ނައިބު ރައީސް ހދ. އަތޮޅަށް ފުރާވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް، ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު ފުރާވަޑައިގެންފި އެވެ.


ރައީސް އޮފީހުން ބުނީ ދެ ދުވަހަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓާއި ނޮޅިވަރަމާއި ހަނިމާދު އަށް ނައިބު ރައީސް ވަޑައިގަންނަވާނެ ކަމަށެވެ. އެ ތިން ރަށަށް ވަޑައިގެން އެ ރަށްރަށުގެ އިދާރާތަކަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ މަސައްކަތް ހިނގާ ގޮތް އެމަނިކުފާނު ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ ހަފުތާގައި ވެސް ނައިބު ރައީސް ފައިސލް ވަނީ އައްޑު އާއި ފުވައްމުލަކަށް ވަޑައިގެންފަ އެވެ.