ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމާއި (ވ) ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާ (މ) މަޝްވަރާ ކުރައްވަނީ.
22 ޑިސެމްބަރ 2018 - 16:12
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވައުދު ފުއްދުމަށް ވަކި ޕާޓީއެއްގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަމީން އެގޮތަށް ވިދާޅުވި އިރު، މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ދިނުމަށް ރާއްޖެ ގޮވަމުންދާ ކަމަށާއި ސަރުކާރުގެ ވައުދުތައް ފުއްދަން އެމްޑީޕީގެ މެމްބަރުން މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު އިއްޔެ ހއ. އިހަވަންދޫގައި ވަނީ ވިދާޅުވެފަ އެވެ.
@ibusolih RJ ge magāmah rayyithun hovee coalition sarukaareh ufedhdhumah. RJ Ibu ge vaudhu fuhdhumah majilis gai coalition majority othun v muhinmu. Ekamaku vaki party egge majority eh muhinmeh noon.
— Ameen Ibrahim (@ameenmaldives) December 22, 2018
Vaki partyakun majority ah demandkurumaky rayyithun ithurah visnanjehey kameh.
އަމީން ކުރެއްވި ޓުވީޓު.
ނަމަވެސް އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކޮށްދިނުމަށްވުރެ، ބޮޑު ވައުދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރައީސް ހޮވިވަޑައިގަތީ، އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވައުދު ފުއްދާކަށް ކޯލިޝަންގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ ބޭނުމެއް ނުވޭ. ބޭނުމީ އިހްލާސްތެރިކަން،" އަމީން ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި، ވެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވީ ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ބޭނުމުގަ އެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދުމަށް މަޖިލީހުގައި ކޯލިޝަން މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"އެކަމަކު، ވަކި ޕާޓީއެއްގެ މެޖޯރިޓީއެއް މުހިންމެއް ނޫން. ވަކި ޕާޓީއަކުން މެޖޯރިޓީ އަށް ޑިމާންޑް ކުރުމަކީ ރައްޔިތުން އިތުރަށް ވިސްނަން ޖެހޭ ކަމެއް،" އަމީން ކުރެއްވި އެހެން ޓުވީޓުގައިވެ އެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަން ގުޅިގެން ވާދަކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފަ އެވެ. ކޯލިޝަންގެ ތެރެއިން އިންތިހާބުގައި ވާދަކުރުމާ މެދު މަޝްވަރާ ކުރެވުނަސް، އެކަމާ މެދު އަދި ގޮތެއް ނިމިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޯލިޝަންގެ ތެރެއިން، މަޖިލިސް އިންތިޚާބަށް ވާދަކުރުމާ ގުޅޭގޮތުން އެ ކޯލިޝަންގެ ލީޑަރުން މަޝްވަރާ ކުރެއްވިރު، ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ފ. ނިލަންދޫ ދާއިރާ ފިޔަވައި ދެން ހުރި 86 ދާއިރާއަށް ވާދަކުރުމަށް ނިންމައިފަ އެވެ. އަދި ކޯލިޝަންގެ އަނެއް ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވިދާޅުވީ ހުރިހާ ދާއިރާއަކަށް އެ ޕާޓީން ވާދަކުރަން ކެރޭނެ ކަމަށެވެ.
ކޯލިޝަންގައި ދެން ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދާލަތު ޕާޓީން ވަނީ އިންތިޚާބުގައި 13 ދާއިރާ އަކަށް ވާދަކުރަން ނިންމައި، އެ ދާއިރާތައް އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަލަންވެރިޔާ
23 December 2018
ކޯލިޝަން އޮންނީ ވަޒީރުންގެ މަޖިލީހުގައި - ރައްޔިތުންގެ މަޖިލީހުގައި ގޮތް ނިންމާނީ ރައްޔިތުން - ހަވަރޭ ކުރިމަތިލިޔަސް - ކުރޮޅި ކުރިމަތިލިޔަސް - ރައްޔިތުން މިފަހަރު އެބަ ޖެހޭ ފިސާރި ކެރިގެން އެއް ޕާޓީއަކަށް ބޮޑު މެޖޯރިޓީއެއް ދޭން!
2ގުޅަ ޕެނެޑޯލް
23 December 2018
ވައުދު ފުއްދަން ވަކި ޕާޓީއެއްގެ މެޖޯރިޓީ ބޭނުންނުވަންޏާ، ހުރިހާ ޕާޓީއަކުންވެސް ކުރިމަތި ލާންވީނޫންތަ؟ ދެކޮޅުންވެސް އެކައްޗެކޭ ކީމާވެސް ތިޔައުޅެނީ އެއްބަސް ނުވެވިގެން... ކީކޭ ބުނާނީ؟
ްކާސިމްބޭ
23 December 2018
އެންމެން ހޭއަރާ، ވެރިކަން ކުރާ މީހުން މަޖްލިސް މެޖޯރިޓީ ހޯދައިގެން މިހަދާ ޑީލްތަކުން އިންޑިާ އިން ރާއްޖޭގެ މައްޗަށް އަތްގަދަ ކޮށް އަހަރުމެން އަތުން މިނިވަންކަން އެ ޖަހައިގަންނަނީ، ބަލަން ނުތިބެ މިސަރުކާރުގެ 2 ރައީސުންގެ ބަހަށް ނޫނެކޭ ބުނަންޖެހޭ ކަންކަމުގަ ނޫނެކޭ ބުނަން ދަސްކުރޭ، އެޅިހާ ބަތަކަށް ރިހަނާޅާ
ދަހިބެ
23 December 2018
މީހަކު ހަމަ ހޭބަލިވެދާނެ. އިންޑިއާ އިން ރާއްޖެ ހިފަން ބޭނުންނަމަ މިހާރު އޮތީހީ ހިފާފަ. ބޮޑުބާރަކުން ކަމެއްކޮށްފިއްޔާ އެކަން ހުއްޓުވާކަށް އެއްވެސް ގައުމަކުން ނޫޅޭނެ. އިޒްރޭލަކީ އޭގެ މިސާލެއް. މީ 21 ވަނަ ގަރުނު. ތިއުޅެވެނީ ހޮހަޅައިގެ ޒަމާނުގަ.
ބޮޑު ސޭޓު
23 December 2018
ހުރިހާ ކޯލިޝަންއަކުންވެސް އާޚިރުގަ ގެއްލުން ވަނީ ދިވެހި ނިކަމެތި ރައްޔިތުންނަށް
މުސީރު ސީނު
23 December 2018
ކޯލިޝަންގެ ޕާޓީތަކަށް އެއްބަސް ވެވޭ ފޯމިއުލާއެއް ނެރެން މަޝްވަރާ ކުރަންވީނު. މިސާލަކަށް ހުރިހާ ޕާޓީތަކުން ހުރިހާ ދާއިރާތަކަށް ކުރިމަތިލާން ބޭނުންވާ ކެންޑިޑޭޓުންގެ މެދުގައި ކޯލިޝަން ޕުރައިމެރީއެއް ބާއްވާނީ. ޕުރައިމެރީން އެދާއިރާ އަކަށް ހޮވޭ ކެންޑިޑޭޓަކަށް ހުރިހާ ޕާޓީތަކުން ގުޅިގެން ކެންޕޭން ކުރާނީ، ޕުރައިމެރީގައި ހުރިހާ ޕާޓީތަކުގެ ކެންޑިޓޭނުންގެ ނަން ޕާޓީ އެނގޭ ގޮތަށް ހިމަނާނީއެވެ. ޕާޓީތަކަށް މެމްބަރުން އިތުރުކޮށް ކެންޕޭންކުރަން ވަގުދޭނީއެވެ.
އުނބުށެން
23 December 2018
ރިޔާސީ އިންތިޚާބު އިބޫއަށް ކާމިޔާބުވީ އެމްޑީޕީއަށް ތާއީދު ނުކުރާ ގިނަ ބަޔަކުވެސް ޚާއްޞަކޮށް ޕީޕީއެމްއަށް ކުރިން ތާއީދުކުރި ގިނަ ބަޔަކުވެސް ވޯޓް ދީގެންނެވެ. އެހެންކަމުން އެމްޑީޕީ. އިން ހުރިހާ ގޮނޑިއަށް މީހުން ނެރުނަސް އެމްޑީޕީއަށް ތާއީދު ނުކުރާ އެންމެން ކޯލިޝަންގެ ހިމެނޭ އެހެން ޕާޓީތަކުންނެރޭ މީހުންނަށް ވޯޓްދިނީމާ ރަނގަޅުވާނެތާއެވެ. ނިމުނު ސަރުކާރަށް ތާއީދުކުރާ މީހަކަށް ވޯޓްނުދީފިއްޔާ އަޣުލަބިއްޔަތު އޮންނާނީ ކޯލިޝަނަށް ތާއެވެ.
ރަައްޔިތު ހަސަން
23 December 2018
ކިހިނެއްވާނީ ޕާރޓީތަކަށް ދީގެން މިއުޅޭ ހުރިހާ ހައިސިއްޔަތެއް ކޮންމެ އަތޮޅެއްގެ ކަައުންސިލް ތަކަށް ދީގެން ޕާރޓީ ތަކުގެ ނުފޫޒުން އެއްކިބާވެ ތިބެ ޤައުމު ހިންގިއްޔާ، ޕާރޓީ ތަކަށް ދައުލަތުގެ ބަޖެޓްން މިކުރާ ޚަރަދުގަނޑުވެސް ދޭނީ ކައުންސިލްތަކަށް، ކަައުންސިލް ތަކުން އެކައުންސިލް ނިސްބަތްވާ ދާއިރާތަކުގެ މެމްބަރުންވެސް އިންތިޚާބު ކުރާނީ، އޭރުން މަޖިލސް ތަމްސީލުކުރާނީ މުޅިންވެސް ކައުންސިލް ތަކަށް ނިސްބަތްވާ މެމްބަރުން. ޢ.ދ ވެސް ހިންގަނީ ޕާރޓީ އަކުން ނޫން
އަސްރަފް
23 December 2018
ނަސީދު އަޑީގަ ހުރެގެން މިދަނީ ގައުމު އިނދަޖައްސަމުން. މީނާގެ ކިބައިން ސަލާމަތްވާން ޖެހޭ
ހިންނަވަރު މޯޑް
23 December 2018
އަހަރެމެން ކުރި ބުރަ މަސައްކަތުން ތިޔަ ބާގީން ކަސްތަޅު އަޅުވާފައި ތިއްބާ ސަލާމަތް ކޮއްދިނީމަ އަނެއްކާ ފުއްޕަންފެށީ ދޯ.؟ މިކަހަލަ މީހުންނަށް ރަނގަޅުވާނީ ދާ އަތަކަށް ދޫކޮއްލީޔާ. ހަމަ ޔަގީނުންވެސް އަހަރެމެން ޕީޕީއެމްގެ މީހުން ވޯޓް ދޭނީ އަބަދުވެސް ޕީޕީއެމް އަށް. ވާނެ އެއްޗެއް ވާންވީ. ދެންވެސް ގެންގޮސް ޖަލަށް ގަޅާލާނީ ހަމަ ތިޔަބައިގަނޑު. ލޮލް.
ރިޝާ
23 December 2018
ވަކި ޕާޓީއަކުން މެޖޯރިޓީއަށް ޑިމާންޑް ކުރީއޭ؟ ކިތަންމެ ގިނަ ގޮނޑިއަށް ލިޔަސް ހޮވޭނެކަން ޔަގީންވަނީ ކިހިނެއް. ޖުމްހޫރީ ޕާޓީންވެސް ކުރިމަތި ލާބަލަ. ރައްޔިތުންނަށް ގޮތް ނިންމަން ފުރުސަތު ދޭން ބިރުގަންނަނީ ތާއީދު ނެތް ޕާޓީތަކުން ނުވަތަ މީހުން. އެވަރު ޕާޓީތައް އިންތިޚާބީ މަގާމަށް ނުލައި ސަރުކާރުގެ ކޮންމެވެސް ޕޯސްޓެއްގައި ތިބުން ބުއްދިވެރި.