑަ ސެކެރެޓަރީކަން ކުރެއްވި ހޯރަ އިއްބެ 2012 ވަނަ އަހަރުގެ ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގަނިކޮށް ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ އެވެ. އޭނާ ފަހުން ވަނީ އެ އަންހެން ކުއްޖާއާ ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް ދަރިއަކު ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސް
05 December 2018
ލަދުން ބޯހަލާކު ، ޢަދުލު އިންސާފޭކިޔައިގެންް ކެމްޕޭންގަ ވަކާލާތުކުރި ކުރުން މިވީ ހަމަ ބިލާހަކަށް ، އިބޫ ތިހުރީ ބޮޑު ތަނުން ފެއިލްވެފަ
އަބްދޫ
05 December 2018
ހޯރަ އިއްބެ މިނިވަން ކުރުން ވެގެންދަނީ ނާޖާއިޒް ގޮތުގަ މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމާއި ގާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި ރައީސް އިބްރާހިމް މުހަންމަދު ސާލިހު ހިލާފްވެވަޑައިގަތުމަކަށް. 17 ވަނަ މާއްދާގަ ބުނަނީ އެއްވެސް މީހަކަށް ތަފާތު ކޮށްގެންނިވާނެކަމަށް . 20 ވަނަ މާއްދާގަ ބުނަނީ ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހަމަހަމ ގޮތުގަ ހިންގުމާ ގާނޫނުގެ މަންފާ އެންމެނަށް ހަމަހަމ ގޮތުގަ ލިބެން ވާނެ ކަމަށް.
އިއްބެ އަކީ
05 December 2018
ދޫކުރިޔަސް ނުކުރިޔަސް ފަރުވާލެއްނެތް، އިއްބެ އަކީ ޕެޑޮފީލް އެއްނޫން!
ފޮނިޓައްޕު ހަސަނު
05 December 2018
މީހަކަށް ކުށެއް ކުރެވިދާނެ. އޭނަ 17 އަހަރުގެ އެ އަންހެން ކުއްޖާ އުމުރު ފުރިހަމަވުމުން އިނދެގެން މިހާރު ދަރިއަކުވެސް އެބައޮތް. އޭނައަކީ މުޖްތަމައަށް ނުރައްކާތެރިމީހެއް ނޫން. ގާނޫނުގަ އިންނަ ފޮޅުވަތެއްގައި ހިފައިގެން އޭނައާއި އޭނަގެ އަންހެނުން އަދި ތުއްތު ދަރިފުޅުގެ މުޅި މުސްތަގްބަލް ބަނަކޮށްލާކަށް ނުވާނެ.
އަރޫ
05 December 2018
ސަތާރަ އަހަރު ވީމަ ބާލިޣުވިތާ ފަސް އަހަރު ހައަހަރު ވެފަ ހުރި ބޮޑު އަންހެނެއްނު އެއީ،
އާމިރު
05 December 2018
އުއްމީދުކުރަން ކުރިމަގުގައި ހުރިހާ ޖަލުތެކެއް ބަންދުކޮށް އެންމެންނަކީ މިިނިވަނުުންް ކަމުގައި ހަދައި ދެއްވާނެ ކަމަށް.
ޖަޑު ޖަޑު
05 December 2018
ވައްކަމާ، ކަރަޕްޝަން ބަލަން ވެރިކަމަށް އިސްވި ދައުލަތެއްގެ ނިވަލުގަ އޮވެގެން ރާއްޖޭގެ ސްޕްރީމްކޯޓުން އިލާހީ ޤާނޫނަށް ގޮންޖައްސަވަނީތޯ. މީހުންމެރުމާ، ވައްކަންކުރުމާއި، ރާބުއިމާ ޒިނޭ ކުރުމަކީ ހައްދު ޤާއިމް ކުރެވިފައިވާ ކުއްތައް، މިއިންކަމެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ އަދަބު ލުއިކޮށްދީ ހުކުމް ބާޠިލްކުރުމުގެ ބާރެއް، އިހުތިޔާރެއް ސްޕްރީމް ކޯޓަކަށް ލިބިގެންނުވޭ
އޮރެންޖުރައީސް
05 December 2018
މަގޭ ހިތައް އަރަނީ ހޯރަ އިއްބެގެ ވަސްވާހުގަ ނުޖެހި އެކުއްޖާ 20 އަހަރު ވީ ފަހުން ހޯރަ އިއްބެ މޮޅެތި ވާހަކަތައް ހިފައިގެން އައިނަމަ ހަމަ މިހެންބާއޭ ކަންތައްތައް ވާނީ. ތިމާގެ ހަޔާތުގަ ބޭނުންވާ ކަންކަންވެސް ރަނގަޅަށް ނުވިސްނޭ އުމުރުގަ އެކުއްޖާގެ ބައްޕަ އުމުރުގެ މަޝްހޫރު މީހެއް އައިސް ބޮލަށް އެރި އެކުއްޖާގެ ބޭނުން ކުރުން އެއީ ކިހާ ނުބައި ކަމެއް. އަޅެ ހަމަ މިކަން އޯކޭ ތަ؟
ކޭކޭބީކެކެކެކެ
05 December 2018
އެންމެ އަންހެނުން ގިނަ ކެބިނެޓޯ. އަދި ޗުއްޕުވެސް ނީވޭ. އަންހެނުން ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް.
ހާހާ
05 December 2018
ދެން މަ ހީ ހީ...