ދިވެހި ހައްޖާޖީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް ފެރީއަކަށް އަރަނީ.-- ފޮޓޯ: މިހާރު
27 ފެބުރުއަރީ 2019 - 14:02
ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލް އިޖުތިމާއީ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިރު، ބިލަށް ބަދަލެއް ނުގެނެ އެވެ. ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.
ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްވީ، އެ ބިލާ މެދު ގޮތެއް ނިންމުމަށް އެޖެންޑާ ކުރި ހަތަރު ވަނަ ފަހަރު އެވެ. މީގެ ކުރިން އެ ބިލް ފާސް ކުރަން އެޖެންޑާ ކުރި ނަމަވެސް، ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ވަނީ ބިލިަށް ވޯޓަށް އަހަން ދެކޮޅު ހަދައިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް
ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) އާއި މަޖިލިހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށް ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.
އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު ބޭނުންކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓް ކަމަށް ވެސް އަސްލަމްގެ އިސްލާހުގައިވެ އެވެ.
ޕެންޝަން ފައިސާ ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންކުރެވޭނެ އިންތިޒާމު ގާނޫނާ އެއްގޮތަށް ހަމަޖައްސައި، ފައިސާ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅަން ވެސް ބިލްގައި ބުނެފައިވެ އެވެ. ބިލްގައިވާ ގޮތުން އެ އުސޫލު އާންމު ކުރަން ޖެހޭނީ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން ތިން މަސް ތެރޭގަ އެވެ.
ޕެންޝަން ސްކީމްގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަސްލަމްގެ އިސްލާހުގައިވާ ގޮތުން، އަލަށް ހަދާ ގަވައިދުގައި ކޮންމެ އަހަރަކު ހައްޖުވުމަށް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނެ މީހުންގެ އަދަދާއި ހައްޖުވުމުގެ ފައިސާ ދޫކުރެވޭނެ ގޮތާއި އެ ނޫން ވެސް ކަމާ ގުޅޭ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން އެކުލަވައިލަން ވާނެ އެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ހުށަހެޅުއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މީގެއިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަންގެ ގޮތުގައި 5000ރ. ދިނުމަށް އިސްލާހުގައި ހިމަނާފައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ދެނީ 2000ރ. އެވެ. ނަމަވެސް ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް 5000ރ. ދެ އެވެ.
ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަމުންނެވެ.
މިއަދުގެ ޖަލްސާގައި ވަނީ "ފްރޭމްވާކް އެގްރީމަންޓް ފޯ އެސްޓަބްލިޝިން އިންޓަނޭޝަނަލް ސޯލަ އެލަޔަންސް" ރާއްޖެ އިން ތަސްދީގު ކުރުމަށް ފެންނަ ކަމަށް މަޖިލިހުން ރުހުން ދީފަ އެވެ. އަދި އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި އެއްޗަކުން ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ މަޖިލިހަށް ބަލައިގެންފަ އެވެ. ބިލް ދިރާސާ ކުރަން ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑު
03 March 2019
މެންބަރުންނާއި ސަރުކާރުގެ އިޚްލާޞްތެރިކަމެއް ނެތްކަމުގެ ލާމަޞީލު ހެއްކެއް މިބިލަކީ
ހިލަބެ
01 March 2019
ޕެންސަން ފަންޑުގައި ހުރިފައިސާއިން ހަމައެކަނި ހައްޖައް ދިއުމެއްނޫން އެފައިސާއިން ގެދޮރުނޭޅިފައި ތިބޭނިކަމެތިންނަށް ގެދޮރު ޢިމާރާތްކުރުމަށް ޚަރަދުކުރެވޭނެގޮތް ހަދައިދެއްވާ ޚުދު އަޅުގަނޑަކީވެސް ޕެންސަން ފަންޑުގައި ފައިސާހުރެމެ ގެއެއް ނޭޅި 56 އަހަރު ވެފައިވާ އަނބިދަރިން ގޮވައިގެން ކުއްޔަށް އުޅޭމީހަކީން ބޭނުމެއް ނޫން ބޭންކްގެ ރިބާލޯނު ނަގައިގެން ގެއަޅާކަށް
އަލިހަންޑޯ ޓޮލޭޑޯ
28 February 2019
2000 ރުފިޔާ 5000 އަށް ބަދަލުކުރީ ހީލަތެއްގެ ދަށުން. ޔާމީންވެރިކަމުގައި އިތުރަށް ދޭންޖެހޭ 3000 ރުފިޔާ ދިނީ ދައުލަތުގެ ބަޖެޓުން. އެޔަކީ ޕެންޝަނަރުންގެ ފައިސާއިން ދިން އެއްޗެއްނޫން. މިހާރު 5000 ރުފިޔާ އެއްކޮށް ދޭނީ ޕެންޝަން ފަންޑުން. މިހެންވުމުން ކޮންޓްރިބިއުޓަރުންނަށް ވާނީ ގެއްލުން. އަދި އިންވެސްޓްކުރަން ހުންނަ ފައިސާދާނީ މަދުވަމުން. ސަރުކާރަށް ފައިދާވެދާނެ އެކަމަކު ބަޖެޓަށް ލުއިވާއެތިކޮޅު ކާލާނީ ސިޔާސީ ވެރިން.
ކަމްބްލަރ
28 February 2019
މައުލޫމާތު މުޅިން ގޯސް. 2000 ރުފިޔާވެސް، 5000 ރުފިޔާވެސް ދެނީ ދައުލަތުގެ ބަޖެޓުން. ޕެންޝަން ފަންޑަކުން ނޫން
ޗަކްނޯރިސް
28 February 2019
ޢަހަރެން އެދެނީ ޕެންޝަން ފައިސާއިން އަހަރީ ޗުއްޓީގައި ރާއްޖޭން ބޭރަށް ދާން ފައިސާދިނުން . ޚާއްސަކޮށް ލަންކާ އިންޑިއާ ތައިލޭންޑް މެލޭޝިއާ ޗައިނާ ފަދަ ދިވެހީން ގިނަގިނައިން ގޮސްއުޅޭ ގައުމުތަކަށްދާން . މިހެން ހަދައިފިނަމަ ރާއްޖޭގައި ނަފްސާނީ ބަލިތަކުގެ ރޭޓް ވަރަށް ބޮޑަށް ދައްވާނެ.
ކަމްބްލަރ
28 February 2019
ހޫނ ދެން މާމަޖާނުވޭ.
ޒުނައިރާ
28 February 2019
މިހާރު ތިތިބި މެމްބަރުން ރައްޔިތުންނަށް ހެވަކަށް ނޭދޭނެ.މިހާރު ތިބި އެއްވެސް މެމްބަރަކަށް ވޯޓް ނުދޭތި.ތީ ގައުމު ދަވާލުމުގަ އަޑީގަތިބި މީހުން.އެމީހުންއެތިބީ މަކަރާ ހީލަތުންގޮސް ކަރަޕްޝަނުން ފޯވެފަ.ހެޔޮ %50 ފައިސާ ނުދިނަސް.
ޢޮޅުންބޮޅުން
28 February 2019
ގަވައިދެއް ގާނޫނެއް ނެތި 2000 ން 5000 ދެވޭތޯ.
ކަމްބްލަރ
28 February 2019
އެއީ ދައުލަތުގެ ބަޖެޓުގަ ހިމަނައިގެން ދޭއެއްޗެއް. މަޖިލީހުން ބަޖެޓު ފާސްވާއިރު އެހެރީ ރައްޔިތުންގެ މަޖިލީހުން 5000 ރުފިޔާދޭން ފާސްވެފަ. އެހެންވީމަ ގާނޫނީ މާބޮޑު މައްސަލައެއް އޭގަ ނެތް. އިނގިރޭސި ބަހުން ބުނަންޏާ semantics
ފަންސާސް ޕަސެންޓް
27 February 2019
މުސާރަ ލިބިއްޖިއްޔާ މި.މެމްބަރުންނަށް ވާ އޯކޭ، ބަލަ ބުއްދި ސަލާމަތުން ތިބި މެންބަރުން މިބިލައް ވޯޓު ދިން އިރު ހަމަ ނޭގުނުދޯ އިސްލާހެއް ހުށައަޅާލަން، ބުނެބަލަ އަހަރުމެން ނިކަމެތިން ދެމަފިރިން އެކީގަ ހައްޖައްދާން އެއްލައްކަ އަށްވުރެން ގިނަ ފައިސާ ދައްކާނެގޮތެއް. މިހާތަނަށްވެސް ހައްޖުނުވެވި މިތިބީ އެއްފަހަރާ ދޭނެ ފައިސާ ނެތީމަ
ާބިލް
01 March 2019
ރައްޔިތުންނަށް ރަނގަޅަށް ކަމެއް ކޮއްދޭން އުޅޭމީހަކު ނޫޅޭ ތިތާކު
ކަދުރު
27 February 2019
ވަރަށްދެރަ، އުއްމީދުކުރީ ޕެންސަން ފަންޑުގަ ހުރި ފައިސާއިން ދެމަފިރިން ނުވަތަ އެކަކަށް ހައްޖައް ދެވޭނެކަމަށް، ނަމަވެސް ކަންނިމިގެން އައިއިރު މިޖެހުނީ އަނެއްކާ 50000 (ފަންސާސް ) ރުފިޔާ ހޯދަން. މިއީ ޤަރުނުގެ ބޮޑު ޖޯކު، އަދި މިއީ ކުރެވުނު މަލާމާތެއް. ކުރި ތާޢީދު އަނބުރާ ގެނެސްފިން، މި ޤައުމުގެ ވެރިކަަމަށް އަންނަނީ ހައްތާވެސް ނިކަމެތިން ފެލައިގެން ދިޔަބޯންދަންނަ މަކަރުވެރި ދޮގުވެރިންކަން މިއަދު އެގިއްޖެ.
ކަމްބްލަރ
28 February 2019
ޕެންޝަން ފަންޑަކީ ގާނޫނަކުން، ވަކި ބޭނުމަކަށް ހަދާފަ ހުރި ފަންޑެއް.ސަރުކާރުން ބޭނުންހާ ގޮތަކަށް ވޯޓު ހޯދަންވީމަ އެފަންޑަކާ ނުކުޅެވޭނެ. ދުރުވިސްނުން ކިޔާއެއްޗެއް އޮވޭ. އޭތި ގޫގުލް ކޮއްލާ. Educate yourself.
ހާލުގެދުލުން
27 February 2019
ވަޢުދު ފުރިހަމައެއްނުވޭ! %50 ދިނީމަ. އެއީ ޕެންސަން ސްކީމްގައި ބައިވެރިވެގެން އުޅޭ ފަރާތްތަކުގެ ޙައްޤެއް.
ކަމްބްލަރ
28 February 2019
ހައްގެއް ނޫނޭ މީހަކު ނުބުނޭ ދޯ؟ އެހައްގު ވާގޮތް ވެސް ގާނޫނާ ގަވައިދުތަކުގަ އޮވޭ. އޮއްވަ އިބޫމެން ނުޖެހޭ ސިޔާސީ ބޭނުން ތަކަށް ފާޑުފާޑުގެ ވައުދުވާކަށް. ބޮޑު ގޯހެއްމީ.
ހިންހަލަކު
27 February 2019
ހާދަ ދަހި މެންބަރުންނޭ ދޯ މިއީ. ހީވަނީ މީ މިމީހުންގެ އަމިއްލަ ފައިސާހެން. މިމީހުން ބޭނުން ވީ މާ ބޭނުން އަދަދެއް މުސާރަ ނަގަން ފާސް ކޮށްގެން . ނޫނޭ މީ އަމިއްލަ އެދުން ބޮޑު ބައެއް. އަނެއްކާ ޕެންޝަން ސްކީމުގެގެ ދެބައިކު ޅަ އެއްބަޔަކީ ސީދާ އަހަރުމެންގެ ފައިސާ ދެން އެބައި ދޭނަމަވެސް
އެނޮނިމަސް
27 February 2019
އެލާރި އެއްފަހަރުން ހުސްވީމަ ފަހުން ދިރިއުޅެން ލާރި ދެނީ ކާކުތަ? އެހެންވީމަ ޕެންށަން ފައިސާ އެއް ފަހަރާ ދިނުން ބުއްދިވެރިއެއްނޫން!