ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިއްފުށީގައި ވާހަކަފުޅު ދައްކަވަނީ: އަންހެނުންނަށް ކުރާ އަނިޔާއަށް ގެންގުޅޭނީ ޒީރޯ ޓޮލަރަންސް ޕޮލިސީއެއް: ރައީސް -- ފޮޓޯ: ހުސެން ވަހީދު/މިހާރު
11 ޑިސެމްބަރ 2018 - 17:11
އަންހެނުންނަށް ކުރާ އަނިޔާ އަށް ގެންގުޅުއްވާނީ ޒީރޯ ޓޮލެރަންސް ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ކުރިއަށް ގެންދިޔަ ހޭލުންތެރިކަމުގެ ހަރަކާތް، "16 ޑޭސް އޮފް އެކްޓިވިޒަމް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މިއީ އެކި ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށްޓަކައި މުޅި ދުނިޔޭގައި 16 ދުވަހަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ނޮވެމްބަރު 25 އިން ފެށިގެންނެވެ.
އެފްޕީއޭ އިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެކި މައްސަލަތަކާ ގުޅޭ ގޮތުން އެކި ދާއިރާތަކުގެ ބޭފުޅުން ވާހަކަ ދައްކަވާފައި ވެ އެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލް ހުސައިން ޝަމީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެފްޕީއޭއަށް ދެއްވި އިންޓަވިއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށެވެ.
"...މި ކަމުގައި ގެންގުޅޭނީ ޒީރޯ ޓޮލެރަންސް ޕޮލިސީ އެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
To wrap up 16 Days of Activism Against Gender-Based Violence, His Excellency President Ibrahim Mohamed Solih emphasizes on collective action from state, government, civil society and communities to eliminate violence against women in the country#16Days #OrangeMaldives #HearMeToo pic.twitter.com/MZJKaM1rYO
— Family Protection Authority (@fpa_maldives) 10 December 2018
ރާއްޖޭގައި ކޮންމެ ތިން އަންހެނުން ކުރެ އެކަކަކީ ކޮންމެ ވެސް ގޮތަކުން ޖިސްމާނީ، ޖިންސީ، ނުވަތަ ނަފްސާނީ އަނިޔާ ތަހައްމަލު ކުރަމުންދާ ބައެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ގިނަ ކަމަށެވެ.
"މި އަހަރު މިހާތަނަށް 590 ގެވެށި އަނިިޔާގެ މައްސަލަ ރިޕޯޓުކޮށްފައި ވާއިރު، މީގެ ތެރެއިން ގިނައީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްސަލަ. މިއީ ކަންބޮޑުވާން ޖެހޭ މިންވަރެއް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް، އެ އަނިޔާ ލިބުނީ އެ މީހުން ކުރި ކަމަކުން ނުވަތަ ބުނި އެއްޗަކުން ކަމަށް މީހުން ދެކޭ ކަމަށާއި އަދި އެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ގޮތަށް ވިސްނުމުގެ ސަބަބުން ކުށްކުރާ މީހުން އުފުލަން ޖެހޭ ޒިންމާ ކުޑަވެގެންދާ ދިއުން މި މުޖްތަމައުއިން ފެންނަ ކަމީ އަޅުގަނޑުމެން ކަނބޮޑުވާން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، ގެވެށި އަނިޔާ ތަހައްމަލު ކުރާ އަންހެނުންނަށް އިންސާފު ހޯދުމުގައި ވެސް ހުރަސްތަކެއް އެބަހުއްޓެވެ. އަދި އިންސާފު ހޯދުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ލުއިފަސޭހަ ވާނޭ ގޮތަށް ގާނޫނީ އޮނިގަނޑު ރާވައި، އަނިޔާ އިން އަންހެނުން ރައްކާތެރި ކުރުމަށް ހެދިފައި ހުރި ގާނޫނުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ތަންފީޒީ މަގާމުތަކުގައި ސީދާ އަންހެނުންގެ ދައުރު ބޮޑު ކުރުން މުހިއްމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިކަން ހުއްޓުވޭނީ ވަކިވަކި ފަރުދުންނާއި އާއިލާތަކުންނާ މުޅި މުޖްތަމައުން ޒިންމާ ނަގައިގެން. އަދި ސަރުކާރުގެ މުއާސަސާތަކުން މިކަމާ މެދު ހޭލުންތެރި ވެގެން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެވެހިފިރި
12 December 2018
އަނބި ދަށު ކޮށްގެން ގެންގުޅޭ ފިރިންގެ ޙައްޤެއް ނެތީތަ. ހާދަ ހެއްވައޭ. ކިތައް ފިރިހެނުން ގޭގައި އާއްމުކޮށް ކައްކާފަ އަނބިމީހާއަށް ކާންދޭން ޖެހެނީ. ފިރިމީހާގެ މައްޗަށް ބަސްބުނާ މީހަކަށް ވެގެން ގޭގެ އެންމެ ފަހުބަސް ބުނާ މީހާއަށް އަނބިމާހާ ވަނީ.
އަލިހަންޖާ
11 December 2018
ހޯހޯ ރައީސް. ތިކަހަލަ ވާހަކަ އަނގައިން ދައްކާފަ ކަމުން އެހެން މަންޒަރެއް ތި ކުރަހަނީ. ބަހާ އަމަލާ ދިމާނުވޭ. ހޯރަ...
ޝިވާނީ
11 December 2018
ރާއްޖޭގައި އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ މައިދާތަގެ އުނދަގޫ
ތިމާވެށި
11 December 2018
ފިރިހެނުންނަށް ކުރާ ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ތަކުގެ ސާވޭ އެއް ހެދުމަށް ގޮވާލަމެވެ. ހަމަހަމަ ކަން ކޮބާ ހެއްޔެވެ؟ މިގައުމުގަ ފިރިހެނުންވެސް އުޅެއެވެ. އެމީހުންގެ ވާހަކަ ވެސް ދައްކަން ޖެހެއެވެ.
ފައިސް
11 December 2018
އެކަމު ކުޑަކުދިންނާ ބެހޭ މީހުނަށް އޯކޭ ދީފަ އޮތީ.
ކިނބޫ
11 December 2018
އަންހެނުންނަށް ކުރާ އަނިޔާއަށް ގެންގުޅޭނީ ޒީރޯ ޓޮލެރަންސް ޕޮލިސީއެއް، ކުޑަ ކުދިންނާ ބެހޭ މީހުންނަށް މައާފް ޕޮލިސީއެއް،
ޢޯމޖީ
11 December 2018
އަޅެ ލަދެއްނުގަނޭތަ ހޯރައިއްބެ ދޫކޮށްލާފައި ތިވާހަކަ ދައްކަން.
1828
11 December 2018
އަންހެނުން، ފިރިހެނުންނަށް އަނިށާ ކުރުން އޮކޭ ތޯ؟
މާސްޓަރ
11 December 2018
ޢެހެންވިއްޔާ ތިޔަ ކުއްކޮށްފައި ތިބި ޕާޓީ ކުދިންކޮޅު ޖަލުން ދޫކޮށްލާ. އޭރުން ތިކަން އެންމެ ރަގަޅަށް ކުރެވޭނީ.
ޒީރޯ
11 December 2018
ފިރިހެނުންނަށްކުރާ އަނިޔާގެ ވާހަކަ، ފިރިހެނުންގެ ޙައްޤުތަކުގެ ވާހަކަ ދައްކާނެ މީހަކު ނެތްތޯ؟ ކުށަށް އަރައިގަނެ އަަދަބުލިބޭ މީހުންގެ އެންމެބޮޑު ޕަސެންޓަކީ ފިރިހެނުން. ކީއްވެތޯ މިކަމުން ފިރިހެނުން ރައްކާތެރިކުރުމަށް މަސައްކަތް ނުކުރަނީ.